Thursday, May 28, 2009

ރެޑްބުލް ކޯލާއިން މަސްތުވާ ބާވަތެއް



ޖަރުމަނުގެ ފުޑް ސޭފްޓީ އިންސްޓިޓިއުޓަކުން ކުރި ޓެސްޓެއްގައި ރެޑްބުލް ކޯލާއިން މަސްތުވާ ބާވަތެއް ކަމުގައިވާ ކޮކެއިންގެ އަސަރުހުރި ކަމަށް ޔަޤީން ވެގެން ރެޑްބުލް ކޯލާ ޖަރުމަނުގައި މަނާ ކޮށްފިއެވެ. އަދި މިކަމާއި ގުޅިގެން ރެޑްބުލް ކޯލާތައް ފިހާރަތަކުން ނެރުމަށް އަމުރުކޮށްފައިވާނެކަމުގެ ޔަޤީންކަން އެ 2 ސްޓޭޓުގެ ކޮންސިއުމާރ މިނިސްޓްރީން ދީފައިވެއެވެ.

އަޅުގަނޑުމެންގެ ރާއްޖޭގެ ބާޒާރުގައި ވެސް ރެޑްބުލް ކޯލާ ވިއްކަމުން ދެއެވެ. އެހެންނަމަވެސް މިކަމާއި ގުޅިގެން އެއްވެސް ފިޔަވަޅެއް އަދި ރާއްޖޭގެ ސަރުކާރުން އަޅާފައެއްނުވެއެވެ. ވީމާ ރާއްޖޭގެ ހުރިހާ އަޚުންނާއި އުޚްތުން މިފަދަ ބުއިންތަކުން ރައްކާތެރިވެ ތިބުމަށް އަޅުގަނޑުްގެ ފަރާތުން ނަސޭޙަތްތެރިވަމެވެ. އަދި މިބުއިން ވީހާވެސް އަވަހަކަށް މަނާކޮށް ހުއްޓުވުމަށް ސަރުކާރަށް ގޮވާލަމެވެ.


Read more...

ރައީސް ނާސިރުގެ މަހާނަ ހިމެނިގެންދާ ގޮތަށް ޒިޔާރަތެއް ހަދައިފި


ކުރީގެ ރައީސް އިބްރާހީމް ނާސިރުގެ މަހާނަ ހިމެނިގެންދާ ގޮތަށް ހުކުރު މިސްކިތުގެ ގޯތި ތެރޭގައި ޒިޔާރާތެއް ހަދައިފިއެވެ. އަދި މި ޒިޔާރާތް ހެދުމަށްފަހު މިހާރުވަނީ ޢާންމުކޮށް އެތަން ހާމަކޮށްލާފައެވެ. ރައީސް އޮފީހުގެ ޕްރެސް ސެކްރެޓަރީ މުޙައްމަދު ޒުހައިރު ވިދާޅުވީ މި މަގުބަރާ ހެދުމާއި ގުޅިގެން "ސެންސިޓިވް އިޝޫތައް" އުޅޭ ކަމަށާއި ބައެއް ފަރާތްތަކުން އެއީ ހުންނަން ޖެހޭނެ އެއްޗެއްކަމަށް ދެކޭއިރު އެކަމާ ދެކޮޅު ހަދާ ފަރާތްތައް ވެސް އުޅޭކަމަށެވެ.

އިސްލާމިކް މިނިސްޓްރީއިން ބޭއްވި ނޫސްކޮންފަރެންސެއްގައި ބުނެފައިވަނީ ޒިޔާރަތުގެ ގޮތުގައި ނިސްބަތްކުރާ ބިސްތާނުތައް ހެދުމަކީ ކުރެވޭނެ ކަމެއް ނޫންކަމަށާއި އެއީ މަކުރޫޙަ ކަމެއް ކަމަށެވެ. އެކަމަށް ފުރުސަތު ނުދެއްވާނެ ކަމަށް ވެސް ބުނެފައިވެއެވެ.

ޖަމްޢިއްޔަތުއްސަލަފުގެ ރައީސް އައްޝައިޚް ޢަބްދުالله ބިން މުޙައްމަދު އިބްރާހީމް ރާއްޖެއިސްލާމަށް ދެއްވި ބަސްދީގަތުމެއްގައި އެފަދަ ޒިޔާރަތެއް ހެދޭނޭ އެއްވެސް ގޮތެއް ދީނުގައި ނެތް ކަމަށާއި އެއީ ކަނޑައެޅިގެން ދީނުގައި ޙަރާމްކުރައްވާފައިވާ ކަމެއްކަމުގައެވެ. އަދި އެއީ ކަނޑައެޅިގެން ޝިރުކުގެ ވަޞީލަތެއް ކަމުގައެވެ.

ދިވެހިރާއްޖެ ފަދަ އިސްލާމީ ޤައުމެއްގައި މިފަދަ ޝިރުކަށް މަގުފަހިވާ ފަދަ އެއްވެސް ޢަމަލެއް ހިންގުމަކީ ދިވެހި އެއްވެސް ދަރިއަކު އެކަމަކަށް ރުހި ޤަބޫލުވާނޭ ކަމެއް ނޫނެވެ. ވީމާ ދިވެހިރާއްޖޭގެ މި ލޮބުވެތި މުސްލިމް ރައްޔިތުންގެ ޢަޤީދާއަށް ބުރޫއަރައި ކިލަނބުވެދާ ފަދަ އެއްވެސް ކަމެއް ނުކުރުމަށް ދިވެހިރާއްޖޭގެ އެންމެހައި މުސްލިމް އަޚުންނާއި އުޚްތުންގެ ނަމުގަޔާއި ރާއްޖެއިސްލާމްގެ ނަމުގައި ދިވެހި ސަރުކާރަށް ވަރަށް ހަރުކަށި ޢިބާރާތުން ގޮވާލަމެވެ.


Read more...

Thursday, May 21, 2009

ބާއްޖަވެރި ކަމަކީ ﷲ ސުބުޙާނަހޫ ވަތަޢާލާ އެއިލާހަށް އީމާންވެ ޞާލިޙު ޢަމަލުތައް ކުރުން މަތީ ދެމިތިބޭ ކިޔަމަންތެރި އަޅުންނަށް އެއިލާހު ދެއްވާ ނިޢުމަތެކެވ

"مَنْ عَمِلَ صَالِحًا مِنْ ذَكَرٍ أَوْ أُنْثَى وَهُوَ مُؤْمِنٌ فَلَنُحْيِيَنَّهُ حَيَاةً طَيِّبَةً"

(النّحل: 97)

"މުއުމިނެއް ކަމުގައިވާޙާލު, ފިރިހެނުންގެ ތެރެއިިން ވިޔަސް ނުވަތަ އަންހެނުންގެ ތެރެއިންވިޔަސް ޞާލިޙު ޢަމަލެއް ކޮށްފިމީހާ ދަންނާށެވެ. ފަހެ ހަމަކަށަވަރުން އެމީހަކަށް ރަނގަޅު ބާއްޖަވެރި ދިރިއުޅުމެއް ތިމަން ﷲ ދެއްވަވާހުށީމެވެ."

Read more...

Sunday, May 17, 2009

ގަހަށް ފެންދިނުން


ގަހަށް ފެންދިނުމަކީ ގަސް ހެދު ބޮޑުވުމަށްޓަކައި ކޮންމެހެން ބޭނުންކަމެކެވެ. ގަސް އަވަހަށް ހެދި ބޮޑުވާނީ އަދި އަވަހަށް މޭވާއަޅައި ފައްކާވާނީ އަދި ގަހަށް ޖެހޭ އެކިއެކި ބަލިތަކުން ގަސް ސަލާމަތްވާނީ، ގަހަށް ރަނގަޅު ކާނާއާއި ފެންދީގެންނެވެ. ގަސްގަހާ ގެއްސަކީ އޭގެ ޒާތުގައި އެ އެއްޗިހި ބޭނުންވާ ކާނާ އުފައްދާ އެއްޗެއް ކަމުގައިވިޔަސް ކާނާ އުފެއްދުމަށްޓަކައި ފެން ބޭނުންވެއެވެ. އާދަކޮށް ގަހަށް ފެންނުދެނީނަމަ ގަސް ހެދި ބޮޑުވުން ލަސްވެ ގަހުގައި މޭވާ އެޅުން ލަސްވެއެވެ. އަދި ގިނަފަހަރަށް ގަހާ ދޭތެރޭ ފަރުވާ ކުޑަކޮށްލުމުގެ ސަބަބުން، ގަސް އަނަރޫފަވެ މަރުވާތަންވެސް އާދެއެވެ. މިހާރު އެގަހަކީ އެއްވެސް ދިރުމެއް ނެތް ހިކިގަހެކެވެ.
ތިބާގެ ނަފްސާމެދު ވިސްނާލާށެވެ. ރިވެތި ވަޢުޡާއި ނަޞީޙަތުގެ ހުޅުކޮޅުން ތިބާގެ ހިތް އަލި ނުކުރަނީ ނަމަ އަނދިރިކަން ވެރިވެގެންފާނެއެވެ. އަނދިރިކަމަކީ ނުރައްކާތެރިކަމެކެވެ. ބަލާޣާތްތެރި ވާހަކަދެއްކުންތެރިން އެކި އެކި މަޢުޞޫތަކަށް ދޫކޮށްފައި ހުންނަ ދަރުސްތަކާއި ވާހަކަދެއްކުންތައް އަޑުއަހާ ނަމަ ބަލިވަމުންދާ ތިބާގެ ހިތުގެ އީމާންކަމަށް އާރޯކަމާއި ތާޒާކަން ލިބޭނެއެވެ. އީމާންކަމަކީ ފާފައިގެ ސަބަބުން ދަށްވެ އަދި އިޚްލާޞްތެރި ޢަމަލުތަކުގެ ސަބަބުން އިތުރުވާކަމެކެވެ. އެހެންކަމުން ނަޞީޙަތާއި ވަޢުޡު އަޑުއެހުމަކީ އީމާންތެރިކަން ގަދަކޮށްލަން ވަރަށް ރަނގަޅުކަމެކެވެ. އެއީ ހޮލީވުޑާއި ބޮލީވުޑާއި ކޮޕީވުޑްގެ ބޭކާރު ނާޗަރަންގީތައް ބެލުމަށްވުރެ، ހުރިހާ ގޮތަކުންވެސް ތިބާގެ ވަށައިގެން ފައިދާތައް އެއްކުރާ ކަމެކެވެ. އިންސާނާއަކީ ހަނދާންނެތޭ މީހަކަށް ވާއިރު އެންމެ މޮޅުގޮތަކީ އާދައެއްގެ ގޮތުގައި ވަޤުތު ލިބޭވަރަކުން މިކަން ކުރުމެވެ. ނަޞީޙަތަކީ ޖޯޝާއި ކިކް ގެނުވައިދޭ ކަމެކެވެ. އެހެންކަމުން މިގޮތުން އަޑުއެހުމަށާއި ބެލުމަށްޓަކައި ނަޞީޙަތުގެ "ލައިބްރަރީ" އެއް ހެދިދާނެއެވެ.
އެހެންކަމުން ނަފްސުގެ ގަސް އަނަރޫފަވިޔަ ނުދީ ހެއްދުމަށްޓަކައި އަދި އެގަހުގެ ފޮނި މޭވާގެ ރަހަ ލިބިގަތުމަށްޓަކައި އެގަހަށް އާދަކޮށް ފެންދޭށެވެ

Read more...

