Tuesday, April 28, 2009

ޒަވާޖީ ޙަޔާތުގެ ނައު ދެވަނަ ބައި


ޒަވާޖީ ޙަޔާތުގެ ނައު ދެވަނަ ބައި

4- ލޯބި

ކައިވެނީގެ ހަޔާތް އުފާވެރިކަމާއި އެކު ކުރިއަށް ގެންދިޔުމަށްޓަކައި ބޭނުންވާ އެކައްޗަކީ ދެމަފިރީންގެ ދެމެދުގައިވާ ވަރުގަދަ ލޯތްބެވެ. ލޯބި ވަރަށް ގިނަގޮތްގޮތަށް މީހުން މާނަކޮށް އުޅެއެވެ. " ލޯތްބަކީ އެއީ ދެމަފިރީން އެކަކުއަނެކަކަށް އިޚުލާސް ތެރިވުން" މިއީ އަޅުގަނޑަށް ފެނުނު އެންމެ ރަނގަޅު މާނައެވެ. ތިމާގެ ޒަވާޖީ ޙަޔާތުގެ ބައިވެރިޔާގެ ކުރިމައްޗަށް ގޮސް ލޯބިވާކަން ބަޔާން ކުރާށެވެ. ދުލުންބުނާށެވެ. ދެން އޯގާތެރިވެ ކަމޭހިތާށެވެ.

މުޙައްމަދުގެ ޒަވާޖީ ހަޔާތުގެ ނައު ދުއްވުމަށްޓަކައި ރިޔާބޭނުމެއް ނުކުރެވެ. ރިޔަލަކީ ވައިން ދޯނި ދުއްވުމަށްޓަކައި ބޭނުންކުރާ ވަސީލަތެކެވެ. އެއީ ދޯނީގެ ބޭރުން އަންނަ އެއްޗެއް ކަމަށް ވާތީއެވެ. އެހެންނަމަވެސް މުޙައްމަދުމެން ދެމަފިރީންގެ ޒަވާޖީ ޙަޔާތުގެ ނައު ދުވަނީ ބޭރުން އަންނަ އެއްޗެއްގެ ސަބަބަކުންނޫނެވެ. މުޖުތަމައުގެ ނުފޫޒަކުންނޫނެވެ. ކައިވެނީގެ ޙަޔާތް ކުރިއަށް ދަނީ މުޖުތަމައުދެކެ ގަންނަ ލަދަކުން ވެސް ނުމެނޫންމެވެ.

ކޮންމެއަކަސް މުޙައްމަދާއި ފާތުންގެ ނައު ނެރުން ނެރެ ދަތުރު ފަށައިފިއެވެ. ފާތުން ގޮސް ދުރުމި ނެގިއެވެ. ދުރުމި ނަގައި ކުރިމަތީން ފެންނަންއޮތް ރަށާދިމާއަށް ބަލާލިއެވެ. މުޅި ޖައްވު ފެނުނީ ރަތްކުލައިގައެވެ. މުހައްމަދު ވެސް ދުރުމި އަޅާލިއެވެ. ތެދެކެވެ. ފެންނަނީ ރަތް ކުލައިގައެވެ. މުޙައްމަދު ދުރުމީގެ ކުރީ ބިއްލޫރިގަނޑު ބަލާލިއެވެ. އޭގައި ހުރީ މަހުލޭ އުނގުޅިފައެވެ. ލޭތައް ފޮހެލުމަށް ފަހުބަލާލިއެވެ. ވަރަށް ސާފުކޮށް އެރަށް ފެންނަން އޮތެވެ.

5- އަނެކާގެ ލޮލުން ބަލާށެވެ.

ތިމާގެ ހަޔާތުގެ ބައިވެރިޔާ ކަންކަމާމެދު ދެކޭގޮތް ނުވަތަ ހާލަތު ދެނެގަތުމަށްޓަކައި އެންމެފުރަތަމަ ބައިވެރިޔާ ތަސައްވަރު ކުރާގޮތް ބަލާށެވެ. މިއީ ކައިވެނީގެ ހަޔާތް އުފާވެރިކަމާއި އެކު ގެންދިޔުމަށްޓަކައި އެންމެސަމާލުވާންޖެހޭ އެއްކަމެވެ.

އަޅުގަނޑު އެއްދުވަހަކު މަދީނާގެ ގެއަކަށް ކުރަހައިދޭން ދިޔައީމެވެ. އަޅުގަނޑުދިޔައީ ދިވެހިރާއްޖޭގެ ރީތިމަންޒަރުތައް ހުރި ޕޯސްޓުކާޑުތަކެއް ހިފައިގެންނެވެ. އަޅުގަނޑު އެގޭގެ ވެރިމީހާއަށް އެ ޕޯސްޓުކާޑުތަށް ދެއްކީމެވެ. އޭނާ އޭގެތެރެއިން އެންމެގަޔާވީ އިރުއޮއްސޭ މަންޒަރާއެވެ. އެގެއެއްގައި ކުރަހާނީ އެގެއެއްގެ ވެރިމީހާއަށް ރީތިއެއްޗެކެވެ. އޭނަގެ ލޮލަށް ރީތި މަންޒަރެކެވެ. އަޅުގަނޑަކަށް އެގޭގައި ކުރަހާނެ އެއްޗަކާ މެދު މާގިނައިރަކު ވިސްނާކަށް ނުޖެހުނެވެ.

އަދި އެއްދުވަހަކު އަޅުގަނޑު ރެސްޓޯރަންޓަކަށް ދިޔައީމެވެ. އަޅުގަނޑުމެންނަށް ޚިދުމަތް ކޮށްދޭން އައީ ބަނގްލަދޭޝްގެ ވޭޓަރެކެވެ. ނަމާއި ރަށާ، އޭނާ ޝައުގުވެރިވާ މިފަދަ ސުވާލުތަކާއި ވާހަކަތަށް އަޅުގަނޑު އޭނާޔާ ދެއްކީމެވެ. އޭނާވަރަށް ޝައުގުވެރިކަމާއެކު އަޑުއެހިއެވެ. އަދި އަޅުގަނޑުމެންނަށް އޭނާގެ ޚަރަދުގައި ކޮފީ އަކަށް ދައުވަތުވެސް ދިނެވެ.

ކޮންމެ އަކަސް މުޙައްމަދުގެ ނައު ކަނޑުގައި ދަތުރުކުރަމުން ދެއެވެ. މުޙައްމަދު މާސިންގާ ކަނޑަށް ނަޒަރު ހިންގާލިއެވެ. މުޙައްމަދުގެ ނަޒަރުގޮސް ހުއްޓުނީ މާވަހަރެއް ކަހަލަ އެއްޗަކާ ދިމާއަށެވެ. އޭނާ ނަވަށް އެއެއްޗެއް ނެގިއެވެ. އަސްތާ! އެއީ މާވަހަރެކެވެ. މާވަހަރަކީ މަހެއްގެ ބަނޑުން ނުކުންނަ އެއްޗެކެވެ. އެމަހަށް އެއީ އެއްވެސް އަގެއް ހުންނަ އެއްޗެއް ކަމަކަށް ނުވެއެވެ. އެކަމަކު އިންސާނުންނަށްއެއީ ވަރަށް އަގުހުރި އެއްޗެކެވެ.


Read more...

ސައްތައިންސައްތަ އިސްލާމްކަން؟


الحمد لله الذي خلق السَّمآوات بغير عمدٍ وبعث النَّبيِّ الأميِّ بشيراًَ ونذيراً وداعياً إلى الله بإذنه و سِراجاً منيراً.

أمّا بعد:

قال الله تبارك وتعالى:

"فَذَرْهُمْ يَخُوضُوا وَيَلْعَبُوا حَتَّى يُلاقُوا يَوْمَهُمُ الَّذِي يُوعَدُونَ" ((المعارج: 42))

"ފަހެ، އެއުރެންނަށް ޥަޢުދުކުރައްވާފައިވާ ދުވަހާ އެއުރެން ބައްދަލުވެއްޖެއުމަށް ދާންދެން، ބާޠިލު ވާހަކަތައް ދައްކައި، ކުޅިވަރުކުޅެން ކަލޭގެފާނު އެއުރެން ދޫކޮށްލައްވާށެވެ."

އިންސާނެއްގެ ޚަލްޤު ފެށިގެން އަންނަނީ މައިމީހާގެ ރަހިމުގެ ތެރެއިންނެވެ. އޭގެ ކުރިން އެ އިންސާނާވަނީ އޭނާގެ ނަންވެސް ވަސްވެސް ނެތް އަދި ބަޔަކު ދަންނަ އެއްޗެއްކަމުގައިވެސް ނޫނެވެ. އެހެނެއްކަމަކު، ﷲ ސުބުޙާނަހޫޥަތަޢާލާ އެ އިންސާނާ އެއްވެސް އުނދަގުލަކާ ނުލައި އުފައްދަވައެވެ. އަދި އޭނައަށް ޞޫރައެއް ދެއްވައި އޭނާގެ ނިޔާތައް ކަނޑަ އަޅުއްވައެވެ. އަދި އޭނާގެ މަރުވުމާއި އަލުން ދިރުއްވުން މިލްކުވެގެންވަނީ އެއިންސާނާ އެންމެ ފުރަތަމަ އުފެއްދެވި ފަރާތަށެވެ. ﷲ ތަޢާލާ އިންސާނާ އުފައްދަވައި މި ދުނިޔެއަށް ފޮނުއްވަނީ އެމީހަކު ހިތުހުރި ގޮތަކަށް މިތަނުގައި ވޭތިކުރުމަކަށްނޫނެވެ. އަގު ބޮޑު ޖިސްމަކާ ފުރާނައެއްގެ މާނައެއްވެސް އޮންނާނެތާއެވެ؟ ކޮންމެއަކަސް މާތް ﷲވަނީ އިންސާނާ ދުނިޔެއަށް ފޮނުއްވުމުގެ ޙަޤީޤަތް ބަޔާންކުރައްވާފައެވެ. އަދި އިންސާނާ މަރުވާނެ ކަމާއި، އެ އިންސާނާގެ ޙިސާބު ބެއްލެވޭނެކަންވެސް ޞަރީޙަކޮށް ކީރިތި ޤުރުއާނުގައި ބަޔާންކުރައްވާފައެވެ. މާތް ﷲ ޥަޙީ ކުރައްވަނީ:

"ثُـمَّ إِنَّـكُمْ بَعْدَ ذَلِكَ لَمَيِّـتُوْنَ(*) ثُمَّ إِنَّـكُمْ يَوْمَ الْقِيَـامَةِ تُبْعَثُـوْنَ"

(سورة المؤمنون:15-16)

"ދެން، ހަމަކަށަވަރުން، ތިޔަބައިމީހުން އޭގެފަހުން މަރުވާނެކަން ކަށަވަރެވެ. ދެން ހަމަކަށަވަރުން، ތިޔަބައިމީހުން ޤިޔާމަތްދުވަހުން، އަލުންދިރުއްވައި މަޙްޝަރަށް ފޮނުއްވާނެތެވެ."

އަދިވެސް ﷲ ސުބުޙާނަހޫ ޥަތަޢާލާ ޥަޙީ ކުރައްވައެވެ.

"كَيْفَ تَكْفُرُوْنَ بِاللهِ وَكُنتُـمْ أَمْوَاتًا فَأَحْيَاكُمْ ثُمَّ يُمِيْتُـكُمْ ثُمَّ يُحْيِيْـكُمْ ثُمَّ إِلَيْهِ تُرْجَعُـوْنَ" (سورة البقرة:28)

"ތިޔަބައިމީހުން ﷲއަށް ކާފިރުވެގަންނަނީ ކޮންގޮތަކުންހެއްޔެވެ؟ ތިޔަބައިމީހުން މަރުވެފައިވާ ބަޔެއްގެގޮތުގައި ތިއްބައި ފަހެ، އެކަލާނގެ ތިޔަބައިމީހުން (އުފައްދަވައި) ދިރުއްވިއެވެ. އެއަށްފަހު، އެކަލާނގެ ތިޔަބައިމީހުންގެ (އަޖަލު ހަމަވުމުން) މަރުގަންނަވާނެތެވެ. ދެން (ޤިޔާމަތް ދުވަހުން) ތިޔަބައިމީހުން ދިރުއްވާނެތެވެ. ދެން އެކަލާނގެ ޙަޟްރަތަށް ތިޔަބައިމީހުން ރުޖޫޢަ ކުރައްވާނެއެވެ."

އަދި ތަޣާބުން ސޫރަތުގައި ޥަޙީގެ ނިދާ އިވިދަނީ މިގޮތަށެވެ:

"يَوْمَ يَـجْمَعُكُمْ لِيَوْمِ الْجَمْعِ ذَلِكَ يَوْمُ التَّـغَابُنِ" (سورة التغابن:9)

"(އެންމެހައި މީސްތަކުން) އެއްކުރެއްވުމުގެ ދުވަހަށް، އެކަލާނގެ ތިޔަބައިމީހުން އެއްކުރައްވާ ދުވަސް (ހަނދުމަކުރާށެވެ!) އެއީ ތަޣާބުންގެ ދުވަހެވެ. (އެބަހީ: ޤިޔާމަތް ދުވަހެވެ.)"

އެދުވަހުގެ ބިރުވެރިކަމާމެދު ބަޔާންވެފައިވަނީ:

"يَوْمَ تَكُوْنُ السَّمَآءُ كَالْمُهْلِ(8) وَتَكُوْنُ الْجِبَالُ كَالْعِهْنِ(9) وَلاَ يَسْئَلُ حَمِيْمٌ حَمِيْمًا(10)" (سورة المعارج:8-10)

"ތެޔޮކުނޑި ތަކެއް ފަދައިން އުޑު، ވާނޭދުވަހެވެ. އަދި ފިނދިފައިވާ ކެހެރިތަކެއް ފަދައިން ފަރުބަދަތައް ވާނޭދުވަހެވެ. އަދި، އެދުވަހުން ގާތް ރަހްމަތްތެރިއަކު، ރަޙްމަތްތެރިއަކާމެދު ސުވާލެއް ނުކުރާނެތެވެ."

ނަމަވެސް ހިތާމަޔަކީ މިދުވަހާމެދު މީސްތަކުން ޣާފިލުވެފައިތިބި މިންވަރު ބޮޑުކަމެވެ. ޣާފިލުކަމުގެ ނިދިން ތިމާ ހޭއަރައި ﷲއަށް ރުޖޫޢަވުމުގެ ކުޑަވެސް ނިޔަތެއްނެތި އުޅެމުންދާ މީހުންގެ ގިނަކަމެވެ. އަހަރެމެންމީ ސައްތައިންސައްތަ އިސްލާމުންނޭ ބުނެ ފުއްދާލައިގެން ތިބީވެސް މަދުބައެއްނޫނެވެ. ނަން މުސްލިމް ވިޔަސް ޢަމަލުތައް ހުރީ ވަލުޖަނަވާރުގެ އުޞޫލަށެވެ. ނޫންނަމަ އެއަށްވުރެވެސް ދަށް މިންވަރެއްގަ އެވެ.

ދުނިޔޭގެ އަރާމާއި މުދަލާއި ކުޅިވަރަށް ގޮސް ހުސްވެފައި ތިބި ޒުވާނުންތައް ވަނީ ގިނަވެފައެވެ. އެފަދަ ހަވާނަފްސުގެ އެދުންތައް ބޮޑުވެގެން ގޮސް ﷲގެ އަޅުތަކުންވަނީ އާޚިރަތް އަންނާނެކަމުގެ ޔަޤީންކަން ހިތުގައިއޮތަސް ނުވަތަ ޤަބޫލު ކުރެވުނަސް އެދުވަހަށް ތައްޔާރުވާން ނުކުޅެދިފައެވެ.

އެދުވަހަށް އަމަލުތަކެއް ނުވަތަ ޢަމަލުތަކުން މިންވަރެއް އިޚްލާޞްތެރިކަމާއެކު ކުރުމަށް މި ޖީލު އޮތީ ކަމްޒޯރުވެފައެވެ. ބޭނުން ވިޔަސް ހަވާނަފްސު ޤުރުބާންކޮށް މާތް ﷲއަށްޓަކައި އެންމެ އަތެއް އުފުލާލުން، މިއަދު ވަނީ އާކަމަކަށްވެފައެވެ. އަޅުގަނޑުމެންގެ ދަރިވަރުންނަށް އިސްލާމްދީން ބީރައްޓެހިވެފައިވާ މިންވަރަކީ ތަޞައްވަރުކޮށްލަން ދަތިމިންވަރެކެވެ. އަދި ވިސްނައިފި މީހަކު ގިސްލާ ރޯނެހާވެސް ބީރައްޓެހިކަމެކެވެ. ކުލާހެއްގައި ފަސްވަގުތު ބަރާބަރަށް ނަމާދު ކުރާ ކުދިންގެ އަދަދު ހާލަކުން ކުއްޖެއް މެނުވީ ނުވާނެއެވެ. އަދި ފަތިސް ނަމާދު މީހަކު ޤާއިމް ކުރުމީ މިއަދުގެ ޒުވާނުން އެފަދަ މީހަކާ މެދު އަންތަރީސްވާ ކަމެކެވެ. ވިސްނާފިކުރުކުރާށެވެ! ކޮންމެދުވަހަކު އަޅުގަނޑުމެން ކުރަންޖެހޭކަމެއް އަޅުގަނޑުމެން އަންތަރީސްވާ ކަމަކަށް ހަދާނީ އެކަމެއް އަޅުގަނޑުމެންނާ ކިހާ ބީރައްޓެހިވީމަތޯއެވެ؟!!!

