Saturday, October 17, 2009


ނަޞޭޙަތެއް... ރުޅީގެ ދަންމަޅީ
ޖިބުއެ
އެހެންމީހުންނަށް އަސަރުކުރުމަށް ވުރެބޮޑަށް ތިމާގެ ރުޅިގަނޑުގެ ސަބަބުން ތިމާޔަށް މާބޮޑަށް ގެއްލުން ލިބިގެންދެއެވެ. މާއްދީގޮތުންނާއި ނަފްސާނީ ގޮތުންވެސްމެއެވެ. ރުޅީގެ މަޅިގަނޑުގައި ތިމާގެ ހަކަތަޔާއި ކަންކަން ރޭކާލުމުގެ ޙިއްސު ކަސްތަޅުލެވިފައިވާއިރު ތިމާ އެއްވެސް ކަމަކަށް ކަމަކުނުދެއެވެ
އެހެންމީހުންނަށް އަސަރުކުރުމަށް ވުރެބޮޑަށް ތިމާގެ ރުޅިގަނޑުގެ ސަބަބުން ތިމާޔަށް މާބޮޑަށް ގެއްލުން ލިބިގެންދެއެވެ. މާއްދީގޮތުންނާއި ނަފްސާނީ ގޮތުންވެސްމެއެވެ. ރުޅީގެ މަޅިގަނޑުގައި ތިމާގެ ހަކަތަޔާއި ކަންކަން ރޭކާލުމުގެ ޙިއްސު ކަސްތަޅުލެވިފައިވާއިރު ތިމާ އެއްވެސް ކަމަކަށް ކަމަކުނުދެއެވެ.

- ތިމާގެ އިޚްތިޔާރުންބޭރުގައިވާ ވަރަށްބައިވަރު ކަންކަންހުރެދާނެއެވެ. އަދި އެކަމަކީ ރުޅިއައުމަށް ޤާނޫނީ ޙައިޞިއްޔަތު ފުރިހަމައަށް ތާއީދު ކުރާ ކަމަކަށްވެސް ވުން އެކަށީގެންވެއެވެ. އެކަމަކު އެރުޅި އަންނަން ތިމާ ހޭދަކުރާވަގުތަކީ ތިމާގެ އަމިއްލަ ހަލާކަށް ހުށައެޅޭވަގުތެކެވެ.

- ވީހާ އަވަހަކަށް މައިތިރިވީވަރަކުން، ވީހާ އަވަހަކަށް ޙާލަތު ރަނގަޅުވުމުގެ އިޙްސާސް ކުރުވައެވެ. ރުޅީގެ ފެށުމުގެ ފުރަތަމަ ޢިޙްސާސްވާއިރަށް އެއީ އަވަހަށް މައިތިރިވެ މަޑުމޮޅިވުމުގެ ވަގުތު ކަމުގައި ހަދާންކުރާށެވެ!

- ހަރުދަނާ ފިޔަވަޅެެއް އެޅުމަށްބޭނުންވާ ކަންކަން އިޙްސާކުރުވަނި ކަންކަމުގެ ގޮވާލުމަކަށް ރުޅީގެ ބޭނުން ހިފިދާނެއެވެ. ނަމަވެސް ރުޅި އޭގެޒާތުގައި އެއީ އެއްވެސް ހަރުދަނާ ފިޔަވަޅެއްނޫނެވެ.

- ފިނި ފުން ނޭވާއެއް އެތެރެހައްޓަށް ފުންކޮށްލާށެވެ! ރުޅީގެ ޙާލަތުން އެއްކިބާވެފައިވާ މުޢާމަލާތެއް ކުރުމުން ވާނެ ފައިދާޔާ ދޭތެރޭ ހިނދުކޮޅަކު ވިސްނާލާށެވެ! މަޑުމައިތިރިކަމާއެކު އަދަބު އަޚްލާޤްގެ ފަތިގަނޑުގެ އޮލަނބަށް ކަނޑައަޅާށެވެ! ޙަޤީޤަތުގައިވެސް ފައިދާއެއްކޮށް، ބޭނުންހިފޭނީ ކޮންކަމަކުންތޯއެވެ. އަދި އެކަމެއް ކުރުމުގައި އަވަސްވެގަންނާށެވެ.އަދި އެކަމެއް ވިޔަދޭށެވެ!

- ބުއްދިފިލާގޮސް، ފިކުރެއްނެތް،ހަލާކުދެނިވި އަނެކާގެ ޙަރަކާތުން ތިމާގެ ޒަމީރު ރުޅީގެ ދަންމަޅީގައި ޖެހިފައިވަނިކޮށް ހިފުނަ ނުދޭށެވެ! ރުޅިއަށް ނަޒަރުހިންގާލާށެވެ! ރުޅިގަނޑު އައިގޮތަށް އަދި އެއަށްވުރެ އަވަހަށް އައިތާކަށް ދިޔަދޭށެވެ! ސަމާލުކަންދޭންވީ ވީހާވެސް އަދަބުވެރި ޙަރާކާތެއް ކުރެވޭތޯއެވެ.ލާބަޔާ ފައިދާލިބެނިވި ކަމަކީ އެއީއެވެ

No comments:

Post a Comment