ހަމައެކަނި ދުލުގެ އެއްޗެއްބާ؟

އަހަރެމެންގެ ދީނާމެދު އަހަރެމެންނަށް ވިސްނެނީ އެއީ ދުލުގެ އެއްޗެއްގެ ގޮތުގައެވެ. ދުލުން ހަމައެކަނި އަހަރެންނަކީ މުސްލިމެކޭ ނުވަތަ އަހަރެމެންނަކީ މުސްލިމުންނޭ ބުނުމުން އަހަރެން މުސްލިމަކަށް ނުވަތަ އަހަރެމެން މުސްލިމުންނަށް ވާނެ ހެއްޔެވެ؟ ޔަހޫދީއަކަށް ޔަހޫދީއެކޭ އަދި ނަޞާރާނީއަކަށް ނަޞާރީއެކޭ މާތުރަ މަޖޫސީއަކަށް މަޖޫސީއެކޭ ކިޔެނީ އޭނާ ޤަބޫލުކުރާ ޤަބޫލުކުރުންތަކަކާއި ކުރާ ޢަމަލުތަކެއްގެ ސަބަބުންނެވެ. އެހެންކަމުން މުސްލިމަކަށް މުސްލިމެކޭ ކިޔެންޖެހޭނީވެސް އޭނާ ޤަބޫލުކުރާ ޤަބޫލުކުރުންތަކާ ކުރާ ޢަމަލުތަކަކަށް ބިނާކޮށެވެ. އިސްލާމްކަމަކީ ހަމައެކަނި ތިމާގެ ހިތުގެ ވަޒިފާއެއް ނޫނެވެ. ހަށިގަނޑުގެ އަޞްލު ވަޒީފާއަކީ ޢަމަލުތަކެވެ. އެހެންކަމުން އިސްލާމެކޭ ބުނުމަށްޓަކައި ޢަމަލުކުރުމަކީ ކޮންމެހެން ބޭނުން ޝަރުޠެކެވެ. ދިވެހި މުޖްތަމަޢުގެ ގިނަ މީހުންނަކީ މިއަދު ހަމައެކަނި ނަމުގައި މުސްލިމުންނެވެ. އެމީހުންނަށް ކިޔަނީ މުސްލިމް ނަންތަކެވެ. ބުނަނީ އަހަރެމެންނަކީ މުސްލިމުންނެވެ. އެކަމަކު ކުރަނީ މުސްލިމުން ކުރާ ކަހަލަ ޢަމަލުތަކެއް ނޫނެވެ. އެހެންކަމުން ޢަމަލުތަކާ ނުލާ ފުރިހަމަ ނުވާކަމެއް ޢަމަލުތަކާ ނުލާ ފުރިހަމަވާނީ ކިހިނެއް ހެއްޔެވެ؟

Read more...

ސްކޭން ކޮށްފައިވާ މިލިޔުމަކީ ދިވެހި މަޖައްލާއަކުން ނަގާފައިވާ ލިޔުމެކެވެ. އެލިޔުމުގައި ވާ ގޮތުން ގާތް ގަނޑަކަށް ދެ އަހަރެއްހައި ދުވަހުގެ ތެރޭގައި ދިވެހިރާއްޖެއިން ޒިނޭކޮށްގެން ޖުމްލަ 111 މީހުން އަރުވާލެވިފައިވެއެވެ. އެއީ ރާއްޖެތެރެއިން 47 ފިރިހެނުންނާއި 64 އަންހެނުން އަދި މާލެއިން 1 ފިރިހެނަކާއި 12 އަންހެނުންނެވެ. އެއީ 1476 ވަނަ އަހަރެވެ. މިއަދު މިއީ 1430 ވަނައަހަރެވެ. 46 އަހަރު ކުރިންނެވެ.
ވިސްނާލަބަލާށެވެ. މިހާރު މާލޭގައި އެކަނި ރެއެއްގެ މައްޗަށް 111 މީހުންނަށް ވުރެ ގިނަ މީހުން ޒިނޭކުރާނެކަމަށް ލަފާކުރެވެއެވެ. މާލޭގައި ޒިނޭޚާނާތަކުގެ ގޮތުގައި، ބޭސްކުރުމުގެ ނަމުގައި ހުޅުވާފައިހުންނަ ކްލިނިކްތަކާއި، ތަފާތު ތެރަޕީދޭ ތަންތަނުގެ ނަމުގައި ހުޅުވާފައިހުންނަ ކްލިނިކްތަކާއި، ބައެއް ގެސްޓުހައުސްތަކުގައި ހަށިވިއްކުމުގެ ހަޑިމުޑުދާރު ޢަމަލު ހިންގައެވެ. އަދި ވަރަށް ގިނަ ފަހަރު ފުލުހުން އެފަދަ މީހުން އަތުލައިވެސްގަނެއެވެ.
އަހަރެމެންގެ މުޖްތަމަޢުގައި ފާހިޝްކަންތައްތައް ޢާއްމުވެފައިވާ މިންވަރު މިހިރީއެވެ. އަހަރެމެންގެ ޙާލަތާމެދު ވިސްނާލާކަށް އަދިވެސް ނުވޭތޯއެވެ؟

Read more...

Thursday, May 14, 2009



މިއަދުވެސް އިއްޔެފަދައެވެ. ބަދަލެއް ނުވެއެވެ. ބަދަލުކުރާނަމޭ ބުންޏެވެ. އެތައްފަހަރަކު ބުންޏެވެ. ހަރު އަޑުން ބުންޏެވެ. ނަމަވެސް ބަދަލެއް ނުކުރެއެވެ. އޭރު އެބުނީ ކޮންކަމެއް ބަދަލުކުރާނޭ ވާހަކަބާވައެވެ؟
ބަދަލެއް ނުވެއެވެ. ބަދަލުދެކެ ބިރު ގަންނަނީ ކީއްވެބާއެވެ؟ ހަމަގައިމުވެސް ބަދަލު ނުވާނަމަ ފޫހިވެއްޖައީހެވެ. ބަދަލު ނުވާނަމަ އަބަދު ތަކުރާރުކުރުމުގެ ސަބަބުން މާޔޫސްވެއްޖައީހެވެ.
ހަމަ އެއްކުލަތަކެކެވެ. ލޮލަށް އާ ކުލަތަކެއް ނޫނެވެ. ކުރީގައި މަޑުކޮށް ހުރި ބައެއް ކުލަތައް މިހާރު ތަންކޮޅެއް ގަދަހެން ހީވެއެވެ.
ހަމަ އެއް ވާހަކަތަކެކެވެ. އެއްވެސް ތަފާތެއްނެތެވެ. ވިސްނުމާއި ފިކުރަށް ޙަލަލެއް އައިސްފިހެން ހީވާން ފަށައިފިއެވެ. ވާހަކަދައްކާ ބައެއްފަހަރު ދަނީ ސޮއްސާލައިގެންނެވެ.
ހަރު އިހާ އޮއްވައި ޅަ އިހަލުން އެ އަޅަނީ ޅަ އެއްޗިހި މާ މީރުވީމަކަމަށް ވެދާނެއެވެ.
ބަދަލާ ބައްދަލުނުވެގެން މިއުޅޭނީ ބަދަލު މާ ބާރަށް ދުވާތީބާވައެވެ؟ ނޫނީ ބަދަލު ދާ މަގުން ނޫން އެހެން މަގަކުން ދެވެނީ ބާވައެވެ؟
މިލިޔުމާމެދު ސިޔާސީ ވިސްނުމަކުން ވިސްނާނީ ވަރަށް ސިޔާސީ މީހެކެވެ. މިހާރު މީހުން ސިޔާސީވެފައި ތިބޭވަރަކީ ހޮޓަލެއްގައި ސައިބޯން އިނދެފައި ބަޖިޔާއެއް ނެގިޔަސް އޭގެ ތިންކަނަށް ނިސްބަތްކޮށް ބުނާނެއެވެ. މިއީ ވެރިކަން ހިންގުމުގެ ބާރު ، މިއީ ޤާނޫނު ހެދުމުގެ ބާރު އަދި މިއީ ޢަދުލް އިންސާފު ޤާއިމުކުރުމުގެ ބާރު، އަހަރެން މިހާރު މިއުޅެނީ ތިންބާރު ވަކިކޮށްލާށޭ ކިޔައި ބަޖިޔާ ކާލަފާނެއެވެ.
މިއީ އަހަރެންގެ ވަރަށް ގާތް ރައްޓެއްސަކު ބަދަލުވާނަމޭ ކިޔަކިޔާ އަދިވެސް ހުންނާތީ ހިތުގައި ހުރި ޝުޢޫރުތަކެއް މިތާނގައި ލިޔެލީއެވެ.
ބަދަލުނުވަންޏާ ބަދަލުވެއްޖެކަން ޤަބޫލުކުރާނީ ބަދަލުނުވާ މީހެކެވެ.

Read more...

ދީނީ ނަސޭޙަތް ދިނުމުގެ ޕްރޮގްރާމްގެ

މުސްލިމުންގެ ގުޅުމުގެ ފަރާތުންކޮންމެ ބުރާސްފަތި ދުވަހެއްގެރޭ ބަންޑާރަ މިސްކިތުގައި ބާއްވަމުން ގެންދަވާ ދީނީ ނަސޭޙަތް ދިނުމުގެ ޕްރޮގްރާމްގެ ދަށުން މި ހަފްތާގައި ދަރުސް ދެއްވުމަށް ހަމަޖެހިފައިވަނީ އައްޝައިޚް އަލްއުސްތާޛް މުޙައްމަދު ނަޝީދު އާދަމްއެވެ.
Read more...

Wednesday, May 6, 2009

އިސްލާމީ ޙުކުމްތައް އެސްޓިމޭޓް އުސޫލުން


ޙަމްދާއި ޘަނާ ހުރީ މާތްﷲ ސުބްޙާނަހޫ ވަތަޢާލާއަށެވެ. ޞަލަވާތާއި ސަލާމް ހުރީ މިއުއްމަތުގެ މާތް ނަބިއްޔާ މުޙައްމަދު ޞައްލަﷲ ޢަލައިހި ވަސައްލަމައަށެވެ. މި މާތް ޞަލަވާތުގައި އެކަލޭގެފާނުގެ އިތުރު އާލު އަޞްޙާބުން ޝާމިލް ކުރަމެވެ.

އިސްލާމް ދީނަކީ ކޮންމެ ކޮންމެ ބަޔަކަށް އެއާބެހޭ ގޮތުން ވާހަކަ ދެއްކެން އޮތް "ތާއްޕާހެއް" ނޫނެވެ. ކަމެއް އެސްޓިމޭޓްގެ އުސޫލުން ދޫކުރެވުނު ކަމުގައިވިޔަސް އެކަމަށް ކުރިމަތިލާނީ، އެކަމަށް އެކަށީގެންވާ މީހުންނެވެ. މާތް ﷲ މަތިވެރި ކުރެއްވި މި ދީން ބާއްވައި ލައްވަވައި އެ ފެތުރުއްވުމުގެ މަތިވެރި މަސްއޫލިއްޔަތު ދެއްވެވީ " ތާއްޕާހުގެ " އުސޫލު ގެންގުޅޭ ފަދަ ދެއްކޭ ނުދެއްކޭ ވާހަކައެއް ނޭނގޭފަދަ، އޭރަކު ޖެހޭ އޮއިވަރަކަށް އަނގަ ހުޅުވައިގެން ހުންނަ ފަދަ މީހަކާ އެއްނޫނެވެ. އެމަތިވެރި މަސްއޫލިއްޔަތު ހަވާލު ކުރެއްވެވީ އިލާހީ ތަރުބިއްޔަތުން ތަރުބިއްޔަތު ލިބިގެންވާ މާތް މަތިވެރި ބޭކަލަކާއެވެ. އެކަލޭގެފާނު ވަނީ އެމަސްއޫލިއްޔަތު އޭގެ އެންމެ ފުރިހަމައަށް އަދާ ކުރައްވާފައެވެ. އެކަލޭގެފާނަކީ އެއީ ﷲ ގެ މި ދީން ޙިމާޔަތް ކުރެއްވުމަށް ﷲ މެދުވެރި ކުރެއްވި ލޮބުވެތި މާތް ނަބިއްޔާ މުޙައްމަދު ޞައްލަﷲ ޢަލައިހި ވަސައްލަމްއެވެ. އެކަލޭގެފާނު އަވަހާރަވުމަށް ފަހުގައި މިދީން ޙިމާޔަތް ކުރެއްވުމުގެ މިންނެތް މަސައްކަތާ ޙަވާލުވީ އެކަލޭގެފާނުގެ ޕްރިންސިޕަލް ކަމުގެ ދަށުން ފުރިހަމައަށް ތަޢްލީމް ޙާޞިލްކުރެއްވެވި ދަރިވަރުން، އާދެ އެކަލޭގެފާނުގެ ޞަޙަބީންނެވެ. ޞަޙާބީންގެ ތެރެއިންވެސް ކޮންމެ ކޮންމެ ބޭކަލަކީ ދީނުގެ ޙުކުމްތަކާ ބެހޭ ގޮތުން ވާހަކަ ވިދާޅުވާ ބޭފުޅެއްނޫނެވެ. ދެން އެއަށްފަހު އެކަމާއި ޙަވާލުވީ މާތްނަބިޔްޔާގެ ވާރިޘުންނެވެ. އާދެ ޢިލްމުވެރީންނެވެ.

