Wednesday, December 2, 2009



ރާއްޖޭގައި ފާޅުގައި ކްރިސްޓިއަންދީން ފަތުރަމުންދާއިރު އިސްލާމިކް މިނިސްޓްރީ އާއި ސަރުކާރު ކޮބާބާ !





ރާއްޖޭގައި އިސްލާމްދީންނޫން އެހެންދީންތަކަށް ދައުވަތުދިނުމާއި އެހެންދީންތަކުގެޝިޢާރު ފާޅުކޮށް ފެތުރުމަކީ ޤާނޫނީ ގޮތުން ކަނޑައެޅިގެން މަނާކަމެކެވެ.ނަމަވެސް މިފަހުން އެހެންދީންތަކަށް މިނިވަންކަން ދިނުމާއި އެހެން ދީންތަކުގެ މީހުންނަށް އަޅުކަން ކުރެވޭނެ ގޮތްތައް ނުހެދިގެން ސަތޭކަޕަސެންޓުކަމަށް ދަޢުވާކުރާބައެއް ދިވެހިން މަސައްކަތް ކުރަމުންދާ މަންޒަރު މަދުންނަމަވެސް ފެންނަމުން އެބަދެއެވެ. މިބައިމީހުންނަކީ ކާފަރުންގެ ފަރާތުން ވަކާލާތުކޮށްދޭ ދިވެހި ޚާއިނުންނެވެ. މިއަދު ރާއްޖޭގައިވަނީ ބޮޑެތިހެންހީވާ ޤާނޫނުތަކާއި ގިނަގުނަވެގެންވާ މިނިސްޓްރީތައް ހެދިފައެވެ.ކަމަކަށް މިނިސްޓްރީއެކެވެ. ކުރީސަރުކާރުގައި ނެތް އިސްލާމީމިނިސްޓްރީއެއްވެސް މިއަދުވަނީ ހަދާފައެވެ.ބޭނުމަކީ އިސްލާމްދީން ދިފާޢުކުރުންކަން ޔަޤީނެވެ. އިސްލާމިކްމިނިސްޓްރީއިން ދީނަށްޓަކައި ވަރަށް ރަނގަޅުބޮޑެތި މަސައްކަތްތަކެއް ކުރަމުންދާކަން މިފުރުސަތުގައި ފާހަގަ ކުރަމެވެ. އަދި ރާއްޖޭގައި ހިންގަމުންދާ ލާދީނީ ހުރިހައި ކަމަކަށް ފާރަވެރިނުވެވޭނެކަންވެސް ޤަބޫލުކުރަމެވެ. ނަމަވެސް ފާޅުގައި އެންމެންނަށް އެނގޭނޭހެން ކްރިސްޓިއަން ދީންފަތުރަމުންދާ ބަޔަކު އުޅޭކަން ގިނަޢަދަދެއްގެ ދިވެހިން މިއަދުދަނެއެވެ.މިބައިގަނޑު މިކަމެއް ކުރަނީކީ ސިއްރަކުންނޫނެވެ. ބަލާބެލުމަށް ސަރުކާރުގެއަތެއްމިކަމުގައި ވެދާނޭ ހީވާހާވެސް ފާޅުކަން ބޮޑުގޮތެއްގައެވެ. މީގެތެރެއިން ބަޔަކު ތ.ކިނބިދޫގައި ކްރިސްޓިއަންދީން ފަތުރަމުންދާވާހަކަ އާއި އިންޓަވިއު އިއްޔެ ވާނީ މިސައިޓުގައި ޝާއިޢު ކޮށްފައެވެ. ކަންކަން މިހެންހިނގަމުންދާކަމަށް ވަންޏާ ދިވެހިރާއްޖޭގައި ވަރަށް ބޮޑެތި ލޭއޮހޮރުވުންތައް ޢާއްމުވެގެން ދިއުމުގެ ބިރު އެބައޮތެވެ. ނަމަވެސް އެއީއަޅުގަނޑުމެންއެއްވެސް މީހަކު ބޭނުންވާނެކަމެއްނޫނެވެ.

ރާއްޖެއިސްލާމްގެ ފަރާތުން ރާއްޖޭގައި އިސްލާމްދީން ނޫން އެހެންދީންތައް ފަތުރާ ނޫނީ ފަތުރަން މަސައްކަތް ކުރަމުންދާ މީހުންނާއި ބެހޭ މަޢުލޫމާތާއި ފޮޓޯ ޝާއިޢު ކުރުމުންދާނެވާހަކަ ކުރިންވާނީ ދަންނަވާފައެވެ.ރާއްޖޭގައި ވަރަށް ފާޅުގައި ކްރިސްޓިއަންދީން ފަތުރަމުންދާ މީހުންގެ ތެރެއިން ބައެއްމީހުންގެ ފޮޓޯ މިހާރުމިވަނީ ރާއްޖެއިސްލާމަށް ލިބިފައެވެ. މިފޮޓޯތައް ރާއްޖެއިސްލާމް އަށް ދެއްވި އަޚުންނަށް ޝުކުރު އަދާކުރަމެވެ.އަދިވެސް މިފަދަ ގުންޑާއިންގެ ފޮޓޯ އާއި ވީޑިއޯ މިސައިޓަށް ލިބެމުންދާވަރަކަށް އަޕް ކުރަމުންދާނަމެވެ. އެމީހުންގެ ތެރެއިން ލޫކަސް އާއި ޖޯއިލްގެ

ފޮޓޯތައް ބައްލަވަލައްވާ

..


