Monday, October 26, 2009

ތިމާވެއްޓޭ، ގްރީންހައުސް ގޭހޭ، ކަނޑުގެ ލޮނދިގަނޑޭ،450ހޭ ކިޔައިގެން މިދެކެވޭ ވާހަކަތަކުގެ އަޞްލަކީ..







ތިމާވެއްޓޭ، ގްރީންހައުސް ގޭހޭ، ކަނޑުގެ ލޮނދިގަނޑޭ،450ހޭ ކިޔައިގެން މިދެކެވޭ ވާހަކަތަކުގެ އަޞްލަކީ..
ޖިބުއެ
ތިބައުރެން މި ލިޔުން ކިޔާފައި މި ލިޔުމަކީ އެއްފަރާތަކަށް ބުރަވެ ލިޔާ ލިޔުމެއް ކަމަށް ނިންމާނެތެވެ. ތިޔަ ހީކުޅައީ ހަމަ ތެދެކެވެ. މި ބަޙުސާ މި ބަހުސުގެ އަސްލު ދަޢްވާ ނޭގެންޏާ ތިބާ މި ލިޔުން އަދި ކިޔާނެކަމެއް ނެތެވެ. އަދި ތިޔަ އުޅެވެނީ ހިމާލިޔާ ފަރުބަދައިގެ ހޮހޮޅަ ތަކުގެ ތެރެއިން ހޮހަޅައަކުއެވެ.
ތިބައުރެން މި ލިޔުން ކިޔާފައި މި ލިޔުމަކީ އެއްފަރާތަކަށް ބުރަވެ ލިޔާ ލިޔުމެއް ކަމަށް ނިންމާނެތެވެ. ތިޔަ ހީކުޅައީ ހަމަ ތެދެކެވެ. މި ބަޙުސާ މި ބަހުސުގެ އަސްލު ދަޢްވާ ނޭގެންޏާ ތިބާ މި ލިޔުން އަދި ކިޔާނެކަމެއް ނެތެވެ. އަދި ތިޔަ އުޅެވެނީ ހިމާލިޔާ ފަރުބަދައިގެ ހޮހޮޅަ ތަކުގެ ތެރެއިން ހޮހަޅައަކުއެވެ.
އަހަރެމެން މި އުޅެމުން ގެންދާ ޒަމާނަކީ ތަފާތު ބޭކާރު ކުނިބުނި ލިޔުންތައް ލިޔެ ހާމަ ކުރެވެމުންދާ ދުވަސްވަރެއްގައެވެ. މީގެ ތެރެއިން ގިނަ ކުނިބުނި ލިޔުންތަކަކީ އަހުރެމެންނަށް ދެވޭ ތަޢްލީމުގެ ތެރެއިން ފޯރުކޮށްދީފައިވާ ލިޔުންތަކެވެ. ނުވަތަ އެންގުން ތަކެވެ. ކިތަންމެ ދޮގު ވާހަކަތަކެއް ލިޔެފައި ހުއްޓަސް މިއަދު އަހުރެމެންނަކު ހައިރާނެއް ނުވާނެއެވެ. ތަފާތު އެކި ގޮތްގޮތުން އަހަރެމެންގެ އަމިއްލަ ނަފްސުތަކާއި ހަނގުރާމަ ކުރުމަށް މަޖުބޫރުކުރުވަނީ ޔަހޫދީންގެ ބޮޑެތި ވިޔަފާރި ތަކުގެ ރައުސުލްމާލު އިތުރުކޮށް އެމީހުންގެ ޚަޒާނާޔަށް ފައިސާތައް އިތުރު ކުރުމަށެވެ. ގެއްލުންދެނިވި ޞިއްޙަތަށްބޭކާރު ކެމިކަލެއް ކަމަށްވާ " ފްލޯރައިޑް" އަހަރެމެން ބޯންގެންގުޅޭ ފެނަށް އަޅައިގެން ވިއްކިއަސް ، ނުވަތަ އަހަރެމެންގެ ޖަޒްބާތީ ޙާލަތެއް ކަމަށްވާ ބިރުވެރިކަމާއި ދެކޮޅަށް ހަނގުރާމަ ކުރުމަށް ފައިސާ ޚަރަދު ކުރުން ކަމުގައި ވިޔަސްއެވެ. މީގެ ކުރިން ފައިދާހުރި ކާނާ މިހާރުވަނީ ނަޢަމް ސޫފީގެ ސަރުބީ ހިމަނާ އަދި ކެމިކަލް ތަކާއި އެއްކޮށްފައެވެ.