އެހެންނަމަވެސް މިއަދު ހިތާމަ އަކީ ކޮމްޕިޔުޓަރ ސައިންސް ކިޔަވައިގެން އަންނަ މީހާ ޕާން ފިހަން އެނގެޔޭ ކިޔައިގެން ފޫގަޅައިގެން އުޅޭކަމެވެ. މިފަދަ މީހާ ފިހާ ޕާން، ވާނީ ކޮން އެއްޗަކަށް ތޯއެވެ.

ދީން ފެތުރުމަށް، ނޫނީ ދީނާ ބެހޭ ވާހަކަ ދެއްކުމަށް ﷲ ވަނީ ބަޔަކު ކަނޑަ އަޅުއްވާ އެމީހުންނަށް އެކަމުގެ ހުއްދަދެއްވާފައެވެ. މާތް ﷲ ވަޙީ ކުރައްވާފައިވެއެވެ؛ (( فَاسْأَلُوا أَهْلَ الذِّكْرِ إِنْ كُنْتُمْ لا تَعْلَمُونَ )) = ސޫރަތު އައްނަޙްލް 43 = މާނައީ؛ " ކަމެއްގައި ތިޔަބައި މީހުންނަށް އޮޅުންއަރައި، ނޭނގޭނަމަ އެކަމެއްގެ ޢިލްމު ލިބިގެންތިބި މީހުން ކައިރިން އަހާށެވެ."

މިތަނުގައި މިއޮތީ ޖެހިގެން ހުރިމީހާ ކައިރިން އަހާށޭ ހެއްޔެވެ. ނޫނީ އަޑައް ބާރުލާފައި ޞައްޙަ ޙަދީޘު ރަނގަޅަށް ކިޔާފައި ހިތުހުރި ގޮތަކަށް މާނަކުރާ މީހުން ކައިރިން އަހާށޭހެއްޔެވެ.

އޮޅުވާލަން ނޫޅޭށެވެ. އަޅުގަނޑުމެންގެ މަސްތަށް ކޮށާ ކައްޓާ ވަކިކޮށްފަ ބެހެއްޓި ކަމުގައިވިޔަސް އިރާދަ ކުރެއްވިއްޔާ "އިސްލާމް އިސްލާމް" މިހެން ގޮވަމުން މާތް ﷲގެ އެއްކައުވަންތަ ކަމުގެ ކަލިމަ " لا إله إلا الله " ގޮވަމުން ގެންދާނެއެވެ. ފެއިލްވާނީ ހަމަ ފުރައްސާރަ ކުރާ މީހުންނެވެ. ކުރިންވެސް ފެއިލްވީ ފަދައިންނެވެ. އިސްލާމްދީންގެ ވާހަކަ ދެއްކޭނީ އެސްޓިމޭޓުންވެސް އަދި އެނޫން ގޮތަކުންވެސް އެކަމުގެ އަހުލުވެރީންނަށެވެ. ހަނދާން ކުރާށެވެ. ހިސާބު ޢިލްމަށް މޮޅުވިޔަސް ތަރިކަ މުދާ ބަހާކަށް ނޭނގޭނެއެވެ. އެކަމާ ޙަސަދަވެރިވެ " ޖޭ " ނުވާށެވެ.

" އެންމެ ފުރިހަމަ މުސްލިމުން، މެދުމިނުގެ މުސްލިމުން، ކުޑަކޮށް މުސްލިމުން، ކިރިޔާ މުސްލިމުންގެ ރަހަ ޖެހިފައިތިބި މުސްލިމުން" މުނާފިގު މުސްލިމުން، މި އޮތީ ޔަހުޔާ ކާޅުހިފާ އުސޫލުން ނޫނީ ކަނުމީހަކު އެއްލި ގާގަޑެއް އޭނަ ބޭނުންވާ ތަނުގައި ޖެހޭ ފަދައިން މިފަހަރު މިއޮތީ ހެޔޮ ވާހަކައެއް އޮޅިގެންނަމަވެސް ބުނެވިފައެވެ.

މީ މިކަން އިލާހީ ހަޒުރަތުގައިވެސް ވާގޮތެވެ. ސުވަރުގޭގައި ތަފާތު ދަރަޖަ ތައް ކަނޑަ އަޅުއްވާފައި ވަނީ އެކި މީހުންގެ " މުސްލިމް " ކަމާއި " މުއުމިން" ކަމާ ތަފާތު ވީމާކަން ކަށަވަރެވެ. މާތް ﷲ ވަޙީކުރެއްވިއެވެ؛ ((أُولَئِكَ هُمُ الْمُؤْمِنُونَ حَقًّا لَهُمْ دَرَجَاتٌ عِنْدَ رَبِّهِمْ وَمَغْفِرَةٌ وَرِزْقٌ كَرِيمٌ )) = ސޫރަތުލް އަންފާލް 04 = މާނައަކީ؛ = " ޙައްގު ގޮތުގައި ތިބި ތެދުވެރި މުއުމިނުންނަކީ ހަމަ އެބައި މީހުންނެވެ. މަތިވެރި ދަރަޖަތަކާއި ފާފަ ފުއްސެވުމާއި ދީލަތި ދެއްވުންތައް އެކަލާނގެ ޙަޒުރަތުގައި އެބައިމީހުންނަށް ވެއެވެ." އަދި މާތް ނަބިއްޔާ މުޙަމަދު ޞައްލަﷲ ޢަލައިހި ވަސައްލަމް ޙަދީޘް ކުރެއްވިއެވެ. " يُقَالُ لِصَاحِبِ الْقُرْآنِ اقْرَأْ وَارْتَقِ وَرَتِّلْ كَمَا كُنْتَ تُرَتِّلُ فِيْ الدُّنْيَا فَإِنَّ مَنْزِلَكَ عِنْدَ آخِرِ آيَةٍ تَقْرَؤُهَا " މާނައަކީ؛ " ދުނިޔަވީ ޙަޔާތުގައި ޤުރްއާނަށް އަހައްމިއްޔަތުކަން ދިން، ޤުރްއާނުގެ އަހުލުވެރީންނަށް ޤިޔާމަތްދުވަހުން ބުނެވޭ ހުއްޓެވެ. ކިޔަވަމުން މައްޗަށް އަރަމުން ގެންދާށެވެ. ފަހެ ހަމަ ކަށަވަރުން ތިބާގެ އެންމެ ފަހު އާޔަތް ކިޔަވައި ނިމޭހިސާބަކީ ތިބާގެ މަންޒިލެވެ." މި ދަލީލުތަކުން ވަރަށް ސާފްކޮށް ސުވަރުގޭގައި ދަރަޖަތަށް ވާކަން އެބަ އެނގެއެވެ.

ނަރަކައިގެވެސް ވަނީ އެކި ދަރަޖަތަކަށް ބަހާލެވިފައެވެ. ތިޔަބުނާ ގޮތަށް ނުބެހި އޮންނަނަމަ ހެޔޮ ކަމުގައި ކުރިއަރައި ނުގޮސް ތިޔަކަހަލަ، " މީހުން އަޑުއަހާ ހިއްވާ ހަގީގަތާއި ޚިލާފު " ވާހަކަތައް ދައްކަ ދައްކާ ތިބެންވީ ނޫން ހެއްޔެވެ.

އެހެންނަމަވެސް މިދުނިޔޭގައި އިންސާނާ ލައްވަވާ، މަރުވުމާއި ދިރުއްވުން ލެއްވެވީ އެއްމެ ހެޔޮ ޢަމަލު ކުރަނީ ކޮންބައެއްތޯ ބައްލަވައި ވޮޑިގަތުމަށްޓަކައިނޫންތޯއެވެ. މާތް ﷲ ވަޙީ ކުރެއިވި އެވެ. (( الَّذِي خَلَقَ الْمَوْتَ وَالْحَيَاةَ لِيَبْلُوَكُمْ أَيُّكُمْ أَحْسَنُ عَمَلاً )) = ސޫރަތުލް މުލްކް 02 = މާނައަކީ؛ " އެކަލާނގެ ތިޔަބައިމީހުންގެ ތެރެއިން އެއްމެ ހެޔޮ ޢަމަލު ކުރަނީ ކޮން ބައެއްތޯ ބެއްލެވުމަށްޓަކައި މަރުވުމާއި ދިރުއްވުން ލެއްވެވިއެވެ. "

އިސްލާމްދީނުގައި ކަމަކާ ބެހޭ ގޮތުން ވާހަކަ ދައްކަނީ އެކަމަކާ އެންމެ މުނާސަބު ވަގުތު ބަލާފައެވެ. ހަމަ ސްޓޭޖަކުން ޖާގަ ލިބޭހާ އަވަހަކަށް ހުރިހާވާހަކައެއް ދެއްކުން އެއީ އިސްލާމްދީނުގެ ސިޔާސަތެއްނޫނެވެ. މާތް ނަބިއްޔާ 360 ބުދު ގެފުޅުވަށައިގެން ހުރި އިރުގަ ޠަވާފުކުރެއްވިކަން އެނގިފައި ނެތީތޯއެވެ. މޫސާގެފާނާއި ހާރޫނުގެފާނަށް ފިރުޢައުނާ ރީތިބަހުން މުޚާޠަބުކުރަން ހަތް އުޑު މަތިން ވަޙީގެ މަތިވެރި ބަސްފުޅު އައިކަން ނޭގެނީ ތޯއެވެ. ދެންވެސް ކުށް ގަބޫލުކޮށް ތައުބާވެ ފައިކުރި ތަނބި ކައްޓާ ހަމައަށް ނޫނީ އެއަށް ވުރެ މައްޗަށް ބަހައްޓާށެވެ. އެއީ އެކަން ދީނުގައި އޮތްގޮތެވެ. އެކަމަށް ހަޖޫ ނުޖަހާށެވެ. ކޮންމެ ސިފައެއްގައި ތިރި ކުރިކަމުގައި ވިޔަސް ވަޢީދުގެ އެކި މޭރުމުން ވާރިދު ވެފައިވާ ޢަޛާބުން ޢަޛާބެއް ލިބޭނެތީއެވެ.

މިއަދު ބޮޑާވެގެން، 100 ވަރަކަށް އަހަރު ގިނަވެގެން އުޅެލެވިދާނެއެވެ. އެކަމަކު ދެންދާން އޮތް ޙަޔާތުގެ " ކައުންޓް ޑައުން " ( ދުވަސްތައް ގުނާނީ ) ކޮން ހިސާބެއް ބޭނުންކޮށްގެން ތޯއެވެ.

