Thursday, July 30, 2009

ޑރ.ސަލްމާނުގެ ދަރުސް

ވަރަށް ހާއްސަ ދަރުސެއް މާދަމާ ރޭ އިސާ ނަމާދަށް ފަހު ސަޢޫދީ ޢަރަބިއްޔާގެ މަޝްހޫރު ޢިލްމުވެރިއެއް ކަމަށްވާ ޑޮކްޓަރ ސަލްމާން ބިން ފަހުދު އަލްއަޢުދާ އިސްލާމީ މަރުކަޒުގަ އޮންނާނެއެވެ.

Read more...

"އުއްމީދު ކަނޑާނުލާ!"

އިސްލާމިކް ފައުންޑޭޝަންގެ ފަރާތުން ބާއްވާ ވަރަށް ޚާއްޞަ ދަރުސް އެއް 31 ޖުލައި 2009 ވާ ހުކުރު ދުވަހުގެ ރޭ އާރޓިފިޝަލް ބީޗް ސަރަޙައްދުގައި ސޭހު ފަރީދުގެ "އުއްމީދު ކަނޑާނުލާ!"މި މައުޟޫގެ ދަށުނެވެ.ދަރުސް ފެށޭ ގަޑިޔަކީ 20:45ގައެވެ

Read more...

Tuesday, July 28, 2009

ޖަމްޢިއްޔަތުއްސަލަފްގެ ފަރާތުން ބާއްވާ އިޖްތިމާޢުއެއް

"ދީނީ ޝުޢޫރު"ގެ ނަމުގައި ޖަމްޢިއްޔަތުއްސަލަފްގެ ފަރާތުން އިޖްތިމާޢުއެއް ބާއްވަން ވަނީ ހަމަޖެހިފައެވެ. މި އިޖްތިމާޢު އޮންނާނީ ސޯޝަލް ސެންޓަރގެ ސެމިނަރ ރޫމްގައި 28 ޖުލައި 2009 ވާ އަންގާރަ ދުވަހުގެ ރޭގަނޑު 8:30 ގައި ކަމަށްވެއެވެ. އަދި މި އިޖްތިމާޢުއަށް އެންމެހާ އަޚުންނަށް ދަޢުވަތުއަރުވާފައިވެއެވެ.

Read more...

Saturday, July 25, 2009

މިނިވަން ދުވަސް



މިނިވަން ދުވަސް ފާހަގަ ކުރުމުގެ ގޮތުން މުޅި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އެކި މީހުންގެ ޝުޢޫރުތައް އެކި ގޮތްގޮތަށް ފާހަގަ ކުރަމުންދާ މަންޒަރު ބަލައިލި ކޮންމެ ދިމާލަކުން ފެންނަމުން އެބަދެއެވެ. މިދަނޑިވަޅުގައި މިކަމާއި ގުޅިގެން އަޅުގަނޑުގެ ހިތަށް އަރާ ފައިބަމުންދާ ޝުޢޫރުތައްވެސް ފާޅުކޮށްލާ ހިތްވެއެވެ. މި ރާއްޖޭގެ އެއްދިމާލަކުން ފެންނަމުން ދަނީ އަންހެން ކުދިންތައް އެކުދިންގެ ވަނާތަކަށް އެއްވެސް އުނިކަމެއް ނާންނާނޭހެން ފަހާފައިވާ ހެދުންތައް ލައިގެން މީސްތަކުންގެ ކުރިމަތީގައި ބަނޑިޔާ ޖަހަމުންދާތަނެވެ. އަނެއްދިމާލަކުން ފެންނަމުންދަނީ އަންހެނުންނާއި ފިރިހެނުން އެކުވެ މަސްހުނިވެގެން ކުޅެފައިވާ ޑްރާމާ ނުވަތަ މަންޒަރުތަކެވެ. ދެން އެނބުރިލައިފި ކޮންމެ ދިމާލަކުން ފެންނަނީ ސްޓޭޖްތައް މަތިން ލައިވްކޮށް ނުވަތަ ވަގުތުން ގެނެސްދެމުންދާ މިއުޒިކް ޝޯވތަކެވެ. މިއިން ކޮންމެ ކަމަކާއިމެދު ވިސްނާލިކަމުގައި ވިޔަސް ސިކުނޑި ސުމަކަށް ދާވަރުވެއެވެ. އަޅެފަހެ މިއީ މުސްލިމުން އުޅޭ ތަނެއްގައި ކުރުން ހެޔޮވާވަރުގެ ކަންތައް ބާވައެވެ.

މިނިވަން ދުވަސް ފާހަގަ ކުރުމުގެ ނަމުގައި އަންހެނުންނާއި ފިރިހެނުން އެއްވެސް ލަދެއްނެތި މީސްތަކުންގެ ތެރޭގައި ހަރަކާތްތެރި ވަމުންދާ މަންޒަރުތައް ލޮލުން ބެލުމަކީ ވެސް ނުހަނު ލަދުވެތިކަމެކެވެ. ވީއިރު މިފަދަ ޢަމަލުތައް ކުރާ މީހުންގެ ކިބައިގައި ލަދުވެތިކަން ހުންނާނީ ކިހާވަރަކަށް ބާވައެވެ. ވިސްނާލައިފި ކޮންމެ މީހަކަށް އޮޅުމެއްނެތި އިނގޭނެފަދައިން އަޅުގަނޑުމެންގެ މުޖްތަމައިން މިފެންނަމުންދާ ސިފަތަކަކީ މުސްލިމުންގެ އަޚްލާޤާއި މުޅިން އިދިކޮޅު ސިފަތަކެވެ.

