އިދިކޮޅު އައިޑީޕީ އާއި އެމްއެސްޑީޕީ ގެ ތާޢީދާއެކު ޖުމްހޫރީ ޕާޓީއިން ރައްޔިތުންގެ މަޖިލިހަށް ގަރާރެއް ހުށަހަޅައިފިކަމަށް އެތިންޕާޓީން ބުނެފިއެވެ. ދަރުބާރުގޭ ފަންސަވީސް މާލަމުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޖުމްހޫރީ ޕާޓީގެ ލީޑަރ އަދި ރާއްޖޭގެ މަޝްހޫރު ވިޔަފާރިވެރިޔާ ޤާސިމް އިބްރާހިމް ވިދާޅުވީ މިއީ ދިވެހި ދައުލަތުގެ މިލްކިއްޔާތުގައިވާ މުދާ ބޭރުގެ ފަރާތްތަކަށް ވިއްކުން ހުއްޓުވުމާބެހޭ ގަރާރެއް ކަމަށެވެ. މި ޤަރާރު މަޖިލިހަށް ހުށަހެޅުއްވީ ޖުމްހޫރީ ޕާޓީގެ ޕާލަމެންޓް މެންބަރު މުޙައްމަދު ސަލީމް ( ދޯޅަނބު ސަލީމު ) އެވެ. އެއީ ރައްޔިތުންގެ މަޖިލިހުގެ ގއ. އަތޮޅުގެ މެންބަރެވެ.
މި ޤަރާރާބެހޭ ގޮތުން މަޢުލޫމާތު ދެއްވަމުން ޖުމްހޫރީ ޕާޓީގެ ލީޑަރ ޤާސިމް އިބްރާހިމް ވިދާޅުވީ މިއީ ރާއްޖޭގެ ބައިނަލް އަޤްވާމީ އެއަރޕޯޓްތައް ބޭރުގެ ފަރާތްތަކަށް ވިއްކާލެއްވުމަށް ސަރުކާރުން ނިންމެވުމުން ހުށަހެޅުއްވި ޤަރާރެއްކަމަށެވެ. " އެއާރޕޯޓްފަދަ ތަންތަން ބޭރުގެ މީހުންގެ އަތްމައްޗަށް ދޫކޮށްލުމަކީ ކުރަން ހެޔޮވާވަރުގެ ކަމެއްނޫން. އެ ގޮތަށް އެކަން ކުރީމަ ސަލާމަތާއި އަމާންކަން ނެތް ކަމުގެ އިތުރަށް ނުރައްކާވެ މާއްދީ ގޮތުންވެސް އަޅުގަނޑުމެންނަށް ލިބިގެންދާނީ ގެއްލުން" ޤާސިމް ވިދާޅުވިއެވެ. ޤާސިމް ވިދާޅުވި ގޮތުގައި އެއަރޕޯޓްގެ މައްސަލައިގައި ކެބިނެޓްގައި ރައީސް ނަޝީދުގެ ކެނބިނެޓްގައި ހުންނަވައިގެން އިންކާރު ކުރެއްވުމުގެ އިތުރުން ސިޓީއަކުންވެސް އެކަން އެގޮތަށް ނުކުރެއްވުމަށް ދެންނެވިއެވެ. ނަމަވެސް އެކަން ހުއްޓާލެވެން ނެތް ކަމަށް ރައީސް ވިދާޅުވެފައިވާ ކަމަށް ޤާސިމް ވިދާޅުވިއެވެ.
މި ނޫސްކޮންފަރެންސްގައި އައިޑީޕީގެ ރައީސް އުމަރު ނަސީރާއި އެމްއެސްޑީޕީގެ ލީޑަރ ރީކޯ އިބްރާހިމް މަނިކު ބައިވެރިވެވަޑައިގެން ވާހަކަފުޅު ދެއްކެވިއެވެ. ޖުމްހޫރީ ޕާޓީއަކީ ވެރިކަންކުރާ އެމްޑީޕީ އާއެކު ވެރިކަން ހިއްސާކުރާ އިއްތިހާދުގެ ބައިވެރިއެކެވެ.

No comments:
Post a Comment