Read more...

Tuesday, December 1, 2009


އޭ ލޮބުވެތި މުސްލިމް ދިވެހި ދަރީންނޭވޭ!

އަލްއަޚް ލަޠީފް

އޭ ލޮބުވެތި މުސްލިމް ދިވެހި ދަރީންނޭވޭ! އެންމެ ފުރަތަމަ އިސްކުރަންވީ ތިބާގެ އިސްލާމް ކަމެވެ. ދެން އެއަށްފަހު ތިގެންނަ އެއްޗެއް ގެންނާށެވެ. އެކަމަކު އިސްލާމްކަމާއި ފުށުނާރުވައެވެ. މުނާފިޤު ނުވާށެވެ. ހަނދާން ކުރާށެވެ. ތިބާ ވޯޓްދިނީ، މިތަނުގައި އިސްލާމްދީން ހިމާޔަތް ކުރާކަށް ނޫން ހެއްޔެވެ! ދެން މިހާރު ޕާޓީގެ ކުލުނާއި ލޯބި އިސްލާމްދީނަށް އޮތް ލޯތްބާއި ކުލުނަށްވުރެ ވަކި މަތިވީ ހެއްޔެވެ! ދީނަށް ޢަމަލުކުރުމުން މަތިވެރި އިލާހުގެ ހަޟްރަތުން ލިބޭނޭ މަތިވެރިކަމާއި ދަރުމައަށްވުރެ ޑިމޮކްރަސީގެ ވެރިން ދައްކާ ދެއުޅިއެއް ނުވާ ވާހަކަ ތަކަށް މާބޮޑަށް ހެއްލެވުނީ ހެއްޔެވެ!

އޭ ލޮބުވެތި މުސްލިމް ދިވެހި ދަރީންނޭވޭ! މިތަނުގައި މިވާ މަތިވެރި ދީން ވެއްޔާ މޮޑެވި، ކުޑަނަމަަވެސް ހުރި ރިވެތި އިޖްތިމާއީ ބަދަހި ކަމަކާއި، އަޚްލާޤީ މަތިވެރި ސިފައެއް ނައްތާލާފަދަ ލާދީނީ ކަންތައްތައް ޢާންމު ކުރަން މަސައްކަތް ކުރާފަދަ ޚަބަރުތައް އިވޭ އިރުވެސް ތިބާ ހަމަ އެކައްޗެކޭވެސް ނުބުނެ ތިހުންނަނީ ކީއްވެ ހެއްޔެވެ! އަދި ތިބާއަށް ކަމެއް ރޭކާލާ ވަރަށްވުރެ މިވެރިކަމުގެ ޢުމުރު ހަޤުވީމާ ހެއްޔެވެ! ނޫނީ ތިބާވެސް އަނގަ ހުޅުވާނީ ތިބާ ނުވަތަ ތިބާގެ ދަރީން ނުވަތަ ތިބާގެ އާއިލާގެ މެންބަރަކު އަލަށް ތަޢާރަފް ކުރާ ބުއިމަކުން ބޮއި އަވަދިވީމަ ހެއްޔެވެ! ނުވަތަ މަތިވެރިވެގެންވާ މިސްކިތް ދޫކޮށް އަލަށް އަޅާ ފައްޅިތަކުގެ ޚާދިމަކަށްވީމައި ހެއްޔެވެ!

އޭ ލޮބުވެތި މުސްލިމް ދިވެހި ދަރީންނޭވޭ! ތިބާ ހަނު ހުންނަން މަޖުބޫރު ކުރުވީ ޑިމޮކްރަސީ އާއި ބެހޭގޮތުން ތިބާއަށް އެނގިފައިވާ ފަތިވަރު ގިނަވީމާ ހެއްޔެވެ! ތިބާ މަޑުން ތިހުރީ، އިސްލާމްދީނުގެ އުސޫލުތަކަށް ފުރިހަމަޔަށް ޢަމަލު ކޮށްފިނަމަ ދިވެހިރާއްޖެ ބަނޑަށްޖެހިދާނެ ކަމަށް އެދައްކާ ވާހަކަ ޔަޤީން ކުރެވި ތިބާގެ ރައްބުގެ ކުޅަދުންވަތަކަމާއި މެދު ޝައްކު އުފެދިގެން ހެއްޔެވެ!