ޝަހާދަތުގެ ދެކަލިމަ ހަމަޔަށް ކިޔަން ދަންނަ ކިތައް ޒުވާނުން މި ސައްތައިން ސައްތަ މުޖުތަމަޢުގައި ވެތޯއެވެ.؟ އޭގެ މާނަ ގިނަބަޔަކަށް އަދި އަދަށް ދާންވެސް ނޭނގެއެވެ. އިސްލާމުން އިސްލާމްދީނަށް ބީރައްޓެހިވެފައިވާ މިންވަރު އަދި މިއަށްވުރެންވެސް ބޮޑެވެ. ދުނިޔޭގެ މުޝްރިކުންނާ ނަޞާރާއިންގެ ތެރެއިން ފަންނީ މީހުންނާ ޢިލްމީ މީހުން ނުދަންނަ ޒުވާނަކު އަދި އެފަދަ ޝެހެރު (ސަހަރު)ތަކާއި ޕްރޮވިންސްތައް ނުދަންނަ މީހަކު ވަރަށް މަދުވާނެއެވެ. ނަމަވެސް މުސްލިމެއްގެ ގާތުން މާތް ނަބިއްޔާގެ ފުރިހަމަ ނަން އަހާލުމުން ފުރަތަމަވެސް އެމީހަކު ހުއްޓުންއަރާ އޮޅުންބޮޅުމުގެ ބޮޑު ކަނޑަކަށް ޣަރަޤުވެގެން ދެއެވެ. އަދި މިއަދުގެ މުސްލިމުންނަށް ޞަހާބީންނެއް ނޭނގެއެވެ. މުޙައްދިޘުންނެއް ނޭގެއެވެ. އަދި ޙަދީޘްފޮތްތަކާއި ތަފްސީރުފޮތްތައް ގުނާ އަދަދު ނުކުރެވުނަސް އެފަދަ އެކައްޗެއްވެސް މި ސައްތައިންސައްތަ މުސްލިމް ޤައުމަކަށް ނޭގެއެވެ. މިހިރަ ފެންނަނީ އަޅުގަނޑުމެންގެ ތަޢުލީމީ ފެންވަރެވެ! މިއީ އަޅުގަނޑުމެންގެ ދަރިންތައް ތަރުބިއްޔަތު ކުރާ މުރައްބީންގެ ތަރުބިއްޔަތެވެ! މިއީ އަޅުގަނޑުމެންގެ ސައްތައިންސައްތަ އިސްލާމްވަންތަ ކަމެވެ! އަދިވެސް ނަމަކަށް ބަދަލެއް ނާދެއެވެ. ހަމައެފަދައިން ޢަމަލަކަށް ތަބްދީލެއް އައުމެއްނެތެވެ. ރާއްޖޭގެ މަޝްޙޫރު އަދީބެއްކަމުގައިވާ ޢަބްދުﷲ ޞާދިޤު ޅެންބަހުރުވައިން ވިދާޅުވަނީ މި ބީދައިންނެވެ.:

ދީނުގެ އަސްލެއް ނޭނގި އުޞޫލެއް އީމާންވާނޭ ނޭގި ރަސޫލެއް

ސީދާމަގުނުމެ ކޮންމެ ޤަބޫލެއް ދެންވެސް ކިޔަނީ އިސްލާމުންނޭ

އާޚިރަތްދުވަސް ނުވަތަ ޤިޔާމަތްދުވަސްވެސް އޮތީ މިފަދަ ހާލެއްގައެވެ. އަޅުގަނޑުމެންނަށް އެފަދަ ވާހަކަ އަޑު އިވުމުން ބިރުން ފިތްކަނޑައިގެން ދޭހެއްޔެވެ؟ ނޫނެކެވެ! ގިނަމީހުންނަށް ހީވާކަހަލައެވެ. ދެން ވާހަކައެކެވެ. ނޫނީ ވަރަށްފަސޭހަކަމާއެކު އެތަނުން ސަލާމަތް ވެވިދާނެ ތަނެކެވެ. ޝަހާދަތް ކިޔައިގެން ހުރިއްޔާ ހާސްވާކަށް ނުޖެހެއެވެ... ކޮންމެސް ދުވަހަކުން ސުވަރުގެ ވަންނާނެ ނޫންހެއްޔެވެ؟ މީ މިމުޖުތަމަޢުގައި ޢާންމު ބަހެކެވެ. ކޮންމެސް ދުވަހަކުން ސުވަރުގެ ވަންނަ ވާހަކަ ދައްކާ ހިނދު ނަރަކައިގެ ޢަޛާބަށް ކެތްކުރެވިދާނެ ކަމާމެދު ތިމާގެ ޒަމީރާމެދު ޝައްކެއް ނެތީތާއެވެ! މިފަދަ ޢަމަލުތަކުންވެސް އަޅުގަނޑުމެންނަށް މިފެންނަނީ މިޤައުމުގެ އިސްލާމްވަންތަކަމެވެ. ދަރިވަރުންގެ ޢިލްމީ ޤާބިލުކަމެވެ. އަދި މުރައްބީންގެ ތަރުބިއްޔަތެވެ. މައިންބަފައިން، ދަރިންނަށްޓަކައި ހައްގު އަދާކުރާ މިންވަރެވެ.!!!

މީގެ ޒަމާންތަކެއް ނުވަތަ ޤަރުނުތަކެއް ކުރިން މުޝްރިކުން ތިބި ޣާފިލުކަންމަތީ މިއަދު އެ ވަޒީފާއަދާކުރަނީ ޕާޓްނާޝިޕެއްގެ ގޮތުގައި މުސްލިމުންނެވެ. ދެ ހަތުރުން އެކު އެކީ އެއްވެސް ޚިޔާލެއް ފިކުރެއް ނެތިއެވެ.

މައްސަލައަކީ ފުންކޮށްވިސްނާލަންޖެހޭ މައްސަލައެވެ. އަދި ކަމުގެ ގޮތުން ބިރުވެރި ކަމެކެވެ. އެއީ އަޅުގަނޑު މި މަޥްޟޫޢު ފެށުމުގެ ކުރިން ނަކަލުކޮށްލި އާޔަތުގެ މާނަ އާއި މެދުގައެވެ. އިންސާނާ ﷲއާއިމެދު އަދި އެކަލާނގެ ރަސޫލާއާއި މެދު އަދި އާޚިރަތްދުވަހާއިމެދު ޣާފިލުވެއްޖެނަމަ، ދެން މާތް ﷲގެ ބަސްފުޅަކީ އެބައިމީހުން އެގޮތުގައި ދޫކޮށްލައްވާށެވެ. އެކަމަކު އެއީ ކަނޑައެޅި ވަޢުދުވެގެންވާ ޤިޔާމަތް ދުވަސް އެބައި މީހުންނާއި ކުރިމަތި ލައިފުމަށްދާންދެނެވެ. އާދެ ކޮންމެ އިންސާނަކަށްވެސް އެމީހެއްގެ މަރު އެއީ އޭނާގެ ޤިޔާމަތެވެ. ދެން ދުވަހެއް ނުވަތަ ނިދިން ހޭލާފަދައިން ﷲގެ ދަރުބާރަށް ދާން ގޮވާލެވޭ ތާޅަފިއްޔާކު ހޭލައިގެން ޤަބުރުން ތެދުވެގެން ދާންޖެހޭނެއެވެ. އެއީ ތިމާ އެކަމަށް އެދުނަސް އަދި ނުއެދުނަސް ދެން އަމިއްލަ އިޚްތިޔާރު ގެއްލި ﷲ ގެ މިނިވަން އަޅުވެތިކަމުން ފުރިހަމަ އަޅުވެތިކަމަކަށް ތިމާ ހުށަހެޅޭ ދުވަހެވެ.

ރަސޫލުﷲ ޞައްލަﷲ ޢަލައިހި ޥަސައްލަމް ޙަދީޘްކުރައްވަނީ:

"مَـنْ مَـاتَ فَقَدْ قَـامَتْ قِيـَامَتُهُ"

"މީހާ މަރުވުމުން ހަމަކަށަވަރުން އެމީހާގެ ޤިޔާމަތް ޤާއިމްވީއެވެ."

އޭ މުސްލިމު އަޙުންނާއި އުޚުތުންނޭވެ! ވަގުތު އައިސް ޖެހުމުގެ ކުރިން ތިމާގެ ނަފްސު ސަލާމަތް ކުރާށެވެ. ނަރަކައިގެ ވޭންދެނިވި ޢަޛާބުގައި ހިނދުކޮޅަކުވެސް ކެތްކޮށެއް ނުލެވޭނެއެވެ. ދަރިން އިސްލާމީ ތަރުބިއްޔަތުން ތަރުބިއްޔަތު ކުރާށެވެ. ސުވަރުގެ އަށް ދަރިން އެދުންވެރިކުރުވާށެވެ. އަދި ނަރަކައަށް ބިރުވެތިކުރުވާށެވެ. ސަންތި މަރިޔަނބު ސަފަރުކައްދަ ފަދަ ފުލޯކު ތަކަށް ދަރިން ބިރުވެތި ނުކުރުވާށެވެ! އަބަދުވެސް ހައްޤުގޮތުގައި ހިފާ ﷲ އާއި އެކަލާނގެ ރަސޫލާއަށް ސައްތައިންސައްތަ ކިޔަމަންވުމަކުން ކިޔަމަންވަމާ ހިނގާށެވެ!

ފަޟީލަތުއް ޝައިޚް ޙުސައިން ޞަލާޙުއްދީންގެ އަލްއަދަބް ގައިވެއެވެ.

"މިހެންނުވިނަމަ ފަސާދަވެ ގޮސް ދެދުނިޔޭން ގެއްލިނިމިގޮސް

ޖަހަންނަމައަށް ޚަރާބުވެގޮސް ހިތާމާގައި ތިބެންވާނޭ"

وآخر دعوانا أن الحمد لله رب العالمين.

أخوكم في الله:أبو محمد إبراهــــم بن أحمد الفومّلكي


Read more...

ވާހަކަ

ވާހަކަ
ވާހަކައަކީ އަދަބިއްޔާތުގެ ވަރަށް ބާރުގަދަ ހަތިޔާރެކެވެ. މުޖްތަމަޢެއްގެ ވިސްނުން ބައްޓަންކުރުމުގައި ވަރަށް މުހިއްމު ދައުރެއް އަދާކުރެވިދާނެ އެއްޗެކެވެ. އަދި މުޖްތަމަޢެއްގެ ފިކުރާއި ވިސްނުން ދައްކައިދޭ ލޯގަނޑެކެވެ.
މިހާރަކަށް އައިސް ދިވެހިބަހުން ލިޔެފައި ހުންނަ ގިނަ ވާހަކަތަކުގައި ހުންނަނީ ކޮންމެވެސް ލޯބީގެ ވާހަކައެކެވެ. އޭލިޔަނުންގެ ވާހަކައިން ފެށިގެން ގޮސް، ބިރުވެރި ވާހަކަތަކާއި، ކޮންމެވެސް ބޮއްޔެއްގެ ތެރެއިން ރޫޙާނީ އެއްޗެއް ނުކުންނަ ވާހަކަތައް ފަދަ ބުއްދީގެ ތަރާދުގައި އެއްވެސް ބަރުދަނެއް ނެތް ވާހަކަތައް ވަރަށް ގިނައެވެ.
މުޖްތަމަޢުގެ ވިސްނުން ބައްޓަންކުރުމުގައި ވާހަކައަށް ދެވިފައިވާ މަޤާމަކީ މިއަށްވުރެ ހަރުދަނާ މަޤާމެކެވެ. ޚުރާފާތްތަކާއި ބޯދާ ޤަބޫލުކުރުންތައް މުޖްތަމަޢުގައި އަށަގަތުމަށް މަގުފަހިވާފަދަ ވާހަކަތައް ލިޔުމުގެ ބަދަލުގައި ވާހަކަލިޔުންތެރީން ސަމާލުކަން ދޭންޖެހޭނީ މުޖްތަމަޢުގައި ހުރި އިޖްތިމާޢީ އަދި އަޚްލާޤީ މައްސަލަތައް ކިޔުންތެރިންގެ ސަމާލުކަމަށް ގެނައުމަށާއި އެފަދަ މައްސަލަތައް ޙައްލުކުރުމަށްޓަކައި ނުވަތަ މަދުކުރުމަށްޓަކައި ކުރެވިދާނެ ކަންތައްތަކުގެ ތަޞައްވުރެއް ކިޔުންތެރިންނަށް ހުށަހަޅައިދިނުމަށެވެ.
މިހާރު ދިވެހި މުޖްތަމަޢުގައި މިއޮތީ ފެންތައްތެއް ގެނެސްދޭ ހިސާބުން ފެންތަށީގައި ހިފުމުގެ ބަދަލުގައި އަތުގައި ހިފުމެއް ނޫނެވެ. އަދި އެރޭ ނިދަން އޮށޯންނަމުން ލޯ މަރާލާއިރަށް އެއްކަލަ ފެންތަށީގައި ހިފި މަންޒަރު ފީތާއެއްގެ ސިފައިގައި ރޯލުވަމުން ދިޔުމެއްވެސް ނޫނެވެ. ދިވެހި ވާހަކަތައްވެސް މިހާރު މިއަށްވުރެ ތަޞައްރަފު ފުދެން ވެއްޖެއެވެ.
ވާހަކައެއް ކިޔާލުމުން އެއީ ހަމައެކަނީ ވަޤުތު ގެއްލުމުގެ ބަދަލުގައި އެ ޤުރުބާންވެގެންދާ ވަޤުތުތަކުގެ ބަދަލުގައި ރަނގަޅު ޢިބްރަތެއް، ނުވަތަ ޙަޔާތަށް އިތުރު ކުރިއެރުމެއް، ނުވަތަ ޙަޔާތުގައި ޖެހިފައިވާ މައްސަލައިގެ ގޮށެއް މޮހާލެވޭ ނުވަތަ ޙަޔާތުގައި މަގު އޮޅިފައިވާ މީހަކު ސަރާސަރު މަގަށް ނުކުމެވޭ ފަދަ ވާހަކައަކަށް ވެއްޖެނަމަ ވާހަކައިގެ އަޞްލު މަޤްޞަދު ޙާޞިލްވީއެވެ.



Read more...

Monday, April 27, 2009

އެމީހުން އެނުރުހެނީ ﷲގެ މަގުގައި ޖިހާދު ކުރާތީއެވެ ދެވަނަ ބައި

އެމީހުން އެނުރުހެނީ ﷲގެ މަގުގައި ޖިހާދު ކުރާތީއެވެ ދެވަނަ ބައި

ދެން އަޅުގަނޑުމެން ބޮޑު މައްސަލައަކަށް މިހަދަނީ މުސްލިމުން ޖިހާދު ކުރުމަށްޓަކައި ޖިހާދުގެ ކޮންމެވެސް މައިދާނަކަށް ގޮސް މުސްލިމުންގެ ލަޝްކަރަކާ ގުޅުމުންނެވެ. މިކަން މައްސަލައަކަށް މިވަނީ މުސްލިމުން ކުރީމައެވެ. އެމެރިކާއާއި އެމީހުންގެ އަޢުވާނުން، އެމީހުން އަމިއްލައަށް ހަދާފައިވާ ޔޫއެންގެ ޤާނޫނުތަކާއިވެސް ޚިލާފަށް މުސްލިމުންގެ ބިންތަކަށް އަރައިގަނެ އެތަންތަން އަޅުވެތިކޮށް އެމީހުންގެ އިސްތިޢުމާރުގެ ދަށަށް ގެންގޮސް އެމީހުންނާއި އެއްބައިވާ ހުރިހާ ޤައުމުތަކަކުން އެތަންތަނަށް ލަޝްކަރުތައް ގެންގޮަސް އެޤައުމުތަކުގެ ފިރިހެނުންނާއި ކުޑަކުދިންތައް މަރާ، އަންހެނުންގެ ޢިއްފަތްތެރިކަމަށް އަރައިގަނެ ހަދާއިރުވެސް އެމީހުން ކަންތައް އެކުރާ ގޮތް މިވަނީ އަޅުގަނޑުމެންނަށްވެސް އެންމެ ރަނގަޅުގޮތް ކަމުގައި ވެފައެވެ. ސުބްޙާނަﷲ އެވެ. ޢަދުލުވެރިކަމާއި އިންސާފު ކޮބައިތޯއެވެ؟

މިވެރިން ޑިމޮކްރަސީއޭ ކިޔާ މިގޮވާ ގޮވެލިފަތީގައިވެސް މިކިޔަނީ ހަމަހަމަކަމާއި ޢަދުލު އިންސާފުގެ ވާހަކައެވެ. އެކަމަކު ޢަމަލު މިހިރަ ފެންނަނީ ހަމަ ދިމާ އިދިކޮޅަށެވެ. ކޮންމެއަކަސް އީމާންވި މީސްތަކުން ހަނގުރާމަ ކުރަމުންދާނީ ﷲގެ މަގުގައެވެ. ކާފަރުވި މީހުން ހަނގުރާމަ ކުރާނީ ޠާޣޫތު ޝައިޠާނުންގެ މަގުގައެވެ. އެއީ މުސްލިމުންގެ ތެރެއިން އެފަދަ ކާފަރުންނާއި ބައިވެރިވި ބަޔަކު ކަމުގައިވިޔަސް މެއެވެ. ﷲ ތަޢާލާ ކީރިތި ޤުރުއާނުގައި ވަޙީކުރައްވާފައި ވެއެވެ.

