Showing posts with label محمد شافع المالديفي. Show all posts
Showing posts with label محمد شافع المالديفي. Show all posts

Sunday, May 17, 2009

ގަހަށް ފެންދިނުން


ގަހަށް ފެންދިނުމަކީ ގަސް ހެދު ބޮޑުވުމަށްޓަކައި ކޮންމެހެން ބޭނުންކަމެކެވެ. ގަސް އަވަހަށް ހެދި ބޮޑުވާނީ އަދި އަވަހަށް މޭވާއަޅައި ފައްކާވާނީ އަދި ގަހަށް ޖެހޭ އެކިއެކި ބަލިތަކުން ގަސް ސަލާމަތްވާނީ، ގަހަށް ރަނގަޅު ކާނާއާއި ފެންދީގެންނެވެ. ގަސްގަހާ ގެއްސަކީ އޭގެ ޒާތުގައި އެ އެއްޗިހި ބޭނުންވާ ކާނާ އުފައްދާ އެއްޗެއް ކަމުގައިވިޔަސް ކާނާ އުފެއްދުމަށްޓަކައި ފެން ބޭނުންވެއެވެ. އާދަކޮށް ގަހަށް ފެންނުދެނީނަމަ ގަސް ހެދި ބޮޑުވުން ލަސްވެ ގަހުގައި މޭވާ އެޅުން ލަސްވެއެވެ. އަދި ގިނަފަހަރަށް ގަހާ ދޭތެރޭ ފަރުވާ ކުޑަކޮށްލުމުގެ ސަބަބުން، ގަސް އަނަރޫފަވެ މަރުވާތަންވެސް އާދެއެވެ. މިހާރު އެގަހަކީ އެއްވެސް ދިރުމެއް ނެތް ހިކިގަހެކެވެ.
ތިބާގެ ނަފްސާމެދު ވިސްނާލާށެވެ. ރިވެތި ވަޢުޡާއި ނަޞީޙަތުގެ ހުޅުކޮޅުން ތިބާގެ ހިތް އަލި ނުކުރަނީ ނަމަ އަނދިރިކަން ވެރިވެގެންފާނެއެވެ. އަނދިރިކަމަކީ ނުރައްކާތެރިކަމެކެވެ. ބަލާޣާތްތެރި ވާހަކަދެއްކުންތެރިން އެކި އެކި މަޢުޞޫތަކަށް ދޫކޮށްފައި ހުންނަ ދަރުސްތަކާއި ވާހަކަދެއްކުންތައް އަޑުއަހާ ނަމަ ބަލިވަމުންދާ ތިބާގެ ހިތުގެ އީމާންކަމަށް އާރޯކަމާއި ތާޒާކަން ލިބޭނެއެވެ. އީމާންކަމަކީ ފާފައިގެ ސަބަބުން ދަށްވެ އަދި އިޚްލާޞްތެރި ޢަމަލުތަކުގެ ސަބަބުން އިތުރުވާކަމެކެވެ. އެހެންކަމުން ނަޞީޙަތާއި ވަޢުޡު އަޑުއެހުމަކީ އީމާންތެރިކަން ގަދަކޮށްލަން ވަރަށް ރަނގަޅުކަމެކެވެ. އެއީ ހޮލީވުޑާއި ބޮލީވުޑާއި ކޮޕީވުޑްގެ ބޭކާރު ނާޗަރަންގީތައް ބެލުމަށްވުރެ، ހުރިހާ ގޮތަކުންވެސް ތިބާގެ ވަށައިގެން ފައިދާތައް އެއްކުރާ ކަމެކެވެ. އިންސާނާއަކީ ހަނދާންނެތޭ މީހަކަށް ވާއިރު އެންމެ މޮޅުގޮތަކީ އާދައެއްގެ ގޮތުގައި ވަޤުތު ލިބޭވަރަކުން މިކަން ކުރުމެވެ. ނަޞީޙަތަކީ ޖޯޝާއި ކިކް ގެނުވައިދޭ ކަމެކެވެ. އެހެންކަމުން މިގޮތުން އަޑުއެހުމަށާއި ބެލުމަށްޓަކައި ނަޞީޙަތުގެ "ލައިބްރަރީ" އެއް ހެދިދާނެއެވެ.
އެހެންކަމުން ނަފްސުގެ ގަސް އަނަރޫފަވިޔަ ނުދީ ހެއްދުމަށްޓަކައި އަދި އެގަހުގެ ފޮނި މޭވާގެ ރަހަ ލިބިގަތުމަށްޓަކައި އެގަހަށް އާދަކޮށް ފެންދޭށެވެ

Read more...