އަޅުގަނޑު ހިތުން މުސްލިމުން ފާހަގަ ކުރަންވީ ރަނގަޅު ދުވަސްތަކާއި އެދުވަސްތައް ފާހަގަކުރަންވީ ރީތި ގޮތްތައް ވަނީ ވަރަށް ސާފުކޮށް ބަޔާންވެ އިނގެންށެވެ. ވީމާ އިސްލާމީ މުޖްތަމަޢެއްގައި މިފަދަ ނޭދެވޭ ގޮތްގޮތަށް ދުވަސްތަށް ފާހަގަކުރަމުން ދިޔުމަކީ ނުހަނު ހިތާމަ ހުރިކަމެކެވެ.


Read more...

Friday, July 24, 2009

މިހެން ވެގެން ނުވާނ

އޭރު،ޢިޝާނަމާދަށް ގޮވަން ހުރީ ގާތްގަނޑަކަށް ފަނަރަވަރަކަށް މިނިޓަށް ވެފަ އެވެ.

އޭނަ ވަރަށް އަވަސްކޮށް ވުޟޫ ކޮށްލުމަށްފަހު މަޣުރިބު ނަމާދުކުރަން ފެށިއެވެ.

ނަމާދުގެ ތަސްބީޙަ ކިޔުމުގެ ތެރޭ ހުއްޓާ ހަނދާންވީ އޭނަގެ މާމަ މަތިންމެވެ.އޭނަ ނަމާދުކުރާ ގޮތާ މެދު މާމަ ކިޔާއެއްޗެހީގެ މަތިންނެވެ.

އޭނަގެ މާމަ ނަމާދުކުރަނީ ވަރަށް މަޑުމައިތިރިކަމާއި ތަޤުވާވެރިވެ ހުރެ އެވެ.

އޭނަ ދުޢާކުރުމަށްފަހު ސަޖިދައަށް ދިޔައެވެ. އަދި ސަޖިދައިގައި ކުޑަ އިރުކޮޅަކު އޮތެވެ.

މުޅި ދުވަސް އޭނަ ހޭދަކުރީ މަސައްކަތުގައެވެ. އެހެންކަމުން އޭނާއަށް ވަނީ ވަރަށް ވަރުބަލިކަން ލިބިފައެވެ. ވަރަށް ބޮޑަށެވެ.

އޭނައަށް ހޭވެރިކަންވީ އޭނައާ ދިމާއަށް ހަޅޭއްލަވައިގެން އަޑަށެވެ.

އޭނަ ވަނީ ދާހިއްލާ ފޯވެފައެވެ.

ވަށައިގެން ހޯދާލިއެވެ.

އެ ތަނުގަ ބައިވަރު މީހުން ތިއްބެވެ.

ބަލާލި ކޮންމެ ދިމާލަކުންމެ ފެންނަނީ މީހުން ފުރި ބާރުވެފައިވާ ތަނެވެ.

ބައެއް މީހުން ތިބީ ގަނޑުވެފައެވެ. ބައެއް މީހުން ކޮޅުކޮޅުމައްޗަށް ދުވަނީއެވެ. ބައެއްމީހުން ދެކޮޅު ހޯދާ ބަލަނީއެވެ.

ބައެއް މީހުން ކަކޫ މަތީގައި ތިބި އިރު ދަތްދޮޅި އަތަށް ލައިގެން މޮޅިވެރިކަމާއެކު އަނެއް ބަޔަކު ތިއްބެވެ
.

އެންމެންހެން ތިބީ ހަދާނެގޮތް ހުސްވެފައެވެ. އަނެކާއަށް އެހީތެރިވެދޭފަދައިގައި ހަމަ އެކަކުވެސް ނެތެވެ.

މި މާހައުލުގެ ބިރުވެރިކަން ހުރިގޮތުން އޭނައަށް އެ ހުރެވުނުތަން އެނގިއްޖެއެވެ.

އޭނަގެ ހިތް ފަޅައިގެންނުގޮސް ހުރީ ހަމަ ކިރިޔަ ކިރިޔާއެވެ.

އެއީ އާޚިރަތްދުވަހެވެ. ހިސާބު ބެއްލެވޭ ދުވަހުގެ ހިސާބު ބެއްލެވޭ ތަނުގައެވެ.

ހިސާބު ބެއްލެވޭނެ ދުވަހާ އެ ދުވަހުގެ ސުވާލުތަކާ ގުޅޭ ވަރަށް ގިނަ ވާހަކަތައް ވަނީ އޭނަ ދުނިޔޭގައި ހުރި އިރު އަޑު އިވިފައެވެ.
އެކަމަކު އޭނައަށް ހީވަނީ އެއީ ވަރަށް ކުރިން އަޑު އިވިފައިވާ ވާހަކަތަކެއް ހެންނެވެ.


މިއީ އޭނަގެ ޚިޔާލަށް ފެންނަ ކަންކަން ބާއޭ އޭނަގެ ހިތަށް އެރިއެވެ؟

ނޫނެކެވެ. މި ބިރުވެރިކަމާ މިތާ ހޭދަވި ވަގުތަށް ބަލާއިރު މީކީ ޚިޔާލަށް ފެންނަ ކަންކަމެއް ނޫނެވެ.

ހިސާބު ބެއްލެވުމުގެ ކަންތައް މިހާރުވެސް އެ ދަނީ ހަމަ ކުރިއަށެވެ.

