Thursday, October 29, 2009

ކ. ގުރައިދޫގައި ހުންނަ ޚާއްސަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒުގައި ހުރި 14 އަހަރުގެ އަންހެން ކުއްޖަކަށް ޖިންސީ ގޯނާކުރި ކަމަށް ހުށަހެޅުނު މައްސަލައ

ކ. ގުރައިދޫގައި ހުންނަ ޚާއްސަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒުގައި ހުރި 14 އަހަރުގެ އަންހެން ކުއްޖަކަށް ޖިންސީ ގޯނާކުރި ކަމަށް ހުށަހެޅުނު މައްސަލައެއް ފުލުހުން ތަހްޤީޤްކުރަން ފަށައިފި
ކ. ގުރައިދޫގައި ހުންނަ ޚާއްސަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒުގައި ހުރި 14 އަހަރުގެ އަންހެން ކުއްޖަކަށް ޖިންސީ ގޯނާކުރި ކަމަށް ހުށަހެޅުނު މައްސަލައެއް
ކ.ގުރައިދޫގައި ހުންނަ ޚާއްސަ އެހީއަށް ބޭނުންވާ މަރުކަޒު [ހޯމް ފޯރ ޕީޕަލް ވިތް ސްޕެޝަލް ނީޑް] ގެ ބެލުމުގެ ދަށުގައި ހުރި އުމުރުން 14 އަހަރުގެ ކުޑަ އަންހެން ކުއްޖަކާމެދު އެތަނުގެ މުވައްޒަފުންތަކެއް ބަދުއަޚްލާޤީ ޢަމަލު ހިންގި ކަމަށް ތުހުމަތުކުރެވޭ މައްސަލައެއް ފުލުހުން ތަހްޤީޤްކުރަން ފަށައިފިއެވެ.

މިމައްސަލަ ފުލުހުންނަށް ހުށަހެޅިފައިވަނީ މިމަހުގެ 27 ވަނަ ދުވަހު ޑިޕާރޓްމަންޓް އޮފް ޗައިލްޑް އެންޑް ފެމިލީ ޕްރޮޓެކްޝަންގެ ފަރާތުންނެވެ.

މިމައްސަލައާ ގުޅިގެން މިހާތަނަށް ފުލުހުން ބެލިބެލުމުން މިކަމުގައި ތުހުމަތުކުރެވޭ އެތަނުގެ ފިރިހެން 3 މުވައްޒަފަކު ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައެވެ. އަދި އެކުއްޖާއަށް ޖިންސީ ގޯނާކޮށްފައިވަނީ އެތަނުގެ އަންހެން މުވައްޒަފުންތަކެއްގެ އެހީތެރިކަމާއެކު އެކިދުވަސްމަތިން އެކުއްޖާ ނިދާ ތަނުގެ ތެރެއަށް ވަދެގެން ކަމަށް މަޢުލޫމާތު ލިބިފައިވެއެވެ.އަދި މައުލޫމާތަޓައި ބުނަން 3މީހުންގެ ތުބުޅި ދިގެ ނޫނެވެ.
މިމައްސަލަ މޯލްޑިވްސް ޕޮލިސް ސަރވިސްގެ ފެމެލީ އެންޑް ޗައިލްޑް ޕްރޮޓެކްޝަން ޔުނިޓުން ދަނީ އިތުރަށް ތަހްޤީޤްކުރަމުންނެވެ.

No comments:

Post a Comment