ތަނބިކައްޓަށް ވުރެ މަތީގައި އިޒާރު ބެހެއްޓުމަށް އަމުރު ކުރެއްވީ ބަކަރި ގުއި އުނގުޅޭތީ ކަމަށް ތިޔަ ހީކުރަނީ އޮޅިގެންނެވެ. ހަމަ އެދުވަސްވަރު ލޮބުވެތި ޖިންސުއްލަޠީފުންނަށް ތަނބިކަށިން ފެށިގެން މުށަކަށް ހެދުން ދިގުކުރައްވަންވެސް އަމުރު އައެވެ. މިވަރުން ވެސް ނުފުދޭ ހެއްޔެވެ. ދީނަށާއި މާތް ނަބިއްޔާ ގެ ސުންނަތަށް ހަޖޫ ޖެހިޔަސް އަމިއްލަ ނަފްސަށްމެނުވީ އެކަމުން ގެއްލުމެއް ނުކުރާނެއެވެ. ﷲ ވަޙީކުރެއްވިއެވެ؛ (( إِنَّا كَفَيْنَاكَ الْمُسْتَهْزِئِينَ )) = ސޫރަތުލް ޙިޖްރް 95 = މާނައަކީ؛ " ކަލޭގެފަނަށް ފުރައްސާރަ ކުރާ މީހުންގެ ކިބައިން ކަލޭގެފާނުސަލާމަތް ކުރައްވައި ފުއްދަވައި ދެއްވަމެވެ."

މާތް ނަބިއްޔާގެ އެ ހެޔޮ ޢަމަލު ފުޅު ހުރިގޮތުން އެކަމާ ނާއުއްމީދުވީ މީހުންވެސް މިލިޔަނުން ގުނާލެވެއެވެ. = މޮޅަށް ދެނެވޮޑިގަންނަވަނީ ﷲ އެވެ.=


Read more...

Tuesday, May 5, 2009

އިސްލާމީ ޝަރީޢަތް ތަންފީޛު ކުރުމަށް ގޮވާލެވޭ އަޑު ގަދަވަނީ! اللّـهُ أَكْبَرُ.


ﷲ ސުބްޙާނަހޫ ވަތަޢާލާ އިންސާނުން މިބިންމަތީގައި ލައްވަވާފައިވަނީ އެބައިމީހުންނަށް އެންމެ އެކަށޭނޭ އެންމެ ފުރިހަމަ ޝަރީޢަތާއި އެކީގައެވެ. އެޝަރީޢަތަކީ ދުނިޔެއާއި އާޚިރަތުގެ ޙަޔާތް ބާއްޖަވެރިކުރަން އެދޭ ކޮންމެ މީހަކަށް އޮތް ހަމައެކަނި ޙައްލެވެ. އެހެންނަމަވެސް ހިތާމައަކީ މިއަދު އަޅުގަނޑުމެން މުސްލިމުން ކަމުގައި ދަޢުވާކުރާ ބަޔަކު މިފަދަ ފުރިހަމަ ޝަރީޢަތަކަށް ފުރަގަސްދީ އިންކާރުކޮށް، އިންސާނުން އަތުން ކޮށާ މަށާ ހަދާފައިވާ އެއްވެސް ދިއުޅިއެއް ނުވާ، ދެކޮޅު ނުޖެހޭ، މުޖްތަމަޢުގައި ދުވަހަކަށްވުރެ ދުވަހަކަށް ކަންތައްތައް ހަލާކާއި ފަސާދައިގެ ތެރެއަށް ގެންދާ ނިޒާމަކަށް މިސްރާބު ޖަހާފައިވާ ކަމެކެވެ.

ކޮންމެއަކަސް މިއަދު މުޅި އިސްލާމީ ދުނިޔެއަށް ބަލާލި ކަމުގައި ވިޔަސް ފެންނަން މިއޮތީ، އެތައް ޒަމާންތަކެއް ނުވަތަ އަހަރުތަކެއް ވަންދެން، މުސްލިމުން އެމީހުންގެ މައްޗަށް ބާއްވާލާފައިވާ ޝަރީޢަތް ދޫކޮށް އަމިއްލަ ގޮތްތައް ޚިޔާރުކުރުމުގެ ސަބަބުން އަޅުގަނޑުމެން މުސްލިމުން ނިކަމެތި ބަލިކަށި ބައެއްގެ ގޮތުގައި ވެފައި ވަނިކޮށެވެ. އާރެއް ބާރެއް ނެތް އަމިއްލަ މިނިވަންކަން ގެއްލިފައިވާ، ކުފުރުގެ ޠާޣޫތީ ދައުލަތްތަކަށް އަޅުވެތިވެފައިވާ ބައެއްގެ ގޮތުގައި ވެފައިވާތަނެވެ.

ފަހެ މުސްލިމުން އެމީހުންގެ ގޮތަށް އެނބުރި ރުޖޫޢަވާނީ ކޮން އިރަކުތޯއެވެ؟ މިއުއްމަތުގެ އެންމެ ޢަދުލުވެރި އެންމެ މާތް އެއް ބޭކަލަކު ކަމުގައިވާ عُمَرُ الفاروق، އާދެ عُمَرُ بُنُ الْخَطَّابُ رضي الله عنه ވިދާޅުވެފައިވާ މިއަގުހުރި ބަސްފުޅުގައި އަޅުގަނޑުމެންނަށް ޢިބްރަތެއް ނެތީހެއްޔެވެ؟ މިބަސްފުޅަކީ މިއުއްމަތުގެ އަމީން، أَبُو عُبَيْدَة بُنُ الْجَرَّاحُ رضي الله عنه، ޝާމްކަރައަށް ދަތުރުފުޅު ކުރެއްވި ވަޤުތު عُمَرُ بُنُ الْخَطَّابُ رضي الله عنه އެކަލޭގެފާނަށް ވިދާޅުވި ބަސްފުޅެކެވެ.

"إِنَّا كُنَّا أَذِلَّ قَوْمٍ فَأَعَزَّنَا اللهُ بِالإِسْلاَمِ فَمَهْمَا نَطْلُبُ الْعِزَّ بِغَيْرِ مَا أَعَزَّنَا اللهُ بِهِ أَذَلَّنَا اللهُ " وَ فِى رِوَايِةٍ "إِنَّا قَوْمٌ أَعَزَّنَا اللهُ بِالإِسْلاَمِ فَلَنْ نَبْتَغِى العِزَّ بِغَيْرِه" (أَخْرَجَهُ الحَاكمْ وصححه الألباني).

މާނައީ: "އިރެއްގައި އަހުރެމެންނަކީ އެންމެ ނިކަމެތި މީހުން ކަމުގައި ވީމެވެ. ދެންފަހެ، އިސްލާމްދީނުގެ ސަބަބުން ﷲ އަހުރެމެން ޢިއްޒަތްތެރި ކުރެއްވިއެވެ. ދަންނައެވެ. ﷲ ތަޢާލާ ޢިއްޒަތްތެރި ކުރެއްވި ކަންތައް ނޫން ކަމަކުން އަހުރެމެން ޢިއްޒަތް އެދެފިނަމަ، ﷲ އަހުރެމެން ނިކަމެތި ކުރައްވާނެއެވެ." އަދި އެހެން ރިޥާޔަތެއްގައި ވެއެވެ. "އަހުރެމެންނަކީ އިސްލާމްދީނުގެ ސަބަބުން، ﷲ ތަޢާލާ ޢިއްޒަތްތެރި ކުރެއްވި ބައެކެވެ. ފަހެ ހަމަ އެފަރާތުން މެނުވީ އަހުރެމެން ޢިއްޒަތްތެރިކަން ނޭދޭ ހުށީމެވެ." މިއެވެ.

ހަމަކަށަވަރުން عُمَرُ رضي الله عنه އެވިދާޅުވި ބަސްފުޅުގައި އެވަނީ ހަމަ ތެދުފުޅެވެ. އެހެނީ، އިސްލާމުން ﷲގެ ޢިއްޒަތްވަންތަކަމުން ޢިއްޒަތްތެރިކަން ހޯދައިގެން އުޅުނު އިރު އެމީހުންވީ މުޅި ދުނިޔޭގައި ތިބި އެންމެ ޢިއްޒަތްތެރިން ކަމުގައެވެ. އަދި އެހެނިހެން މީސްތަކުންވެސް އެބައިމީހުންނަށް (ޔަޢްނީ އިސްލާމުންނަށް) މާތްކޮށް ހިތިއެވެ. ބޮޑެތި ޖައްބާރުން އެބައިމީހުންނަށް ބޯލަނބައި ކިޔަމަންތެރި ވެއެވެ. ދެން ފަހެ އިސްލާމުން ތިމާމެންގެ ޢަދާޥާތްތެރިންނަށް އިތުބާރުކޮށް އެމީހުންގެ އާދަކާދަތަކާއި އަދި އެމީހުންގެ ތަޤްލީދް ތަކަށް އެދި، އަދި އެކަންކަން ރީތިވީ ހިނދުން ނިކަމެތިވީއެވެ. ތިމާމެންގެ މައްޗަށް އެހެންމީހުން އިހާނާތް ވާން ފެށީއެވެ. އެއްވެސް މީހަކަށް އިންކާރު ނުކުރެވޭ ހިސާބަށް މިއަދު މިއޮތީ އެކަން ގޮސްފައެވެ.[1]

ކޮންމެއަކަސް މިފަދަ އަނދިރި ހިތްދަތި ވަޤުތެއްގައި އަޅުގަނޑުމެން އިސްލާމީ އުންމަތް ހޭދަކުރަމުން ދަނިކޮށް، އިވެންފެށި އަޑުތަކުން ހިތްތަކަށް ދިރުން ގެނުވައި ހިތްތަކަށް ބުނަންވެސް ނޭނގޭ ކަހަލަ އުފާވެރިކަމެއް ވެރިވެއްޖެއެވެ. ނިވެމުންދިޔަ ދީނުގެ ނޫރަށް އަލިކަމާއި ފުރިހަމަކަން އަންނަކަމުގެ އިޙްސާސްތައް ކުރެވެން ފަށައިފިއެވެ. ކުރިމަގު އަމާންވެ އުޖާލާވާނެ ކަމާއިމެދު އުއްމީދުތައް އާލާވެއްޖެއެވެ.

އާދެ އެއަޑަކީ އެވާހަކަތަކަކީ، އެނިޒާމެއްގެ އެހީގައި މިއަދު މުޅި ދުނިޔޭގައި ހަންފަތުރާ އަޅުވެތިކުރަމުންދާ ޝިރުކުގެ މިޑިމޮކްރަސީ ނިޒާމް ފޫއަޅުވާލައި އިސްލާމީ ޝަރީޢަތް އުދަރެހަށް ފާޅުވެ އަލިވިލުނު ވާހަކައެވެ. ފާއިތުވެ ދިޔަ މަދު އަހަރުތަކެއްގެ ތެރޭގައި އިސްލާމީ ޝަރީޢަތް ތަންފީޒު ކުރުމަށް އެދި ގޮވަމުން އެދިޔަ ގޮވުންތަކާއި އަދި އެތައް މުސްލިމު އަޚުންނާއި އުޚްތުންތަކެއް ވަމުންދިޔަ ޤުރުބާނީތަކާއި ކުރަމުން ދިޔަ ޖިހާދުގައި އުއްމީދުގެ ހުޅުކޮޅު ރޯވެ އެކަމަށް ދިރުން ލިބުނު ވާހަކައެވެ. اللّـهُ أَكْبَرُ.