ބިރުވެރިކަމާ މަޑުމޮޅިކަމާއެކު ފަހަރަކު މީހަކު ކައިރިޔަށް ގޮސް އޭނަގެ ނަން ގޮވިތޯ އަހަން ފެށިއެވެ.

ހަމަ އެކަކުވެސް އޭނައަކަށް އެއްވެސް ޖަވާބެއް ނުދިނެވެ.

ކުއްލިއަކަށް އޭނަގެ ނަމުން ގޮވާލެވުނު އަޑު އިވުނެވެ. ހަމަ އެވަގުތުމެ ތޮއްޖެހިފައިވާ މީހުން ދެފަރާތަކަށް ކެހިލުމަށްފަހު އޭނަ ދިޔުމަށް މަގު ހަދާދިނެވެ.

ދެ މަލާއިކަތުން އޭނަގެ އަތުގަ ހިފާ ކުރިއަށް ނެރުނެވެ.

އެއްވެ ތޮއްޖެހިފައިވާ މީހުންގެ ތެރެއިން އޭނަ ހިނގާފަދިޔައިރު އެހެން މީހަކަށް އެކަން ފާހަގައެއް ނުކުރެވެއެވެ..

އެންމެންގެ މެދުގައި އޭނަ ބެހެއްޓުމަށްފަހު މަލާއިކަތުން ހިނގައްޖެއެވެ

އޭނަ އިސްދަށަށް ޖަހާލުމުން އޭނަ ދުނިޔޭގައި ހޭދަކުރި ހަމަ ކޮންމެ ވަގުތެއް އޭނައަށް ފެނިގެން ދިޔައީ ފިލްމެއްހެންނެވެ.

އޭނަ ލޯހުލުވާލިއެވެ.އެކަމަކު ފެނިގެންދިޔައީ އެހެން ދުނިޔެއެކެވެ.

އެކަކު އަނެކަކަށް އެހީތެރިވެދީ ހަދާތަނެވެ.

އޭނައަށް ފެނުނީ އޭނަގެ ބައްޕަ، އެއް އެދުރުކައިރިން އަނެއް އެދުރެއް ކައިރިއަށް ދާތަނެވެ.
އޭނަގެ ބައްޕައަށް ލިބިފައިވާ މުއްސަދިކަން އިސްލާމްދީނުގެ މަގުގައި ހޭދަކުރަމުން ދާ ތަނެވެ.


އޭނައަށް ފެންނުނީ އޭނަގެ މަންމަ މެހެމާނުންތަކަކަށް ދަޢުވަތު ދީގެން ގެއަށް ގެންނަ ތަނެވެ.
އެއްމޭޒު ހުރީ ތައްޔާރު ކޮށްފައެވެ. އަނެއް މޭޒު ސާފުކުރަނީއެވެ.


އޭނަގެ ކަންކަމާމެދު އޭނަ ރޮއި އާދޭސް ކުރަނީއެވެ.

އަހަރެންވެސް ޚިޔާރުކުރީ މި މަގެވެ.

އަހަރެން އެހެން މީހުންނަށް އެހީތެރިވެދިނީމެވެ.

އަހަރެން ﷲގެ ވަޙީ ބަސްފުޅު މީސްތަކުންގެ މެދުގައި ފެތުރީމެވެ.

އަހުރެން ނަމާދު ޤާއިމްކުރީމެވެ.

އަހުރެން ރަމަޟާން މަހުގެ ރޯދަ ހިފީމެވެ. ޒަކާތް ދިނީމެވެ.

ﷲ އަހުރެމެންނަށް ކުރުމަށް އެންގެވި ހަމަ ކޮންމެ ކަމެއް އަހުރެން ކުރީމެވެ. އެންމެހާ ފަރުޟުތައް އަދާކުރީމެވެ.

އަޙުރެމެންނަށް ނަޙީކުރެއްވި، ޙަރާމްކަންކަމާ އަހުރެން ދުރުހެލިވީމެވެ. ޙަރާމްކުރި ހަމަ އެވެސް ކަމެއް ނުކުރަމެވެ،

އޭނައަށް ރޮވިއްޖެއެވެ. ގިސްލަގިސްލާފަ ރޮވެމުން ދިޔައިރު އޭނައަށް އިޙުސާސްކުރެވެނީ ދުނިޔޭގައި އޭނަ ހުރި އިރު އޭނައަށް ﷲ ދެކެ ލޯބިވެވުނު މިންވަރެވެ.

އޭނައަށް ޤަބޫލުކުރެވުނީ އޭނަ ދުނިޔޭގައި ހޭދަކުރި ޙަޔާތުގައި އޭނައަށް ﷲގެ މަގުގައި ކުރެވިފައިވާ ކަންކަމަކީ މަދު މިންވަރެއްކަމެވެ.
އަދި އޭނަ އަށް ސަލާމަތާ ރައްކާތެރިކަން ހަމައެކަނި ލިބުން އޮތީ ﷲގެ ޙަޟުރަތުންކަމެވެ.
ދުވަހަކުވެސް އޭނަ ދާ ނުހިއްލާވަރަށް ދާހިއްލައިފިއެވެ. މުޅި މީހާ ހުރީ ތުރުތުރު އަޅާލަ އަޅާލައެވެ..


އޭނަގެ ލޯހުރީ ތިލަފަތާ ދިމާއަށް ހުއްޓިފައެވެ. އޭނަގެ ހިސާބުގެ ނަތީޖާގެ އިންތިޒާރުގައެވެ.