"الَّذِينَ آمَنُوا يُقَاتِلُونَ فِي سَبِيلِ اللَّهِ وَالَّذِينَ كَفَرُوا يُقَاتِلُونَ فِي سَبِيلِ الطَّاغُوتِ فَقَاتِلُوا أَوْلِيَاءَ الشَّيْطَانِ إِنَّ كَيْدَ الشَّيْطَانِ كَانَ ضَعِيفاً" (النساء:76)

މާނައީ: "އީމާންވީ މީސްތަކުން ހަނގުރާމަ ކުރާކަންކަށަވަރީ ﷲގެ މަގުގައެވެ. އަދި ކާފަރުވި މީހުން ހަނގުރާމަ ކުރަނީ ޠާޣޫތުން*ގެ މަގުގައެވެ. ފަހެ ތިޔަބައިމީހުން ޝައިޠާނާގެ ވާގިވެރިންނާއި ހަނގުރާމަ ކުރާހުށިކަމެވެ. ހަމަކަށަވަރުން ޝައިޠާނާގެ ކެހިވެރިކަންވަނީ ބަލިކަށި އެއްޗެއްގެ ގޮތުގައެވެ."

* ޠާޣޫތުންނަކީ ﷲ ފިޔަވާ (އިންސާނެއް ނަމަ އެފަރާތެއްގެ ރުހުމާއިއެކު) އަޅުކަން ކުރެވޭ ކޮންމެ ފަރާތެކެވެ. މިގޮތުން ޝައިޠާނުންނާއި، އަޅުކަންކުރެވޭ ބުދުތަކާއި، ސިޙުރުވެރިންނާއި، ﷲ ތަޢާލާގެ ދީން މުގުރާލައި ދީނުގެ ޙުކުމްފުޅުތަކުގެ މައްޗަށް ޙުކުމްތައް ހަދާ ކޮންމެ ފަރާތަކީ ޠާޣޫތުންނެވެ.

މިއަދު އަޅުގަނޑުމެންގެ މުޖްތަމަޢުގައި މީހުންގެ ގަޔަށް ކަނޑި، ވަޅި، ކަޓަރު، ދަގަނޑުބުރި، ލަޓިބުރި ހަރާ ތަޅާ މެރުމާއި، ކަރުދަން ޖެހިގެން ނޫންނަމަ ކޮންމެވެސް ވިހައެއް ބޮއެގެން އަމިއްލައަށް މަރުވުމާއި، ރާބޮއެ މަސްތުވެގެން ދެބަންދިހާރަވެގެން އުޅުމާއި، ޒިނޭ ކުރުމާއި، ހަށި ވިއްކުމާއި، ނަހަލާލަށް ރަށް މެދަށް ވިހައި ނުވިތާކަށް އެކުށެއް ނެތް ކުޑަކުއްދިންތައް މަރާ ނުވަތަ ދިރިތިއްބާ ވަޅުލައި ހެދުމާއި، އެއް ޖިންސުން ގުޅުން ހިންގުމާއި، ކުޑަކުދިންނަށް ލާރި ދީ ހައްލައިގެންނާއި ގަދަކަމުން އެކުދިންނާއި ބެހުމާއި، ވައްކަން ކުރުމާއި، މީހުންގެ ލާރިތައް ގަދަ ބާރުން ނޫންނަމަ ނަހަމަގޮތުގައި ފެލާލައިގެން ބޭނުންކޮށް އުޅުމާއި އަދި މިނޫނަސްވެސް އަޅުގަނޑުމެންގެ މުޖްތަމަޢުގައި ފެތުރިފައިމިވާ ބޮޑެތި ޖަރީމާތަކާއި ފާޙިޝް ކަންތައްތައް ކުރަން އަޅުގަނޑުމެންނާއި އަޅުގަނޑުމެންގެ ދަރީން ތިބުމަށްވުރެ، ﷲގެ މަގުގައި ނިކުމެ އެއިލާހުގެ ދީނުގެ ނޫރުކޮޅު ނިއްވާލަން ހަނގުރާމަ ކުރަމުންދާ ކާފަރުންނާއި ހަނގުރާމަކޮށް އެމީހުން މަރާލައި ނޫންނަމަ ޝަހީދުވެގެން، ﷲގެ މަގުގައި މަރުވެގެންވެސް، ކައްވަޅުގައާއި އަދި އާޚިރަތުގައިވެސް ލިބެން އޮތް ނިޢުމަތްތައް ލިބިގަތުން މާރަނގަޅު ނޫންތޯއެވެ؟ ނޫނީވިއްޔާ އަދިވެސް އަޅުގަނޑުމެން ތިބެންވީ އެކަން ދޮގުކޮށް ދުނިޔެއާއި ބައްދާ އޮޅުލަންތޯއެވެ؟ އަދި އެކަމަށް ތިމާ ކުރިމަތި ނުލީކަމުގައި ވީނަމަވެސް އެމަތިވެރި ދީނީ ވާޖިބު އަދާކުރަމުންދާ މުޖާހިދުންނަށް ފުރައްސާރައާއި މަލާމަތް ނުކޮށް ތިބޭނަމަ ކިހާ ރަނގަޅުވީސް ހެއްޔެވެ!

މިވާހަކަ މީގެ ސާދަސަތޭކަ އަހަރު ކުރިން އަޅުގަނޑުމެން އެންމެން އެނަބިއްޔަކަށް އީމާންވެގެން މިތިބި، ކީރިތި ނަބިއްޔާ މުޙައްމަދު صلّى الله عليه وسلّم ވަނީ ބަޔާންކޮށްދެއްވާފައެވެ. މާތްﷲ ރުއްސުންލެއްވި أبو هريرة ގެ ކިބައިން ރިވާވެގެންވެއެވެ. އެކަލޭގެފާނު ވިދާޅުވިއެވެ. رسول الله صلّى الله عليه وسلّم ޙަދީޘްފުޅުކުރެއްވިއެވެ.

"تَعِسَ عَبْدُ الدِّيْنَارِ، تَعِسَ عَبْدُ الدِّرْهَمِ، تَعِسَ عَبْدُ الخَمِيْصَةِ، تَعِسَ عَبْدُ الخَمِيْلَةِ، إِنْ أُعْطِيَ رَضِيَ، وَإِنْ لمَ يُعْطَ سَخِطَ، تَعِسَ وَانْتَكَسَ، وَإِذَا شِيْكَ فَلاَ انتَقَشَ، طُوْبَى لِعَبْدٍ آخِذٍ بِعِنَانِ فَرَسِهِ ِفي سَبِيْلِ اللهِ، أَشْعَثَ رَأْسُهُ، مُغْبَرَّةٍ قَدَمَاهُ، إِنْ كَانَ فِي الحِرَاسَةِ كَانَ ِفي الحِرَاسَةِ، وَإِنْ كَانَ فِي السَّاقَةِ كَانَ ِفي السَّاقَةِ، إِنِ اسْتَأْذَنَ لمَ يُؤْذَنْ لَهُ، وَإِنْ شَفَعَ لَمْ يُشَفَّعْ" (صحيح البخاري)

މާނައީ: "ދީނާރާއި، ދިރުހަމުގެ އަޅާއަށް ހަލާކުހުއްޓެވެ. މަޚުމަލުގެ ސާލާއި، ޖަރީކުރެވިފައިވާ ސާލުގެ އަޅާއަށް ހަލާކުހުއްޓެވެ. (އެބަހީ ދުނިޔޭގެ މުދަލާއިގެން އުޅޭ މީހާއަށް ހަލާކު ހުއްޓެވެ.) އޭނާއަށް (އެތަކެތި) ލިބިއްޖެނަމަ ރުހެއެވެ. އަދި ނުލިބިއްޖެނަމަ ރުޅިއާދެއެވެ. އޭނާއަށް ހަލާކު ހުއްޓެވެ. އަދި އޭނާ މޫނުވަތަށް ޖެހޭ ހުއްޓެވެ. (އެބަހީ ބަރުބާދުވާ ހުއްޓެވެ.) އަދި (ދުނިޔޭގެ މުދަލާއިގެން އުޅޭ އުޅުމުގައި) އޭނާގެ ގައިން ތަނަކަށް ކައްޓެއް ވަދެއްޖެނަމަ އެކަށި ނުނެގޭ ހުއްޓެވެ. (އެބަހީ އެހާވެސް މަރަށް ބިރުގަނެ ފިނޑިވާނެއެވެ.) އަދި ﷲގެ މަގުގައި އެމީހެއްގެ އިސްތަށިގަނޑު ހަޑިވެ، ފައި ހިރަފުހުން ތަތްތެޅިގެންވާ ހާލު އެމީހެއްގެ އަހުގެ ލަގަނުގައި ހިފައިގެން ހުރި މީހާއަށް އުފާވެރިކަމާއި ބާއްޖަވެރިކަން ހުއްޓެވެ. އޭނާ ފޯރިމަރަން ހުރެއްޖެނަމަ އެކަން ފުރިހަމައަށް އަދާކުރެއެވެ. އަދި ލަޝްކަރުގެ ފަހަތް ބަލަހައްޓަން ހުރެއްޖެނަމަ އެކަންވެސް ފުރިހަމައަށް އަދާކުރެއެވެ. އޭނާ (ކަމަކަށް) ހުއްދައަށް އެދެފިނަމަ އޭނާއަކަށް ހުއްދައެއް ނުލިބެއެވެ. އަދި (ކަމަކަށް) ޝަފާޢަތްތެރިވެއްޖެނަމަ އޭނާގެ ޝަފާޢަތް ޤަބޫލެއްވެސް ނުކުރެވެއެވެ." (އެބަހީ އެމީހުންގެ ކިބައިން އޭނާ ކަމަކަށް އެދެފިނަމަ އެބައިމީހުން އޭނާއަކަށް އެއްވެސް އަހައްމިއްޔަތު ކަމެއް ނުދޭނެއެވެ. އެއީ އޭނާ ހުރި ސިފައިންނެވެ. ނަމަވެސް ﷲގެ ޙަޟްރަތުގައި އޭނާއަކީ އަގުހުރި މާތް މީހެކެވެ. އެހެނީ ހަމަކަށަވަރުން އޭނާގެ ޢަމަލުން އޭނާ އެދެނީ އާޚިރަތުގެ އަޖުރަށެވެ. ދުނިޔޭގެ ޖާހަކަށްނޫނެވެ.)

އަދިވެސް ދަންނާށެވެ. އަޅުގަނޑުމެންގެ އެތެދުވެރި ނަބިއްޔާވަނީ، ޤިޔާމަތާއި ޖެހެންދެން އަބަދުވެސް މީސްތަކުން ކުރެ ބަޔަކު ޙައްޤު މަގުގައި ޖިހާދު ކުރުންމަތީ ދެމިތިބޭނޭ ކަމަށް ބަޔާންކޮށްދެއްވާފައެވެ.

حديث جابر بن عبد الله، رضي الله عنهما، قال: سَمِعْتُ رَسُولَ اللَّهِ صلى الله عليه وسلم يَقُولُ: "لاَ تَزَالُ طَائِفَةٌ مِنْ أُمَّتِي يُقَاتِلُونَ عَلَى الْحَقِّ ظَاهِرِينَ إِلَى يَوْمِ الْقِيَامَةِ". (رواه مسلم: 1923)

މާނަ: ޖާބިރް ރަޟިޔަﷲ ޢަންހު ރިވާކުރެއްވެވި ޙަދީޘެއްގައިވެއެވެ. ރަސޫލުﷲ ޞައްލައްﷲ ޢަލައިހި ވަސައްލަމް ޙަދީޘްފުޅު ކުރައްވާތީ ތިމަންކަލޭގެފާނު އަޑުއެއްސެވީމެވެ: "ތިމަންކަލޭގެފާނުގެ އުއްމަތުގެ ތެރެއިން ބައިގަނޑެއް (އެބަހީ ބަޔަކު މީހުން)، ޙައްޤުގެ މަތީގައި (އެބަހީ ﷲގެ މަގުގައި) ހަނގުރާމަ ކުރުމުގައި ޤިޔާމަތް ދުވަހާއި ޖެހެންދެން ފައުޅުވެ ދެމި ތިބޭނެއެވެ."

ކޮންމެއަކަސް މިހާ ޞަރީޙަކޮށް ސާފުކޮށް މިމައްސަލަ ފެންނަން އޮތްއިރުވެސް ހިތާމައަކީ އަޅުގަނޑުމެން މިދިވެހި ރާއްޖޭގައިވެސް މުސްލިމުންގެ ނަމުގައި ތިބި ދިވެހި ލޭހިނގާ ދަރީންތަކެއް، ކާފަރުންގެ ބޮޑެތި ވެރީންތަކަށް އަޅުގަނޑުމެންގެ ދީން ވިއްކާލަން މަސައްކަތް ކުރަމުންދާ ކަމެވެ.

މީގެ ދުވަސްކޮޅެއް ކުރިން އެމެރިކާ ސިފައިންގެ ޓީމެއް މިރާއްޖެއަށް އައިސް ދިވެހި ފުލުހުންނާއި ސިފައިންނަށް އެކިއެކި ހުނަރުތައް އުނގަންނައިދީ ދަސްކޮށްދިނުމަށް ތަފާތު އެތައް ޕްރޮގްރާމްތަކެއް ހިންގާފައެވެ. މިގޮތުން ރާއްޖޭގައި ކުށް މަދުކުރުމަށްޓަކައި ހޭލުންތެރި ކުރުވުމަށް، މާލޭގައި ބޭއްވި ބައްދަލުވުމެއްގައި ވަނީ ސިފައިންނާއި ފުލުހުންނާއި ކަސްޓަމްސްގެ އޮފިސަރުންނާއި އަދި މިނޫންވެސް ކަމާއި ބެހޭ އެކިއެކި އިދާރާތަކުގެ ބޭފުޅުން ބައިވެރިވެފައެވެ.

ކޮންމެއަކަސް މިބައްދަލުވުމަށް ދިޔަ ބޭފުޅެއް މެދުވެރިކޮށް އަޅުގަނޑަށް ޚަބަރު ލިބުނު ގޮތުގައި މުޅި އެބައްދަލުވުމުގައި ކަހަލަ ގޮތަކަށް އެވެރިން ދެއްކީ ރާއްޖޭގައި ދީނީ ކަންތައްތައް ހުރި ނެތްގޮތުގެ މައްޗަށެވެ. މިކަމާއިގުޅޭ މަޢުލޫމާތު ދެމުން، ސަރުކާރުގެ ކަމާބެހޭ އިދާރާއަކުން ވާހަކަދެއްކެވި ބޭފުޅަކު ވިދާޅުވީ ރާއްޖޭގައި އޮތީ ދީނީ ތިން ބައެއް ކަމަށާއި އޭގެ ތެރެއިން ފުރަތަމަ ބަޔަކީ ޢަދާލަތު ޕާޓީކަމަށާއި އެއީ މެދުމިނުގެ ދީނީ ޕާޓީއެއް ކަމަށާއި ދެން އޮތީ ޖަމްޢިއްޔަތުއް ސަލަފް ކިޔާ ބަޔަކާއި ޑޮޓް ކިޔާ ބައެއް ކަމުގައެވެ. އަދި މިދެބަޔަކީ ކުރީގައި ގާތްގަނޑަކަށް އެކައްޗެއް ކަމަށާއި އެހެންނަމަވެސް ކުރީގެ ސަރުކާރު ވެއްޓުމުން ޖަމްޢިއްޔަތުއް ސަލަފްއިންވެސް ސަރުކާރަށް އެއްބާރުލުން ދޭކަމަށެވެ. އަދި ޢަދާލަތު ޕާޓީއާއި ސަލަފްއާއި ގުޅުން ރަނގަޅު ވާހަކައެވެ. ކޮންމެއަކަސް މިވާހަކަތައް ދެއްކުމުން އެމެރިކާއިން އައިސް ތިބި މީހުންނަށް މިކަން އެހާ ފަސޭހައިން ޤަބޫލެއް ނުކުރެވުނެވެ. އެމީހުން ބުނާ ގޮތުން އެތިންބަޔަކީވެސް ހަމަ އެކައްޗެކެވެ. އަދި ވަކިން ޚާއްޞަކޮށް ސަލަފްއާއި ޢަދާލަތާއި ގުޅުން އޮންނަން ޖެހެނީ ކީއްވެތޯ ސުވާލުކުރި ކަމުގައިވެއެވެ.

