Sunday, October 4, 2009

ޠާލިބާނުންނާއި އަދުގެ މީޑިއާ


ޠާލިބާނުންނާއި އަދުގެ މީޑިއާ

މިއަދު ދުނިޔޭގެ އެކިކަންކޮޅުތަކުގައި އިވެމުންދަނީ ޠާލިބާނުންގެ ހަރުކަށިކަމުގެ ވާހަކައެވެ. އެބޭފުޅުންގެ ހައްދުފަހަނައަޅާ ދިއުމުގެ ވާހަކައެވެ. އަޅުގަނޑު މިލިޔުމުގައި “ބޭފުޅުން” ބޭނުން ކުރެއްވުމުން، ވަރަށް އޮޑު ކަމަކަށް ވެދާނެއެވެ. އެކަމަކު، ކަންކަމުގެ އަޞްލު ޙަޤީޤަތް ހޯދުމަކީ އަޅުގަނޑު ވަރަށް ކުރާހިތްވާ ކަމެކެވެ. އެގޮތުން، “ބުޝް އާއި އޮބާމާ، މި ދެ ބޭފުޅުން” މިހެން ލިޔެވޭއިރު، އެކްސްޓްރީމިސްޓުންނޭ ކިޔުނަސް، މުސްލިމުންކަން އަޅުގަނޑުމެންނަށް ޔަޤީންވާ ޠާލިބާނުންގެ ބޭފުޅުން” ނުލިޔެވެންވީ ކީއްވެގެންތޯއެވެ؟ ހިތާމަޔަކީ، ރާއްޖޭގެ މީޑިއާއާއި ނޫސްތަކުގައި މި ޙަޤީޤަތް ވެސް އޮޅުވާލާފައިވާތީއެވެ. އޭގެ ސަބަބުން އަޅުގަނޑުމެންގެ ހިތްތަކުގައި، ޙަޤީޤީ ރުޅިވެރިކަން އޮންނަންޖެހޭ މީހުންނަށް ލޯބިޖެހި، ޙަޤީޤީ ލޯބި އޮންނަންޖެހޭ މީހުންނަށް އާދެވެނީ އަމަށުން ރުޅިއެކެވެ.

.

.

ކަންމިހެން އޮތުމާއިއެކު، ޠާލިބާނުންނަކީ ކޮން ބޭފުޅުންތަކެއްތޯ ކުރުގޮތަކަށް ބަލައިލާނަމެވެ. އަދި އެބޭފުޅުންގެ އަޞްލު މަޤްޞަދަކީ ކޮބައިކަމާއި އެބޭފުޅުންނާއި ބެހޭގޮތުން ދުނިޔޭގެ މީޑިޔާއިން އިވެމުންދާ އަޑުތަކާއި ފެންނަމުންދާ މަންޒަރުތަކުގެ އަޞްލު ޙަޤީޤަތް ކިޔުންތެރިންނާއި ހަމައަށް ފޯރުކޮށްދެވޭތޯ ބަަލައިލާނަމެވެ. ކުރިއަށް ވަޑައިގަންނަވާށެވެ.