އެންމެ ފަހުން ނަތީޖާ ނިންމިއްޖެއެވެ. އޭނައަށް ހުރި ގޮތް ނިންމިއްޖެއެވެ.

ދެ މަލާއިކަތުން ކަރުދާސްގަނޑެއްހިފައިގެން ތިބެ، އެއްވެފައިވާ މީސްތަކުންނާ ދިމާއަށް އެނބުރުނެވެ.

އޭނަގެ ފައިގެ ވާގި ދޫވެ ވެއްޓެން އުޅޭހެން ހިވެއެވެ.

ނަރަކައަށް ދާ މީހުންގެ ލިސްޓު މަލާއިކަތުން ކިޔުންވަން ފެށުމާއެކު އޭނަ ލޯ މަރާލިއެވެ.

އެންމެ ފުރަތަމަވެސް މަލާއިކަތުން ކިޔުއްވީ އޭނަގެ ނަމެވެ،

އޭނަ ކަކޫމައްޗަށް ތިރިވެ "މިހެން ވެގެން ނުވާނެ" ކަމަށް ގޮވިއެވެ.

އަހުރެން ނަރަކައަށް ދާންވީ ކީއްވެގެން ހެއްޔެވެ،

އަހުރެންގެ މުޅި ޙަޔާތް ހޭދަކުރީ އެހެން މީހުންނަށް އެހީތެރިވުމުގައެވެ.

އަހުރެން ﷲ ގެ ވަޙީ ބަސްފުޅު މީސްތަކުންގެ މެދުގައި ފެތުރީމެވެ.
އެންމެހާ ފަރުޟުތައް އަދާކުރީމެވެ.
ޙަރާމް އެއްވެސް ކަމެއް ނުކުރަމެވެ.

އޭނަގެ ލޯ ނުކުމެ މުޅި މީހާ ތުރުތުރު އަޅަން ފަށައިފިއެވެ. މުޅި މީހާވަނީ ދާހިއްލާ ފޯވެފައެވެ.

ދެ މަލާއިކަތުން އޭނަގެ އަތުގަ ހިފާ ނަގައިފިއެވެ.

އެންމެންގަނޑުގެ ތެރެއިން ދަމާކޫއްތާފާ ކަހަލަ ގޮތަކަށް ގެންގޮސް ނަރަކައިގެ އަނގުރު އަލިފާނުގެ ކުރިމައްޗަށް އޭނަ ނެރެފިއެވެ.

އޭނައަށް އެހީތެރިވުމަށްއެދި އޭނަ ގޮވަމުން ގެންދިޔައެވެ. އަދި އޭނަގެ ޙާލާމެދު އެހީތެރިވެ ދެވޭނެ މީހަކާމެދު ވިސްނަމުންވެސް ގެންދިޔައެވެ.

އޭނަ ދުނިޔޭގައި ވޭތު ކުރި ޙަޔާތުގައި އޭނަކުރި ހުރިހާ ރަނގަޅު ކަންކަމުގެ ވާހަކައިން ގޮވަމުން ގެންދިޔައެވެ.
އޭނަގެ ބައްޕައަށް އެހީތެރިވެދިން ގޮތެވެ. އޭނަ ގެ ރޯދައިގެ ވާހަކައެވެ. އޭނަގެ ނަމާދާއި ޒަކާތުގެ ވާހަކައެވެ.
ޤުރުއާންކިޔެވި ވާހަކައެވެ. އެއިން އެއްވެސް ކަމެއް އޭނަޔަކަށް އެހީތެރިއެއް ނުވިއެވެ.


ނަރަކައިގެ މަލާއިކަތުން އޭނަ ނަރަކައަށް ލުމަށް ދަމަމުން ގެންދެއެވެ.

ނަރަކައިގެ އެ ހޫނު ގަދަ އަލިފާންގަނޑާ އަންނަނީ ކާރިވަމުންނެވެ.

އޭނަ އެންމެ ފަހުގެ އުންމީދާއެކު ފަހަތަށް އެނބުރި ބަލާލިއެވެ.

ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލިމް ޙަދީޘްކުރައްވާފައެއް ނުވޭތޯއެވެ.

މީހަކު ދުވާލަކު ފަސްފަހަރު ފެންވަރާނަމަ އެމީހެއްގެ ހަށިގަނޑު ސާފުވާނެވަރާމެދު،
އަދި ފަސްވަގުތު ނަމާދުކުރުމަށް ވުޟޫކުރާމީހެއް އެ މީހެއްގެ ފާފަތަކުން ސާފުވާނެ ވަރާމެދުވެސް


އޭނާ ގޮވަން ފެށިއެވެ.

އަހުރެންގެ ނަމާދެވެ. އަހުރެންގެ ނަމާދެވެ. އަހުރެންގެ ނަމާދެވެ.

ދެ މަލާއިކަތުން މަޑެއްނުކުރައްވައެވެ.ގެނެސް ނަރަކައިގެ ތުންފަތްމައްޗަށް އޭނަ ލައިފިއެވެ.

ނަރަކައިގެ އަނގުރު އަލިފާނުގެ ހޫނުން އޭނަގެ މޫނު ފިހިއްޖެއެވެ.

އެންމެ ފަހުގެ ބެލުން އޭނަ ފަސްއެނބުރި ބަލާލިއެވެ. އޭނަގެ ލޮލުގެ ތާޒާކަންވަނީ އެކަމަކު ގެއްލި ގޮސްފައެވެ.
އުންމީދުވެސް ވަނީ ގެއްލިފައެވެ. އޭނަގެ ކިބައިގައި ހަމަ ނުގެއްލޭ އެއްވެސް އެއްޗެއްނެތެވެ.