އާދެ ކޮންމެއަކަސް މިއީ މިއަދު އަޅުގަނޑުމެންގެ ޤައުމުގެ އިސް ސަފުގައި ތިއްބެވި ގިނަ ބޭފުޅުންގެވެސް ކަންތައް ހުރިގޮތެވެ. އެމެރިކާ ސިފައިންނާއި އެތަނުގެ ސަރުކާރުގެ ފަރާތުން އެހީތަކެއް ލިބުނެއް ކަމަކު ދީން ވިއްކާލަން ޖެހޭތޯއެވެ؟ މިއީ މިތަނުގައި ދީނަށްޓަކައި މަސައްކަތްކޮށް ދީނަށް އުޅެމުންދާ މީހުންނާއިމެދު މިބޭބޭފުޅުންގެ ވިސްނުންފުޅު ހުރިގޮތެވެ. އާދެ އެމީހުންގެ އެދުންތައް ޙާޞިލްކުރުމަށްޓަކައި ތިމާމެންނަކީ މުސްލިމުންކަން ހަނދާން ނައްތާލައި ދީނަށް ޙުރުމަތްތެރިކޮށް ހިތާ ދީނަށް ލޯބިކޮށް އެގޮތަށް އުޅޭ މީހުންގެ ބޮލަށް އަރާ ފިއްތާލަނީއެވެ. އެވިދާޅުވާހެން އެބޭބޭފުޅުން ބޭރުގެ އެކިއެކި ޤައުމުތަކަށް ދަތުރުކޮށް ބޭނުން ގަނޑެއް ގަނެ އުޅުމަށް އޭރުން ވަރަށް ފަސޭހަވާނެއެވެ.

ކޮންމެއަކަސް އަޅުގަނޑު މިބަޔާންކުރަނީ މިތަނުގައި ހައްދުފަހަނާޅާފައިވާ ބަޔަކު ނޫޅޭ ވާހަކައެއް ނޫނެވެ. އެހެންނަމަވެސް ދަންނަންޖެހޭ ޙަޤީޤަތަކީ މުސްލިމުންގެ ބިންތައް ފޭރިގަނެ މުސްލިމުންގެ ލެޔަށް ދަހިވެތިވެފައިވާ ޝައިޠާނީ ދައުލަތްތަކުގެ އިސްވެރިންނަށް މިފަދަ މަޢުލޫމާތު ފޯރުކޮށްދިނުމުން ދެން މީގެ ނަތީޖާ ވަރަށް ހިތިވާނެކަމެވެ. އާދެ މީގެ ހުރިހާ ގެއްލުމެއް ފޯރާނީ މުސްލިމުންނަށާއި އިސްލާމްދީނަށެވެ. އަދި އޭރުން ހައްދުފަހަނާޅާ ދާމީހުންވެސް ހައްތަހާ ވާނީ އިތުރެވެ.

ދެން އަޅުގަނޑުމެން ބަލާލަމާތޯއެވެ. މިފުރަމާލޭގައި ހުޅުވާފައި ހުރި ޖަރުމަނު މީހެއްގެ ރެސްޓޯރެންޓެއްގައި ބުދު ފައްޅި ހަދައިގެން އެތަން ހިންގަމުންދާތާ އެތައް ދުވަހެކެވެ. އެކަމުގެ ވާހަކަ ޕޮލިހުންނާއި ސިފައިންނާއި ހޯމް މިނިސްޓްރީއާއި މިނިސްޓްރީ އޮފް އިސްލާމިކް އެފެއާރޒްއަށް އަންގައިގެން އަދިވެސް ވީ އެއްވެސް ކަމެއް ނެތެވެ. މިކަމަށް ކިރިޔާވެސް އިޖާބައެއް ދެއްވެވި ފަރާތަކީ އިސްލާމިކް އެފެއާރޒްއެވެ. އެބޭފުޅުންގެ މަސައްކަތުން އެތަނުގައި ހުރި އެންމެ ބޮޑު ބުއްދާ ވަނީ ނަންގުވާފައެވެ. އެހެންނަމަވެސް ބާކީ ހުރި ހުރިހާ އެއްޗެއް އަދިވެސް އެހެރީ ހަމައެތަނުގައި ފާޅުކޮށް ފެންނާށެވެ. މިމައްސަލައިގެ ތަފްޞީލު އަޅުގަނޑުމެން މިދަނީ ބަރާބަރަށް ގެނެސްދެމުންނެވެ. ކޮންމެއަކަސް ސަރުކާރުގެ ކަމާއިބެހޭ ފަރާތްތަކުގެ ސަމާލުކަމަށް މިމައްސަލަ ގެނެވިފައިވާ އިރުވެސް އަދިވެސް އެއްވެސް ފިޔަވަޅެއް ނޭޅެއެވެ. ދެން ބަޔަކު މީހުން ނުކުމެ އެތަން ގޮއްވާލައި ނުވަތަ އެތަނުގައި ހުޅުޖަހައިފިނަމަ، އެބަޔަކު ވާނީ އެވިދާޅުވާ ޓެރަރިސްޓުންނަށެވެ. މިކަމަކީ ޢަޤީދާއާއި ގުޅޭ ބޮޑު މައްސަލައަކަށް ވާއިރުވެސް އެއްވެސް ޙާލެއްގައި މިކަމުގައި ތިމާމެން ވެފައިމިވާ އިހުމާލެއް ހަމަ އެއްގޮތަކަށްވެސް ނޭނގެއެވެ.

މިއީ މިއަދު ދުނިޔޭގެ ގިނަ މުސްލިމް ޤައުމުތަކުގައި ކަން ހިނގަމުން ދާގޮތެވެ. އެމީހުން އެބުނާ ޙައްދުފަހަނާޅާފައިވާ ޢަމަލުތައް ހިންގަން ޖެހުމުގެ އަޞްލު ސަބަބަކީ ވެރީންނަށް ތިބި މިފަދަ މީހުން ދީނާއިމެދު ކަންތައް ކުރަމުންދާ އިހާނެތި ގޮތެވެ. ދީން ދޫކޮށް ދީނާއި ޚިލާފް އެތައް ކަމެއް، ކާފަރުން ރުއްސުމަށް އެމީހުން އެދޭގޮތަށް ކުރަމުން ގެންދަނީއެވެ. މުސްލިމުން އެމީހުންގެ ދީނާއި ދުނިޔޭގެ ކަންތައްތައް ހެޔޮ ގޮތުގައި ހިންގުމަށް ޙަވާލުކޮށްފައިވާ މިމީސްތަކުން، ﷲ ގަންދީ ހުވާކޮށްގެން މިތިބެނީ ކޮންކަމެއް ކުރާކަށް ކަމެއް ހަމަ ނުވިސްނުނެވެ. ކޮންމެއަކަސް މިދަންނަވަނީ ހުރިހާ އެންމެން އެގޮތަށް ކަންތައް ކުރެއެކޭ ނޫނެވެ. އެހެންނަމަވެސް އެފަދަ އެތައް ބަޔަކުވެސް މިޤައުމުގައިވެސް އުޅެމުންދާ ވާހަކައެވެ.

ދިވެހި ލޮބުވެތި އަޚުންނާއި އުޚްތުންނޭވެ. ﷲ ތަޢާލާ އަޅުގަނޑުމެންނަށް ބުއްދި ދެއްވާފައިވަނީ ކަމަކުއެވެ. ބަޔަކު އަޅުގަނޑުމެންގެ ސިކުނޑިތަކަށް އެޅިހައި އެއްޗެއް ޤަބޫލު ކުރުމުގެ ބަދަލުގައި، ދުނިޔެވީ މިހިރަ ކަންތައްތައް ހިނގަމުންދާ ގޮތަށް ވިސްނާލި ނަމަވެސް ނިކަން ރަނގަޅަށް ޙަޤީޤަތް މިއޮތީ ފެންނާށެވެ. އަދި އަޅުގަނޑުމެން އެދެއެއްޗެއް ތެދުކޮށް ޤަބޫލު ކުރުމުން މެނުވީ މުސްލިމުންނަށް ނުވެވޭ، ﷲގެ ބަސްފުޅާއި ކީރިތި ނަބިއްޔާގެ ޙަދީޘްފުޅުތަކުގެ ތިލަފަތުގައި މިހިރަމިހިރަ ކަންތައްތައް މިނެ ކިރާލުމުން ޙަޢްޤު ގޮތް މިއޮތީ ރަނގަޅަށް ފެންނާށެވެ. ޒަމާން ބަދަލު ވިޔަސް އަޅުގަނޑުމެންގެ އިލާހަކީ ހަމަ އޭރުގެވެސް އިލާހެވެ. ދީނަކީވެސް ހަމަ އޭރުގެ ދީނެވެ. ފޮތަކީވެސް ހަމަ އޭރުގެ ފޮތެވެ. ނަބިއްޔަކީވެސް ހަމަ އޭރުގެ ނަބިއްޔާއެވެ.

ނިންމާލަމުން އަޅުގަނޑު މިތަނުގައި ބަޔާންކޮށްލާނީ ޢަރަބި ޅެންވެރިޔަކު ހައްދަވާފައިވާ ޅެމެއްގެ ބައިތެކެވެ.

لَنْ نُبَالِي بِالْقُيُودُ بَلْ سَنَمْضِي لِلْخُلُودُ

އަހަރުމެންގެ ގައިގާ ކަސްދޮޅު އަޅުވާ ހައްޔަރު ކުރިއަސް، އެކަމަކަށް ފަރުވާލެއް ނެތެވެ. އެހެނެއްކަމަކު ޙަައްޤުގޮތުގައި އަހަރުމެން އަބަދުވެސް ޘާބިތުވެ ކުރިއަށް ދާނަމެވެެ.

وصلى الله وسلم وبارك على نبينا محمد وعلى آله وأصحابه أجمعين. والحمد لله رب العالمين.


Read more...



Read more...

''ކަލޭ ދާންވީނުން ގްރީކަށް''

ކަލޭ ދާންވީނުން ގްރީކަށްް
މީގެދުވަސްކޮޅެއް ކުރިން ޕާކިސްތާނުގައި ދިވެހިންގެ ނުވަމީހަކު ހަތިޔާރާއެކު ހަރަކާތްތެރިވަމުން ދަނިކޮން އަތުލައިގަތުން ވެގެންދިޔައީ ދިވެހިރާއްޖޭގެ އެކިކަންކޮޅުތަކުގައި ތަފާތުގޮތްގޮތަށް އެކަމާމެދު ބަހުސްކުރެވިގެންދިޔަ ކަމަކަށެވެ. އެއްބަޔަކު އެކަމަށް ތާއީދުކުރަމުން ދިޔައިރު އަނެއްބަޔަކު ބުނަމުން ދިޔައީ އެއީ އެއްގޮތަކަށްވެސް ގަބޫލުކުރެވޭނެ ކަމެއް ނޫންކަމުގައެވެ. އެބައިމީހުންނަކީ މުއްލާއިންނޭ، ޓެރަރިސްޓުންނޭ، ހައްދުފަހަނަ އަޅާފައިވާ މީހުންނޭ ބުނަމުންނެވެ.

އަޅުގަނޑު ދެކޭގޮތުގައި މައްސަލައަކަށް ވެގެންމިއުޅެނީ ހައްޔަރުކުރެވުނު މީހުންގެ މޫނުމަތިން މާތް ނަބިއްޔާގެ (ސ.އ.ވ)ސުންނަތް ފާޅުވާން ހުރުމެވެ. އެބައިމީހުންގެ ތުނބުޅިތަށް ދިގުކޮށްފައިހުރުމެވެ. މި ހާދިސާއާގުޅިގެން އަޅުގަނޑުމެންގެ މިކުޑަކުޑަ ސައްތައިންސަށްތަ އިސްލާމުންކަމަށް ދައުވާކުރާ މުޖުތަމައުގާ މާތް ނަބިއްޔާގެ (ސ.އ.ވ)ސުންނަތަށް މަލާމާތާ ފުރައްސާރަކުރުމުގެ ރޫޙް އުފެދިގެންދިޔައެވެ. ތުނބުޅި ދިގުކޮށްފައި ހުރިމީހަކު ހަމަފެންނަ ކޮންމެތަނަކުން އެމީހަކާ ދިމާކޮށް، ގޯނާކުރުމާ ފާޑުފާޑުގެ ހަޑިހުތުރު ބަސްތަކުން މުޚާތަބުކުރަން ފެށުނެވެ. އެންމެހާ ކިޔުންތެރިންނަށް އަޅުގަނޑު މިގެނެސްދެނީ އަޅުގަނޑުގެ ރަޙްމަތްތެރިއަކު ކިޔައިދިން ވާހަކައެކެވެ.

އެއީ ޕާކިސްތާނުގައި ދިވެހިންގެ ނުވަމީހުން ހައްޔަރުކުރި ވާހަކަ ޚަބަރުފަތުރާ ވަސީލަތްތަކުން އާއްމުކުރިތާ ދެދުވަސްފަހެވެ. މާވެޔޮމަގުން ބާރުސްޕީޑްގައި ދުއްވާފައިދިޔަ ވޭނެއް ކޯރުކެނޑިމަގުން މަޑުކޮށްލަން ޖެހުނީ ކުރިމަތިން ދުއްވާފައިދިޔަ ސައިކަލެއް މަގުގެ ވާތްފރާތުގައިވާ ބުކްޝޮޕެއްގެ ކުރިމައްޗަށް މަޑުކޮށްލުމުންނެވެ. ސައިކަލް ހަމަފެނުމާއެކު ވޭންތެރޭގައި ތިބި ތިންމީހުން ވަރަށްބޮޑަށް ރުޅިއަތުވެއްޖެއެވެ. ސަބަބަކީ ސައިކަލް ދުއްވަން އިން ޒުވާނާވަނީ އޭނާގެ ތުނބުޅި ދިގުކޮށްފައެވެ. ސައިކަލްކައިރިއަށް ވޭން މަޑުކުރުމަށްފަހު ވަރަށް ރުޅިއައިސްގެން އެޒުވާނާ އާދިމާއަށް ބުނެފިއެވެ.
''ކަލޭ ދާންވީނުންހޭ ޕާކިސްތާނަށް''. ހަމަ ބުނުމާއެކު ޒުވާނާ ސައިކަލުން ފައިބާ އެމީހުންނާދިމާލަށް އަތްއެއްލާ ބުނެފިއެވެ. ''ކަލޭމެން ދާންވީނުންހޭ ގްރީކަށްް. އެންމެފަހުންވެސް ތިގޮތަށް ތުނބުޅިއޮމާކޮށް ފައިކުރިދޫކޮށްލައިފަ ތިބިބައެކޭ އެތަނުގަ އަތުލައިގަތީ ދިހައަހަރުވަންދެން ކުދަކުދިންނާއެކު އެއްޖިންސުން ގުޅުންހިންގަން އުޅެނިކޮށް''ް. ވޭނު ގައި ތިބިތިންމީހުންނަށް ތިބެވުނު ތަންވެސް ނޭންގުނުކަހަލައެވެ. ބުނާނެ އެއްޗެއްވެސް ނޭންގުނެވެ.

ތުނބުޅި ދިގުކޮށްފަ ހުރިމީހަކު ކުރާކަމެއް ތުނބުޅި ދިގުކޮށްފަ ތިބޭ އެންމެނަށް ރަށްދުވާނަމަ ތުނބުޅި ބާލާފަ ހުންނަމީހަކު ކުރާކަމެއް ތުނބުލިބާލާފަ ތިބޭއެންމެނަށްވެސް ރަށްދުވާނެއެވެ. އަޅުގަނޑުމެންގެ މިރާއްޖޭގައިވެސް އެންމެފަހުން 18އަހަރުންދަށުގެ ކުޑަކުދިންނާއެކު އެއް ޖިންސުން ގުޅުންހިންގުމުގެ ކުށުގައި ހައްޔަރުކޮށްފައި ވަނީ ތުނބުޅިބާލާ އޮމާންކޮށްފައި ތިބިމީހުންނެވެ

Read more...