ޠާލިބާނުންނަކީ ﷲ ގެ މަގުގައި ހަނގުރާމަ ކުރަމުންދާ ބޭފުޅުންތަކެކެވެ. ޕާކިސްތާނާއި އަފްޣާނިސްތާނުގައިވެސް އެބޭފުޅުން އުޅުއްވައެވެ. މިބޭފުޅުންގެ މަޤްޞަދަކީ ކުފުރުގެ ކިލަނބުކަމުން މިބިންމަތި ދޮވެލައި އިލާހީ ޝަރީޢަތުން ދުނިޔެ ދިލާސާކުރުމެވެ. އާދެ! ދުނިޔެއަށް ޙަޤީޤީ ޞުލްޙަ ގެނެސް، ފޭރިގަނެވިފައިވާ ޙައްޤުތައް އޭގެ ވެރިފަރާތްތަކަށް އަމާނަތްތެރިކަމާއި އެއްކޮށް ރައްދުކޮށްދިނުމެވެ. އަނިޔާ ލިބިފައިވާ މުސްލިމު އަޚުންނާއި އުޚްތުންނަށް އޯގާތެރި ހިތްހެޔޮ ލޮލަކުން ބަލައި އެހީވުމެވެ. އަނިޔާވެރިންނަށް ލިބެންޖެހޭ ޙައްޤު ޢުޤޫބާތް އެމީހުންނަށް ދިނުމެވެ. އެއްވެސް ކުށެއްނެތި ޝަހީދުކޮށްލެވިފައިވާ މައިންނާއި، ބަފައިންނާއި، ދަރިންނާއި، އަޚުންނާއި، އުޚުތުންގެ އަގުހުރި ލޭތަކުގެ ބަދަލު ހިފުމެވެ. ނަޖިސް ބަނގުރާ ތަށިތަކުގެ މަސްތުން އުއްމަތް މިންޖުކުރުމެވެ. ކަސްބީ އަންހެނުންގެ ފަރާތުން އުއްމަތް ނަޖާކޮށް، ޢިއްފަތްތެރި ވަފާދާރު އުޚުތުންތަކެއް ތަރުބިއްޔަތު ކުރުމެވެ. ކުރުގޮތަކަށް ދަންނަވަނީ ނަމަ ފަނިއަޅައި ހަލާކުވެފައިވާ މިއުންމަތް އޭގެ އަޞްލު ޙާލަތަށް ރުޖޫޢަކުރުމެވެ. މިއީ ޠާލިބާނުންގެ އުއްމީދެވެ. އެހެންކަމުން އެބޭފުޅުންގެ އަމާޒަކަށްވީ މިއުއްމީދުގެ ކުންނަށް އަރައިވަޑައިގަތުމެވެ. އާދެ! މީގެ 1400 އަހަރުކުރިން ﷲގެ ނަބިއްޔާ (صلى الله عليه وسلم) އާއި އެކަލޭގެފާނަށްފަހު އިތުރު ޞަޙާބީންވެސް ޤާއިމްކުރެއްވި، އެޒަމާނުގައިވެސް މިޒަމާނުގައިވެސް ތަންފީޛުކުރަންޖެހޭ، ގަދަ ކީރިތިވަންތަ ﷲގެ ޝަރީޢަތް، އާދެ! އިސްލާމީ ޝަރީޢަތް މުޅި ދުނިޔޭގައި ޤާއިމްކުރުމެވެ. ދެން ފަހެ، މިބޭފުޅުންނަށް އެންމެ އެކަށީގެންވާ ލަގަބަކީ ކޮބައިތޯއެވެ؟ ﷲގެ މަގުގައި ޖިހާދުކުރައްވާ މުޖާހިދުން ނުވަތަ ޓެރަރިސްޓުން ތޯއެވެ؟

އާދެ! ޝައްކެއްވެސް ނެތްގޮތުގައި މުޖާހިދުންނެވެ. ތިޔަބޭފުޅުންނަށްވެސް އެނގިވަޑައިގެންފައިވާ ފަދައިން، ދުނިޔޭގެ ކުފުރުގެ ބޮޑެތި ޤައުމުތަކުން މުޑިނަގަމުންދަނީ މުސްލިމުން އިލާހީ ޝަރީޢަތާއި ފޭކޮށް، އެޚިންޒީރުންގެ ވަޟަޢީ ޤާނޫނު ތަންފީޛު ކުރުމަށެވެ. މިދެންނެވި ގެއްލުންދެނިވި ކަންތައް ކުރުމަށްޓަކައި، މިޚިންޒީރުންތައް ބޮޑެތި ޚަރަދު ބަރަދުކޮށް މުސްލިމު ޤައުމުތަކުގެ ވެރިންނޭ މިކިޔާ ބައިގަނޑުތައްވަނީ ޑޮލަރުގެ ކެހިވެރިކަމުގައި ޖައްސައި، އެމެރިކާނުންގެ ޣުލާމުންނަށް ހަދާލައިފައެވެ. އަދި މިބުނާ ވެރިންތައް އެބައިމީހުންނާއި އެއް މަޖުލީހެއްގައި އިށީނދެތިބެ އުސްތުނބަށް އަޅައިލެވިފައިވާ ރާތަށިތަކުގެ މަސްތުގައިޖެހި، ﷲ ގެ ފޮތަށް ޙުކުމް ކުރިޔަ ނުދިނުމަށްޓަކައި މިޚިންޒީރުންނާއި ގުޅި، އެޅިހައި ބަތަކަށް ރިހަ ކިޔައިގެން ﷲ ގެ ޝަރީޢަތް މިބިންމަތީގައި ތަންފީޛު ކުރުމަށް ބޭނުންވާ މުސްލިމު އަޚުންނާއި އުޚްތުން ނައްތާލުމަށް ވަނީ އެއްބަސްވެފައެވެ. އެއީ، މިބުނާ ވެރިންތަކުގެ ގޮނޑި ދިފާޢުކޮށް ލެހެއްޓުމަށް އެމެރިކާގެ ކުފުރު ދަޢުލަތުން ވަޢުދު ވެފައިވާތީއާއި އެކުވެސްމެއެވެ.