އެތަނުން އެއް މަލާއިކަތަކު އޭނަ ނަރަކައިގެ ތެރެއަށް ކޮށްޕާލައިފިއެވެ.

އޭނަ އެއްވެސް ތާކު ނުޖެހި ނަރަކައިގެ އެ ބިރުވެރި އަދި ގަދަފަދަ ހޫނު އަލިފާން ގަނޑާ ދިމާއަށް ވެއްޓެމުންދެއެވެ.

އޭނަ ގާތްގަނޑަކަށް ހަޔެއްކަ ފޫޓަށް ވެއްޓުނުތަނުން އޭނަގެ އަތުގައި ހިފައި މައްޗަށް ދަމައިގަތެވެ.
އިސް އުފުލާ ބަލާލިއިރު ފެނުނީ ހުދު ތުނބުޅިއެއްގައިހުރި މުސްކުޅިއެކެވެ.

އޭނަ ގައިގައިހުރި އެއްޗެހިފޮޅަމުން އެ މުސްކުޅިޔާ ގާތު އެހިއެވެ.

ތީ ކާކުހެއްޔެވެ؟

އެ މުސްކުޅިޔާ ޖަވާބު ދިނެވެ.

މީ ކަލޭގެ ނަމާދެވެ.

ކަލޭ ތިހާލަހުން ތި އައީ ކީއްވެ ހެއްޔެވެ؟ އަހުރެން ގާތްގަނޑަކަށް އޮތީ ނަރަކައިގެ ތެރޭގައެވެ.

ކަލޭ އަހުރެން ތި ސަލާމަތްކުރީ ހަމަ އެންމެ ފަހު ވަގުތުގައެވެ.

މުސްކުޅިޔާ ހިނިތުންވުމާއެކު ބޯ ޖަހާލަމުން ބުންޏެވެ.

ކަލޭ އަބަދުވެސް ނަމާދުކުރަނީ އެންމެ ފަހު ވަގުތުގަ ނޫން ހެއްޔެވެ؟ ކަލޭ ހަނދާން ނެތުނީ ހެއްޔެވެ؟

ހަމަ އެވަގުތުގައިމެސިއްސައިގެންގޮސް އޭނަ ސަޖިދައިން ތެދުވެއްޖެއެވެ.

އޭނަ ވަނީ އޭރު ދާހިއްލާ ފޯވެފައެވެ.

ބޭރުން އަޑެއް އޭނައަށް އިވިއްޖެއެވެ.

އޭނައަށް އިވުނީ ޢިޝާނަމާދުގެ ބަންގީގެ އަޑެވެ.

އޭނަ އަވަހަށް ތެދުވެ ވުޟޫކުރަން އަވަސްވެގަތެވެ.


އޭ ލޮބުވެތި މުސްލިމް މިތުރާއެވެ. މި ލިޔުން ތިބާގެ މުސްލިމް މިތުރާއަށް ފޯރުކޮށް ދޭށެވެ. ފަހަރުގަ އެއީ އެ މިތުރުގެ، ނަމާދާމެދު ހޭލުންތެރި ކޮށްދީފާނެ ކަމަކަށް ވެދާނެއެވެ
ފަހަރުގައި މި ލިޔުން ތިބާގެ މުސްލިމް މިތުރާއަށް ފޯރުކޮށް ދިންދިނުމަކީވެސް ހިސާބު ބައްލަވާދުވަހުގެ ހެޔޮކަމުގެ ތިލަފަތަށް އިތުރުވެގެން އަތުވެދާނެ ކަމެއްކަމުގައި ވެދާނެއެވެ.
ﷲ މި އަޅާއަށާއި ތިބާއަށް އަދި އަހުރެމެންގެ މުސްލިމް މިތުރުންނަށް ރަޙުމަތްލައްވާ އަހުރެމެންނަށް އެންމެހާ ހެޔޮކަންތަކަށް މަގުފަހި ކުރައްވާށިއެވެ.
އާމީން.


Read more...

Thursday, July 23, 2009

ޙަޔާތުގެ މަޤްޞަދ

ޙަޔާތުގެ މަޤްޞަދު" މި މައުޟޫޢުގެ ދަށުން މިނިސްޓްރީ އޮފް އިސްލާމިކް އެފެއާރޒްއާއި ޢަދާލަތު ޕާޓީ ގުޅިގެން ވަރަށް ޚާއްޞަ ޖަލްސާއެއް ބޭއްވުމަށް ހަމަޖައްސާފައިވާކަމުގެ ޚަބަރު ބިފާވެއެވެ. 24 ޖުލައި 2009ވާ ހުކުރު ދުވަހުގެރޭ 9:00 ގައި އިސްލާމީ މަރުކަޒުގައި ބޭއްވުމަށް ހަމަޖެހިފައިވާ މި ޖަލްސާގައި ތަޤްރީރު ކުރައްވަނީ ޑރ.އަބްދުލުމަޖީދު އަބްދުލުބާރީއެވެ.

Read more...