އިދިކޮޅު ދެޕާޓީއެއްގެ ތާޢީދާއެކު ޖުމްހޫރީ ޕާޓީން ރައްޔިތުންގެ މަޖިލިހަށް ޤަރާރެއް ހުށަހަޅައިފި

އިދިކޮޅު ދެޕާޓީއެއްގެ ތާޢީދާއެކު ޖުމްހޫރީ ޕާޓީން ރައްޔިތުންގެ މަޖިލިހަށް ޤަރާރެއް ހުށަހަޅައިފި

އިދިކޮޅު އައިޑީޕީ އާއި އެމްއެސްޑީޕީ ގެ ތާޢީދާއެކު ޖުމްހޫރީ ޕާޓީއިން ރައްޔިތުންގެ މަޖިލިހަށް ގަރާރެއް ހުށަހަޅައިފިކަމަށް އެތިންޕާޓީން ބުނެފިއެވެ. ދަރުބާރުގޭ ފަންސަވީސް މާލަމުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޖުމްހޫރީ ޕާޓީގެ ލީޑަރ އަދި ރާއްޖޭގެ މަޝްހޫރު ވިޔަފާރިވެރިޔާ ޤާސިމް އިބްރާހިމް ވިދާޅުވީ މިއީ ދިވެހި ދައުލަތުގެ މިލްކިއްޔާތުގައިވާ މުދާ ބޭރުގެ ފަރާތްތަކަށް ވިއްކުން ހުއްޓުވުމާބެހޭ ގަރާރެއް ކަމަށެވެ. މި ޤަރާރު މަޖިލިހަށް ހުށަހެޅުއްވީ ޖުމްހޫރީ ޕާޓީގެ ޕާލަމެންޓް މެންބަރު މުޙައްމަދު ސަލީމް ( ދޯޅަނބު ސަލީމު ) އެވެ. އެއީ ރައްޔިތުންގެ މަޖިލިހުގެ ގއ. އަތޮޅުގެ މެންބަރެވެ.

މި ޤަރާރާބެހޭ ގޮތުން މަޢުލޫމާތު ދެއްވަމުން ޖުމްހޫރީ ޕާޓީގެ ލީޑަރ ޤާސިމް އިބްރާހިމް ވިދާޅުވީ މިއީ ރާއްޖޭގެ ބައިނަލް އަޤްވާމީ އެއަރޕޯޓްތައް ބޭރުގެ ފަރާތްތަކަށް ވިއްކާލެއްވުމަށް ސަރުކާރުން ނިންމެވުމުން ހުށަހެޅުއްވި ޤަރާރެއްކަމަށެވެ. " އެއާރޕޯޓްފަދަ ތަންތަން ބޭރުގެ މީހުންގެ އަތްމައްޗަށް ދޫކޮށްލުމަކީ ކުރަން ހެޔޮވާވަރުގެ ކަމެއްނޫން. އެ ގޮތަށް އެކަން ކުރީމަ ސަލާމަތާއި އަމާންކަން ނެތް ކަމުގެ އިތުރަށް ނުރައްކާވެ މާއްދީ ގޮތުންވެސް އަޅުގަނޑުމެންނަށް ލިބިގެންދާނީ ގެއްލުން" ޤާސިމް ވިދާޅުވިއެވެ. ޤާސިމް ވިދާޅުވި ގޮތުގައި އެއަރޕޯޓްގެ މައްސަލައިގައި ކެބިނެޓްގައި ރައީސް ނަޝީދުގެ ކެނބިނެޓްގައި ހުންނަވައިގެން އިންކާރު ކުރެއްވުމުގެ އިތުރުން ސިޓީއަކުންވެސް އެކަން އެގޮތަށް ނުކުރެއްވުމަށް ދެންނެވިއެވެ. ނަމަވެސް އެކަން ހުއްޓާލެވެން ނެތް ކަމަށް ރައީސް ވިދާޅުވެފައިވާ ކަމަށް ޤާސިމް ވިދާޅުވިއެވެ.

މި ނޫސްކޮންފަރެންސްގައި އައިޑީޕީގެ ރައީސް އުމަރު ނަސީރާއި އެމްއެސްޑީޕީގެ ލީޑަރ ރީކޯ އިބްރާހިމް މަނިކު ބައިވެރިވެވަޑައިގެން ވާހަކަފުޅު ދެއްކެވިއެވެ. ޖުމްހޫރީ ޕާޓީއަކީ ވެރިކަންކުރާ އެމްޑީޕީ އާއެކު ވެރިކަން ހިއްސާކުރާ އިއްތިހާދުގެ ބައިވެރިއެކެވެ
.

Read more...

Sunday, April 26, 2009

އެމީހުން އެނުރުހެނީ ﷲގެ މަގުގައި ޖިހާދު ކުރާތީ ފުރަތަމަ ބައި


އެންމެހައި ޙަމްދު ޘަނާއެއް ޙައްޤުވަނީ އިސްލާމްދީނާއި މުސްލިމުންގެ ޙިމާޔަތުގައި އަދި ދީނުގެ ޢިއްޒަތާއި ޝަރަފަށްޓަކައި ﷲގެ މަގުގައި ހަނގުރާމަ ކުރުން ވާޖިބު ކުރެއްވެވި، ގަދަ ކީރިތިވަންތަ ﷲ ސުބްޙާނަހޫ ވަތަޢާލާއަށެވެ. އެއިލާހު މުސްލިމުންގެ މައްޗަށް ޖިހާދު ވާޖިބު ކުރައްވާފައިވަނީ، ޖިހާދަކީ ގިނަބަޔަކު އެކަމަށް ނުރުހޭނޭ ކަމެއް ކަމުގައި ވާނޭކަންވެސް ބަޔާން ކުރައްވަމުންނެވެ. ޞަލަވާތާއި ސަލާމް ލެއްވުން އެދި ދުޢާކުރަނީ އަޅުގަނޑުމެންނަށް ހަނގުރާމަ އުނގަންނަވައިދެއްވާ، ހަނގުރާމަކުރަން ދަސްކޮށްދެއްވެވި، މުސްލިމުންގެ ކޮމާންޑަރު އަދި ޤާއިދުކަމުގައިވާ މުޙައްމަދު صلى الله عليه وسلم އަށެވެ. މިޞަލަވާތާއި ސަލާމުގައި އެކަލޭގެފާނުގެ އެންމެހައި އާލު އަޞްޙާބުންނާއި ޤިޔާމަތާއި ޖެހެންދެން އެކަލޭގެފާނު ގެންނެވި ހިދާޔަތުގައި ހިފަހައްޓައިގެން ހަނގުރާމަކުރަމުންދާ އެންމެހައި މުޖާހިދުން ޝާމިލު ކުރަމެވެ. ﷲ ތަޢާލާ ކީރިތި ޤުރުއާނުގައި ވަޙީ ކުރައްވާފައިވެއެވެ.

"كُتِبَ عَلَيْكُمُ الْقِتَالُ وَهُوَ كُرْهٌ لَكُمْ" (البقرة: 216)

"ފަހެ ތިޔަބައިމީހުން އެކަންތަކަށް ނުރުހޭކަމުގައިވާ ޙާލު ތިޔަބައިމީހުންގެ މައްޗަށް ހަނގުރާމަ ކުރުން ފަރުޟު ކުރައްވައިފިއެވެ."

ޖިހާދާއި ބެހޭގޮތުން މުސްލިމުން ކަމުގައި ދަޢުވާ ކުރަމުންދާ ބައެއް މީހުން މިހާރު ދައްކަމުންދާ ވާހަކަތަކުގެ ބޮޅަށް އިތުރުވެގެންދިޔަ އެއްޚަބަރަކީ ހަވީރު ނޫހުގެ 26 މާރޗް 2009ގެ ޢަދަދުގައި "އަފްޣާނިސްތާން ހަނގުރާމައަށް ދިވެހިން" މިމައުޟޫއަށް ލިޔެފައިވާ ލިޔުމެވެ. މިއަދު ޖުމްލަކޮށް މީހުން ދައްކަމުންދާ ވާހަކަތަކުންނާއި އަދި އެލިޔުންވެސް ކިޔާލުމުން އަޅުގަނޑުގެ ހިތަށް ތަޞައްވަރު ކުރެވިގެން ދިޔައީ އިސްލާމްދީނާއި މުސްލިމުންނާއި އިދިކޮޅަށް ޔަހޫދީންނާއި ނަޞާރާއިންނާއި އަދި އެހެނިހެން ކާފަރުންތައް، ގުޅި އަތުގުޅާލައިގެން ކުރަމުންމިދާ ހަނގުރާމާގައި ފިކުރީ ގޮތުންނާއި ޢަމަލީގޮތުން އަޅުގަނޑުމެންވެސް ޖެހި ހައްޔަރުވެ އަޅުވެތިވެފައިވާ ކަމެވެ. އެއްބަޔަކު މިމަޅީގައި ޖެހިފައިވަނީ ނޭނގުމެއްގެ ތެރޭގައެވެ. އަނެއް ބަޔަކު އެމީހުންނަށް މިދުނިޔެމަތީގައި ލިބެން އޮތް ސިޔާސީ ބާރާއި ނުފޫޒާއި ޖާހާއި މަންސަބާއި ޑޮލަރު ބޮނޑިތަކަށްޓަކައި، އިސްލާމްދީނުގެ ހިދާޔަތު މިވަނީ މަގުފުރެދުމަށް ވިއްކާލާފައެވެ. އެހެންކަމުން މިމައުޟޫއަށް ދީނީ ނަޒަރަކުން އަލިއަޅުވާލަން، އަޅުގަނޑުގެ ޤަލަމް އުފުލާލަން މަޖުބޫރުވީއެވެ. ﷲ ތަޢާލާ ކީރިތި ޤުރުއާނުގައި ވަޙީ ކުރައްވާފައިވެއެވެ.

"أُولَئِكَ الَّذِينَ اشْتَرَوُا الضَّلالَةَ بِالْهُدَى فَمَا رَبِحَتْ تِجَارَتُهُمْ وَمَا كَانُوا مُهْتَدِينَ" (البقرة:16)

މާނައީ: "ދަންނައެވެ. އެމީހުންނަކީ އެއީ ތެދުމަގުގެ ބަދަލުގައި މަގުފުރެދުން ގަތް މީހުންނެވެ. ފަހެ އެމީހުންގެ އެވިޔަފާރިއަކުން އެމީހުނަކަށް ފައިދާއެއް ނުކުރިއެވެ. އަދި އެމީހުންނީ ހިދާޔަތް ލިބިގެންވީ ބަޔަކު ކަމުގައިވެސް ނުވެއެވެ."

ކޮންމެއަކަސް ޖިހާދަކީ މިހާރު މީސްތަކުން އެކަމަށް ނުރުހޭ ކަމެއްގެ އިތުރުން އެކަމަކާއިމެދު ނަފްރަތްތެރިކަން އުފެދިފައިވާ ކަމެއްވެސްމެއެވެ. އެމެރިކާއާއި ހުޅަނގުގެ ޤައުމުތަކާއި އިސްރާއީލުން މުސްލިމުންނާއި މެދު ގެންގުޅޭ ހައްދުފަހަނާޅާފައިވާ އެއްވެސް ޢަދުލުވެރިކަމެއް ނެތް އަނިޔާވެރި ސިޔާސަތަށް މުސްލިމުންގެ ތެރެއިން ގިނަ ބަޔަކު ނުރުހުންތެރިކަން ފާޅުކުރިކަމުގައި ވީނަމަވެސް، މިދެންނެވި ކުފުރުގެ ދައުލަތްތަކާއި އިދިކޮޅަށް ބަހެއް ބުނެލާ މީހަކުވެސް މިހަދަނީ ހައްދު ފަހަނާޅާފައިވާ ޓެރަރިސްޓަކަށެވެ. މިއީ މިއަދު އަޅުގަނޑުމެން މުސްލިމުންގެ ޙާލަތު ހުރި ގޮތެވެ. މިއަދު އަޅުގަނޑުމެން ކޮންމެ ކަމެއްވެސް ވަޒަން މިކުރަނީ (މިނެކިރާލަނީ) އެއްކަލަ ޙަރުބީ ކާފަރުންގެ ތިލަފަތުންނެވެ. އާދެ އެވެރިންގެ ކުފުރުގެ ސިކުނޑިތަކުގެ ހަމަތަކުގެ މައްޗަށެވެ. އެމީހުންނަށް ރަނގަޅު ކަންތައްތައް އެއީ ރަނގަޅު ކަންތައްތައްކަމުގައި ދެކި އެމީހުންނަށް ނުރަނގަޅު ކަންތައްތައް އެއީ އަޅުގަނޑުމެންނަށްވެސް ނުރަނގަޅު ކަންތައްތަކަށް މިވަނީ ހަދާފައެވެ. އެއީ ދީނުގެ ކިތައްމެ ބޮޑު މައްސަލައެއް ނަމަވެސް އެވެ. އަޅުގަނޑުމެންނީ މުސްލިމުންނަށްވާއިރު ދީނުގައި މިކަންއޮތީ ކިހިނެއްތޯ ހޯދާ ބެލީ ފަހެ އަޅުގަނޑުމެންގެ ތެރެއިން ކިތައް މީހުންތޯއެވެ؟ ﷲ ތަޢާލާ ވަޙީ ކުރައްވާފައިވެއެވެ.

"لا يَسْتَوِي الْقَاعِدُونَ مِنَ الْمُؤْمِنِينَ غَيْرُ أُولِي الضَّرَرِ وَالْمُجَاهِدُونَ فِي سَبِيلِ اللَّهِ بِأَمْوَالِهِمْ وَأَنْفُسِهِمْ" (النساء: 95)

މާނައީ: "މުއުމިނުންގެ ތެރެއިން (ޖިހާދު ނުކުރެވޭ ވަރުގެ) ޢުޛުރުތަކުގެވެރިން ފިޔަވައި، ހަނގުރާމައަށް ނުގޮސް ތިބޭ މީހުން، ﷲގެ މަގުގައި އެބައިމީހުންގެ މުދަލުންނާއި ނަފްސުތަކުން (ޖާނުން) ޖިހާދު ކުރާ މީހުންނާއި ހަމަހަމަވެގެން ނުވެއެވެ."

މިފަދަ މަތިވެރި ކަމެއްގެ ގޮތުގައި ޖިހާދު ލައްވާފައިވާއިރު އަޅުގަނޑުމެން މިއަދު މިތިބެނީ އެމަތިވެރި އަޅުކަން އަދާކުރާ މީހުންނާއި ދިމާލަށް ފުރައްސާރަކޮށް އެއްޗެތި ގޮވާށެވެ. އެމީހުން އަނބިދަރީންނަށް އަޅާނުލާ ދޫކޮށްލާފައި ދިޔަ ވާހަކައެވެ. ނޫންނަމަ އެމީހުންގެ މޮޔަކަމުން މިދުނިޔެމަތީގައި މިއޮތް މުއްސަނދިކަމާއި ކުޅިމަޖަލާއި އަނބިދަރީން ކައިރީ މަޖާ ކުރުމަށް ނުތިބެ ޖިހާދަށް ދިޔަ ވާހަކައެވެ. ﷲ ތަޢާލާ ކީރިތި ޤުރުއާނުގައި ވަޙީ ކުރައްވާފައިވެއެވެ.

"قُلْ إِنْ كَانَ آبَاؤُكُمْ وَأَبْنَاؤُكُمْ وَإِخْوَانُكُمْ وَأَزْوَاجُكُمْ وَعَشِيرَتُكُمْ وَأَمْوَالٌ اقْتَرَفْتُمُوهَا وَتِجَارَةٌ تَخْشَوْنَ كَسَادَهَا وَمَسَاكِنُ تَرْضَوْنَهَا أَحَبَّ إِلَيْكُمْ مِنَ اللَّهِ وَرَسُولِهِ وَجِهَادٍ فِي سَبِيلِهِ فَتَرَبَّصُوا حَتَّى يَأْتِيَ اللَّهُ بِأَمْرِهِ وَاللَّهُ لا يَهْدِي الْقَوْمَ الْفَاسِقِينَ" (التوبة:24)

މާނައީ: "ކަލޭގެފާނު ވިދާޅުވާށެވެ. ތިޔަބައިމީހުންގެ މައިންބަފައިންނާއި، ދަރީންނާއި، އަޚުންނާއި، އަނބީންނާއި، ގާތް ތިމާގެ މީހުންނާއި، ތިޔަބައިމީހުން ހޯދާފައިވާ މުދާތަކާއި، ގެއްލުންވެދާނެކަމަށް ތިޔަބައިމީހުން ތިޔަ ބިރުގަންނަ ވިޔަފާރިއާއި، އަދި ތިޔަބައިމީހުން ހިތްރުހޭ ގެދޮރާއި، މިހުރިހައި ތަކެތި، ﷲއާއި އެއިލާހުގެ ރަސޫލާއާއި އެއިލާހުގެ މަގުގައި ޖިހާދު ކުރުމަށްވުރެ ބޮޑަށް، ތިޔަބައިމީހުން އެތަކެއްޗަށް ލޯބިވެއްޖެކަމުގައި ވާނަމަ، ﷲގެ އަމުރުފުޅު އަތުވެއްޖައުމަށް ދާންދެން ތިޔަބައިމީހުން ބަލަބަލައި ތިބޭށެވެ. ހަމަކަށަވަރުން ފާސިޤުވީމީހުންނަށް ﷲ ތަޢާލާ ހިދާޔަތް ނުދައްކަވާ ހުއްޓެވެ."


