Sunday, May 17, 2009

ހަމައެކަނި ދުލުގެ އެއްޗެއްބާ؟

އަހަރެމެންގެ ދީނާމެދު އަހަރެމެންނަށް ވިސްނެނީ އެއީ ދުލުގެ އެއްޗެއްގެ ގޮތުގައެވެ. ދުލުން ހަމައެކަނި އަހަރެންނަކީ މުސްލިމެކޭ ނުވަތަ އަހަރެމެންނަކީ މުސްލިމުންނޭ ބުނުމުން އަހަރެން މުސްލިމަކަށް ނުވަތަ އަހަރެމެން މުސްލިމުންނަށް ވާނެ ހެއްޔެވެ؟ ޔަހޫދީއަކަށް ޔަހޫދީއެކޭ އަދި ނަޞާރާނީއަކަށް ނަޞާރީއެކޭ މާތުރަ މަޖޫސީއަކަށް މަޖޫސީއެކޭ ކިޔެނީ އޭނާ ޤަބޫލުކުރާ ޤަބޫލުކުރުންތަކަކާއި ކުރާ ޢަމަލުތަކެއްގެ ސަބަބުންނެވެ. އެހެންކަމުން މުސްލިމަކަށް މުސްލިމެކޭ ކިޔެންޖެހޭނީވެސް އޭނާ ޤަބޫލުކުރާ ޤަބޫލުކުރުންތަކާ ކުރާ ޢަމަލުތަކަކަށް ބިނާކޮށެވެ. އިސްލާމްކަމަކީ ހަމައެކަނި ތިމާގެ ހިތުގެ ވަޒިފާއެއް ނޫނެވެ. ހަށިގަނޑުގެ އަޞްލު ވަޒީފާއަކީ ޢަމަލުތަކެވެ. އެހެންކަމުން އިސްލާމެކޭ ބުނުމަށްޓަކައި ޢަމަލުކުރުމަކީ ކޮންމެހެން ބޭނުން ޝަރުޠެކެވެ. ދިވެހި މުޖްތަމަޢުގެ ގިނަ މީހުންނަކީ މިއަދު ހަމައެކަނި ނަމުގައި މުސްލިމުންނެވެ. އެމީހުންނަށް ކިޔަނީ މުސްލިމް ނަންތަކެވެ. ބުނަނީ އަހަރެމެންނަކީ މުސްލިމުންނެވެ. އެކަމަކު ކުރަނީ މުސްލިމުން ކުރާ ކަހަލަ ޢަމަލުތަކެއް ނޫނެވެ. އެހެންކަމުން ޢަމަލުތަކާ ނުލާ ފުރިހަމަ ނުވާކަމެއް ޢަމަލުތަކާ ނުލާ ފުރިހަމަވާނީ ކިހިނެއް ހެއްޔެވެ؟

No comments:

Post a Comment