Tuesday, July 21, 2009

މިނިސްޓްރީ އޮފް އިސްލާމިކް އެފެޢާރޒްއާއި ޢަދާލަތު ޕާޓީ ގުޅިގެން ބާއްވާ ދަރުސެއް

"ޙަޔާތުގެ މަޤްޞަދު" މި މައުޟޫޢުގެ ދަށުން މިނިސްޓްރީ އޮފް އިސްލާމިކް އެފެއާރޒްއާއި ޢަދާލަތު ޕާޓީ ގުޅިގެން ވަރަށް ޚާއްޞަ ޖަލްސާއެއް ބޭއްވުމަށް ހަމަޖައްސާފައިވާކަމުގެ ޚަބަރު ބިފާވެއެވެ. 24 ޖުލައި 2009ވާ ހުކުރު ދުވަހުގެރޭ 9:00 ގައި އިސްލާމީ މަރުކަޒުގައި ބޭއްވުމަށް ހަމަޖެހިފައިވާ މި ޖަލްސާގައި ތަޤްރީރު ކުރައްވަނީ ކޮންބޭފުޅެއްކަމެއް އަދި ނީނގޭ އެވެ.

Read more...

Sunday, July 19, 2009

The Key to Paradise!

the prophet Mohamed said,"the best dhikr is,'none has right to be worshiped save allah.'"
Read more...

Saturday, July 18, 2009

ތިބާ ކަންކަމުން އެދެނީ ކާކުގެ ފަރާތުންހެއްޔެވެ؟

ސުފްޔާން ބިން ޢުޔައިނާ ވިދާޅުވިއެވެ:
ޙިޝާމް ބިން ޢަބްދުލް މަލިކް (އޭރުގެ ޚަލީފާ) މައްކާގެ ބޮޑު މިސްކިތަށް ވެދެވަޑައިގެން އެތަނުން (ޢުމަރު ބުނުލް ޚައްޠާބުގެ ކާފަދަރިކަލުން) ސާލިމް ބިން ޢަބްދުﷲ ދެކެވަޑައިގަތެވެ.
އެހިނދު އެކަލޭގެފާނަށް ދެންނެވިއެވެ: ’އޭ ސާލިމްއެވެ! ކަލޭގެފާނުގެ އެއްވެސް ބޭނުންފުޅެއް ވާނަމަ ތިމަންކަލޭގެވާނުގެ އަރިހުގައި ދަންނަވާށެވެ.‘
އެހިނދު (ސާލިމް) އެކަލޭގެފާނަށް ދެންނެވިއެވެ. ﷲގެ ގެކޮޅުގައި އެކަލާނގެ ނޫން އެހެން ފަރާތެއްގެ ކިބައިން (ކަމަކަށް) އެދެން ހަމަކަށަވަރުންވެސް ތިމަންކަލޭގެފާނު ލަދުވެތިވަމެވެ.
އެހެންކަމުން، އެކަލޭގެފާނު މިސްކިތުން ނިކުމެވަޑައިގެންނެވިތަނާ (ޙިޝާމް) އެކަލޭގެފާނުގެ ފަހަތްކުޅުން ވަޑައިގެން ދެންނެވިއެވެ. މިހާރު ކަލޭގެފާނު ތިހުންނެވީ މިސްކިތުގައެއް ނޫނެވެ. އެހެންވީމާ މިހާރު ކަލޭގެފާނުގެ އެދުންފުޅުއެވާނަމަ ދަންނަވާށެވެ.
ދެން އެކަލޭގެފާނުގެ އަރިހުގައި ސާލިމް ދެންނެވިއެވެ ދުނިޔޭގެ ބޭނުންތކުގެ ތެރެއިންހެއްޔެވެ ނޫނީ އާޚިރަތުގެ ބޭނުންތަކުގެ ތެރެއިންހެއްޔެވެ؟
އެކަލޭގެފާނު ދެންނެވިއެވެ. ”ދުނިޔޭގެ ބޭނުންތަކުންނެވެ.“
ސާލިމް ދެންނެވިއެވެ.
ދުނިޔެ މިލްކުވެވޮޑިގެންވާފަރާތުގެ ޙަޟުރަތުން (ދުނިޔޭގެ) ކަމަކަށް ތިމަންކަލޭގެފާނު އެދިވަޑައެއް ނުގަންނަވަމުއެވެ. ދެން އެދުނިޔެ މިލްކުވެގެން ނުވާ ފަރާތެއްގެ ކިބައިން ކަމަކަށް އެދިވަޑައިގަންނަވާނީ ކިހިނަކުންހެއްޔެވެ؟

އިބްނުލް ޖަޥްޒީ، ޞިފަތުއް ޞަފްވާ: 1/194

ފިލާވަޅުތައް:
- ﷲފިޔަވައި އެހެން ފަރާތެއްގެ ފަރާތުން ކަމަކަށް އެދުމުން ސަލަފުން ދުރުވާ މިންވަރު
- އެބޭކަލުން މައިގަނޑުގޮތެއްގައި ދުޢާކުރައްވަނީ އާޚިތަރުގެ ބޭނުންތަކަށް ކަމާއި ދުނިޔަވީ ބޭނުންތަކަށް ނޫންކަން
- ވެރިން ޢިލްމުވެރިންނަށް ކަމޭހިއްތަވާ މިންވަރާއި އެބޭކަލުންގެ ބޭނުންފުޅުތައް ފުއްދަވައިދެއްވުމަށް މަސައްކަޔް ކުރައްވާ މިންވަރު
- މިސްކިތްތަކުގެ ޙުރުމަތްތެރިކަން

[އަޤްވާލުލް ޙިކްމާ]

Read more...