Read more...

އިސްލާމްދީނާއި ޖިހާދު.


މި ދަރުސްއަކީ އިސްލާމްދީނުގައި ޖިހާދުގެ މަޤާމާއި ބެހޭގޮތުން ބަންޑާރަ މިސްކިތުގައި އަލްއަޚް އާދަމް ނިޝާން ދެއްވާފައިވާ ދަރުސްއެކެވެ. މިދަރުސްގައި ޤުރުއާނާއި ސުންނަތުގެ އަލީގައި ވަރަށް ރަނގަޅަށް ޖިހާދުގެ މަތިވެރިކަން ބަޔާންކޮށްދީފައިވެއެވެ. އަދި ހަމައެހެންމެ އެޖިހާދު ދޫކޮށްލުމުގެ ސަބަބުން އިސްލާމީ އުއްމަތަށް ފާވެފައިމިވާ ނިކަމެތިކަމާއިބެހޭގޮތުންވެސް ވަރަށް ފުރިހަމައަށް އަލިއަޅުވާލާފައިވެއެވެ.

މިއަދު މުސްލިމުން މިވަނީ ނިކަމެތިވެ ކާފަރު ދައުލަތްތަކުގެ ބާރުގެ ދަށުގައި އަޅުވެތިވެފައެވެ. އާދެ ޑިމޮކްރަސީގެ ބިލާހީ ހުވަފެނުގައި މުސްލިމުންގެ ތެރެއިން ގިނަބަޔަކު މިވަނީ މިއަދު ޖެހިފައެވެ. ﷲ ތަޢާލާގެ ކަލިމަފުޅަކީ އެންމެ މަތިވެރި ކަލިމަފުޅު ކަމުގައި ހަދައި މުސްލިމުންގެ އަތުން ބީވެ ގޮސްފައިވާ އިސްލާމީ ޝަރީޢަތް އަލުން އަނބުރާ ގެނެސް އެތަންފީޛު ކުރުމަށްޓަކައި ޖިހާދު ކުރަމުންދާ މީހުންނަކީ ހައްދުފަހަނާޅާފައިވާ ބައެއް ކަމުގައި ވެއްޖެއެވެ.

މިއަދު ދީން އުނގެނިގެން ތިބި ގިނަ ބަޔަކުވެސް، ޖިހާދާއި ބެހޭގޮތުން ވާހަކަދެއްކުމަށް ވަނީ ފަސްޖެހިފައެވެ. އަދި ކިއެއްހެއްޔެވެ. އޭގެ ތެރެއިން އެއްބަޔަކު ނުކުމެ މިތިބީ އިސްލާމީ ޝަރީޢަތާއި އިދިކޮޅު ހަދައި، ޑިމޮކްރަސީގެ ގޮތްތަކަށް ޙުކުމް ކުރުމަށް ގޮވާލާ ވެރިންތަކާއި އެކު އެމީހުން ރުހޭނޭހައި ގޮތަކަށް ޖިހާދާއި ބެހޭގޮތުން ފަތުވާތައް ދޭށެވެ. ރަތްލާޖެހި ކާފަރުންގެ އުފެއްދުމެއް ކަމުގައިވާ، އދ (ޔޫއެން) އާއި އަދި ދެންވެސް ކާފަރު ދައުލަތްތައް ރުއްސުމަށްޓަކައި ދީނުގައި ޝަރުޢުވެފައިވާ މަތިވެރި ޖިހާދުވެސް މިވަނީ އެމީހުން ބޭނުން ގޮތަކަށް ތައުވީލުކޮށް މާނަ އޮޅުވާލައި ހަދާފައެވެ. އެމީހުންނަށް ވެގެންވާނަމަ ޤުރުއާނުގައި އެކަމާއި ބެހޭގޮތުން ވާރިދުވެފައިވާ އާޔަތްތައް ފޮހެލައި ކީރިތި ނަބިއްޔާގެ އަރިހުން ވާރިދުވެފައިވާ ޙަދީޘްފުޅުތައްވެސް ފޮހެލީހެވެ. ﷲ ތަޢާލާ ކީރިތި ޤުރުއާނުގައި ވަޙީ ކުރައްވާފައިވެއެވެ.

"كُتِبَ عَلَيْكُمُ الْقِتَالُ وَهُوَ كُرْهٌ لَكُمْ" (البقرة: 216)

"ފަހެ ތިޔަބައިމީހުން އެކަންތަކަށް ނުރުހޭކަމުގައިވާ ޙާލު ތިޔަބައިމީހުންގެ މައްޗަށް ހަނގުރާމަ ކުރުން ފަރުޟު ކުރައްވައިފިއެވެ."

އަދިވެސް اللهُ ތަޢާލާ ވަޙީ ކުރައްވާފައިވެއެވެ.

"يَا أَيُّهَا الَّذِينَ آمَنُوا مَا لَكُمْ إِذَا قِيلَ لَكُمُ انْفِرُوا فِي سَبِيلِ اللَّهِ اثَّاقَلْتُمْ إِلَى الأَرْضِ أَرَضِيتُمْ بِالْحَيَاةِ الدُّنْيَا مِنَ الآخِرَةِ فَمَا مَتَاعُ الْحَيَاةِ الدُّنْيَا فِي الآخِرَةِ إِلاَّ قَلِيلٌ" (التوبة:38)

މާނައީ: "އޭ އީމާންވެއްޖެ މީސްތަކުންނޭވެ. ތިޔަބައިމީހުންނަށް ﷲގެ މަގުގައި ޖިހާދުކުރުމަށް ނިކުންނާށޭ ބުނެވިއްޖެހިނދު، ތިޔަބައިމީހުން ބިމަށް ބަރުހެލިވެފައި ތިޔަ ތިބެނީ ކީއްވެހެއްޔެވެ؟ ތިޔަބައިމީހުން އާޚިރަތަށްވުރެ މިދުނިޔޭގެ ޙަޔާތަށް (ވެރިކަމާއި ޖާހާއި މަންސަބާއި މުދަލާއި ގޯތި ގެދޮރާއި އަނބީންނާއި ދަރީންނާއި މިފަދަ ހުރިހާ ކަމަކަށް) އެދެނީހެއްޔެވެ؟ ފަހެ ދުނިޔޭގެ އުފަލާއި އަރާމަކީ، އާޚިރަތަށް ބަލާއިރު މަދު އެތިކޮޅެއް ކަމުގައި މެނުވީ ނުވެއެވެ."


Read more...

Wednesday, April 22, 2009

ލޮލުގެ ފިނިކަން

ލޮލުގެ ފިނިކަން
އަހަރެމެންގެ ދުވަހުގެ ބެލުންތަކުގެ ތެރެއިން ގިނަ ބެލުންތައް ހޭދަކުރެވެނީ ހުއްދަތަކެތި ބެލުމުގައި ހެއްޔެވެ؟ އަހަރެމެން ބަލަނީ ލޮލަށް ފިނިކަން ލިބޭ ޒާތުގެ މަންޒަރުތައް ހެއްޔެވެ؟
ލޮލުގެ ނުވަތަ ފެނުމުގެ މުހިއްމުކަން އިޙްސާސްކުރެވޭނީ ފެނުން ދިޔުމުންނެވެ. ނުވަތަ ލޮލަށް ކޮންމެވެސް ހާނިއްކައެއް ވެ ލޮލުގެ ފެނުމަށް އަސަރުކުރުމުންނެވެ.
ލޮލަކީ އިންސާނާ ފާފަތަކާ ގުޅުވައިދޭ ވާފަށެކެވެ. ގިނަ ފާފަތައް ކުރުމުގައި ލޮލުގެ ފެނުން ވަރަށް ބޮޑަށް އެހީތެރިވެއެވެ. އެހެންކަމުން، ބެލުންތިރިކުރުމަށް ޤުރުއާނުގައި އަންގަވާފައިވަނީ ވަރަށް މަތިވެރި ޙިކުމަތަކަށްޓަކައެވެ.
ޙަޔާތުގައި ފާފަތަކާއި ގޯސް ކަންތައްތަކުން ދުރުހެލިވެފައިވާ މީހަކަށް، ނުވަތަ ކާމިޔާބު މީހަކަށް ނުވަތަ ހިތްހަމަޖެހިފައިވާ މީހަކަށް ވުމަށްޓަކައި ތިމާގެ ލޮލަކީ ކިޔަމަންތެރިކުރެވިފައިވާ އެއްޗަކަށް ހަދަންޖެހެއެވެ. އެހެންނޫނީ ތިމާއަށް އެލޮލުން ފެންނާނީ އެ ލޯ ހެއްދެވި ފަރާތުން އެ ލޮލުގެ ބޭނުން ނުކުރުމަށް އަންގަވާފައިވާ ނުވަތަ އެ ލޮލުން ނުބެލުމަށް އަންގަވާފައިވާ މަންޒަރުތަކެވެ. ލޮލަކީ ތިބާއަށް ފިނިކަން ދޭ އެއްޗަކަށް ހަދަން ބޭނުންނަމަ ލޮލަށް ފިނިކަން ދޭށެވެ

Read more...

Tuesday, April 21, 2009

މުޖްތަމަޢު އޭގެ މައްޗަށް ބިނާވެފައިވާ ލޭނާރު

މުޖްތަމަޢު އޭގެ މައްޗަށް ބިނާވެފައިވާ ލޭނާރު

"އޭ އާދަމުގެ ދަރިޔާއެވެ. ތިބާއަކީ ވަޤުތުތަކެކެވެ. ތިބާގެ ޙަޔާތުން ދުވަހެއް ފާއިތުވެގެން ހިނގައްޖެނަމަ ތިބާގެ ބައެއް އުނިވެގެން ދިޔައީއެވެ."

މިޔަދާއި ހަމަޔަށް އަޅުގަނޑުމެންގެ ކިބައިން ކިހާ ބައެއް އުނިވެގެން ހިނގައްޖެތޯއެވެ؟ ބާކީ އޮތީ ކިހާވަރެއްތޯއެވެ ؟ މިދުނިޔެ މައްޗަށް ނޭވާލާނީ ކިތައް ދުވަހު ތޯއެވެ؟ ކެއްކި ބޮނޑިބަތްއެތީގެ ހޫނުކަން ނުކެނޑެނީސް އެބައިވެސް އުނިވެގެން ހިގައިދާނެއެވެ. އެއީ މިކާއިނާތުގެ ޤާނޫނެވެ. އެކަމާ ދެކޮޅަށް ތެދުވެވޭނީ ކޮންފަރާތަކަށް ހެއްޔެވެ؟ ބުއްދިވެރީންނަކީ ޙަޔާތުން ފާއިތުވި ބައިން ޢިބުރަތް ޙާޟިލްކޮށް ކުރިޔަށް އޮތްތާގައި ހިތްވަރާ ޢަޒުމާ އެކު ކުރިއަށްދާ މީހުންނެވެ. ފެންތައްޓެއް ބިމަށް ވެރުމުން އެކަމާ ހިތާމަ ކުރުމަކީ ތިމާގެ ނަފުސަށް ގެއްލުންދިނުން ނޫން ދެން ކޮންކަމެއްތޯއެވެ ؟ ޙަޔާތުން ފާއިތުވި ދުވަސްތަކާމެދު ރޮއެ ހިތާމަކުރިއަސް، އެދުވަސްތައް އަނބުރައި ނާންނާނެއެވެ. ޙަޔާތުގެ ބާކީ އޮތް ދުވަސްކޮޅު ހިތްވަރާއި ޢަޒުމާ އެކު ﷲ ގެ ރުހިވޮޑިގަތުން ލިބޭ މަގުން ހިނގޭތޯ ބައްލަވާށެވެ. އޭރުން އެދެވެނީ އެއިލާހުގެ ރަޙްމަތާ ދިމާއަށެވެ. ތިބާ ކުރާ ކޮންމެ ކަމެއްވެސް ﷲ ގެ ރުހިވޮޑިގަތުން ހޯދުމަށްޓަކައި ކުރެވިއްޖެނަމަ އެ އަދާކުރެވުނީ ޘަވާބު ލިބިގެންދާނެ އަޅުކަމެކެވެ. އެއީ ކިތަންމެ ކުޑަ ކަމެއް ކަމުގައި ވިޔަސް މެއެވެ. ތިބާގެ އަޚާއަށް ދިއްކޮށްލެވޭ އެހީގެ އަތްވެސް، ތިބާގެ ނިޔަތް ރަނގަޅު ކޮށްފިނަމަ އަޅުކަމަކަށް ބަދަލުވެގެންދެޔެވެ. އަހަރެމެން ﷲ ގެ އަޅުން، އެއްބަޔަކު އަނެއް ބަޔަކަށް އެހީތެރިވާންވީ ކޮންކަހަލަ ކަންތައްތަކެއްގައިތޯ މިސުވާލުގެ ޖަވާބު އަހަރެމެން ހެއްދެވި ފަރާތުން އެއިލާހުގެ ކީރިތި ފޮތުގެ މޫރިތި އާޔަތެއްގައި ވަރަށް ސާފުކޮށް ބަޔާންކުރައްވާފައިވެއެވެ. އެއިލާހު ވަޙީކުރެއްވިއެވެ.وَتَعَاوَنُوا عَلَى الْبِرِّ وَالتَّقْوَى وَلاَ تَعَاوَنُوا عَلَى الإِثْمِ وَالْعُدْوَانِ(سورة المائدة2) "އަދި ހެޔޮކަންތައްތައް ކުރުމަށާއި ތަޤުވާވެރިވުމުގެ މައްޗަށް ތިޔަބައިމީހުން އެކަކު އަނެކަކަށް އެހީތެރިވެ ވާގިވެރިވާށެވެ! އަދި ފާފަވެރިވުމާއި ޢަދާވާތްތެރިވުމުގެ މައްޗަށް ތިޔަބައިމީހުން އެކަކު އަނެކަކަށް އެހީވެ ވާގިވެރި ނުވާށެވެ!"

ތިބާ މީހަކަށް ރަނގަޅު މަގަށް ގޮވާލައި ނަޞީޙަތްތެރިވެ އެނަޞީޙަތުގެ ސަބަބުން އޭނާ އިޞްލާޙުވެއްޖެނަމަ އިޞްލާޙުވިމީހާ ކުރާ ހެޔޮ ޢަމަލުތަކުގެ ޘަވާބު ނަޞީޙަތްދިން މީހާއަށް އެއްވެސް އުނިވުމެއްނެތި ލިބިގެންދެއެވެ. ނަމަވެސް މީހަކަށް ފާފައެއް ކުރުމުގައި އެހީތެރިވެ ވާގިވެރިވެއްޖެނަމަ އޭނާއެކޭ އެއްފަދައިން ތިބާވެސް ފާފަވެރިވެގެންދެއެވެ. އިންސާނުންނަކީ އޭނާ މި ޙަޔާތުގެ ދުވަސްތައް ހޭދަކުރުމުގައި އެކަކު އަނެކެއްގެ އެހީތެރިކަމަށް ބޭނުންޖެހިފައިވާ ބަޔެކެވެ. ބަނޑުފުރާނަ މުއްތިކުރުމުގައެވެ. ދަތި އުނދަގޫ ތަކާ ދުރަށް ދިއުމުގައެވެ. މިގޮތުން ވެވޭ އެހީތެރިކަން ބެހިގެންދަނީ ދެބަޔަކަށެވެ. އެއީ ޙިއްސީ ގޮތުން ވެވޭ އެހީތެރިކަމާއި މަޢުނަވީގޮތުން ވެވޭ އެހީތެރިކަމެވެ. މުޖުތަމަޢެއްގެ މަރުވުމާއި ދިރުން ގުޅިފައިވަނީ އެމުޖުތަމަޢެއްގެ އަފުރާދުންގެ މެދުގައި ވާ ގުޅުމާއި އެހީތެރިކަމުގެ މައްޗައްށެވެ. އެކަމުގެ ސަބަބުން ދޭދޭ ފަރުދުންގެ މެދުގައިވާ ގުޅުން ވަރުގަދަވެ ލޯތްބާއި ރަޙުމް އުފެދިގެންދެއެވެ. އެކަމުގެ ސަބަބުން މައިންބަފައިންނާއި އަނބިދަރީންގެ މެދުގައި ވާގުޅުން ވަރުގަދަވެ އުޖާލާވެގެން ދެއެވެ. މުޖުތަމަޢު ތައް ބިނާވެފައިވަނީ ޢާއިލީ ގުޅުންތަކުގެ ބިންގަލުގެ މަތީގައެވެ. އިންސާނާގެ ވަށައިގެންވާ ކޮންމެ އެއްޗެއްވެސް ވަނީ އެކަތިއަނެކައްޗަށް ބޭނުންޖެހި އެކަތިއަނެކައްޗާއި ގުޅިލާމެހިފައެވެ. ގަސްގަހާއިގެއްސާއި ރަށްރަށް ހެދި ބޮޑު ވުމުގައެވެ. ވާރޭވެހުމާއި ކަނޑު އަޑީގެ ޤާނޫނުތަކުގައެވެ. މިއީ އަޅުގަނޑުމެންގެ ހަށިގަނޑުގެ އެތެރޭގެވެސް ޤާނޫނެވެ. ނޭވާލުމުގެ ނިޒާމާއި ކާބޯތަކެތި ހަޖަމު ކުރުމުގައެވެ. ހިތާއި ސިކުނޑީގެ އެހީތެރިކަމެވެ. އަޅުގަނޑުމެންނަށް އިޙްޞާޞް ނުވިކަމުގައިވިޔަސް މި ގުނަވަންތަކުގެ އެހީ އަޅުގަނޑުމެންނަށް އަބަދާއި އަބަދު ލިބިލިބި ހުރެއެވެ. އަޅުގަނޑުމެންގެ ބޭރުން ފެންނަށް ހުންނަ ގުނަވަން ތަކުން ހިފޭބޭނުންވެސް އަޅުގަނޑުމެންނަށް އިޙްޞާޞްވަނީ ގުނަވަނަށް ކަމެއް ދިމާވެ ބޭނުން ނުކުރެވޭގޮތް ވީމައެވެ.

