Friday, October 16, 2009

މައުމޫނު: ޓީވީމޯލްޑިވެސްގައި ދިން ސިޔާސަތު ޕްރޮގްރާމް އިންޓަރވިއުގައި އިސްލާމީ އަދަބުތައް ތަންފީޒު ކުރުމާއި ނުކުރުން ވެރިންގެ އިޚްތިޔާރުގައިވާ ކަމަށް






މައުމޫނު: ޓީވީމޯލްޑިވެސްގައި ދިން ސިޔާސަތު ޕްރޮގްރާމް އިންޓަރވިއުގައި އިސްލާމީ އަދަބުތައް ތަންފީޒު ކުރުމާއި ނުކުރުން ވެރިންގެ އިޚްތިޔާރުގައިވާ ކަމަށް ބުނި/ އައްނި ރައީސް: އަތްކެޑުމާއި މަރަށް މަރުހިފުމަކީ ނުފެންނަކަމެއްކަމަށް ރޭޑިޔޯ ޚިތާބުގައި ބުނި ( ހުކުރު 09/10)
ޖިބުއެ
މައުމޫނު: ޓީވީމޯލްޑިވެސްގައި ދިން ސިޔާސަތު ޕްރޮގްރާމް އިންޓަރވިއުގައި އިސްލާމީ އަދަބުތައް ތަންފީޒު ކުރުމާއި ނުކުރުން ވެރިންގެ އިޚްތިޔާރުގައިވާ ކަމަށް ބުނި/ އައްނި ރައީސް: އަތްކެޑުމާއި މަރަށް މަރުހިފުމަކީ ނުފެންނަކަމެއްކަމަށް ރޭޑިޔޯ ޚިތާބުގައި ބުނި ( ހުކުރު 09/10)
ބޭލިރައީސާއި އަދި އެރުވި ރައީސްގެ ސިޔާސަތަކީ ހަމަ ސީދާ އެކައްޗެކެވެ. ކަންކުރާގޮތް ތަފާތީއެވެ.ޒުވާބު އުފެދިގެން މިއުޅެނީ ވެރިކަމާއި މުދާ ލިބެންވީ ކާކަށް ކަމާއިމެދުއެވެ. ދެމީހުންނަކީވެސް އެއްވަރުގެ މަކަރުވެރި ދެމީހުންކަމުގައި މިއޮގެން ފަޅާއެރީއެވެ. ރައްޔެތުން ހޭއަރާށެވެ. މި މީހުންގެ މަކަރުވެރިކަމާއެވެ! ދެމީހުންވެސް ބޭނުންވަނީ ވެރިކާއި މުދަލާއި ފައިސާއެވެ. ރައްޔެތަކަށް ހެޔޮއެދޭ ހަމަ އެކަކު އަދިޔެއް ވެރިކަމަކަށް ނާދެއެވެ. މީގެ އަސްލު ސަބަބަކީ ހަމަ ސީދާ އިސްލާމްދީން ނޭނގޭ އަދި އެ ފުރިހަމަޔަށް ޤަބޫލުނުކުރާ އިސްލާމްދީންދެކެ ލޯބި ނުވާ މީހުންނަށް މިމީހުން ވާކަމެވެ.މީގައި ކުއްވެރިވާނީ ހަމަ އެކަނި މިމީހުން އެކަންޏެއްނުނެވެ. ވޯޓްދޭ ރައްޔެތުންވެސް ހިމެނޭނެއެވެ. ބޭލުނު ރައީސް މައުމޫނުގެ ސިޔާސަތައް ނަޒަރުހިންގާލާއިރު އޭނާ ކަންތައްކުރިގަޮތަކީ ޤާނޫނު އަސާސީއާ ޚިލާފަށް ދިވެހި ރާއްޖޭގައި ރާވިއްކުމުގެ ހުއްދަދީ، ޒިނޭ ޢާއްމުވާނެ ހުރިހާމަގެއް ހުޅުވައި، މަސްތުވާތަކެތީގެ ދޮރު ހުޅުވައި، އިސްލާމީ ޝަރީޢަތުގެ މަތިވެރި ނިޒާމު ހަމަ ޤަސްތުގައި ތަންފީޒު ނުކުރީއެވެ. ދެން މީގެ ސަބަބުން ނުވެ ނުދާނެ ހުރިހާ ގޮތެއްވެ ނުޖެހޭ މުސީބާތެއް ނެތެވެ. ކަން ނުކުރިތާނގައި އަދި ބުނަމުންވެސް ގެންދިޔައީ އިސްލާމީ ޝަރީއަތުގައި ކަނޑައެޅިފައި ހުރި އަދަބުތައްދިނުމަކީ އެމިހަކުގެ އިޚްތިޔާރުގައިވާ ކަމެއްކަމަށެވެ. ދީނަށް އުޅެން މަސައްކަތް ކުރި މީހުން ބަންދުކޮށް