Thursday, July 16, 2009

ދީނުގެ ޙައްދުތަކަށް އިންކާރު ކުރާމީހުންނާ ދެކޮޅަށް އިސްލާމް ދީނުގެ ޙައްޤުގައި ދިވެހިން ނިކުންނަނީ ޢިންޝާﷲ

ދީނުގެ ޙައްދުތަކަށް އިންކާރު ކުރާމީހުންނާ ދެކޮޅަށް އިސްލާމް ދީނުގެ ޙައްޤުގައި ދިވެހިން ނިކުންނަނީ 18ޖުލައި2009ވާ ހޮނިހިރު ދުވަހުގެ ހަވީރު4.30ގައި އާޓިފިޝަލް ސްޓޭޖް ސަރަޙައްދުގައި ވީމާ ހުރިހާ ދިވެހިން ﷲއަށްޓަކައި ނުކުތުންއެދެމެވެ
Read more...

ވަރަށް ޙާއްސަ ދަރުސެއް


އިސްލާމިކް ފައުންޑޭޝަން އޮފް ދި މޯލްޑިވްސް އިން ބާއްވާ ވަރައް ޚާއްސް ދަރުސެއް. 17 ޖުލައިވާ ހުކުރު ދުވަހު މާލޭ އާޓިފިޝަލް ބީޗުސަރަހައްދުގައި ނާއުއްމީދު ވެފައިވާ ހިތްތަކަށް... އުއްމީދު ކަނޑާނުލާ... ސޭހު ފަރީދުގ.ެ ދަރުސް ފެށޭނީ ރޭގަނޑު 8:45 ގައެވެ. ވީމާ ވީހާވެސް ގިނަ ބޭފުޅުން މިދަރުސް އަޑުއެއްސެވުމަށް ވަޑައިގެން ދެއްވުން އެދެމެވެ

Read more...

Wednesday, July 15, 2009

ތައުބާ

ކީރިތި ރަސޫލާ صلى الله عليه وسلم އަކީ ހުރިހާ ކަމެއްގައިވެސް މުއުމިނުންނަށް ފުރިހަމަ ނަމޫނާއެކެވެ. މިގޮތުން އެކަލޭގެފާނަކީ، ﷲ ތަޢާލާއަށް ބިރުވެތި ވުމާއި ޚުޝޫޢަތްތެރިވުމުގެ ނަމޫނާއެކެވެ. އެކަލޭގެފާނު ޙަދީޘް ކުރައްވަނީ " ‏‏يَا أَيُّهَا النَّاسُ تُوبُوا إِلَى اللَّهِ فَإِنِّي أَتُوبُ فِي الْيَوْمِ إِلَيْهِ مِائَةَ مَرَّةٍ " މާނައަކީ " އޭ އެންމެހާ މީސްތަކުންނޭވެ. ތިޔަބައިމީހުން ﷲ އަށް ތައުބާ ވާށެވެ. ފަހެ ތިމަންކަލޭގެފާނު ދުވާލަކު 100 ފަހަރު އެއިލާހަށް ތައުބާވަމެވެ. " މިއީ އެކަލޭގެފާނުގެ އިސްވެދިޔަ ފާފަތަކާއި އަންނަން ހުރި ފާފަތައް ﷲ ތަޢާލާ ފުއްސަވައިދެއްވާފައިވާ އިރުވެސް މެއެވެ. އެހެންކަމަށް ވާނަމަ އަހަރުމެން ފަދަ ތާއަބަދު ކުށްކުރެވޭ ބަޔަކު ތައުބާވާންވީ މިންވަރު ވަޒަންކޮށްލާށެވެ.



Read more...

ޖަމްޢިއްޔަތުއްސަލަފްގެ ފަރާތުން ޑރ. ބިލާލް ފިލިޕްސް ރާއްޖެ ގެންނަނީ ما شاء الله

ޖަމްޢިއްޔަތުއްސަލަފްގެ ފަރާތުން މުޅިދުނިޔެއަށް މަޝްހޫރު ދާޢީއެއްކަމުގައިވާ ޑރ. ބިލާލް ފިލިޕްސް ރާއްޖެ ގެންނަން މަސައްކަތް ކުރަމުންދާކަމަށް ޚަބަރު ލިބިއްޖެއެވެ.
މިޒާޖުގައި ވަރަށް ހިތްހެޔޮ މަޑުމައިތިރިކަމެއް ހުންނަ ޑރ. ބިލާލް ފިލިޕްސް އަކީ ދުނިޔޭގެ ވަރަށް ގިނަ ޤައުމުތަކުގައި ޚާއްޞަކޮށް ޔޫރަޕްގެ ޤައުމުތަކުގައި ވަރަށް ގިނަ ލެކްޗަރ ދެއްވާ ވަރަށް ގިނަބަޔަކު ދަންނަ މަޝްހޫރު ބޭފުޅެކެވެ. ޑރ. ބިލާލް ފިލިޕްސް ރާއްޖެ އައުންވާނީ ޝައިޚް ދީދަތު އައްފަހު މިހާތަނަށް އެފަދަ ބޭފުޅަކު ރާއްޖެ އަންނާނެ ފުރަތަމަ ފަހަރުކަމަށެވެ. އަދި މިކަމުން ވަރަށް ގިނަގުނަ ފައިދާތަކަކާއި ދަރުސް ތަކެއް ލިބިގެންދާނެކަމަށް އުންމީދުކުރެވެއެވެ

Read more...