އަޅުގަނޑުމެން ރައްކާތެރި ވާންވީ އަޅުގަނޑުމެންގެ އެތެރެޔާއި ބޭރުގެ ގުނަވަންތަކުން ފާފަތަކަށް އަރައި ނުގަތުމަށެވެ. މިދުނިޔޭގައި އެހީތެރިވި ގުނަވަންތައް މާދަމާ އާޚިރަތުގެ ހިސާބު ބެއްލެވޭ އިރު އަޅުގަނޑުމެންނާ ދެކޮޅަށް ހެކި ދިނުމަށް އެތިބީ ތައްޔާރު ވެގެންނެވެ.

ނަފްސު ބިނާވުމާއި މުޖުތަމަޢު ބިނާވުމުގައިވެސް ތަފާތު އެހީތަކަށް ބޭނުންޖެހެއެވެ. މިދެންނެވި ފަދަ އެހީތައް ބައެއް ފަހަރު ފައިދާލިބޭ ވިޔަފާރިއަށްވެސް ބަދަލުވެއެވެ. ހަމައެފަދައިން ތަފާތު ވަޒީފާތައްވެސް އުފެދިގެންދެއެވެ. މިސާލަކަށް ކާބޯތަކެތި ވިއްކާ ފިހާރަތަކާއި އަންނައުނު ވިއްކާ ފިހާރަތަކެވެ. ދަރީންނަށް ކިޔަވަދިނުމަށް ޓީޗަރުންނާއި ބޯހިޔާވަހިކަން ހޯދުމަށްޓަކައި ބިނާކުރެވޭ ތަންތައް ހެދުމަށް ޓަކައި ޢިމާރާތް ކުރާ މީހުން ނެވެ. މިފަދަ ވަޒީފާތަކުގެ ސަބަބުން މުޖުތަމަޢުގައި ދިރިއުޅޭ މީހުންނަށް ދިރިއުޅުމުގައި ލުއިފަސޭހަވެއެވެ.

އަޅުގަނޑުމެންގެ ލޮބުވެތި ނަބިއްޔާ މުޙައްމަދު ޞައްލަﷲ ޢަލައިހި ވަސައްލަމް ޙަދީޘް ކުރެއްވިއެވެ "މުއުމިނު މީހާއަށް ދިމާވެފައިވާ ދުނިޔަވީ ހިތާމައެއް އޭނަގެ ކިބައިން ފިލުވައިދީފި މީހާއަށް، އެމީހާގެ ކިބައިން ޤިޔާމަތް ދުވަހުގެ ހިތާމަތަކުގެ ތެރެއިން ހިތާމައެއް ﷲ ފިއްލަވައި ދެއްވަވާނެތެވެ. އަދި ދަތި ޙާލެއްގައިވާ މީހެއްގެ މައްޗަށް ފަސޭހައެއް ކޮށްދީފި މީހާއަށް ދުނިޔެއާއި އާޚިރަތުގައި ފަސޭހަ ކުރައްވަވާހުއްޓެވެ. އަދި މުސްލިމެއްގެ ޢައިބެއް ފޮރުވައިދީ ނިވާ ކޮށްދީފިމީހާއަށް ދުނިޔެއާއި އާޚިރަތުގައި ނިވާކުރަށްވާނެތެވެ. އަޅަކު އޭނަގެ މުސްލިމު އަޚާއަށް ވާގި ދިނުމުގައި ދެމިގެންވާހައި ހިނދަކު، މާތް ﷲ އެއަޅާއަށް ވާގި ދެއްވުމުގައި ވޮޑިގެން ވެއެވެ."

އަދި އެހެން ޙަދީޘެއްގައި ވެއެވެ. "އެދުވަހަކު އިރުއަރައިފި ކޮންމެ ދުވަހަކު، މީހާގެ ހަށިގަނޑުގައިވާ ކޮންމެ ހުޅެއްގެ މައްޗަށް ޞަދަޤާތެއްވެއެވެ. ފަހެ ދެމީހެއްގެ މެދުގައި ޢަދުލުވެރިކޮށް ކަމެއް ހިންގައިފިނަމަ އެއީ ޞަދަޤާތެކެވެ. މީހެއްގެ ސަވާރީ މަތީގައި އެއްޗެއް އުފުލުމުގައި އެހީތެރިވެއްޖެނަމަ ނުވަތަ އެމީހާގެ މުދާ އެމައްޗަށް އަރުވައިދީފިނަމަ އެއީ ޞަދަޤާތެކެވެ. އަދި ހެޔޮ ބަހަކީ ޞަދަގާތެކެވެ. ނަމާދަށް ދިޔުމަށްޓަކައި އަޅާ ކޮންމެ ފިޔަވަޅަކީ ޞަދަގާތެކެވެ. މަގުމަތީގައި މީހުންނަށް އުނދަގޫ ވާގޮތަށް ހުންނަތަކެތި ދުރުކުރުމަކީ ޞަދަގާތެކެވެ." އަދިވެސް ޙަދީޘްކުރެއްވިއެވެ. "ކޮންމެ ތަސްބީޙަ އަކީ ޞަދަގާތެކެވެ. އަދި ކޮންމެ ތަކުބީރަކީ ޞަދަގާތެކެވެ. ކޮންމެ ޙަމްދުކުރުމަކީ ޞަދަގާތެކެވެ. ކޮންމެ ތަހްލީލެއް ކިއުމަކީ ޞަދަގާތެކެވެ. ހެޔޮ ކަންކަމަށް އަމުރު ކުރުމާއި ނުބައި ކަންކަން މަނާ ކުރުމަކީ ޞަދަގާތެކެވެ."

އަދިވެސް އެހެން ޙަދީޘެއްގައި އައިސްފައިވެއެވެ. "މީހަކު މަގެއްގައި ހިގާފައި ދަނިކޮށް ވަރަށް ބޮޑަށް ފެންބޮވައިގަނެ ކަރުހިއްކައިގަތެވެ. އަދި އެޙާލުގައި ވަނިކޮން ފެންވަޅެއް ފެނިގެން ވަޅަށް ފައިބާ ފެންބުއެވެ. ފެންބޮއެ ނިމިގެން ވަޅުން އެރި ހިނދު ކަރުހިއްކައިގަނެގެން ކަރުހިއްކުން ފިލުވުމަށް ޓަކައި ދޫ ބޭރަށް ނެރެ ޗަކަގަނޑުގައި ދޫ ހާކަން އޮތް ކުއްތާއެއް ފެނުނެވެ. އޭނަ ބުންޏެވެ. "އަހަރެން ކަރުހިއްކި ވަރަށް އޭތިވެސް އެވަނީ ކަރުހިކި ފެނަށް ބޭނުން ވެފައެވެ." ވީމާ އެމީހާ އަނެއްކާވެސް ވަޅަށް ފޭބިއެވެ. އަދި ރަބަރު އިސްޓާކީނަކަން ފެން އަޅައިގެން ދަތުން ހިފަހައްޓައިގެން އަރާ ކުއްތާއަށް ފެން ބޯންދިނެވެ. ﷲ އޭނާގެ އެ ޢަމަލު ޤަބޫލުކުރައްވައި އޭނާގެ ފާފަތައް ފުއްސަވައިދެއްވެވިއެވެ. ސަޙާބީން ދެންނެވިއެވެ. "އޭ ﷲ ގެ ރަސޫލާއެވެ! ޖަނަވާރުންނަށް އޯގާތެރިވުމުން އަހަރެމެންނަށް ޘަވާބުލިބޭތޯއެވެ؟ ޙަދީޘް ކުރެއްވިއެވެ.' ހުރިހާ ދިރޭތަކެއްޗަށް އޯގާތެރިވުމުން ޘަވާބު ލިބިގެންވެއެވެ. އަދި އެހެން ރިވާޔަތެއްގައި ވެއެވެ "އޭނާގެ އެ ޢަމަލު ﷲ ޤަބޫލުކުރައްވައި އޭނައަށް ފާފަތައް ފުއްސަވައިދެއްވައި ސުވަރުގެ އަށް ވެއްދެވިއެވެ."

އަޅުގަނޑުމެން އެކަކުއަނެކަކަށް އުފާވެރި ބަސްތައް ބުނުމާއި ހިތްވަރުދީ އުޅުމަކީ ވެސް އެހީތެރިވުމެކެވެ. އެގޮތުން މީހަކަށް ފޯރުކޮށްދެވޭ ބަހަކީ އޭނަގެ ކާމިޔާބުގެ ސަބަބަކަށްވެސް ވެގެން ހިގައިދާނެއެވެ.ކީރިތި ޤުރްއާނާއި މާތް ނަބިއްޔާގެ ސުއްނަތުގައި އެހީތެރިވެ އުޅުމުގެ އެތަކެއް މިސާލުތައް ވެއެވެ.ދީނަށް ދަޢުވަތު ދެއްވެވުމުގައި މޫސާގެފާނަށް ހާރޫނުގެފާނުގެ އެހީތެރިކަން ލިބިވަޑައިގަތެވެ. ގެފުޅު ބިނާކުރެއްވެވުމުގައި އިބުރާހީމުގެފާނަށް އިސްމާޢީލުގެފާނު އެހީތެރިކަން ލިބިވަޑައިގަތެވެ. ސުލައިމާނުގެފާނުގެ ވާހަކައިގައި ސަބާގެ ރަނިކަމަނާ އިސްލާމް ވުމަށް ދިމާވި ސަބަބަކީ ހުދުހުދެވެ . އެންމެ ހިންޏެއްގެ ސަބަބުން ވާދީގައިވި ހިނިތައް ސަލާމަތް ވެގެން ދިޔައެވެ.

ކީރިތި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމްގެ ސުއްނަތުގައިވެސް މިފަދަ އެތައް ބައިވަރު މިސާލުތައް ވެއެވެ. މިސްކިތް ބިނާ ކުރެއްވުމުގައެވެ. ހަނގުރާމަތަކުގައެވެ. މޫސާގެފާނުގެ ސަބަބުން މިއުއްމަތަށް ފަންސާސް ނަމާދުން ފަސް ނަމާދަށް ދުވާލަކު ކުރަންޖެހޭ ނަމާދުގެ ޢަދަދު މަދުވެގެން ދިޔައެވެ. އެހީތެރިކަމުގެތެރޭގައި އެކަކު އަނެކަށް ކުރެވޭ ހެޔޮ ދުޢާތައްވެއެވެ. ކޮންމެނަމާދެއްގައި އަޅުގަނޑުމެން ހުރިހާ ޞާލިޙް އަޅުންނަށްޓަކައި ދުޢާކުރަމުއެވެ.ޖަމާއަތުގައި ކުރެވޭ ނަމާދު އެކަނި ކުރެވޭ ނަމާދަން ވުރެ އެތައް ގުނައެއް ޘަވާބު އިތުރުވެގެން ވެއެވެ. ޖިހާދު ކުރުމާއި ޙައްޖުގެ މަތިވެރި އަޅުކަމަކީ އެކުވެރިކަމާއި އެހީތެރިކަމާއި އެކަތިގަޑަކަށް ވެ ތިބެ ކުރެވޭ މަތިވެރި އަޅުކަން ތަކެވެ.

ބަޔެއް ކަންކަމަކީ އެއްބަޔަކު ކުރުމުން އެހެން މީހުން ފާފަވެރިވުމުން ސަލާމަތް ވާ ކަންކަމެވެ. އެކިއެކި ޢިލްމީ މައިދާން ތަކުގައިވެސް އެހީތެރިކަމަކީ ވަރަށް މުހިންމު ކަމެކެވެ. ސައިންސާއި ޓެކްނޮލޮޖީގެ އެކިއެކި ރޮނގުތައް ކުރިއަރައިގެން ދިޔައީ އެކަމުގެ ސަބަބުންނެވެ. ޙާލުގައިޖެހިފައިވާ މީހުންނާއި ނުކުޅެދޭ މީހުންނަށް އެހީތެރިވުމާއި މީސްތަކުން ޖަހާލަތުގެ އަނދިރިކަމުން ނެރުމަކީ އެހީތެރިކަމުގެ ކުންނެވެ. ހިކުމަތްތެރި ބަހެއްގައިވެއެވެ. "ތިބާ މީހަކަށް މަހެއް ދީފިނަމަ، އެއްދުވަހު އޭނައަށް ކާންދެވުނީއެވެ. ތިބާ އޭނައަށް މަސް ބާނާނެގޮތް ދަސްކޮށްދީފިނަމަ އޭނައަށް އުމުރު ދުވަހު ކާންދެވުނީއެވެ."

އަޅުގަނޑަށް ތިޔަ އަޚާއަށް އެހީއެއް ފޯރުކޮށް ދެވިއްޖެތޯއެވެ؟ ނުދެވޭނަމަ މިއީ ހަމަ ޔަޤީނުންވެސް އެހީއެކެވެ. މާތް ﷲ ތިޔަ އަޚާއަށާއި އަޅުގަނޑަށާއި އެންމެހާ މުސްލިމުންނަށް ހެޔޮރަޙްމަތް ލައްވަވައި ފާފަތައް ފުއްސަވާދޭނވެ! އާމީން

Read more...

ވަޤުތަކީ އަހަރެމެންނެވެ


އަލް އިމާމް ޙަސަނުލްބަޞަރީ ރަޙިމަހުﷲ ވިދާޅުވެފައިވެއެވެ.
يا ابن آدم أنت أيام، كلما ذهب يوم منها ذهب بعضك، ويوشك إذا ذهب بعضك أن يذهب كلك وأنت لا تعلم، فاعمل، فاليوم عمل ولا حساب، وغدا حساب ولا عمل
"އޭ އާދަމުގެ ދަރިއާއެވެ! ތިބާއަކީ ދުވަސްތަކެކެވެ. އޭގެން ފާއިތުވެގެންދާ ކޮންމެ ދުވަހަކީ ތިބާއިން މަދުވެގެންދާ ބައެކެވެ. އަދި ތިބާ އަށް ނޭނގި، ދުވަސްތައް މަދުވަމުން މަދުވަމުންގޮސް، ތިބާއާ ނިމުން ކައިރިވެދާނެއެވެ. ހެޔޮ ޢަމަލުކުރާށެވެ. އެހެނީ މިއަދު އޮތީ ޢަމަލެވެ. ޙިސާބެއް ނެތެވެ. އަދި މާދަމާ އޮތީ ޙިސާބެވެ. ޢަމަލެއް ނެތެވެ."
އިމާމް ޙަސަނުލް ބަޞަރީގެ މި ކުރު އެހެނަސް އަސަރުން ފުރިގެންވާ ބަސްފުޅަކީ އަހަރެމެން މުސްލިމުންނަށް ހާދަ މުހިއްމު ބަސްފުޅެކެވެ. ތިބާގެ ޙަޔާތުން ފާއިތުވެގެންދާ ކޮންމެ ސިކުންތަކީ ތިބާ ކުޑަކުޑަ ގޮޅިއަކާ ކައިރި ކުރުވަނިވި ސިކުންތެކެވެ. ތައްޔާރުވާންވީ އެ ދުވަހަށެވެ. އެދުވަހަށްޓަކައި ތައްޔާރުވުމުގެ ވަޤުތަކީ މިއަދެވެ. މިއަދަކީ އަހަރެންނަށް މުޅި ޙަޔާތުގައިވެސް އެންމެ މުހިއްމު ދުވަހެވެ

Read more...