ހަމައެކަނި ދުލުގެ އެއްޗެއްބާ؟

އަހަރެމެންގެ ދީނާމެދު އަހަރެމެންނަށް ވިސްނެނީ އެއީ ދުލުގެ އެއްޗެއްގެ ގޮތުގައެވެ. ދުލުން ހަމައެކަނި އަހަރެންނަކީ މުސްލިމެކޭ ނުވަތަ އަހަރެމެންނަކީ މުސްލިމުންނޭ ބުނުމުން އަހަރެން މުސްލިމަކަށް ނުވަތަ އަހަރެމެން މުސްލިމުންނަށް ވާނެ ހެއްޔެވެ؟ ޔަހޫދީއަކަށް ޔަހޫދީއެކޭ އަދި ނަޞާރާނީއަކަށް ނަޞާރީއެކޭ މާތުރަ މަޖޫސީއަކަށް މަޖޫސީއެކޭ ކިޔެނީ އޭނާ ޤަބޫލުކުރާ ޤަބޫލުކުރުންތަކަކާއި ކުރާ ޢަމަލުތަކެއްގެ ސަބަބުންނެވެ. އެހެންކަމުން މުސްލިމަކަށް މުސްލިމެކޭ ކިޔެންޖެހޭނީވެސް އޭނާ ޤަބޫލުކުރާ ޤަބޫލުކުރުންތަކާ ކުރާ ޢަމަލުތަކަކަށް ބިނާކޮށެވެ. އިސްލާމްކަމަކީ ހަމައެކަނި ތިމާގެ ހިތުގެ ވަޒިފާއެއް ނޫނެވެ. ހަށިގަނޑުގެ އަޞްލު ވަޒީފާއަކީ ޢަމަލުތަކެވެ. އެހެންކަމުން އިސްލާމެކޭ ބުނުމަށްޓަކައި ޢަމަލުކުރުމަކީ ކޮންމެހެން ބޭނުން ޝަރުޠެކެވެ. ދިވެހި މުޖްތަމަޢުގެ ގިނަ މީހުންނަކީ މިއަދު ހަމައެކަނި ނަމުގައި މުސްލިމުންނެވެ. އެމީހުންނަށް ކިޔަނީ މުސްލިމް ނަންތަކެވެ. ބުނަނީ އަހަރެމެންނަކީ މުސްލިމުންނެވެ. އެކަމަކު ކުރަނީ މުސްލިމުން ކުރާ ކަހަލަ ޢަމަލުތަކެއް ނޫނެވެ. އެހެންކަމުން ޢަމަލުތަކާ ނުލާ ފުރިހަމަ ނުވާކަމެއް ޢަމަލުތަކާ ނުލާ ފުރިހަމަވާނީ ކިހިނެއް ހެއްޔެވެ؟

Read more...

ސްކޭން ކޮށްފައިވާ މިލިޔުމަކީ ދިވެހި މަޖައްލާއަކުން ނަގާފައިވާ ލިޔުމެކެވެ. އެލިޔުމުގައި ވާ ގޮތުން ގާތް ގަނޑަކަށް ދެ އަހަރެއްހައި ދުވަހުގެ ތެރޭގައި ދިވެހިރާއްޖެއިން ޒިނޭކޮށްގެން ޖުމްލަ 111 މީހުން އަރުވާލެވިފައިވެއެވެ. އެއީ ރާއްޖެތެރެއިން 47 ފިރިހެނުންނާއި 64 އަންހެނުން އަދި މާލެއިން 1 ފިރިހެނަކާއި 12 އަންހެނުންނެވެ. އެއީ 1476 ވަނަ އަހަރެވެ. މިއަދު މިއީ 1430 ވަނައަހަރެވެ. 46 އަހަރު ކުރިންނެވެ.
ވިސްނާލަބަލާށެވެ. މިހާރު މާލޭގައި އެކަނި ރެއެއްގެ މައްޗަށް 111 މީހުންނަށް ވުރެ ގިނަ މީހުން ޒިނޭކުރާނެކަމަށް ލަފާކުރެވެއެވެ. މާލޭގައި ޒިނޭޚާނާތަކުގެ ގޮތުގައި، ބޭސްކުރުމުގެ ނަމުގައި ހުޅުވާފައިހުންނަ ކްލިނިކްތަކާއި، ތަފާތު ތެރަޕީދޭ ތަންތަނުގެ ނަމުގައި ހުޅުވާފައިހުންނަ ކްލިނިކްތަކާއި، ބައެއް ގެސްޓުހައުސްތަކުގައި ހަށިވިއްކުމުގެ ހަޑިމުޑުދާރު ޢަމަލު ހިންގައެވެ. އަދި ވަރަށް ގިނަ ފަހަރު ފުލުހުން އެފަދަ މީހުން އަތުލައިވެސްގަނެއެވެ.
އަހަރެމެންގެ މުޖްތަމަޢުގައި ފާހިޝްކަންތައްތައް ޢާއްމުވެފައިވާ މިންވަރު މިހިރީއެވެ. އަހަރެމެންގެ ޙާލަތާމެދު ވިސްނާލާކަށް އަދިވެސް ނުވޭތޯއެވެ؟

Read more...