Tuesday, July 14, 2009

ސޭހު ޒިބުރީން

އިސްލާމީ ދުނިޔޭގެ ބޮޑުއިލުމްވެރިޔެއްކަމަވާ ސޭހު ޒިބުރީން 13ޖުލައި2009 ވީ ހޯމަދުވަހު އަވަހާރަވެއްޖެވެ. ސޭހު ޒިބުރީނަކީ އިބުނު ބާޒު ރަހުމްﷲގެ ދަރިވަރުންގެ ތެރެއިން މަސްހޫރު ދަރިވަރެކެވެ.މާތްﷲ ސޭހު ޒިބުރީނަށް ސުވަރުގޭ ގެ ހެޔޮރަހުމަތްލައްވާށެވެ.

Read more...

Saturday, July 11, 2009

ދިހަ އަހަރުގެ އަންހެން ކުއްޖަކު ޤުރްއާން ހިތުދަސްކޮށްފި ما شاء الله


ރާއްޖޭގައި ޢުމުރުން އެންމެ 10 އަހަރުގެ އަންހެންކުއްޖަކު ކީރިތި ޤުރްއާން ހިތުދަސްކޮށްފިކަމަށް އިސްލާމިކް އެފެއާރޒް މިނިސްޓްރީން ވިދާޅުވެއްޖެއެވެ. ކީރިތި ޤުރްއާން ހިތުދަސްކުރި މިކުއްޖާއަކީ ހެންވޭރު ބަޔަންކާ އައިޝަތު އީނާސްއެވެ. އެމިނިސްޓްރީން ވިދާޅުވީ މިއީ ރާއްޖޭގައި ކީރިތި ޤުރްއާން ހިތުދަސްކުރިކަމަށް ރެކޯޑްކުރެވުނު އެންމެ ޙަޤު ކުއްޖާއެވެ. އައިޝަތު އީނާސް ޤުރްއާން ހިތުދަސްކުރަންފެށީ އުމުރުން އެންމެ ފަސް އަހަރުގައިކަމަށް ކީރިތި ޤުރްއާނާއިބެހޭ މަރުކަޒުންބުނެއެވެ. އެމަރުކަޒުން ބުނީ މިކުޑަކުއްޖާ ކީރިތި ޤުރްއާން ހިތުދަސްކޮށްފައިވޭތޯ ޔަޤީން ކުރުމަށް ހިތުން ކިޔުއްވާފައިވާކަމަށެވެ. ޤުރްއާން ހިތުދަސްކުރިކަމުގެ ސެޓިފިކެޓް މިމަހުގެ ސޯޅަވަނަ ދުވަހު މިކުއްޖާއަށްދޭން މިހާރުވަނީ ހަމަޖައްސާފައެވެ. އަދި މިއަހަރު ސަޢުދީ ޢަރަބިއްޔާގައި އޮންނަ ކީރިތި ޤުރްއާން ކިޔެވުމުގެ މުބާރާތެއްގައިވެސް އީނާސް ބައިވެރިވެފައިވާކަމަށް އެމަރުކަޒުން ވިދާޅުވެއެވެ. އަނެއްކޮޅުން އިސްލާމިކް އެފެއާރޒް މިނިސްޓްރީގެ ވެރިން މިއަދުވަނީ ޤުރްއާން ކިޔެވުމުގެ ބައިނަލްއަގްވާމީ ހަތް މުބާރާތެއްގައި ވާދަކުރާ ދިވެހި އަށްބައިވެރިޔަކާއި ބައްދަލުކޮށްފައެވެ. ތިން އަންހެންކުދިންނާއި ހަތަރު ފިރިހެން ކުދިން ބައިވެރިވާ މިމުބާރާތްތަކުގެ ތެރެއިން ގިނަ މުބާރާތްތައް އޮންނާނީ ރޯދަމަހުގެ ތެރޭގައިކަމަށް އިސްލާމިކް އެފެއާޒުން ވިދާޅުވިއެވެ. މީގެތެރޭގައި މިސްރާއި ސަޢުދީ ޢަރަބިއްޔާ އަދި އުރުދުންފަދަ ޤައުމުތަކުގައި ބާއްވާ މުބާރާތްތައް ހިމެނެއެވެ.



Read more...

Sunday, July 5, 2009

Allah


Does it Mean God?

The word "Allah" is the perfect description of the "One God" of monotheism for Jews, Christians and Muslims!

Is "Allah" only for Islam and Muslims?
[No! It is for All Three Abrahamic Faiths.]

"Allah" is the same word used by Christian Arabs and Jewish Arabs in their Bible, centuries before Islam came.

On page one [1] of Genesis in the Old Testament, we find the word "Allah" seventeen [17] times.

Every hotel and motel has a Bible. Next time you see one look in the introduction, you will find samples of the different languages they have translated. For Arabic they have translated the verse in the New Testament in Arabic from the famous verse in the Gospel John 3:16 -

"For God so loved the world..."
- and the word the translators used in Arabic for "God" is the very same word used by Muslims around the planet, "Allah."
Where Does the word "Allah" Come From?

"Allah" comes from the Arabic word "elah"a god' or something worshiped. - (Arabic) means '

This word (elah) can be made plural (gods), as in "aleha" and it can be male or female just as the word in English can be "goddess."

"Allah" comes from "elaha" but it brings more clarification and understanding.

Allah = Has no gender (not male and not female)
"He" is used only out of respect and dignity - not for gender
Allah = Always singular - Never plural
"We" is used only as the "Royal WE" just as in English for royalty
Allah = Means "The Only One to be Worshipped"

Read more...

Saturday, July 4, 2009