އާދެ އަފްޣާނިސްތާނުގައި އިސްލާމީ ޝަރީޢަތް ތަންފީޛު ކުރަމުން ދިއުމުން އެކަމަކީ ދުނިޔޭގައި މިހާރު އޮތް އެންމެ ބޮޑު ޝައިޠާނީ ދައުލަތްކަމުގައިވާ އެމެރިކާއަށް ކެތްވާވަރުގެ ކަމަކަށް ނުވިއެވެ. މުސްލިމުން ބާރު ގަދަވެ އެމީހުންގެ އަޅުވެތިކަމުން މުސްލިމުން ނިކުމެ ބާރު ހޯދައިފާނެކަމުގެ ބިރަށް، ދޮގު ބުހުތާނު ތަކާއި އިލްޒާމުތައް އަޅުވައި އެތަން އެދަނީ ތަޅާ ސުންނާފަތި ކުރަމުންނެވެ. ޙަޤީޤަތަކީ އެކަމުގެ ސަބަބުން ވަރަށް ގިނަ މުސްލިމުންގެ ލޯތައް ޖާހިލުކަމުގެ ނިދިން ހޭލައްވާލުމެވެ. ނަތީޖާއަކަށް ވެގެން ދިޔައީ ކުރިއަށްވުރެވެސް ބޮޑަށް އިސްލާމީ ޝަރީޢަތް ތަންފީޒު ކުރުމަށް ގޮވާލެވޭ ގޮވާލުމުގެ އަޑު ގަދަވެ އެކަމަށް މަސައްކަތް ކުރާ މީހުން އިތުރުވެގެން ދިއުމެވެ.

މިގޮތުން ދާދި ފަހުން އަޅުގަނޑުމެންނަށް ޚަބަރު ލިބިގެން ދިޔައީ ޕާކިސްތާނުގެ ސްވާތު ވާދީ ސަރަޙައްދުގައި އިސްލާމީ ޝަރީޢަތް ތަންފީޛު ކުރަން ފެށި ޚަބަރެވެ. ހަމަޔަޤީނުންވެސް އެއީ އެކަމަށްޓަކައި މަސައްކަތްކޮށް ޤުރުބާންވީ އެތައް ބަޔަކު ކުރި ބުރަ މަސައްކަތުން ލިބުނު ފޮނި ނަތީޖާއެވެ. އެމީހުން އެކަމަށްޓަކައި ކުރި ބުރަ މަސައްކަތުންނާއި އެސަރަޙައްދުގެ މީސްތަކުން އިސްލާމީ ޝަރީއަތަށް އެދި ފެންބޮވައިގެންފައިވުމުގެ ނަތީޖާއަކަށްވީ ޕާކިސްތާނުގެ މިހާރުގެ ސަރުކާރަށްވެސް އެމެރިކާއާއި ހުޅަނގުގެ ޤައުމުތައް ބޭނުންވާގޮތަށް ދީލާލާން ނުކެރި އެކަމާއި އެއްބަސްވާން ޖެހުމެވެ. اللّـهُ أَكْبَرُ.

ހަމައެއާއި އެކު ދެން އަޅުގަނޑުމެންނަށް އަޑުއިވިގެން ދިޔައީ ސޯމާލިޔާގައި އިސްލާމީ ޝަރީޢަތް ތަންފީޛު ކުރަން އެތަނުގެ ބަރުލަމާނުން (ޕާލަމެންޓުން) ނިންމި ވާހަކައެވެ. އާދެ ބަރުލަމާނުގެ ހުރިހައި މެމްބަރުންގެ (340 މެމްބަރުންގެ) އިއްތިފާޤުންނެވެ. އާދެ އެތަނުގައި އިސްލާމީ ޝަރީޢަތް ތަންފީޛު ކުރަން މަގުފަހިވެގެން ދިޔައީ ކީއްވެގެންތޯއެވެ؟ ވިސްނާލެއްވުން ހުއްޓެވެ. 2006 ވަނަ އަހަރުގައި އެތަނުގައި އޮތް ފަސާދަވެފައިވާ ސަރުކާރާއި އިދިކޮޅަށް ހަތިޔާރު ހިފައިގެން ދީނީ ޝެއިޚުންނާއި ދީނަށް ލޯބިކުރާ ވަރަށް ގިނަ ޢަދަދެއްގެ ބަޔަކު ނުކުމެ އެތަނުގެ ވެރިކަން ކުރާ ރަށާއި އެނޫންވެސް ވަރަށް ގިނަ ރަށްތައް އެމީހުންގެ ބާރުގެ ދަށަށް ގެނެސް އެތަނުގައި އިސްލާމީ ޝަރީޢަތް ތަންފީޛު ކުރަން ފެށިއެވެ. ނަތީޖާއަކަށް ވެގެންދިޔައީ ދިހަ ބާރަ އަހަރުވަންދެން ފަސާދަވެފައިވާ އެއްވެސް އާރެއް ބާރެއް ނެތް ސަރުކާރެއް އޮތުމުގެ ސަބަބުން ރައްޔިތުންނަށް ގެއްލިފައިވާ ޙައްޤުތައް ލިބި މިނިވަންކަމާއިއެކު ނުކުމެ އެމީހުންގެ ބާޒާރުތަކާއި މަގުތަކުގައި އުޅުމުގެ ފުރުޞަތު ލިބިގެން ދިއުމެވެ. އޭގެ ސަބަބުން އާރާއި ބާރުގެ ބޭނުންކޮށްގެން އެކިއެކި ޤަބީލާތަކާއި ޖަމާޢަތްތަކުން ފޭރިގެންފައިވާ ރައްޔިތުންގެ ޙައްޤުތައް އަނބުރައި ލިބި، ރައްޔިތުން ދިރިއުޅެމުންދިޔަ ބިރުވެރި ކަމުން ސަލާމަތްވެގެން ދިޔައެވެ. މިޚަބަރު އެދުވަސްވަރު ސީއެންއެން ބީބީސީ ބެއްލެވި ބޭފުޅުންނަށްވެސް، އެޕްރޮޕެގެންޑާގެ މީޑިއާތަކުންވެސް ވާނީ އަޑުއިވިފައެވެ.

ކޮންމެއަކަސް އިސްލާމީ ޝަރީޢަތް ތަންފީޛު ކުރުންމަތީ އެމީހުންނަށް ތިބެވުނީ އެންމެ ހައެއްކަ މަސް ދުވަހުއެވެ. އެތަނުގައި ކުރީގައި އޮތް ފަސާދަވެފައިވާ ސަރުކާރުން ދުނިޔޭގެ ކާފަރު ދައުލަތްތަކުގެ އެހީއާއި އެކު އެޤައުމުތަކުން ލަޝްކަރުތައް ގެނެސް އިސްލާމީ ލަޝްކަރު ފަހަތަށް ޖައްސައި އަލުން އެޤައުމުގެ ބާރު އެމީހުންގެ އަތްމައްޗަށް ގެނައެވެ. ނަތީޖާއަކަށް ވެގެންދިޔައީ ކުރީގެ ޙާލަތަށް ރައްޔިތުން އަނެއްކާވެސް ވެއްޓިގެން ދިއުމެވެ. އެޤައުމަށް އަރާ ތިބި އިތިއޯޕިއާއާއި އަދި އެނޫންވެސް ޤައުމުތަކުގެ މީހުން ދިޔައީ ޓެރަރިސްޓުންނާއި ހަނގުރާމަ ކުރުމުގެ ނަމުގައި ބޮޑެތި ޖަރީމާތައް ހިންގައި އަންހެނުންނާއި ކުޑަކުދިންގެ ޢިއްފަތްތެރިކަން ފޭރެމުންނެވެ. ޤައުމުގެ ހުރިހާ ރައްޔިތުން ކަހަލަ ގޮތަކަށް އެވެރިކަމާއި އެޤައުމަށް އަރާތިބި ލަޝްކަރުތައް އެޤައުމުގައި ތިބުމަށް ނޭދޭއިރުވެސް، ވެރިންނަށް ތިބި މަދު ބައެއްގެ އަމިއްލަ އެދުންތަކެއް ފުރިހަމަ ކުރުމަށްޓަކައި ފަގީރުކަމާއި ހަނގުރާމައާއި ކުރިމަތިލާން ޖެހިފައިވާ އެޤައުމު ދިޔައީ އިތުރަށް ތަޅާ ސުންނާފަތި ކުރަމުންނެވެ. ﷲގެ ރަޙްމަތުން އެނުބައިވެރީންތަކުގެ ކަސްތޮޅުން ނެއްޓި މިހާރު އެތަން މިސްރާބު ޖަހާފައި އެވަނީ އިސްލާމީ ޝަރީޢަތާއި ދިމާލަށެވެ. ކޮންމެއަކަސް މިއީ އެއްވެސް ގުޑުމެއް ނެތި ޘާބިތުކަމާއިއެކު އިސްލާމީ ޝަރީޢަތް ތަންފީޘު ކުރުމަށްޓަކައި ޖިހާދު ކުރަމުން ދިޔަ އަަދި މިހާރުވެސް ކުރަމުންދާ މުސްލިމު ޒުވާނުންތަކެއްގެ ބުރަ މަސައްކަތްތަކުގެ ފޮނި މޭވާކަމާއިމެދަކު އެއްވެސް ޝައްކެއް ނެތެވެ.

އެހެންނަމަވެސް ހިތާމައަކީ މިއަދުވެސް އަޅުގަނޑުމެންގެ މުސްލިމުންގެ ތެރެއިން އެތައް ބަޔަކު، ކާފަރުންގެ ޕްރޮޕެގެންޑާ ފަތުރާ ޚަބަރު ފަތުރާ ވަޞީލަތްތަކުގެ ދަންތުރައިގާ ޖެހި އިސްލާމީ ޝަރީޢަތް ތަންފީޛު ކުރުމަށް ގޮވާލައި ގަދައަޅާ މަސައްކަތް ކުރަމުންދާ ފަރާތްތަކަކީ ހައްދުފަހަނާޅާފައިވާ ޓެރަރިސްޓުން ކަމުގައި ހަދައި، ނޫންނަމަ ޚަވާރިޖުން ކަމުގައި ހަދަމުން ދާ ކަމެވެ. އަދި މީގެވެސް އެންމެ ހިތާމަހުރީ މިދަންތުރައިގާ ދީނީ ޢިލްމުވެރިންގެ ގޮތުގައި ތިއްބެވި ބައެއް ބޭފުޅުންވެސް ޖެހިފައިވާ ކަމެވެ. އެފަދަ ހުރިހާ ފަރާތްތަކަށް އަޅުގަނޑު ގޮވާލާ ބުނަމެވެ. މިއަދު އަޅުގަނޑުމެންގެ އިސްލާމީ އުއްމަތުގެ ވާޤިޢުއާއި ޙާލަތަށް ރަނގަޅަށް ނުވިސްނަވައި ކުފުރުގެ ބޮޑުންގެ ޕްރޮޕެގެންޑާގައި ޖެހިވަޑައި ނުގަންނަވާށެވެ.

ރަނގަޅެވެ. އަޅުގަނޑުވެސް އެއްބަހެވެ. އިސްލާމީ ޝަރީޢަތް ތަންފީޛު ކުރުމަށް ގޮވާލައި އެކަމަށް މަސައްކަތް ކުރަމުންދާ މީހުންގެ ކިބައިގާވެސް މައްސަލަތަކެއް އެބަ ހުއްޓެވެ. އެއީ އެކަން ވާނޭވެސް ގޮތެވެ. އިލާހީ ޤާނޫނަކީވެސް އެއީއެވެ. ފަހެ ތިޔަބޭފުޅުން މިއަންނަނި ސުވާލުތަކަށް އަޅުގަނޑަށް ޖަވާބު ދެއްވަދޭށެވެ.