ކަންމިހެން އޮތުމާއި އެކު، އެމެރިކާއިން ބޭނުންވީ ޠާލިބާން މުޖާހިދުންގެ ދުވަސް ދުއްވާލާށެވެ. ޚުދު އެމީހުން އެކަނި ކުރިމަތި ލައިގެން ޠާލިބާނުން މުޖާހިދުން ނައްތާ ނުލެވޭނެކަން އެމީހުން ވަރަށް ރަނގަޅަށް ދަނެއެވެ. އެހެންކަމުން މިޚިންޒީރުންތައް ޠާލިބާނުންނާއި ދޭތެރޭ ޢާއްމު ރައްޔިތުންގެ ހިތުތެރޭގައި އުފެދިފައިވާ ލޯތްބާއި ކުލުނު ކިލަނބުކޮށްލުމަށް ނިންމިއެވެ. އެއީ، ޕާކިސްތާނުގެ ދާޚިލީ ހަނގުރާމައެއް ފެއްޓުމަށްޓަކައެވެ. އޭގެ ސަބަބުން އެމެރިކާނުންނަށް ލިބޭ ގެއްލުން ކުޑަވެ، ޕާކިސްތާނަށް އަރައިގަންނަން ފަސޭހަވާނެތީއެވެ. އެމެރިކާނުންގެ މިނުލަފާ ރޭވުން ކާމިޔާބު ކުރުމަށްޓަކައި އެބައިމީހުންގެ އެޖެންޓުންގެ އެހީ ވަރަށް ފުރިހަމަ ގޮތެއްގައި ހިފިއެވެ. އެގޮތުން މިހާރުގެ ރައީސް އާސިފު ޢަލީ ޒަރުދާރީ އާއި ވަޒީރު އަޢުޒަމް ޔޫސުފު ގީލާނީއާއި އެމް،ކިޔު.އެމްގެ މުއައްސިސު އަލްޠާފު ހުސައިން ފަދަ އަނިޔާވެރިން އެމެރިކާނުން ބޭނުންކުރިއެވެ. މިތިން މީހުންނަކީވެސް ޝިޔަޢީންނެވެ. ނަބިއްޔާ (صلى الله عليه وسلم) ގެ ލޮބުވެތި ޞަޙާބީންނަށް ނުބައިއެއްޗެހި ގޮވާ ކާފަރު ލީޑަރުންތަކެކެވެ.