ދީން ފޮހެލަން ވަރަށް ވަރަށް މަސައްކަތް ކުރިއެވެ. ކަންތައްވީގޮތް ނިކަން ތިބެ ދެކޭށެވެ. މީނާގެ ވެރިކަމުގައި އިސްލާމްދީނަށް މީހަކު އުޅެފާނެތީ ދީން ފޮރުވައިގެން އުޅެނިކޮށް ދީންނޭގޭ އަދި މީނާޔަށްތުރެ ދަރަޖައެއް ޖައްބާރު މީހަކު ﷲ މީނާގެ މައްޗައް ފާކުރެއްވިއެވެ. ރަނގަޅަށް އިސްލާމްދީން ނޭގޭ ހިމަވަރެއްގެ ތުނބުޅިބާލައިފައި ހުރި މީނާ ޒާތުގެ މީހަކު ނުކުމެ "ގޮޅާބޯ" އޭ ގޮވައިގަތްގަތީނުން މީނާ ވެރިކަމުން ބޭލުމުގެ ސަބަބަކަށް ވެއްޖެއެވެ.އޭރުވެސް ތުނބުޅިލާފައި ތިބި މީހުން ބަންދުގައި ތިބިމެއެވެ. ފިރުޢައުނުވެސް ބަނި އިސްރާއީލުގެ ކުދިން މަރަންފެށުމުން އޭނާގެ ގޭތެރެއިން މުސާގެ ފާނު ނިކުމެވަޑައި ގަތުމުގެ ޢަޖާބުކުރަނިވި ޙާދިސާ މެދުވެރި ކުރެއްވި ﷲގެ ހުސްތޯހިރު ވަންތަކަމާއެވެ..ތުނބުޅި ބެހެއްޓި މީހުން ބަންދު ކުރަންފެށީމާ މިނާ ކަހަލަ އަންހެންދުޅައިގެ ތުނބުޅި ނުލާ މީހަކު ނިކުތީއެވެ. ވިސްނާބަޔަކަށް މީ ކިހާ ބޮޑު ޢިބްރަތެއްތޯއެވެ. ދެންކަންތައްވީގޮތަކީތޯއެވެ. ދެނަކާއި ދެނެއްނެތެވެ. އެއްކަލަ އައްނިޔޭ ކިޔުނު މީހާ ނިކުމެ ލިބުނު ފުރުސަތުގައި އޭނާވެސް ހަމަ ހެދި އެތި އެހެންގޮތަކަށް ހަދަންފަށައި އެކަންކަމުގެ ނަންބަދަލުކޮށް، ތަންފީޒުކުރަން ފަށައިފިއެވެ. ދައުރުގެ ފެށުމުގެ ކުރިން ހެދީ މެނިފެސްޓޯ ކިޔާ އެއްޗެކެވެ. އޭގައި އިސްލާމްދީނާއި ބެހޭ އެއްވެސް ވަޢްދެއް ނެތެވެ. މީ ބިރު ހުރި ކަމެކެވެ. ރައްޔެތުން ވަރަށް ވިސްނަންޖެހޭ ކަމެކެވެ. ދެއްކި މޮޅު ބަހަނާޔަކީ ތިމަންނާޔަކީ ދީން އެނގޭ މީހެއް ނޫނޭ އެހެންވެ އެކަން ކުރާނީ ޢިލްމުވެރިން ކަމުގައި ބެރުޖަހައި އަޑުފައްގަނޑު ގަދަކުރިއެވެ. ނަމަވެސް މިއީ ހަމަ ހައަތްހާ ދަޅައެވެ. މީ ތޯ ތޯ އަކަށް ޖިބުއެ ލިޔާވާހަކައެއްނޫނެވެ. ނިކަންދެކޭށެވެ. ރާވިއްކުމާއި ބުއިމާއި އެ ގެންގުޅުމާއި ވިޔަފާރި ކުރުމަކީ ޙަރާމް ކަމެކޭ އިސްލާމިކް މިނިސްޓަރު ބުނަމުން ދިޔައިރު އިސްލާމްދީނަށް ޢަމަލުން ފުރައްސާރަ ކުރުމުގައި ހައްދުފަހަނައަޅައިފައި ތިބި ޖީބު ދެކެލޯބިވާ މެމްބަރުންތައް އެމާއްދާ 2ވަނަ ފަހަރަށްވެސް އެތިބަ ފާސްކުރީއެވެ. ތަސްދީޤްކުރުމުގެ ހުތުރު ޖަރީމާ ހިންގީ އައްނި ނަޝީދު ނޫން ދެން އަޅުގަނޑުތޯއެވެ. މިހާރު ރޭޑިޔޯ ޚިތާބުގައި އެބުނީ ބޭލުނު ރައީސް މައުމޫނުވެސް ބުނި ބަހެވެ. އަތްކެނޑުމާއި މަރަށް މަރު ހިފުމަކީ ތިމަންނާޔަށް ފެންނަކަމެއް