ސުވަރުގެއަށް އެދޭ ހިތްތައް!


ﷲ ސުބުޙާނަހޫ ވަތަޢާލާ ދުނިޔެމަތީގައި ދެމަފިރިއަކަށް ދެއްވާނެ އެންމެ ބޮޑު އެއް ނިޢުމަތަކީ އެ ދެމަފިރީންގެ ޙަޔާތް އުޖާލާކުރާނޭ ދަރިއަކު ދެއްވުމެވެ. ބަނޑުގައި ވާ ނުވަމަސްދުވަހުގެ ދިގު ދަތުރުގެ ތެރޭގައި ވޭނާއި އުނދަގުލާއި ކެކުޅުންތައް ތަޙައްމަލުކުރުމަށްފަހު ﷲ ގެ ހެޔޮ ރަޙްމަތާއި ވާގިފުޅުން ދުނިޔޭގެ އަލިކަމުގެ ތެރެއަށް ލޯބި ލޯބި ރުއިމުގެ އަޑަކާއެކު އުފަންވާ ދަރިފުޅު ތަރުބިއްޔަތު ކުރުމުގެ ބުރަ މައްސޫލިއްޔަތު އަހަރެމެންގެ ތެރެއިން ބައެއް މައިންބަފައިންނަށް ހަނދާންނެތެނީ ކީއްވެބާއެވެ؟ އަހަރެމެންގެ ތެރެއިން ކޮންމެ މީހަކީވެސް އެމީހެއްގެ ކޮނޑުގައި މަސްއޫލިއްޔަތުތަކެއް އެޅިފައިވާ ބައެއްކަމާއި އަދި ޤިޔާމަތް ދުވަހު އެމަސްއޫލިއްޔަތުތަކާމެދު ސުވާލުކުރެވޭނެ މީހެއްކަން ހަނދާންނެތެނީ ކީއްވެބާއެވެ؟

ހިތާމައަކީ މިފަދަ ބޮޑު ނިޢުމަތެއް ދެއްވެވުމުންވެސް އަހަރެމެންނަށް އެނިޢުމަތްތަކަށް އިޙްމާލުވެވޭކަމެވެ. މައިންބަފައިންނަށް ދަރިން ހެޔޮގޮތުގައި އިސްލާމީ ގިއުގަނޑުގެތެރޭގައި ތަރުބިއްޔަތު ނުކުރެވި، މުޖުތަމަޢުގެ ތެރެއަށް ދޫކޮށްލެވޭތީއެވެ. މުޖުތަމަޢުގައި މާރާމާރީއާއި ފިތުނަފަސާދަ އާދަކާދައަކަށްވެ އަމަންއަމާންކަމާއި ސުލްޙަމަސަލަސްކަމަކީ ތާރީޚީ ކަމަކަށްވެ މުޖްތަމަޢުގައި ހަރުލާފާއި ހުރި އަޚްލާޤީ ރިވެތި ސިފަތައް ގެއްލެނީ ކޮން ބައެއްގެ ސަބަބުންތޯއެވެ؟ ވައްކަން ކުރުމާއި ފޭރުމާއި، މަސްތުވާތަކެތި ބޭނުންކުރުމާއި، މީހުން މެރުމާއި ޒިނޭކުރުމާއި ކުޑަކުދީންނާއެކު ބަދުއަޚުލާޤީ ޢަމަލު ހިންގުމާއި މިނޫންވެސް ދިވެހި މުޖްތަމަޢު ސިފަކުރުމުގައި މިއަދި ބޭނުންކުރަން ޖެހިފައިވާ ކޮންމެ ހާދިޘާއެއްގައި އެތައް އެތައް ކުޑަކުދީންނެއް ޝާމިލްވަމުން އެބަދެއެވެ. އެކުދީން މިދުނިޔެއަށް އައިސްފައިއެވަނީ މައިންބަފައިން ނެތިތޯއެވެ؟ އެކުދީން އެކުރާ ކުށްތަކުގެ ޒިންމާ މައިންބަފައިން އުފުލަން ނުޖެހޭތޯއެވެ؟

އެންމެހައި ލޮބުވެތި މައިންބަފައިންނޭއެވެ! ފުށްގަނޑެއް އަހަރުމެން ބޭނުން އަހަރެމެން ބޭނުންގޮތަކަށް މޮޑެލެވޭ ބީދައިން ކުޑަ ދަރިފުޅަވެސް އަހަރެމެން ބޭނުން ގޮތަކަށް ތަރުބިއްޔަތު ކޮށްލެވިދާނެއެވެ. އެކުއްޖާއަކީ ރިވެހި އަޚުލާޤުގެ ވެރިޔަކަށް ހަދަން ބޭނުންނަމަ އެކަންވެސް ކުރެވިދާނެއެވެ.

ދަރީން ތަރުބިއްޔަތު ކުރުމުގެ ޒިންމާއަކީ ޚާއްސަކޮށް މަންމަގެ ކޮނޑުގައި އެޅިފައިވާ ވަރަށް ބޮޑު ޒިންމާއެކެވެ. ފިރިމީހާގެ މުދަލާއި ގޯތިގެދޮރާއި ދަރީން ބެލެހެއްޓުމަކީ އިސްލާމްދީނުގައި މައިމީހާގެ ވަޒީފާއެވެ. އަނބިދަރީންނަށް ކާންބޯންދިނުމަކީ ފިރިމީހާގެ މައްޗަށް ވާޖިބެކެވެ. އެހެންނަމަވެސް މިއަދު އަހަރެމެންގެ މުޖުތަމަޢުގެ ތެރެއިން ފެންނަނީ އިސްލާމުދީނުގެ ރިވެތި އުސޫލުތަކާ ޚިލާފަށް ކަންތައްވަމުންދާ މަންޒަރެވެ. މިކާއިނާތާއި ކާއިނާތުގެ ތެރޭގައިވާހާ އެއްޗެއް ޚަލްޤުކުރެއްވި ހުސްތާޙިރުވަންތަ، ޙިކްމަތްވަންތަ ޙަކީމްވަންތަ ﷲ ސުބުޙާނަހޫ ވަތަޢާލާގެ އަމުރުފުޅުތަކާއި ޚިލާފަށް އަހަރުމެންގެ ނިކަމެތި ސިކުނޑިތަކުން ވިސްނާވިސްނުންތަކާ އެއްގޮތަށް ޢަމަލުކުރަމުންދާތަނެވެ. ދެމަފިރީން ރެއާ ދުވާލު ވަޒީފާގައި އުޅެމުން ދަރީން ކޮންމެވެސް ބޭރު ކަރައެއްގެ މީހެއްގެ ބެލުމުގެދަށުގައި ތަރުބިޔަތުކުރަން ދޫކޮށްލާފައިވާ ހިތާމަވެރި މަންޒަރެވެ.

ހިތާމައެއްގެ ކޮޅެއްވެސް ނެތެއެވެ. މަންމަގެ ބަނޑުބޮޑުކަން އެނގުމާއެކު، ފޮނި އުއްމީދުތަކަކާއެކު ލޯބިން ބަލާ ބޮޑުކޮށް ތަރުބިއްޔަތު ކުރުމުގެ ހުވަފެންތައް ދެކެމުންއައި އެ މަންމަގެ އިޙްސާސްތަކާއި ޝުއޫރުތައް ވިހެއުމުގެ ބުރަތަކާއި އުނދަގޫތަށް ތަޙައްމަލްކުރުމަށްފަހު، ޖަހާ ރާޅުތަކާއި ޖެހޭ ފިނިފިވަޔާއެކު ފަޒާގެ ތެރެއަށް ބުރުވާލެވުނީބާއެވެ! ﷲ ތަޢާލާގެ ނިޢުމަތް ހަނދާން ނެތުނީބާވައެވެ؟ މީހުންގެ އެސްފީނާތަކުންނާއި ބަދު ދުޢާތަކުން ސަލާމަތްކުރަން ލޯބިލޯބި އެނދެއްގެ ތެރޭގައި ބަލާބޮޑުކުރަމުންއައި ދަރިފުޅު އެންމެ ފަހުން ބޭރުމީހެއްގެ އުނގުގެ ތެރެއަށް ދާންޖެހުނީއެވެ. ބޭރުމީހެއް ކީއްކުރަންތޯއެވެ! ގިނަ ފަހަރަށް މުސްލިމް ނޫން މީހެއްގެ "ލާދީނީ" ތަރުބިއްޔަތުގެ ހިޔާވަހިކަމުގެ ތެރެއަށެވެ. ހަމަ ތެދެކެވެ. "ތިމާ ލޯބިކުރާ އެއްޗެއް ތިމާގެ ލޯމަތިން ބީވެގެން މެނުވީ ތިމާއަށް އޭގެ ހަޤީޤީ އިޙްސާސެއްނުކުރެވޭނެއެވެ". ދަރީން ލިބުމުގެ ނަޞީބުން މަޙްރޫމް ވެފައިވާ ކިތައް ކިތައް މީހުން އެބައުޅޭބާއެވެ؟ އެމީހުންގެ އިޙްސާސްތައް ވަޒަންކުރެވޭބާއެވެ؟ އެހެންކަމުން ﷲ ތިބާއަށް ދަރީން ދެއްވުން އެ ނިޢުމަތަށް ޝުކުރުކުރުމަކީ އެ އަމާނާތުން ތިބާ އެއްކިބާވުން ހެއްޔެވެ؟ ނޫނެކެވެ.

އަހަރުމެންނަށް ޢިއްޒަތާއި ޤަދަރާއި ޝަރަފު ގެނެސްދިން މަތިވެރި އިސްލާމުދީނާއި އެދީނުގެ ރިވެތި އަޚްލާޤާއި ސުލޫކުތަކާއި އެދީން އަހަރުމެންނާއި ހަމައަށް ފޯރުކޮށްދެއްވި މިއުއްމަތުގެ މާތް ރަސޫލާ ޞައްލަ ﷲ ޢަލައިހި ވަސައްލަމްގެ ރިވެތި އިރުޝާދުތަކަށް ރުޖޫޢަ ނުވާހާ ހިނދަކު އަހަރެމެންނަށް ދުނިޔެއާއި އާޚިރަތުގެ ހެވެއްނެތެއެވެ. އަހަރުމެންގެ ތެރެއިން އިސްވެދިޔަ ޖީލުތަކުގެ ރަސޫލުންނާއި ނަބީންނާއި ސަލަފުއްޞާލިޙުންގެ ޙަޔާތުން ޢިބްރަތް ލިބިގަންނަމާތޯއެވެ! ހަމައެހެންމެ ސުވަރުގޭގެ ދާއިމީ ގޮވައްޗަށް އެދިގެން ދަރީން ތަރުބިޔަތުކުރި މި މަންމަގެ ބުރަމަސައްކަތާއި ނަޞީޙަތުގެ ބަސްތަކުން ޢިބްރަތް ލިބިގަންނަމާތޯއެވެ!

ފިރިމީހާގެ ލޯބިން މަޙްރޫމުވެ، ދެދަރީން ބެލެހެއްޓުމުގެ ބުރަ މައްސޫލިއްޔަތު ކޮނޑުގައި އެޅިފައިވާ ޞާލިޙް މަންމައެކެވެ. ދަރީން ބޮޑުވަމުން އަންނަން ފެށުމުން އެ ދެކުދީންނަށް ފުރަތަމަ ދިން ނަޞޭޙަތުގެ ބަސް އަޑުއައްސަމާތޯއެވެ. ދަރިންނޭވެ! ﷲ ތަޢާލާއަށް ބޯލަނބާ ކިޔަމަންވެ، އެއިލާހަށް އަޅުކަންކޮށް، ރޭ ނަމާދުކުރުގައި ޤާއިމުވެތިބޭށެވެ! ﷲ ތަޢާލާގެ މަތިން ޛިކުރުކުރުމާއި އެއިލާހަށް އަޅުކަންކުރުމުގެމަތީގައި ދެމިނުހުންނަ ހިނދުކޮޅެއް ރޭގަނޑުގެ ބަޔަކުން ފާއިތުވެގެން ދިޔަ ނުދޭށެވެ! އެގޮތަކީ ރޭގަނޑު ތިން ބަޔަކަށް ބަހާލުމެވެ. އެއްބައިގައި އެއްދަރިޔަކު އަޅުކަންކޮށް، އަނެއްބައިގައި ދެވަނަ ދަރި އަޅުކަންކޮށް، ރޭގަނޑުގެ ފަހުބައިގައި މަންމަ އަޅުކަންކުރަން ހޭލުމެވެ. އެގޮތަށް ފަތިސްނަމާދު ވަޤުތު ޖެހެންދެނެވެ.

މަންމަ މަރުވުމުންވެސް އެ ދެ ދަރިން ރޭ އަޅުކަންކުރުމުގައި ޤާއިމުވެތިއްބެވެ. އޭގެތެރެއިން އެކަކު ބަލިވުމުން އަނެކަކު މުޅި ރޭގަނޑުގައި ނަމާދު ކުރެއެވެ. އަޅުކަންކުރުމުގެ ސިއްރަކީ ކޮބައިތޯއެވެ؟ ސަބަބަކީ މަންމަގެ ތަރުބިއްޔަތު ނުވަތަ ނަޞޭޙަތުގެ މީރުކަން އެކުދިންގެ ހިތަށް ވާޞިލުވެ އަޅުކަންކުރުމާއި ﷲ އަށް ކިޔަމަންވުމުގައި ޤާއިމުވެތިބުމެވެ.

އަހަރެމެންވެސް ދަރީން ހެޔޮގޮތުގައި ތަރުބިއްޔަތު ކުރުމަށް އަވަސްވެގަންނަމާތޯއެވެ. ދުނިޔޭގައި އެމީހަކަށް ލިބިފައިވާ ކުޑަކުޑަ ވަޤުތުކޮޅު ފާއިތުވެނުދަނީސް، ހެޔޮ ޢަމަލުތައް ކޮށް، ދުނިޔޭގެ މި ކެހިވެރި، އަގެއްނެތް، ވަޤުތީ ސައިބޯނި ބޮތްކެއްފަދަ ޙަޔާތް ފާއިތުވެ ނުދަނީހެވެ. ތިމާމެންގެ މަސްއޫލިއްޔަތާމެދު ޤިޔާމަތް ދުވަހުން ބޭއިންސާފުވެރިވުމެއްނެތި ސުވާލު ކުރެވޭނެކަމާމެދު ބިރުވެތިވެ އެސުވާލުތަކަށް ޖަވާބުދާރީވާން ޖެހޭނެކަން ދަނެ ތިމާމެންގެ މައްސޫލިއްޔަތު ހެޔޮގޮތުގައި އަދާކުރާ ބައެއްގެ ގޮތުގައި ވާށެވެ. ހެޔޮގޮތުގައި ދަރީން ތަރުބިއްޔަތު ކޮށްފިނަމަ އެކަމުގެ އަޖުރު މައިންބަފައިން މިދުނިޔެއާ ވަކިވުމަށްފަހުގައިވެސް ލިބޭނެއެވެ. ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމް ޙަދީޘްކުރައްވާފައިވެއެވެ.

عَنْ أَبِي هُرَيْرَةَ رَضِيَ اللَّهُ عَنْهُ أَنَّ رَسُولَ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ قَالَ إِذَا مَاتَ الإِنْسَانُ انْقَطَعَ عَنْهُ عَمَلُهُ إِلاَّ مِنْ ثَلاثَةٍ إِلاَّ مِنْ صَدَقَةٍ جَارِيَةٍ أَوْ عِلْمٍ يُنْتَفَعُ بِهِ أَوْ وَلَدٍ صَالِحٍ يَدْعُو لَهُ (رواه مسلم).

މާނަ: އަބޫ ހުރައިރާ رَضِيَ اللَّهُ عَنْهُ ރިވާކުރައްވާފައިވާ ޙަދީޘްފުޅެއްގައި ވެއެވެ. رَسُول اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّم ޙަދީޘްފުޅު ކުރެއްވިއެވެ. "އިންސާނާ މަރުވުމުން، ތިން ކަމަކުން މެނުވީ އޭނާގެ ޢަމަލުތައް (އެބަހީ ހެޔޮ ޢަމަލުތައް) ކެނޑިގެން ދެއެވެ. އެއީ އޭނާ ކޮށްފައިވާ ދިގު ދެމިގެންވާ ޞަދަޤާތަކުން ނުވަތަ ދޫކޮށްފައި ދިޔަ ފައިދާ ކުރަނިވި ޢިލްމަކުން ނުވަތަ އޭނާގެ (އޭނާ ރަނގަޅު ގޮތުގައި ތަރުބިއްޔަތުކޮށްފައި) ހުރި ރަނގަޅު ޞާލިޙް ދަރިޔަކު އޭނާއަށްޓަކައި ކުރާ ދުޢާއަކުން މެނުވީއެވެ."


Read more...