- ކުށް ނުވަތަ ބޮޑެތި ފާފަތައް ހުރިކަމުގައި ވީނަމަވެސް ރަނގަޅީ، އިސްލާމީ ޝަރީޢަތް ތަންފީޛު ކުރުމަށް ގޮވާލާ މަސައްކަތް ކުރާ މީހުން ހެއްޔެވެ؟ ނޫންނަމަ ﷲ ތަޢާލާގެ ޙުކުމްފުޅުތައް ހިތުހުރިގޮތަކަށް ބަދަލުކޮށް މިޒަމާނުގައި މިގޮވާ ޝިރުކުގެ ނިޒާމް ކަމުގައިވާ ޑިމޮކްރަސީއަށް ގޮވާލާ މީހުން ހެއްޔެވެ؟

- ވެރީންނަށް ތިބި މީހުން އިސްލާމީ ޝަރީޢަތް އުވާލާ އެމެރިކާއާއި ހުޅަނގުގެ ޤައުމުތައް ރުހޭނޭހާއި ގޮތަކަށް ދީނާއި ޚިލާފް ޙުކުމްތައް ހަދައި މުސްލިމުންގެ މައްޗަށް ތަންފީޛު ކުރަމުންދާއިރު އެފަދަ ވެރީންތައް ވެރިކަމުން ބޭލުވުމަށްޓަކައި އެފަދަ މީހުންނާއި އިދިކޮޅަށް ޖިހާދު ކުރެވިދާނޭ ހެއްޔެވެ؟

- ކާފަރު ޠާޣޫތީ ޝައިޠާނީ ދައުލަތްތަކުން، މުސްލިމު ޤައުމުތަކަށް އަރައިގަނެ، އެޤައުމުގަކުގައި ނަޞާރާދީނާއި އެނޫންވެސް ދީންތައް ފަތުރަން މަސައްކަތްކޮށް ފިރިހެނުންނާއި އަންހެނުންނާއި ކުޑަކުދިންނާއި މުސްކުޅިންގެ ޢިއްފަތްތެރިކަން ފޭރިގަނެ، އެމީހުން މަރާ އެމީހުންގެ ގެދޮރު ތަޅާ ސުންނާފަތި ކުރަމުންދާއިރު، އެފަދަ ކާފަރު ދައުލަތްތަކަށް މިހަނގުރާމައިގާ އެހީތެރިވެދޭ ޤައުމުތަކުގެ ވެރީންނަށް ރުހި އެމީހުން ބުނިހައި ގޮތެއް ހަދައިގެން އެމީހުންގެ ވެރިކަން ދިފާޢުކޮށް ކާފަރު ދައުލަތްތައްވެސް ރުހޭނޭހައި ގޮތަކަށް ފަތުވާދީ ހަދަން އަދިވެސް އަޅުގަނޑުމެން ތިބެންވީތޯއެވެ؟

- ފަހެ މިނިކަމެތި ކަމުގައި އާރެއް ބާރެއް ނެތި، އަދި ބާރު ހޯދަންވެސް މަސައްކަތް ނުކޮށް އިސްލާމީ ޝަރީޢަތް މިބިންމަތިން ފޮހެލަން އެމެރިކާއާއި ހުޅަނގުން ތައްޔާރުކޮށްފައި ތިބި، ދޮވެލެވިފައިވާ ސިކުނޑިތަކުގެ ވެރި ވެރީންތަކަށް ކިޔަމަންވެ ކުރުނީސްކުރުމުގައި އަޅުގަނޑުމެން ކިހާދުވަހެއް ވަންދެކަށް ތިބެންވީތޯއެވެ؟

ކުރަން ހުރި ސުވާލުތައް ކިތަންމެހައިވެސް ގިނައެވެ. އެހެންނަމަވެސް މިވަރުންވެސް ބުއްދިވެރިއަކަށް ފުދޭނެއެވެ. ފަހެ ދުނިޔެ އަޅުގަނޑުމެންގެ ލޯމައްޗަށް ދައްކަމުން މިދާ ޙަޤީޤަތް ޤަބޫލުކޮށް، އިސްލާމްދީނަށް ލިބެމުން މިދާ ނަޞްރުގައި ކޮންމެވެސް މިންވަރަކަށް ޝާމިލްވެ ބައިވެރިވާ މީހެއްކަމުގައި ވާން އަދިވެސް ނުވަނީހެއްޔެވެ؟ ކޮންމެއަކަސް މިކަމުގެ ޙަޤީޤަތް ދުވާލުގެ އިރުފަދައިން ސާފުކޮށް، ކީރިތި ޤުރުއާނުގައި ބަޔާންވެފައިވެއެވެ. ﷲ ތަޢާލާ ވަޙީ ކުރައްވާފައިވެއެވެ.

"يَسْأَلونَكَ عَنِ الشَّهْرِ الْحَرَامِ قِتَالٍ فِيهِ قُلْ قِتَالٌ فِيهِ كَبِيرٌ وَصَدٌّ عَنْ سَبِيلِ اللَّهِ وَكُفْرٌ بِهِ وَالْمَسْجِدِ الْحَرَامِ وَإِخْرَاجُ أَهْلِهِ مِنْهُ أَكْبَرُ عِنْدَ اللَّهِ وَالْفِتْنَةُ أَكْبَرُ مِنَ الْقَتْلِ وَلا يَزَالُونَ يُقَاتِلُونَكُمْ حَتَّى يَرُدُّوكُمْ عَنْ دِينِكُمْ إِنِ اسْتَطَاعُوا وَمَنْ يَرْتَدِدْ مِنْكُمْ عَنْ دِينِهِ فَيَمُتْ وَهُوَ كَافِرٌ فَأُولَئِكَ حَبِطَتْ أَعْمَالُهُمْ فِي الدُّنْيَا وَالآخِرَةِ وَأُولَئِكَ أَصْحَابُ النَّارِ هُمْ فِيهَا خَالِدُونَ" (البقرة:217)

މާނައީ: "ޙުރުމަތް ވެގެންވާ މައްސަރުތަކުގައި ހަނގުރާމަ ކުޅައުމަކީ ކޮންކަހަލަ ކަމެއްތޯ އެއުރެން ކަލޭގެފާނާއި ސުވާލު ކުރެތެވެ. ކަލޭގެފާނު ވިދާޅުވާށެވެ. އެމައްސަރުތަކުގައި ހަނގުރާމަ ކުޅައުމަކީ ބޮޑުވެގެންފާ ފާފައެކެވެ. އެކަމަކު ﷲގެ މަގުން މީސްތަކުން ދުރުކުޅައުމާއި، އެކަލާނގެއަށް ކާފިރުވުމާއި، ޙުރުމަތްތެރިވެގެންވާ މިސްކިތަށް ވަނަނުދިނުމާއި، އެތާނގެ އަހުލުވެރީން އެތަނުން ނެރެލުމުގެ ފާފަވެރިކަން ﷲގެ ޙަޟްރަތުގައި މާ ނުބައިކަން ބޮޑުވެގެންވެއެވެ. އަދި ޤަތުލުކުރުމަށްވުރެ ފިތުނަވެރިކަމުގެ (އެބަހީ ޝިރުކުގެ) ނުބައިކަން މާބޮޑެވެ. އަދި އެއުރެންނަށް ވެގެން ވަނީނަމަ، ތިޔަބައިމީހުންގެ ދީނުން ތިޔަބައިމީހުން ބޭރުކޮށްފުމަށް ދާންދެން ތިޔަބައިމީހުންނާއި ހަނގުރާމަ ކުރުމުގައި އެއުރެން ނެތިނުދާނެއެވެ. (އެބަހީ ހަނގުރާމަ ކުރުމުގައި ދެމި ތިބޭނެއެވެ.) ތިޔަބައިމީހުންގެ ތެރެއިން މުރުތައްދުވެ، ކާފަރަކު ކަމުގައިވާ ޙާލު މަރުވާ މީހުންނީ ދުނިޔެއާއި އާޚިރަތުގައި އެއުރެންގެ ޢަމަލުތައް ބާޠިލްވެ ގޮސްފައިވާ މީހުންނެވެ. އަދި އެއުރެންނީ ނަރަކައިގެ އަހުލުވެރީންނެވެ. އެއުރެން އެނަރަކައިގާ އަބަދަށް ދެމިތިބޭ ހުއްޓެވެ."


Read more...

Monday, May 4, 2009

"މިލިޔުން ނުކިޔާތި! ސަބަބަކީ މިލިޔުމަކީ ވައްހާބީއަކު ލިޔެފައިވާ ލިޔުމެއް. އެމީހުންނަކީ މީގެ 1400 އަހަރުގެ ކުރީގެ ވިސްނުން ގެންގުޅޭބައެއް!"



ތިބާ ކުރަމުންދަނީ ހާދަހާ ޢަޖައިބު ކުރަނިވި ކަމެކެވެ. އަހަރެން މިލިޔުން ނުކިޔާށޭ ބުނުމުން ވެސް ތިޔަދަނީ ކިޔަމުންނެވެ. އަހަރެންނަށް ތިބާ މިލިޔުން ކިޔަމުންދާ ސަބަބެއް ނުވަތަ ނިޔަތެއް ނޭނގެއެވެ. އެކަން އެންމެ މޮޅަށް ދެނެވޮޑިގެންވަނީ މާތް ﷲ އެވެ. ރަނގަޅެވެ. ކަންކަން ދިރާސާކޮށް ބަލަންޖެހޭނެއެވެ. މައްސަލައެއް ނެތެވެ. ކިޔާހިތްވަންޏާ ކުރިއަށްދާށެވެ.

އިންސާނުންގެ ގާތަށް ރަސޫލުބޭކަލުން ފޮނުއްވުމުން، އެބޭކަލުންނަށް ކާފިރުވި މީހުންވެސް ބުނަނީ އެ ރަސޫލުންގެ ވާހަކަތައް އަޑު ނޭހުމަށެވެ. އެފަދަ ވާހަކަތައް އަޑުނާހާންވެގެން އޭގެ ތެރެއިން ބަޔަކު ކަންފަތަށް އެއްޗިހި ކޮއްޕާވެސް އުޅުނެވެ. އެއީ އެބައިމީހުން އެގޮތަކަށް ހޭނި، ޒަމާނުންސުރެ ޢަމަލުކުރަމުން އަންނަ ގޮތް ބަދަލު ކުރަން ޖެހިދާނެތީއެވެ.

ރަސޫލުބޭކަލުންނަށް ކާފިރުވި މީހުން، އެ ރަސޫލު ބޭކަލުންނަކީ ސިޙުރުވެރިން ކަމަށާއި ސިޙުރުޖެހިފައިވާ ނުވަތަ މޮޔަވެފައިވާ ބައެއްކަމަށް ބުނެއުޅުނެވެ. މި ގޮތަށް ނަން ނަން ކިޔުމުން އެބައިމީހުންގެ ހިތްތަކަށް ފިނިކަން ލިބެއެވެ. މިއީ ހުރިހާ މުޖުތަމަޢުތަކުންވެސް ފެންނަ އާދައެކެވެ. މިސާލަކަށް މިރާއްޖޭގައިވެސް މީހަކު ގަވައިދުން މިސްކިތަށް ދާންފަށައިފިނަމަ ނުވަތަ ތުނބުޅި ދިގުކުރަން ފަށައިފިނަމަ، އެފަދަ މީހަކަށް ވައްހާބީ ކިޔައި ތައްގަނޑު ޖެހިދެއެވެ. އެހެން ކިޔުމުން އެ ކިޔާބައެއްގެ ހިތަށް ފިނިކަން ލިބިދެއެވެ.