އެހެންވެ މިހާރު އަހަރެމެންނަށް މިފެންނަނީ ސީއޯ2 ފެތުރުން މަދުކުރުމުގެ ދުނިޔޭގެ ވެރިކަމުގެ ގެރިހަންފެތުރުމަކަށެވެ. ސީއޯ2 އަކީ އިންސާނުންނާއި އަދި އެހެނިހެން ދިރޭ ތަކެތީގެ އެތެރޭގެ ކޮއިލޫ ފަދަ މުހިއްމު މާއްދާއެކެވެ. ސީއޯ2 އަކީ ގެއްލުން ނުދޭ އަދި އެހީތެރިވާ މާއްދާއެއްކަމަށް ގިނަ ސައިންސުވެރިން އެއްބަސްވެފައިވެ އިޢްތިރާފްވެފައިވާ މާއްދާއެކެވެ. އިންސާނުންތަކުންގެ ޢަމަލު ތަކުގެ ސަބަބުން ތިމާވެއްޓަށް އަންނަ ބަދަލަށް ތާއީދު ނުވަތަ އެއްބާރުލުން ދޭކަމަށް އައިޕީސީސީގައި ލިސްޓްކުރެވިފައިވާ ގިނަ ސައިންޓިސްޓުންނަކީ މި ލިސްޓްގައި އެމީހުންގެ ހުއްދަ ނެތި ނަން ލިޔެފައިވާ މީހުންކަން ހަނދާންކުރާށެވެ. މިއީ އަލިފުދާލަށް ދުރުމުސްތަޤްބަލުގައި ފައިސާ ޖަމާކުރުމަށް ޓަކައި ބަޔަކު ރާވައިގެން ހިންގާ މަކަރުވެރި ޖަރީމާއެކެވެ. އަދި އެ ލިސްޓްގައި އެމީހުންގެ ނަން ހުއްދައާއި ނުލާ ލިޔެވުނުކަން އެނގޭ މީހަކުވެސް އެކަމާއި ނުރުހުން ފާޅުކޮށް ކޯޓަށްގޮސް އެކަމާއި ނުރުހުން ފާޅުކޮށް އެމީހުންގެ ނަންތައް ނެގިއެވެ.
މިއަދު އަހަރެމެން މިތިބި ޙާލަތަކީ އަހަރެމެން ބޯ މީރުފެނާއި ، ހަށިގަނޑަށް ބޭނުންވާ މުހިއްމު މާއްދައަކާއި އަހަރެމެންގެ ޖަޒްބާތީ ޙާލަތްތަކާއި ، އަދި އަހަރެމެންގެ ކާބޯތަކެއްޗާއިވެސް ހަނގުރާމަ އިޢްލާން ކުރާފަދަ އާދަޔާ ޚިލާފު ޢައިބު ޙާލަތެއްގައެވެ. މިހިނގަނީ ކޮންފަދަ ކަންތައްގަނޑެއް ހެއްޔެވެ؟ ސީއޯ2 ގެ ބަހުސް ދިފާޢުކުރުމަށް 80 އާއި 90ގެ އަހަރުތަކުގައި ފަސޭހަވިޔަސް އާ ސާސްކަފަށް ފަހު މިކަންތައް ބަދަލުވިއެވެ. އާސާސްކަފުގެ ފުރަތަމަ އަހަރުތަކުގައި އެނގި ސާފުވި ގޮތުގައި ޖައްވު ހޫނުވަމުން ދިއުންވަނީ ޙައްލުވެފައެވެ. ތެދައް ބުނާނަމަ އެންމެ ފަހުގެ ސެޓްލައިޓް ދިރާސާތަކުން ހާމަވާ ގޮތުގައި މިހާރު ޖައްވު ފިނިވަނީ އެވެ. ވަރަށް އަވަހަށެވެ. މިދެންނެވި ސެޓްލައިޓް ޗާޓް ބަލައިލުމުން އަހަރެމެން