Wednesday, July 15, 2009

ތައުބާ

ކީރިތި ރަސޫލާ صلى الله عليه وسلم އަކީ ހުރިހާ ކަމެއްގައިވެސް މުއުމިނުންނަށް ފުރިހަމަ ނަމޫނާއެކެވެ. މިގޮތުން އެކަލޭގެފާނަކީ، ﷲ ތަޢާލާއަށް ބިރުވެތި ވުމާއި ޚުޝޫޢަތްތެރިވުމުގެ ނަމޫނާއެކެވެ. އެކަލޭގެފާނު ޙަދީޘް ކުރައްވަނީ " ‏‏يَا أَيُّهَا النَّاسُ تُوبُوا إِلَى اللَّهِ فَإِنِّي أَتُوبُ فِي الْيَوْمِ إِلَيْهِ مِائَةَ مَرَّةٍ " މާނައަކީ " އޭ އެންމެހާ މީސްތަކުންނޭވެ. ތިޔަބައިމީހުން ﷲ އަށް ތައުބާ ވާށެވެ. ފަހެ ތިމަންކަލޭގެފާނު ދުވާލަކު 100 ފަހަރު އެއިލާހަށް ތައުބާވަމެވެ. " މިއީ އެކަލޭގެފާނުގެ އިސްވެދިޔަ ފާފަތަކާއި އަންނަން ހުރި ފާފަތައް ﷲ ތަޢާލާ ފުއްސަވައިދެއްވާފައިވާ އިރުވެސް މެއެވެ. އެހެންކަމަށް ވާނަމަ އަހަރުމެން ފަދަ ތާއަބަދު ކުށްކުރެވޭ ބަޔަކު ތައުބާވާންވީ މިންވަރު ވަޒަންކޮށްލާށެވެ.


No comments:

Post a Comment