ކަންކަމަށް ނަން ކިޔުމަކީ ގޯސް ކަމެކޭ ނުބުނަމެވެ. ނަމަވެސް ރަނގަޅު ކަންކަމަށް ގޯސް މާނަ ދޭހަވާ ނަން ކިޔުމާއި، ނުބައި ކަންކަމަށް ރަނގަޅު މާނަ ދޭހަވާ ނަން ކިޔުމަކީ ޝައިޠާނާގެ ކަމެކެވެ. މިފަދަ ގޮތް ގޮތަށް އަހަރެމެންނަށް ނަންނަމުގެ މާނަ އޮޅުވާލުމުގައި ޝައިޠާނާ ދަނީ ވަރަށް ހީވާގިކޮށް މަސައްކަތްކުރަމުންނެވެ. މިސާލަކަށް ނަމާދޭ ބުނެފިނަމަ އަހަރެމެންނަށް، ވިސްނެނީ މުސްކުޅިވުމުން ކުރަން ޖެހޭ ކަމެއްކަމަށެވެ. ޒަކާތޭ ބުނެފިނަމަ ވިސްނެނީ މުއްސަނދި މަހުޖަނުން ކުރަން ޖެހޭ ކަމެއް ކަމަށެވެ.

ޢަވްރަ ނިވާކުރުމޭ ނުވަތަ ހެދުން ލުމޭ ބުނުމުން ވިސްނެނީ ގަޔަށް ބާރުކަމުން ނޭވާލާން އުނދަގޫ ވާވަރުގެ ހެދުމެއް ލުމުން ޢަވްރަ ނިވާވީ ކަމަށެވެ. އަންތަރީސްވާކަމަކީ ތިމާގެ އުފަންދުވަހަށް، ތިމާގެ ހެދުމުގެ އެތެރޭން ލާ ހެދުމުގެ ނަމްބަރުގެ ހެދުން ގެކައިރީ ފާރުބުރިމަތީ ތިބޭ ޕާޓޭންވެސް ގެނެސްދޭތީއެވެ.

ޝައިޠާނާ މިވަނީ އަހަރެމެން ވޯޓުލައިގެން ހޮވާފައިވާ މަޖިލީހުގެ މެންބަރުންނަށް ވެސް އޮޅުވާލާފައެވެ. ނުވަތަ އެ މެންބަރުން ފުރިހަމަ ސުންނީ މުސްލިމުންނޭ ކިޔައިގެން އަހަރެމެންނަށް އޮޅުވާލައި، ގިނަ ވޯޓް ހޯދައިގެން މަޖިލީހަށް ވަދެގަނެފައެވެ. މަޖިލީހަށް ހޮވުމުން އެމީހުން ދިޔައީ މަޖްލީސްގެ ޖަލްސާތަކުގައި އިސްލާމްދީނާއި އަހަރެމެންގެ ލޮބުވެތި ނަބިއްޔާއަށް ހުތުރުވާގޮތަށް ކުފުރުގެ ބަސްތައް ގޮވަމުން، އިސްލާމްދީނުގެ ޙުކުމްތަކަށް ފުރައްސާރަކޮށް މަލާމާތްކުރަމުން އިސްލާމީ ޝަރީޢަތުގެ ޙުރުމަތް ކަނޑަމުންނެވެ.

އޭ ދިވެހި މުސްލިމު އަޚުންނާއި އުޚުތުންނޭވެ! އަހަރެމެން ރަނގަޅަށް ވިސްނައި ފިކުރުކުރަންވެއްޖެއެވެ. ނޫންނަމަ އަހަރެމެންގެ އަމިއްލަ ކަރަށް މިއޮއްގެން ވަޅިހެރެނީއެވެ. ރައްޔިތުންގެ މަޖިލީހަކީ އެތާގައި ދެކެވޭ ވާހަކައިގެ މައްޗަށް ޝަރީޢަތެއް ހިންގޭ ތަނެއް ނޫނެވެ. މަޖިލިހަށް ވަނަކަސް ތިމާ ޤަލަން އުފުލިގެންވާ މީހުންގެ ތެރެއިން އަދި ނުވެއެވެ. އެތާގައި ދެކެވޭ ވާހަކަތަކުގެވެސް ހިސާބު ޤިޔާމަތް ދުވަހުން ބެލެވޭނެވެ. މަޖިލިސްތެރޭގައި ވެސް މަޖިލިހުން ބޭރުގައިވެސް ތިމާއަކީ މުސްލިމެއްކަމުގައި ހުންނަން ބޭނުން ނަމަ އިސްލާމްދީނުގެ ޙުދޫދުގެ ތެރޭގައި ހުންނަންޖެހެއެވެ.

ޝައިޠާނާ އަހަރެމެންނަށް މާނަ އޮޅުވާލާފައިވާ އަނެއް ބަހަކީ "މަރުވުން" މިއެވެ. މަރުވުމޭ ބުނެފިނަމަ ވިސްނެނީ މުސްކުޅިވުމުން ވާނެ ކަމެއްކަމަށެވެ. އަހަރެމެންގެ ލޯމަތީގައި ތުއްތުކުދިންނާއި ޒުވާނުން މަރުވަމުން ދާއިރުވެސް މަރަކީ އަހަރެމެންނާ ވަރަށް ދުރުގައި ވާ އެއްޗެއްކަމަށް އަހެރެމެންނަށް ހީވެއެވެ. މީހަކު އަމިއްލައަށް މަރުވެއްޖެއޭ ނުވަތަ މަރާލައިފިޔޭ ބުނުމުން ވެސް މިޒަމާނުގައި އަހެރެމެންނަށް ވިސްނެނީ ނޭފަތުގައި އިން މެއްސެއް ފޮޅާލުން ހެންނެވެ. "ގޭ"، "ލެޒްބިއަން"، "ޕޯން"، "ޑީޖޭ" "ބިޓެއްކައިރިއަށް ދިއުން"، "އެބޯޝަން ހެދުން" މިފަދަ ނަންނަމުގައި ހަޑިހުތުރު ފާފަތައް މިދަނީ އަހަރެމެންގެ ތެރޭގައި ރީތިވަމުން ޒީނަތްތެރިވަމުންނެވެ. ޖިންސުއްލަޠީފުންނަށް ފެޝަނުގެ ނަމުގައި މަގުތަކެކޭ ގޭގެ ފާޚާނައެކޭ އެއް ޙުކުމެކެވެ. ބޭނުން އެއްޗެއް ލާންވީއެވެ. މިފަދަ ކުއްޖަކަށް ހަދިޔާއަކަށް ހެދުމެއް ގެންނަށް ވެއްޖެނަމަ އެކުއްޖެއްގެ ބައްޕަ ހަދާނީ ކިހިނެއްތޯއެވެ؟ އިސްލާމީ ފޭރާމެއް ގެނެސްފިނަމަ ބުނާނީ ތީ ވައްހާބީން ލާހެދުމެކެވެ. ނުވަތަ މާ ކުރީގެ ވިސްނުން ގެންގުނޭ މީހުން ލާހެދުމެކެވެ. ތިހެދުން ލުމުން މީހުން ބުނާނީ ކީކޭހެއްޔެވެ؟ ﷲ ގެ މަތިވެރިކަމާއެވެ. މިފަދަ ކުދިން ﷲ ގެ އެންގެވުމަށް ނުވަތަ އެއިލާހު ރުހިވޮޑިގަތުން ބޭނުން ނުވެ މީސްތަކުންގެ ރުހުން ބޭނުން ވަނީތޯއެވެ؟ އެމީހުން ތިމާ ޤިޔާމަތްދުވަހުން ﷲ ގެ ޢަޛާބުން ސަލާމަތް ކުރާނެ ތޯއެވެ؟

މިހާރު ވެސް ތިބާއަށް އަހަރެން މިބުނާ އެއްޗެއްގެ މާނަ ޝައިޠާނާ އޮޅުވާލަފާނެއެވެ. މާ ހަރުކަށި ލިޔުމެކޭވެސް ހިތަށް އަރުވަފާނެއެވެ. ތިބާ މިހެން ބުނެފާނެއެވެ. "އަހަރެން ލާ ހެދުމަކީ ނުވަތަ ދުލުން ބޭރުކުރާ ބަހަކީ ކިހާ ކުޑަ ކަމެއްހެއްޔެވެ؟ ﷲ އީ އެންމެ އޯގާވަންތަ އިލާހެވެ." އާ އެކެވެ. ﷲ އީ އެންމެ އޯގާވަންތަ އިލާހެވެ. އެކަމަކު އެއިލާހަށް އުރެދޭ އަޅުންނަށް އެއިލާހުގެ ޢަޛާބު ގަދަފަދައެވެ.

ޝައިޠާނާ އަހަރެމެންނަށް އޮޅުވާލައިފައިވާ އަނެއް ބަހަކީ "ތައުބާ" އެވެ. ތައުބާ އޭ ބުނުމުން ހިތަށް އަރަނީ ޢުމުރުގެ ފަހުކޮޅު ޙައްޖަށްގޮސް ދެން ތައުބާވާނީ އެވެ. އަދި އަހަރެން އަވަހަކަށް މަރެއް ނުވާނެއެވެ. މި ޒުވާން ޢުމުރުގައި އުފާކޮށްލަންޖެހޭނެއެވެ. ﷲގެ މަތިވެރިކަމާއެވެ. ޒުވާން ޢުމުރުގައި ކުރެވޭ އަޅުކަން ﷲ ގެ ޙަޟްރަތުގައި މަތިވެރިވެގެންވާކަން ހަނދާންނެތުނީތޯއެވެ؟ ޒުވާން ޢުމުރުގައި ﷲގެ މަގުގައި ހޭދަކުރާ އަޅުންނަށް ހުރި ޘަވާބާއި ދަރުމަ ބޭނުން ނުވަނީތޯއެވެ؟