އެމެރިކާގެ މިނުބައި ރޭވުން ކާމިޔާބު ކުރުމަށްޓަކައި އެންމެ ބޮޑަށް މަސައްކަތްކުރި އެކަކީ އެމް.ކިޔު.އެމް ގެ މުއައްސިސު އަލްޠާފު ހުސައިންނެވެ. މިކަލޭގެ އަކީ އިނގިރޭސިންގެ ޙިމާޔަތުގައިވާ ބޮޑު ޤާތިލެކެވެ. މިބުނާ އަލްޠާފު ހުސައިން އިނގިރޭސި ވިލާތުގައި ހުރެ އޭނާގެ އަޢުވާނުން މެދުވެރިކޮށް ޠާލިބާން މުޖާހިދުންނާއި ބެހޭގޮތުން ބުހުތާން ދޮގު ޚުރާފާތުގެ ވާހަކަތައް ފަތުރައި، ޕާކިސްތާނުގެ އެކި ހިސާބުތަކުގައި ގިނަ ދުވަސްތަކެއް ވަންދެން އެއްވުންތައް ބާއްވާ މުޒާހަރާކުރިއެވެ. އާޚިރުގައި ތަނެއް ދޮރެއް ނޭނގޭ ގިނަ ބައެއްގެ ފިކުރު ބަދަލުވެ، ޠާލިބާނުންނަކީ ކުރިން މުޖާހިދުންނޭ ބުނެ އުޅުނު ބައެއް މީހުން، ޠާލިބާނުންނަކީ ޓެރަރިސްޓުންނޭ ބުނަން ފަށައިފިއެވެ. އަދި ޙައްދު ފަހަނައަޅައިގޮސް ތިބި ބައެކޭވެސް ބުނަން ފަށައިފިއެވެ. ޤައުމުގެ އެތަން މިތާގައި ޠާލިބާނު މުޖާހިދުންނާއި ދެކޮޅަށް ޕޯސްޓަރތަކާއި ބެނަރތައް ގިނަ ޢަދަދަކަށް ދަމާލިއެވެ. މިދޮގު މަޢުލޫމާތު ފެތުރުމުގައި އެޤައުމުގެ މީޑިޔާއިންވެސް ވަނީ ވަރަށް ބޮޑު ރޯލެއް އަދާކޮށްފައެވެ. އަދި މިވަރުން ފުއްދާލީކީއެއްވެސް ނޫނެވެ. ޤައުމުގެ އެކި ކަންކޮޅުތަކުގައި ގޮއްވުންތައް ގޮއްވާ މީހުން މަރަން ފެށިއެވެ. އަދި ފުދޭވަރަކަށް މަދަރުސާތައްވެސް ގޮއްވާހެދިއެވެ. މިހުރިހާކަމެއް ކުރުމުގައި އެންމެ ބޮޑު ރޯލެއް އަދާކުރީ އަލްޠާފު ޙުސައިންގެ ޕާރޓީ އެމް،ކިޔު.އެމްގެ ޝިޔަޢީންނެވެ. މިޝިޔަޢީންނަކީ ރަޙުމެއް ހަމްދަރުދީއެއްވާ ބައެއް ނޫނެވެ. އެމް.ކިޔު.އެމްގެ ޝިޔަޢީން ހިންގި މިޙަރަކާތް ޚުދު އަޅުގަނޑަށްވެސް ވަނީ ވަރަށް ކައިރިން ފެނިފައެވެ.

ކަންމިހެން ހުރިއިރު، ދިވެހިރާއްޖޭގެ “ހަވީރު” ކަހަލަ ނޫސްތަކުގައިވެސް އަޅުގަނޑުމެންގެ މުސްލިމު އަޚުންކަމުގައިވާ ޠާލިބާނުންނާ ބެހޭގޮތުން އެމެރިކާނުން ފަތުރާ ކަހަލަ ޚުރާފާތުގެ ވާހަކަތައް ޝާއިޢު ކުރަމުން އެބަ ގެންދެއެވެ. އެބައިމީހުންގެ މީޑިޔާތައް ހާވައި ދޮގު ޚަބަރުތައް ނަގައި އެއްވެސް ކަހަލަ ތަޙުޤީޤަކާއި ނުލާ އެއަށް ބަރޯސާވެ ހުރެ އަޞްލާއި ޚިލާފަށް މުޅިން އިދިކޮޅަށް ޚަބަރުތައް ޝާއިޢު ކުރަނީއެވެ. މިއީ ﷲ ތަޢާލާގެ އަމުރުފުޅާއި މުޅިން ޚިލާފު ޢަމަލެކެވެ. އަޅުގަނޑުމެންނަށް ﷲ ޞުބްޙާނަހޫ ޥަތަޢާލާ އަމުރު ކުރައްވަނީ ފާސިޤުން ގެންނަ ޚަބަރުތައް ރަނގަޅަށް ތަޙްޤީޤުކޮށް އޭގެ ތެދު ދޮގު ބަލައި ޗެކްކުރުމަށެވެ. އެކަލާނގެ ޥަޙީކުރައްވަނީ މިފަދައިންނެވެ.

