Saturday, September 19, 2009


އުފަލުގައި ދެން ސަލާންކޮށްލާ! ޝުކުރުކޮށް ހެޔޮ ހިތުން ހީނލާ! މިޢީދުގެ ތަހުނިޔާ ކިޔަމުން،
މި އަޚުކަން އަދު ބަދަހިކޮށްލާ!

މަރުޙަބާ! މަރުޙަބާ! މުސްލިމުންނަށް ޢީދު މުބާރިކު!
މަރުޙަބާ! މަރުޙަބާ! މުއުމިނުންނަށް ޢީދު މުބާރިކު!

ސާފުކޮށް ނިޔަތާ ހިތާ، ގާތްކަމާމި އިޚާވަތާ، ފެތުރިދާނޭހެން މިތާނގާ، ގުޅުވަމާހެ އަތާ އަތާ!
ހޯދަމާހޭ ޤަދަރް މިގޮތުގާ މާތް ޢިއްޒަތާ!

އޭ އަޚާއޭ ލޯބިވާ، މީއެ ހަދިޔާ ޚާއްޞަވާ، ޚުލްޤުގާ އަގުހުރި ނަމޫނާ، ފެނިލުމޭ ދެގޮތެއް ނުވާ!
ޝަރަފެކޭ މީ ލިބޭ، އެކުވެގެންވީ ހައިބަތާ!

މީ އުފާވެރި އުންމަތޭ، އެންމެ ހެޔޮ މާތް އުންމަތޭ، ރަޙުމު ކުލުނާ ޢަދުލުގައިވެސް، އެންމެ މަތިވެރި އުންމަތޭ!
އުފުލެނީ، މި ގޮތުގާ ޙުރުމަތާއި، ކަރާމަތޭ
!

No comments:

Post a Comment