އޭ ލޮބުވެތި މުސްލިމް ދިވެހި ދަރީންނޭވޭ! ތިބާ ހަމަ އެކައްޗެކޭ ވެސް ނުބުނާނަން ހެއްޔެވެ! ތިބާގެ އަނގަ ހުޅުވާލާނީ ވާނެ އެއްޗެއްވާ ފަހުން ހެއްޔެވެ! މިވަގުތަކީ ތިބާގެ މުޅި ހަށިގަނޑާއި ޖާނާއި ފުރާނަ އިސްލާމްދީނުގެ ދިފާއުގައި ނެރެން އެންމެ އެކަށީގެންވާ ވަގުތުކަމަށް ތިބާ ޤަބޫލު ނުކުރަން ހެއްޔެވެ!

އޭ ލޮބުވެތި މުސްލިމް ދިވެހި ދަރީންނޭވޭ! ފުރިހަމަ ހޭވެރިކަމަކުން ހޭވެރިވާކަށް ނުވޭހެއްޔެވެ! ހޮޔޮވެރިކަމަކަށް މަގުފަހި ކުރުވުމަށް ތިބާގެ ނަފްސު ހޭލައްވާލާކަށް އަޅެފަހެ ނުވޭހެއްޔެވެ


Read more...

Monday, November 23, 2009

އޫރުރޯގާއިން ރައްކާތެރިކޮށްދެއްވުމަށް އެދި "ޤުނޫތު" ކިޔަނީ...



އޫރުރޯގާއިން ރައްކާތެރިކޮށްދެއްވުމަށް އެދި "ޤުނޫތު" ކިޔާ ގޮތަށް ހަމަޖައްސައިފިއެވެ.

މިއަދުން ފެށިގެން ރާއްޖޭގައި ހުރިހާ ރަށެއްގައި އަޑުހަރުކޮށް ކިޔަވާ ނަމާދުތަކުގެ ފަހު ރަކުޢަތުގެ އިޢްތިދާލުގައި ދުޢާ ކުރެއްވުމަށާއި� އެފަދަ ޤާބިލްކަންނެތް އިމާމުން� ނަމާދުންނިމި ސަލާމް ދިނުމަށްފަހު ދުޢާކުރަމުން ގެންދާގޮތަށްވަނީ ހަމަޖައްސާފައެވެ.

ފަތިސްނަމާދުގައި އެކަނި ޤުނޫތު ކިޔުމުގެ ބަދަލުގައި މުސީބާތުގެ ވަގުތުގައި އެހެން ނަމާދުތަކުގައިވެސް ޤުނޫތު ކިޔަން ފެށި މިއީ ފުރަތަމަ ފަހަރެވެ. ޤުނޫތު ދުޢާއަކީ ވަކި ނަމާދަކަށް ޚާއްޞަކޮށްގެން ކިޔަންވީ ދުޢާއެއް ނޫނެވެ.

އޫރު ރޯގާގެ މުސީބާތް މިހާރު ދަނީ މުޅި ދުނިޔޭގައި ފެތުރެމުންނެވެ. އަދި ރާއްޖޭގައި މީހަކު ވަނީ އޫރޫ ރޯގާގެ ސަބަބުން ނިޔާވެފައެވެ. ރާޢްޖޭގައި އޫރު ރޯގާ ޢާންމުވެދާނެ ކަމުގެ ބިރުވެރިކަން މިހާރު ވަނީ ކުރިމަތިވެފައެވެ.



އަލްއަޚް ޢަލީ އަޙްސަން އިޙްސާން

Read more...

Sunday, November 22, 2009



ޖަމިއްޔަތުއް ސަލަފްގެ ފަރާތުން އިންތިޒާމް ކޮށްގެން މިރޭ ދަރުބާރުގޭ ފާށަނާ މާލަމްގައި ބޭއްވުމަށް ހަމަޖެހިފައިވާ ދަރުސް ގައި އަޑުއެހުމުން މަޙްރޫމްވެފައި ތިބި ކުދިންނަށް އިނގޭނޭހެން ދަރުސް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ކަމަށް މަޢުލޫމާތު ލިބިއްޖެއެވެ. ادخلوا في السلم كافة "އިސްލާމް ދީނަށް ކަލޭމެން އެކީ އެކައްޗަށް ވަންނާށެވެ" މި މައުޟޫއަށް ޝެއިޚް އާދަމް ޝަމީމް ދެއްވާ ދަރުސް އިޝާރާތް ބަހުން ހުށައަޅަދެނީ އަލްއަޚް ޝަހީޒް ޢަބްދުﷲ އެވެ. މި ދަރުސް ރާއްޖެއިސްލާމް ސައިޓުންނާއި އަދި ރޭޑިއޯއެޓޯލް އިން ލައިވް ކުރާގޮތަށް ވަނީ ހަމަޖެހިފައެވެ. ان شاء الله


Read more...