يَا أَيُّهَا الَّذِينَ آَمَنُوا إِنْ جَاءَكُمْ فَاسِقٌ بِنَبَأٍ فَتَبَيَّنُوا أَنْ تُصِيبُوا قَوْمًا بِجَهَالَةٍ فَتُصْبِحُوا عَلَى مَا فَعَلْتُمْ نَادِمِينَ

“އޭ އީމާންވެއްޖެ މީސްތަކުންނޭވެ! ކަލޭމެންގެ ގާތަށް ފާސިޤެއް ޚަބަރަކާއިގެން އަތުވެއްޖެނަމަ، ފަހެ ކަލޭމެން (އޭގެ ތެދު ދޮގު) ތަޙްޤީޤު ކުރާށެވެ! އެއީ ނޭނގިތިބެ ކަލޭމެންނަށް ބަޔަކަށް ގެއްލުމެއް ދެވިދާނެތީއެވެ. އަދި އެއީ، ކަލޭމެންނަށް ކުރެވުނު ކަންތަކުގެ މައްޗަށް (ފަހުން) ހިތާމަކުރާ ބައެއްގެގޮތުގައި ކަލޭމެން ވެދާނެތީއެވެ.”

( سورة الحجرات : 6)

އަޅުގަނޑުމެންގެ މުސްލިމުންގެ ދުޝްމަނުން ކަމުގައިވާ ޔަހޫދީންނާއި ނަޞާރާއިން ތެދު ޚަބަރެއް ލިޔާނެ ހެއްޔެވެ؟ އެބައިމީހުންނަކީ އަބަދުވެސް މިބިންމަތިން އިސްލާމްދީން ފުހެލުމަށްޓަކައި ގަދައަޅައި މަސައްކަތް ކުރަމުންދާ ބައެކެވެ. ކުއްފާރުންގެ އަތުގައި މީޑިޔާގެ ކޮންޓްރޯލު އޮންނަވަރު ނިކަން ދެކިބައްލަވާށެވެ. މުސްލިމުންނަށް ކޮށްފައިވާ ބޮޑެތި އަނިޔާތައް އެބައިމީހުން އެއްވެސް މީޑިޔާއަކުން ހާމައެއް ނުކުރެއެވެ. އެންމެ ފަހުން އިސްލާމް އާބާދުގައި ލާލް މަސްޖިދާއި ޖާމިޢާ ޙަފްޞާގެ މުސްލިމު އަޚުންނާއި އުޚްތުންނާ ދެކޮޅަށް ހިންގި އޮޕަރޭޝަންގައި ޝަހީދުކޮށްލި 1500 އަށް ވުރެގިނަ އުޚްތުންގެ ވާހަކަ ހާމަކުރީ ކޮން މީޑިއާއަކުން ހެއްޔެވެ؟ ފޮސްފަރަސް ކެމިކަލް ބޭނުންކޮށް ފުހެލައިފާވާ ހަށިގަނޑުގެ ވާހަކަތައް ހާމަކުރީ ކޮން މީޑިއާއަކުން ހެއްޔެވެ؟ ލާލް މަސްޖިދު ވަށައިލެވިފައިވީއިރު، އެތަނަށް ވަދެ ޖާސޫސުކޮށްދިން ޖާސޫސު، ތާލިބާނުންގެ އަތްދަށުވެ، ކެމެރާގެކުރިމަތީގައި ހުރިހާކަމަކަށް އިޢުތިރާފުވިކަން ހާމަކުރީ ކޮން މީޑިއާއަކުން ހެއްޔެވެ؟ އަފްޣާނިސްތާނާއި، ޢިރާޤާއި، އަލްޖަޒާއިރާއި، ސޯމާލިއާގައި މުސްލިމުންނާއި ދެކޮޅަށް ދެމުންދާ އަނިޔާވެރި ޙަމަލާތަކުގެ ވާހަކަ ހާމަކުރަނީ ކޮން މީޑިއާއަކުން ހެއްޔެވެ؟ ދުވަހު ސިލްސިލާއެއް ގޮތަށް ޤަތުލުކުރެވެމުންދާ ޢާއްމުންގެ ވާހަކަ ހާމަކުރަނީ ކޮން ނޫހެއް އަދި މީޑިއާއަކުން ހެއްޔެވެ؟

އެހެންކަމުން، ދިވެހިރާއްޖޭގެ ހުރިހައި ޚަބަރު ފަތުރާ ވަޞީލަތްތަކަށް އަޅުގަނޑު ގޮވާލަނީ މުސްލިމުންނާއި ބެހޭގޮތުން ކުއްފާރުންގެ މީޑިޔާތަކުގައިވާ ޚަބަރުތައް ރަނގަޅަށް ދިރާސާކޮށް ކަމުގެ އަޞްލު ޙަޤީޤަތް ހާމަކޮށްދިނުމަށެވެ. އެހެން ނޫންނަމަ، އަޅުގަނޑުމެންގެ އިސްލާމީ އުއްމަތަށް އޭގެ ސަބަބުން ވަރަށް ނޭދެވޭ އަސަރުތަކެއް ކުރާނެއެވެ. އަދި އޭގެ ހިތި އަސަރު ފެނުމަކީ ދާދި ކައިރި ކަމެކެވެ! ނިކަން ދެނެލައްވާށެވެ! ޠާލިބާނު މުޖާހިދުން މިއަދު މިވަނީ މުޅި ދުނިޔޭގެ އެކިކަންކޮޅުތަކަށް ފެތުރިފައެވެ. އެއީ އަލް-ޤާއިދާ، ނުވަތަ އައް-ޝަބާބުގެ ނުވަތަ އެނޫންވެސް އެތައްނަމެއްގައި ވިއެއްކަމަކު، އެބޭފުޅުންނަކީ ހަމަ އެއް މަޤުޞަދެއްގައި ގަދައަޅާ މަސައްކަތްކުރަމުންދާ މުޖާހިދުންނެވެ. މޮޅެތި ހަތިޔާރާއި ގިނަ ސިފައިންނާއި، ޓޭންކަރާއި ޖެޓުތަކުގެ އާޓު ދައްކަމުންދާ އެމެރިކާ އަޅި ބުރުވަމުން ދިޔަނަމަވެސް، މި ހަތިޔާރުގެ ގޮތުން ބަލި، މީސްކޮޅު މަދު މުޖާހިދުންތަކާއި ދެކޮޅަށް މުޅި ދުނިޔޭގެ އެހީ ހޯދައިގެންވެސް، ފެންނަމުންދަނީ ނާކާމިޔާބީއެވެ.

ކަންއޮތީ މިހެންކަމަށް ވާއިރު، އަޅުގަނޑުމެންގެ ރާއްޖެއަކީ ކުޑަ އާބާދީއެއް އެކުލެވިގެންވާ، ޓޫތުޕިކެއްހާ ހިސާބުވެސް ރާއްޖެއިން ބޭރުން އިންޕޯޓުކުރަމުންދާ ބައެކެވެ. ކާފަރުންނަށް ސަޖިދަ ޖަހަމުންދާ، މުރުތައްދު ވެރިން ހިމާޔަތްކުރަމުންދާ މަދު ސިފައިންކޮޅަކާއި ދެކޮޅަށް، ތާލިބާނު މުޖާހިދުން ހަނގުރާމަކުރަން ފަށައިފި ނަމަ، އަޅުނގަޑުމެންގެ ޙާލަތަށް ވާނެގޮތް ތިޔަބޭފުޅުން ނިކަން ވިސްނަވާ ބައްލަވާށެވެ!

ނަމަވެސް މީޑިއާއިން އެބޭފުޅުންނާއި ދެކޮޅަށް ޚަބަރު ފެތުރުމުގެ ސަބަބުން، ރާއްޖެއަށް އެބޭފުޅުންގެ ލޯތަައް ހުއްޓުމަކީ ދުރުކަމެއްކަމަކަށް އަޅުގަނޑަކަށް ނުފެނެއެވެ. އެހެނަސް އަންނަން އޮންނަ ވިލާގަނޑެއް އެނގޭނީ ކާކަށް ހެއްޔެވެ؟ ވީމާ، އަޅުގަނޑުމެންގެ ކާބަފާއިން ބުނާ ގޮތުން ނަމަ، ރައްކާވެ ތިބިއްޔާ ދަތުރެކެވެ. އެހެން ދެއްތޯއެވެ؟

.

No comments:

Post a Comment