ބޭނުން ކުރާ ސީއޯ2 ގެ މަދު މިންވަރު ވަރަށް ރަނގަޅަށް އެނގިގެން ދާނެއެވެ. މިހަކަލަ މަޢްޟޫތައް ދިރާސާކުރާ އެހެންމީހުންނާއި ޚިލާފަށް ޖިބުއެޔަކީ ވަރަށް ރަނގަޅަށް ވަރަށް ކައިރިން ބަލާ ތަޙްޤީޤް ކުރާ މީހެކެވެ. މޫސުމަށް އަންނަ ބަދަލާއި ތިމާވެއްޓާއި ބެހޭ ޚަބަރުތައް ދިރާސާ ކުރަމެވެ. އަދި އިރު ދައުރުވަމުންދާގޮތްވެސް އަހަރެން ދިރާސާ ކުރަމެވެ. ސޯލާ ސައިކަލް 23 ނެތެމުން ދިޔައިރު 2005 ގައި ދިމާވި ކޮޅިގަނޑު ތަކުގެ މޫސުމާއި ދިމާވިއެވެ. ( އިންސާނުންގެ ކަމެއްކަމަށް ބުނެވުނު) ހަމަ އެދުވަސްވަރު ގަލްފުގައި ވަރަށް ހޫނުގަދަވިއެވެ. އަޅެ މިއީ ކިހާ ޢަޖައިބު ކަމެއް ހެއްޔެވެ. ނަމަވެސް ސައިކަލް 23 ނެތުމުން ހޫނުވެސް މަޑުވިއެވެ. ޙަޤީޤަތައް ބުނާނަމަ އެކަމުން ހީވަނީ އިންސަނީ ޢަމަލު ތަކުގެ ސަބަބުން މޫސުމަސް އަންނަ ބަދަލޭކިޔާ ދަޢްވާގެ ފޭކުކަން އިރު އަމިއްލަޔަށް ފާޅުކޮއްލި ކަމެވެ. އައިޕީސީސީ އިން އެމީހުންގެ މަކަރު ފޮރުވުމަށް އިރުގެ ދައުރުވުން ތަކުގެ މައްޗައް ބުރަވިއެވެ. ނަމަވެސް އެމީހުންނަށްވެސް އިރު ހަމަހިމޭންވާނޭކަމަށް ލަފާކުރެވިފައެއްނެތެވެ...
ބުނަންހެއްޔެވެ. ތިޔަ ތިބީ ރާބޮވިފައިހެއްޔެވެ. ނޫނީ ޖަމަލަކު މަސް ކެވިފައި ހެއްޔެވެ. އެހެންޏާފަހެ ދުނިޔެ ބިނާ ކުރެއްވީ ކޮން މަޤްޞަދަކު ހެއްޔެވެ؟.ކިޔެއްކުރާން ހެއްޔެވެ؟ މިތަން އުފެއްދީ ކަލެޔެއް މަށެއް އަހަރެމެންގެ ޒާތީ ބޭނުމަކު ނުމެނޫންމެއެވެ. ދުނިޔެ އުފެދުނު ކަމަށް އަހުރެމެން ދެނެތިބީ މިއީ މި ނިކަމެތި އިންސާނުން ހެއްދެވި ފަރާތަށް އަޅުކަން ކޮށް މި ދުނިޔެ އަހަރެމެން އުޅުމަށް ބޭނުންވާ ވަރަށް ބިނާ ކުރާށެވެ. މިކަން އެނގުނީ ސަމާވީ ފޮތުންނެވެ. ދުނިޔެ ހެއްދެވީއްސުރެ އެކިއެކި ރަސޫލޫންނާއި ނަބީން އެކިއެކި ޤައުމުތަކަށް ތަފާތު ޒަމާން ތަކުގައި މިކަންކަން ތަފްސީލުކޮށް ބަޔާންކޮށް ދެއްވިއެވެ. އަހަރެމެން ވެސް މީ އޭގެ ތެރެއިން ބަޔަކީމުއެވެ. އަހަރެމެންނަށް ނިސްބަތްކޮއް ފޮނުވުނީ މުޙައްމަދު ނަބީކަލޭގެފާނެވެ. އެނަބިއްޔާ ވާންހުރިކަންތަކާއި ފަހުގެ ޚަބަރުތައް އަޅެފަހެ ނުދެއްވާހެއްޔެވެ؟ ކަލޭމެންނަށް އެޚަބަރުތައް ނުފޯރަނީ ހެއްޔެވެ.؟ ނޫނީވިއްޔާ ނަރަކައިގައި އަނދާހިތްވާލެއް ބޮޑުކަމުން އެވާކަތަކާއި އެ ނުސްޚާތައް ނުބަލަނީ ހެއްޔެވެ؟ އެނަބިއްޔާ ވިދާޅު ނުވޭހެއްޔެވެ.؟
މިއުޅޭ ޔަހޫދީންގެ މަކަރު ތަކާއި އެމީހުންގެ ރޭވުން ތަކަށް ހުޝިޔާރު ވުމަށް 25ށް ވުރެ ގިނަ އާޔަތްތައް ބާވާލެއްވިފައި ވެއެވެ. މިތިބަ ހަޔާތްކުޑަތަކާއެވެ. ނިކަން އެ ފޮތް ކިޔައި އެނގޭށެވެ. ތިޔައީ ހަމަ ހުސް ޔަހޫދީންގެ ރޭވުން ތަކެކެވެ. އެމީހުންނަކީ ރަސޫލު ބޭކަލުން ޤަތުލު ކުޅަ ނުބައި ލަޢްނަތްތައް އެބަޔެއްގެ މައްޗައް ލެއްވިގެންވީ ނުބައި ބަގައެވެ. ޔަހޫދީންގެ މަދުބަޔަކު ރާވައިގެން ހިންގާ ތިމާވެށީގެ ވިޔަފާރީގައި ދުނިޔޭގެ ނިސްބަތުގައި ކަނަމަދެއްވަރު މިއޮށް ކުޑަ ދިވެހިދީބުވެސް މިޖެހުނީއެވެ. ގެއްލުމުގެ ބޮޑުކަމާއެވެ. އެމީހުން ސީދާސީދާ ނުބުނާނެތެވެ. ތިޔައިން މީހަކު ކައިރީގައި އިސްލާމްދީނުން ބޭރުވާށޭ ދިމާއަށް ބުނެފިއްޔާ ދޮންގަދަވެ ދަގަނޑެއްހެން ފެނަށް ލައިފިއްޔާ "ސީން" ގޮވާ ވަރު ވާނެއެވެ. އެމީހުންނަށް އެވަރު އެނގެއެވެ. އެމީހުންގެ މާލިމީއަކީ ކާކުކަމަށް ހީވާނީ ތޯއެވެ؟ އެއީ ޝައިތާނާއެވެ، އެސޮރަކީ އާދަމުގެ ދަރިންނަށް ހަސަދަލުމުން ފާސްނަގައި މަރަކުވެރިކަން ޚަތިމުކޮއްގެން ހުރި ޝައިތާނެވެ. އެސޮރުގެ ޔާރީ ޔަހޫދީންނަކީ އިންސާނިއްޔަތައް ދުވަހަކުވެސް ހެޔޮއެދޭނެ ބަޔެއް ނޫނެވެ. ދުވަހަކުވެހެވެ. ވީއިރު ގިޔާމަތް މެދު ދެބަޔަށް ދިޔަތަނާ ނިކުމެ އިންސާނިއްޔަތޭ ތިމާވެއްޓޭ މިގޮވަނީ ކަނޑައެޅިގެން އޭގައި ނުބައި ރޭވުންގަނޑެއް ނެތި ނުދާނެ ކަމެކެވެ. އަޅެފަހެ މުޙަމްމަދުގެ ފާނުގެ ޙަދީސްތަކުގައި ގިޔާމަތް ވާނޭކަމާއި ދުނިޔެ އެހިނދުން ހަލާކުވާނޭ ކަމާއި، އޭގެ ކުރިން މުޅި ދުނިޔެ އިސްލާމްވާނޭކަމާއި، ޔައުޖޫޖު ބާގައިގެ މީހުން ފާޅުކުރައްވާނޭ ކަމާއި، ޢީސާ ޢަލައިހިއްސަލާމް ދުނިޔެއަށް ދެވަނަ ފަހަރަށް ފާޅު ކުރައްވާނޭ ވާހަކަޔާއި، ޢިރާޤްކަރައިގެ ބިރުވެރި ފިތުނަޔާއި ދައްޖާލަކު ފާޅުވާނެ ވާހަކައިން ޚަބަރު ކުރައްވާ އޭގެ ކުރިން މިދުނި ހަލާކު ނުވާނޭ ކަމަށް ކިތައް ކިތައް ޙަދީޡްފުޅުތައް ވޭހެއްޔެވެ؟ މީހަކު ކިއްޔާތާއެވެ. ސަންގޯރު ހެދިގެން ހަމަ ތާކުން ނަޖިހުން ތާހިރުނުވާ ގުއިނުދޮންނަ ދޮންފަރަންޖީއަކު ނުކުމެ ދުނިޔެ ނިމެނީއޭ ، އުޑުން ބޮޑު ފޯކެއް ވެއްޓެނީއޭ ބުނާއިރަށް އަނގަ ހިމާރެއްހެން ތަންމިނަށް ހުޅުވައިގެން މީހަކު ކައިލާން އުޅޭ ފާޑަށް ތިޔަ ތެޅެނީ ތިމާގެ އިސްލާމްކަމުން އަތްދޮވެލީހެއްޔެވެ؟
ތިޔަފާޑަށް ނުތެޅޭށެވެ. 2007ކާއި ޖެހެންދެން އިންޑިޔާގައިވެސް ޒޫލޮޖިސްޓުންނޭ ކިޔާ ބަޔަކު އުޅުނެވެ. އެމީހުން އުޅުނީ އިންޑިޔާގައި މިނިކާވަގު މަދުވެގެން އޭއްޗެހި ހިމާޔަތް ކުރާށޯއެވެ. ނިކަން ވިސްނަވާށެވެ.މިނިކާ ވަލުޖަނަވާރަކީ ކުދި މީދާ އުޅޭވަރަށް އުޅޭންޖެހޭ އެއްޗެއް ނޫނެވެ. ޤައުމެއްގައި މިނިކާވަގު ކުދިމީދާ އުޅޭވަރަށް އެތަކެތި ގިނަވާން ވެއްޖެއްޔާ ވާނީ ކިހިނެއް ހެއްޔެވެ؟ ޗާންދަނީމަގުން މިނިކާވަގެއް، މަޖީދީމަގުން މިނިކާވަގެއް، ބޮޑުތަކުރުފާނު މަގުން މިނިކާވަގެއް ނިކުމެ އާދަމުގެ ދަރިންތައް ކައި ހުސްކޮށްފާނެތެވެ. އެއީ އެހާ ގިނަވާން ޖެހޭ އެއްޗެއް ނޫނެވެ. އޭތީ ހެއްދެވި ފަރާތުން އެކަން ކަންޓިރޯލު ކުރާނެއެވެ. އެއީ އެފަރާތުން ބޭނުންވާ ތާވަލެއްގެ ދަށުން އުޅޭނެ އެއްޗެކެވެ. ދެން ހަމަ ބަކަރި އައިނެއްހެއް މިނިކާވަގު އުޅޭހެ ހެއްޔެވެ؟ މިއީ ވެސް ކުރިން ބުނެވިދިޔަ ޔަހޫދީ ހިޔަޅުންގެ މަކަރުން އެމީހުން ބުއި ބޮނޑިއެކެވެ. އެމީހުންގެ ބޭނުމަކީ ތިޔަހެން ވަށާލައިގެން ކޮންމެވެސް އެހެން ކަމަކާއި މަތިކޮއްގެން ކަލޭމެންތަކުންގެ ދީން ދޮވެލައި ކަލޭމެންގެ އިޤްތިސާދުން ބަޔެއް ފޭރިގަތުމެވެ..