ނޫނެވެ. އަޖާބެކެވެ. އައްނިޔަށް ފެނުނިއްޔާ ނުވަތަ ނުފެނުނިއްޔާ އަހަރެމެންނާ ކީކީއްހެއްޔެވެ. ތިޔައީ އިސްލާމީ ޝަރީޢަތެވެ. ކޮބާ ގުއިރެވުނު ހެއްޔެވެ. ތިއޮތީ ރައްޔިތުންނަށް ބޮނޑިބޮވިފައެވެ. އިސްލާމްދީނަކީ ވެރިކަމަށް އަރާހާމީހަކު ދެކުނުހާތަކެއްޗާ ހީކުރާހާ ތަކެއްޗާއި އެދޭ ތަކެތިހެއްޔެވެ. އަދި ކިއެއްތަ އެއީ އަރަހުށި މާތް ﷲ އެކަނލާގެ މާތްވެގެންވާ ފޮތުގައި ބާވާލައްވާ ކަނޑައަޅުއްވާފައިވާ ނިޔާތަކެވެ. ކަމަކާއިމެދު ﷲ ގޮތެއް ނިޔާކުރައްވައިފިނަމަ އެއީ ޢަދުލު އިންސާފެވެ. ދެން ހުންނާނީ ހުސް އަނިޔާއެވެ. މިރާއްޖޭގެ އިސްލާމުންގަނޑު ކޮބައިހެއްޔެވެ. ނޫނީ މައުމޫނުގެ މަސައްކަތުން ރާވައިގެން ދެންއަންނަވެރިޔަކަށް މި ފުރުސަތު ދިނުމުގެ ގޮތުން ދިވެހީންގެ ހިތްތަކުން ދީނުގެ ޤަދަރު ފޮހެލީހެއްޔެވެ.ބޭނުމަކީ ތިމާގެ ދަރިން ދުނިޔޭގައި އެމީހުން ހިތުހުރިހައި ކަމެއް މަސްލަޙަތޭކިޔައިގެން ކުރުމުގެ ފުރުސަތު މިއޮއްފެންނަ އިސްލާމީ ޤައުމުގައި ދިނުމެވެ. ހުރި ނުބައިކަމެއްގެ ބޮޑުކަމާއެވެ. ރައްޔެތުންނޭވެ! ހޭއަރާށެވެ. ﷲގެ ޙައްޤުޤުތަކަށް ރައްކައުތެރިނުވާ މީހަކު ރައްޔިތެއްގެ ޙައްޤު އަދާކުރާނީ ކިހިނަކުންހެއްޔެވެ. ބުއްދި ޤަބޫލުކުރޭތޯއެވެ. މިޔަކީ ދުވަހަކުވެސް ވާނެކަމެއްނޫނެވެ. ކުރީގައި ވެރިކަން ކުރީ މުސައްލަމަތީގައި ތިބި މީހުންނެވެ. އޭރުގައި ޢަދުލާ އިންސާފު މަގުތަކުމަތީގައި ހާމަޔަށް ހިނަގައި ބިނގައި އުޅުނެވެ. ނަމަވެސް ސިޔާސީ ކަމަކަށް ހުކުރުކުރާ މީހުން ޑިމޮކްރެޓިސްޓުންނޭ ކިޔައިގެން ވެރިކަން ކުރަން ނިކުމެ ރައްޔެތުންގެ ޙައްޤުތައް ކެއުންފިޔަވައި ކުރާކަމެއް ނިކަންހުރެ ބުނެދީބަލާށެވެ. ޙައްޤެއް އަދާކުރަންޖެހެންޏާ އެންމެ އައުލާކަންބޮޑީ ﷲގެ ޙައްޤުތައް އަދާކުރުމަށެވެ. އެއީ އަހުރެމެންނަކީ އިންސާނުންނަށް ވީތީވެއެވެ. އަޅުގަނޑު ހިތުން މިދުނިޔޭގައިވެސް ކަނލާގެވަންތަ އާދަމުގެ ދަރިޔަކު ނެތެވެ. ވީއިރު ތިމާމެން ތިމާމެންގެ ސައިޒުގައި ތިބެ ވާޖިބުއަދާކުރުން ނޫން މޮޅުގޮތެއްނެތެވެ. ތިޔައިން އެއްވެސް ކަމަކާއި އަހުރެން ޒިއްމާޔެއްނުވާހުށީމެވެ. އަހުރެންގެ ނަފްސާއިގެން އަހުރެން ބަރީއަވަމެވެ. މިލިޔުމާއި ދޭތެރޭ ޒުވާބެއް ދޭން ބޭނުންނަމަ ޖިބުއެއަށް ލިޔުމަކުން ލޔިށެވެ. ޖަވާބު ދޭނަމެވެ. ލިޔާލިޔުމުން މީޙަޤީޤަތް ނޫންކަން ސާބިތުވާނަމަ އެގޮތަކަށް އަހުރެންގެ ދީން ބަދަލުކުރާނަމެވެ.

No comments:

Post a Comment