Saturday, July 11, 2009

ދިހަ އަހަރުގެ އަންހެން ކުއްޖަކު ޤުރްއާން ހިތުދަސްކޮށްފި ما شاء الله


ރާއްޖޭގައި ޢުމުރުން އެންމެ 10 އަހަރުގެ އަންހެންކުއްޖަކު ކީރިތި ޤުރްއާން ހިތުދަސްކޮށްފިކަމަށް އިސްލާމިކް އެފެއާރޒް މިނިސްޓްރީން ވިދާޅުވެއްޖެއެވެ. ކީރިތި ޤުރްއާން ހިތުދަސްކުރި މިކުއްޖާއަކީ ހެންވޭރު ބަޔަންކާ އައިޝަތު އީނާސްއެވެ. އެމިނިސްޓްރީން ވިދާޅުވީ މިއީ ރާއްޖޭގައި ކީރިތި ޤުރްއާން ހިތުދަސްކުރިކަމަށް ރެކޯޑްކުރެވުނު އެންމެ ޙަޤު ކުއްޖާއެވެ. އައިޝަތު އީނާސް ޤުރްއާން ހިތުދަސްކުރަންފެށީ އުމުރުން އެންމެ ފަސް އަހަރުގައިކަމަށް ކީރިތި ޤުރްއާނާއިބެހޭ މަރުކަޒުންބުނެއެވެ. އެމަރުކަޒުން ބުނީ މިކުޑަކުއްޖާ ކީރިތި ޤުރްއާން ހިތުދަސްކޮށްފައިވޭތޯ ޔަޤީން ކުރުމަށް ހިތުން ކިޔުއްވާފައިވާކަމަށެވެ. ޤުރްއާން ހިތުދަސްކުރިކަމުގެ ސެޓިފިކެޓް މިމަހުގެ ސޯޅަވަނަ ދުވަހު މިކުއްޖާއަށްދޭން މިހާރުވަނީ ހަމަޖައްސާފައެވެ. އަދި މިއަހަރު ސަޢުދީ ޢަރަބިއްޔާގައި އޮންނަ ކީރިތި ޤުރްއާން ކިޔެވުމުގެ މުބާރާތެއްގައިވެސް އީނާސް ބައިވެރިވެފައިވާކަމަށް އެމަރުކަޒުން ވިދާޅުވެއެވެ. އަނެއްކޮޅުން އިސްލާމިކް އެފެއާރޒް މިނިސްޓްރީގެ ވެރިން މިއަދުވަނީ ޤުރްއާން ކިޔެވުމުގެ ބައިނަލްއަގްވާމީ ހަތް މުބާރާތެއްގައި ވާދަކުރާ ދިވެހި އަށްބައިވެރިޔަކާއި ބައްދަލުކޮށްފައެވެ. ތިން އަންހެންކުދިންނާއި ހަތަރު ފިރިހެން ކުދިން ބައިވެރިވާ މިމުބާރާތްތަކުގެ ތެރެއިން ގިނަ މުބާރާތްތައް އޮންނާނީ ރޯދަމަހުގެ ތެރޭގައިކަމަށް އިސްލާމިކް އެފެއާޒުން ވިދާޅުވިއެވެ. މީގެތެރޭގައި މިސްރާއި ސަޢުދީ ޢަރަބިއްޔާ އަދި އުރުދުންފަދަ ޤައުމުތަކުގައި ބާއްވާ މުބާރާތްތައް ހިމެނެއެވެ.


No comments:

Post a Comment