އަހަރެމެން ﷲ ގެ މަގުން އެއްކިބާކޮށް އެއިލާހު ރުހިވޮޑިގަންނަވާ މަގުން ދުރުކުރުވާ ކަންކަމަކީ ކޮބައިތޯ ބަލާލަމާތޯއެވެ؟ އޭގެ މުގުލުގައި ހުރީ ޝައިޠާނާކަން އެންމެންނަށްވެސް އެނގެއެވެ. އޮޅިފައިވާ ކަމަކީ ޝައިޠާނާ އަހަރެމެންނަށް އޮޅުވާލާ ގޮތެވެ. ޢަދާވާތްތެރީންގެ ޙަމަލާތައް ހުންނަގޮތް އެނގުމުން އެޙަމަލާތަކުން ސަލާމަތްވާން އެނގެއެވެ. އަހަރެން ކުރިން މި ބަޔާންކުރީ އޭގެ އެއްގޮތެވެ. ޝައިޠާނާގެ ކެހިވެރިކަން ހުންނަގޮތް އެހެން މައުޟޫއެއްގައި ދޫކޮށްލަމެވެ. ﷲ ގެ މަގުން ދުރުވެގަތުމަށް ތިމާގެ ނަފުސުވެސް ގޮވާލަފާނެއެވެ. ﷲ އެންގެވި ގޮތަށް އުޅުމަށް ހުރަސްއަޅާ އަނެއްކަމަކީ ތިމާ އުޅޭ މުޖުތަމަޢެވެ. ތިމާގެ ރައްޓެހިންނާއި ތިމާގެ ގާތްތިމާގެ މީހުންނާއި ތިމާގެ އޮފީސް މީހުން ވެސް މީގެ ތެރޭގައި ހިމެނެއެވެ. ހުރިހާ އެންމެންނަކީ ނުބައި މީހުންނެކޭ ނުބުނަމެވެ. އަހަރެން މިބުނަނީ ﷲ އެންގެވި ގޮތަށް ތިމާ އުޅުމަށް ތިމާއަށް ހުރަސް އަޅާފާނެ ބައެއް ފަރާތްތަކެވެ. މިހެން މިބުނަނީ އަހަރެންގެ ތަޖުރިބާއާއި ބައެއް ރައްޓެހިންނަށް ދިމާވެފައިވާ ކަންކަމުގެ އަލީގައެވެ. މިގޮތަށް ހުރަސް އަޅާކަން އެންމެ ރަނގަޅަށް ތިބާއަށްވެސް ތަޖުރިބާ ކުރެވޭނެއެވެ. ރައްޓެހިން ބުނެފާނެ އެއްޗަކަށް ލަދުން ނަމާދަށް ނުދެވި ނުވަތަ ދީނީ ފޮތެއް ކިޔާލަން ނުކެރި ތިބެނީ ކިތައް މީހުން ތޯއެވެ؟ ނުވަތަ ދީނީ ދަރުސްތަކަށް ދިޔުމާއި ތުނބުޅި ދިގުކޮށްފައި ހުރި މީހަކާއެކު ހުންނަން ލަދުގަންނަނީ ކިތައް މީހުންތޯއެވެ؟ ތުނބުޅި ދިގުކުރުމަކީ ވާޖިބެއްކަން ކަނޑައެޅިގެން އެނގޭ އިރުވެސް ލަދުން ތިމާގެ ތުނބުޅި ދިގުކުރަން ނުކުރިފައިތިބީ ކިތައް މީހުންތޯއެވެ؟ ނުވަތަ އިސްލާމީ ރިވެތި ފޭރާމުން ފޭރާން ލާ ޢަވްރަ ނިވާކުރުމަކީ ވާޖިބެއްކަން ކަނޑައެޅިގެން އެނގޭއިރުވެސް ﷲ އެންގެވިފަދައިން ލަދުން ނިވާވާން ނުކެރި ތިބީ ކިތައް ޖިންސުއްލަޠީފުންތޯއެވެ؟ ތިބާއަކީވެސް ފަހަރެއްގައި މިދެންނެވި ގޮތަށް ދިމާވެފައިވާ މީހަކަށް ވެދާނެއެވެ. ލަދުނުގަންނާށެވެ. ﷲއަށް އަޅުވެތިވާން ލަދުގަންނަންވީ ކީއްވެތޯއެވެ؟ އަހަރެމެން ހެއްދެވިގެންވަނީ ﷲ އަށް އަޅުކަން ކުރުމަށްޓަކައެވެ. އަހަރެމެން ނޭވާލާން ބޭނުންވާ އޮކްސިޖަންއާއި އުފަންވީއްސުރެ ލޭ ދައުރުކުރުމަށްޓަކައި ހިތް ހުއްޓުމެއްނެތި ވިންދުޖަހާ ވިންދުޖެހުމާއި، އިވުމާއި، ފެނުމާއި، ކާނާއާއި ފޭރާމާއި އަދި މިނޫންވެސް ޢަދަދު ނުކުރެވޭހާ ގިނަގުނަ ނިޢުމަތްތަކެއް އަހަރެމެންނަށް ދެއްވި ފަރާތުގެ އަމުރަށް ކިޔަމަން ގަތުމަށްޓަކައި ލަދުގަންނަންވީ މި ނިޢުމަތްތައް ދެއްވީ ތިބާގެ ރައްޓެހިން ކަމަށް ހެއްޔެވެ؟ ނުވަތަ އޮފީސް ބޮސް ކަމަށް ހެއްޔެވެ؟ ތިބާ އެބަޔަކު ރުއްސުމަށްޓަކައި މަސައްކަތްކުރަމުން ތިޔަގެންދާ ތިބާގެ ރައްޓެހިންނާއި ގާތްތިމާގެ މީހުން، ޤިޔާމަތްދުވަހުން ތިބާ ސަލާމަތްކޮށްދޭނެތޯއެވެ؟ ތިބާގެ ބޮސް ޤިޔާމަތްދުވަހުގައިވެސް ހަމަވާނީ ތިބާގެ ބޮސްއަށް ތޯއެވެ؟ އޭނާގެ ބޮސްކަން އެދުވަހުން ދެއްކޭނެތޯއެވެ؟ ޝައިޠާނާއާ އޭނާއަށް ތަބާވެގެން ތިބި މީހުންނަށް ތިބާ ފުރަގަސްދީ ﷲ އާއި އެއިލާހުގެ މަގުގައި ހިނގާ މީހުންގެ މަގަށް އަވަހަށް އެނބުރި އަންނާށެވެ. ލަދުގަންނަންވީ ފާފަކުރުން މަތީ ދެމިހުރުމަށާއި ފާފަކުރާ މީހުންނާ އެކީ އުޅުމަށެވެ. ﷲގެ މަގުގައި އުޅުމަށް ލަދުގަންނަންވީ ކީއްވެތޯއެވެ؟ އެއިލާހުގެ މަގުގައި އުޅުމުން ވަނީ މިދުނިޔޭގައިވެސް އަދި އާޚިރަތުގައިވެސް އުފަލެވެ. ﷲ ގެ މަގަށް ރުޖޫޢަވުމަށް ތިމާއަށް ހުރަސް އަޅަނީ ކޮން ކަންތައްތަކެއްކަން ބަލާހޯދާށެވެ. ޢުމުރުގައި ތަނެއް ނެތެވެ. މަރުވުމުގެ ވަޤުތު ކައިރިވަނީއެވެ. މިދުނިޔެމަތީގައި ތިބާގެ ހިތުގައި ދެން ވިންދުޖަހާނީ ކިތައް ފަހަރުކަން، ތިބާއަށް ދެން ލެވޭނީ ކިތައް ނޭވާކަން ތިބާއަށް އެނގޭހެއްޔެވެ؟ ތިބާގެ ޙަޔާތުގައި ދެން އިރު އަރާ އޮއްސޭނީ ކިތައް ދުވަހުކަން އެނގޭ ހެއްޔެވެ؟ ފާއިތުވަމުންދާ ކޮންމެ ސިކުންތަކީ ކުޑަކުޑަ އަނދިރި ގޮޅިއަކާ ތިބާ ކައިރިކުރާ ސިކުންތެކެވެ. މަރުވާނީ ކޮންވަޤުތަކު ބާވައެވެ؟

ތިޔަ ވިސްނަނީ ގޯސްކޮންނެވެ. އަހަރެންގެ މި ލިޔުމާ ދޭތެރޭ ގޮތެއް ތި ނިންމީ މާ އަވަހަށެވެ. އިސްލާމްދީނުގައި އޮތްގޮތް ބަލާ ދިރާސާ ކުރުމަށްފަހު އަހަރެންގެ މިލިޔުމާމެދު ގޮތެއް ނިންމާށެވެ. ތިބާ އަކީ ކަންކަން ހޯދާ ބަލާ މީހެއްކަން މިލިޔުމުގެ މި ހިސާބަށް ތިބާ ކީމާ އަހަރެންނަށް އެނގިއްޖެއެވެ. އަހަރެން ތިބާއަށް މިހާރު އިތުބާރު އެބައޮތެވެ. ތިބާއަކީ އިންސާނާ އުޅެންވީ ރަނގަޅުގޮތް ހޯދާ ބަލާހިތްވާ މީހެކެވެ. ތިބާ ތިޔަމަގުގައި ކުރިޔަށްދާށެވެ. ހުއްޓާނުލާށެވެ. މީހުން ކިޔާ އެއްޗިއްސަށް ބަލަންޏާ ވާނީ ހިމާރު ވިއްކަން ދިޔަ ދެބަފައިންނަށް ވީވަރެވެ. އަހަރެންގެ ދުޢާއަކީ ތިބާއަށް މިދުނިޔޭގައިވެސް އަދި ދެމިއޮތުމުގެ ޢާލަމުގައިވެސް ﷲގެ ރުހިވޮޑިގަތުމާއި ކާމިޔާބު މިންވަރުކުރެއްވުމެވެ. ލިޔުން ކިޔުންވީތީ ވަރަށް ބޮޑަށް ޝުކުރިއްޔާއެވެ. އެކަމަކު މަނާ ކޮންމެ ކަމެއް ތަޖުރިބާ ކުރަންޏާ އަހަރެމެން ޕާޓޭންނަށް ވެދާނެވެ.


Read more...

ޖަމްޢިއްޔަތުއްސަލަފްގެ ބައެއް ރޭޑިއޯ ޕްރޮގްރާމްތައް

ޖަމްޢިއްޔަތުއްސަލަފްގެ ބައެއް ރޭޑިއޯ ޕްރޮގްރާމްތައް

Read more...

އޭ ލޮބުވެތި އުޚްތާއެވެ


އޭ ލޮބުވެތި އުޚްތާއެވެ!.

ތަރުޖަމާ: ޢަލީ ނިޝާމް

އޭ ލޮބުވެތި އުޚުތާއެވެ! އަޅެ ތިބާ މުސްލިމް ނޫން މީހެއްގާތުގައި އަހާބަލާށެވެ. އޭނާ ތިބާގެ ގާތުން އެދެނީ ކޮންކަމެއްތޯއެވެ؟ ފަހެ އޭނާ ބޭނުންވަނީ ތިބާ މިނިވަނަކަށް ހަދަން ހެއްޔެވެ؟ އެއީ ކޮންކަމަކުން މިނިވަން ކުރަންހެއްޔެވެ؟ ﷲ އާއި އެއިލާހުގެ ރަސޫލާ (صلي الله عليه وسلم) ގެ ކިބައިން ހެއްޔެވެ؟ ނޫނީ ޤުރުއާނާއި ސުންނަތުން ހެއްޔެވެ؟ ނޫނީ ޖަންނަތުން ހެއްޔެވެ؟ ނޫންނަމަ ﷲ ތިބާއަށް އެކަށައަޅުއްވާފައިވާ މިދީނުންހެއްޔެވެ؟

އަދި އޭގެ ބަދަލުގައި އޭނާ ތިބާ އަށް ދޭނީ ދެންފަހެ އަޅެ ކޮން އެއްޗެއް ހެއްޔެވެ؟ އުފާވެރިކަން ހެއްޔެވެ؟ ﷲ ގަންދީ ބުނަމެވެ. ތިބާއަށް ދޭނޭ އެއްވެސް އުފާވެރިކަމެއް އޭނާއަށް މިލްކުވެގެން ނުވެއެވެ. ނޫނީ އޭނާ ތިބާއަށް ދޭނީ ލޯބިހެއްޔެވެ؟ އަދި ކައްވަޅުގެ އަޛާބުންނާއި އަދި ނަރަކައިގެ ދޮރުވާނުންނާއި ނޫނީ މަރުން އަޅެ އޭނާ ތިބާ ރައްކާތެރި ކޮށްދޭނެހެއްޔެވެ؟

ތިބާ ކަހަލަ ރީތި އަންހެން ކުދިންނަށް އެބުނާ މިނިވަންކަން ދޭން އެމީހުން އެއުޅެނީ ކީއްވެހެއްޔެވެ؟ ޢުމުރުން ދުވަސްވެފައި ތިބޭ މީހުނަށް މިނިވަންކަން ހޯދައި ނުދެނީ ކީއްވެހެއްޔެވެ؟ މިނިވަން ނުވެގެން އުޅޭ ޤައުމުގެ އަހުލުވެރިންނަށް ތިޔަބުނާ މިނިވަންކަން ހޯދައި ނުދެނީ ކީއްވެހެއްޔެވެ؟ ޖަލުގައި ތިބޭމީހުނަށް (މުސްލިމް އަސީރުންނަށް) ތިޔަބުނާ މިނިވަންކަން ހޯދައި ނުދެނީ ކީއްވެހެއްޔެވެ؟ އެމީހުން އެހޯދައިދޭ މިނިވަންކަން، ޒުވާން ހިކި އަދި ދިގު އަންހެން ކުދީންނަށް އަމާޒުކުރެވިފައި އެވަނީ ކީއްވެބާއެވެ؟ އެމީހުންގެ އެންމެ ފުރަތަމަ ގޮވާލުމަށް ޙިޖާބު ނެގުމަށް އެބުނަނީ ކީއްވެބާއެވެ؟


Read more...