Sunday, May 17, 2009

ގަހަށް ފެންދިނުން


ގަހަށް ފެންދިނުމަކީ ގަސް ހެދު ބޮޑުވުމަށްޓަކައި ކޮންމެހެން ބޭނުންކަމެކެވެ. ގަސް އަވަހަށް ހެދި ބޮޑުވާނީ އަދި އަވަހަށް މޭވާއަޅައި ފައްކާވާނީ އަދި ގަހަށް ޖެހޭ އެކިއެކި ބަލިތަކުން ގަސް ސަލާމަތްވާނީ، ގަހަށް ރަނގަޅު ކާނާއާއި ފެންދީގެންނެވެ. ގަސްގަހާ ގެއްސަކީ އޭގެ ޒާތުގައި އެ އެއްޗިހި ބޭނުންވާ ކާނާ އުފައްދާ އެއްޗެއް ކަމުގައިވިޔަސް ކާނާ އުފެއްދުމަށްޓަކައި ފެން ބޭނުންވެއެވެ. އާދަކޮށް ގަހަށް ފެންނުދެނީނަމަ ގަސް ހެދި ބޮޑުވުން ލަސްވެ ގަހުގައި މޭވާ އެޅުން ލަސްވެއެވެ. އަދި ގިނަފަހަރަށް ގަހާ ދޭތެރޭ ފަރުވާ ކުޑަކޮށްލުމުގެ ސަބަބުން، ގަސް އަނަރޫފަވެ މަރުވާތަންވެސް އާދެއެވެ. މިހާރު އެގަހަކީ އެއްވެސް ދިރުމެއް ނެތް ހިކިގަހެކެވެ.
ތިބާގެ ނަފްސާމެދު ވިސްނާލާށެވެ. ރިވެތި ވަޢުޡާއި ނަޞީޙަތުގެ ހުޅުކޮޅުން ތިބާގެ ހިތް އަލި ނުކުރަނީ ނަމަ އަނދިރިކަން ވެރިވެގެންފާނެއެވެ. އަނދިރިކަމަކީ ނުރައްކާތެރިކަމެކެވެ. ބަލާޣާތްތެރި ވާހަކަދެއްކުންތެރިން އެކި އެކި މަޢުޞޫތަކަށް ދޫކޮށްފައި ހުންނަ ދަރުސްތަކާއި ވާހަކަދެއްކުންތައް އަޑުއަހާ ނަމަ ބަލިވަމުންދާ ތިބާގެ ހިތުގެ އީމާންކަމަށް އާރޯކަމާއި ތާޒާކަން ލިބޭނެއެވެ. އީމާންކަމަކީ ފާފައިގެ ސަބަބުން ދަށްވެ އަދި އިޚްލާޞްތެރި ޢަމަލުތަކުގެ ސަބަބުން އިތުރުވާކަމެކެވެ. އެހެންކަމުން ނަޞީޙަތާއި ވަޢުޡު އަޑުއެހުމަކީ އީމާންތެރިކަން ގަދަކޮށްލަން ވަރަށް ރަނގަޅުކަމެކެވެ. އެއީ ހޮލީވުޑާއި ބޮލީވުޑާއި ކޮޕީވުޑްގެ ބޭކާރު ނާޗަރަންގީތައް ބެލުމަށްވުރެ، ހުރިހާ ގޮތަކުންވެސް ތިބާގެ ވަށައިގެން ފައިދާތައް އެއްކުރާ ކަމެކެވެ. އިންސާނާއަކީ ހަނދާންނެތޭ މީހަކަށް ވާއިރު އެންމެ މޮޅުގޮތަކީ އާދައެއްގެ ގޮތުގައި ވަޤުތު ލިބޭވަރަކުން މިކަން ކުރުމެވެ. ނަޞީޙަތަކީ ޖޯޝާއި ކިކް ގެނުވައިދޭ ކަމެކެވެ. އެހެންކަމުން މިގޮތުން އަޑުއެހުމަށާއި ބެލުމަށްޓަކައި ނަޞީޙަތުގެ "ލައިބްރަރީ" އެއް ހެދިދާނެއެވެ.
އެހެންކަމުން ނަފްސުގެ ގަސް އަނަރޫފަވިޔަ ނުދީ ހެއްދުމަށްޓަކައި އަދި އެގަހުގެ ފޮނި މޭވާގެ ރަހަ ލިބިގަތުމަށްޓަކައި އެގަހަށް އާދަކޮށް ފެންދޭށެވެ

No comments:

Post a Comment