ހޯހޯ ނިކަންތިބެ ހޭ އަރާށެވެ.! މަރުވުގެންނެވުމާއި ވާރޭ ވެއްސެއުމާއި މާސިންގާކަނޑުން ބޮޑެތި ތޫފާންތައް ބޯމަތިވުމާއި އަލިފާން ފަރުބަދަ ގޮވުމާއި ބިންހެލުން ފަދަ ކަންކަމަކީ އިންސާނުނަނަށް ކިޔަމަން ކުރެވޭ ބާވަތަކު ކަންތައްތަކެއް ނޫނީ ވިއްޔާއެވެ. މިއީ އިލާހަށް ޚާއްޞަ ކަމެކެވެ. ގޮރުހެނޑިގެން ނުތެޅޭށެވެ. ނުބައި ޔަހޫދީން ބޭނުންވަނީ ޤައުމުތަކުގެ އަމާޒު ގެއްލުވައިލާ މީގެ 15 އަހަރު ކުރިން ތިމާވެށީގެ ނަމުގައި ފަށާފައިވާ ނުވަތަ ފަށާނެ ކޮންމެސް އެހެން ވިޔަފާރި އަކާއި ދިމާލަށް ކަލޭމެން އިތިކޮށް ކޮއްޕައި ލުމެވެ. ތިމާވެއްޓަކީ ޔޫރަޕްގެ ދީން ނޭގޭ މީހުން ކައިރީގައި މިހާރު ބޮޑު ސިންގާ ވިޔަފާރިއެކެވެ. އެހެންޏާ އަހަރެމެންނަކީ ދީނެއް އޮތްބަޔެއް ވިއްޔާއެވެ. އޭގެ ތެރެއިންވެސް އެންމެ ފަހުގެ އެންމެ މޮޅު ދީން އޮތީ ހަމަ އަހަރެމެންގެއެވެ. އޭގޭން ކަމެއް ފެންނާން ނެތިއްޔާ އެ ނެތީ އެވެ. އަލަކުން އާކަމެއް ނާންނާނެއެވެ. އެއީ ދުވަސްވެގެން ބާވެ ދެރަވާ އެއްޗެއް ނޫނެވެ. ކަލޭމެން ތިޔަ ބޮއިނަގާހާ ބަނގުރާތައްވެސް ދުވަސްވީވަރަކަށް ވަނީ މޮޅުނޫންހެއްޔެވެ؟ ދީނުގައި ނެތްކަމެއް އައިއްސިއްޔާ އަހަރެމެންގެ ލޯތައް ކޮށީއެވެ. ނިކަން އިސްލާމްދީން އުނގެނިގަންނާށެވެ. އަހަރެމެންގެ ބޮލެއް ތިޔަހެން ދީނެއް މިއްލަތެއް ނެތް ޔޫރަޕްމީހުންގެ ބޯ ކާހެން ކާއްޓެއްހެން ހެހިގެން ހަމަ ހިލާ ނުކެވޭނެތެވެ. މިއީ ބަދުރުގައި ގަދަވި އިސްލާމުންނަށް ނިސްބަތްވާ މީހުންގެ މީހުންނެވެ. އަދި ކިއެއްތަ! ހިންދުކަރައިން ދެރަވަރުގެ އަންހެނަކު ކުކުރައިލި ހިނދު ޝާމުކަރައިން ދަމައިލި ހަނގުރާމަވެރީންގެ ސަފު ހިންދުކަރައިގެ ދިއްލީއާއި ހަމައަށް ފޯރުވި ބަޔަކީމުއެވެ. ކުރީންވެސް އެމީހުންނަށް ބޯ ކައި ނުލެވުނީ ހަމަ އިސްލާމުންގެއެވެ. މިއަދު އޭގެ ނަތީޖާއެއްގެ ގޮތުން އިސްލާމް ކަމަށް އަހަރެ އަހަރެމެން ފަޚްރުވެރި ވަމުއެވެ.

2 comments: