އަޅުގަނޑުމެންގެ ރާއްޖޭގައި ނަމާދަކީ ޒަމާނުއްސުރެ އެނަމާދުތަކާއިމެދު އަޞްލު ދޭންޖެހޭ ސަމާލުކަމާއި ފަރުވާތެރިކަން ބަހައްޓައިގެން ކުރަމުން އަންނަ އަޅުކަމެކޭ ދެންނެވޭކަށް ނެތެވެ. ތާރީޚްގެ ކުޑަ ދުވަސްކޮޅެއްވެސް ކުރިއަށް އަޅުގަނޑުމެންގެ ޖެހިލައި ވިސްނާލައިފިނަމަ އަޅުގަނޑުމެންނަށް ފެންނަން އޮތީ ނަމާދަކީ މުސްކުޅިވެ ގައިގެ ބާރު ދެރަވެ އަތުން ފައިން މަސައްކަތެއް ނުކުރެވޭ ހިސާބަށް ދިއުމުން ރަށުގައި ކަމެއް ނެތިފައި ތިބި މުސްކުޅިން މިސްކިތުގެ ޖަމާޢަތަށް އަރާ ނަމާދު ކޮށްލާތަނެވެ. ޒުވާނުންނާއި ފުރާ ޢުމުރުގެ ކުދިން ފަރުޟު ފަސް ނަމާދުގެ ޖަމާޢަތުން ފެންނާނީ ވަރަށް މަދުންނެވެ. އަދި އޭރުގެ ގިނަ ޒުވާނުންގެ ވިސްނުންވެސް ހުންނަ ގޮތަކީ، ޒުވާން ދުވަސްވަރު ކުޅިވަރާއި މަޖަލުގައި ހޭދަކުރުމަށްފަހު މުސްކުޅިވުމުން ނަމާދުތައް ކޮށްލައިގެން ސުވަރުގެ ހޯދުމެވެ. ކޮންމެއަކަސް އޭރު ނަމާދުގެ މުހިއްމުކަމާއި ނަމާދު އެޅުމުގެ ބިރުވެރިކަމާއި ނުރައްކާތެރިކަން މީސްތަކުންނަށް ރަނގަޅަށް އެނގިފައި ނުވަނީއެވެ. ބަޔާންކޮށްދޭނެ ދީނީ ޢިލްމުވެރިން ނެތްތާނގައި މިމައުޟޫގައި ލިޔެވިފައި ހުރި ފޮތްތައްވެސް މަދީއެވެ.
ޢާއްމުގޮތެއްގައި ގިނަ ދިވެހީންނަށް، ނަމާދު ކުރާނެ ގޮތާއި ނަމާދުގައި ކިޔާ ތަކެތި ދަސްކުރުމަށްޓަކައި، އަލްއުސްތާޛު މުޙައްމަދު ޖަމީލް ދީދީ ލިޔުއްވާފައިވާ 'ތަޢުލީމުއް ދިޔާނާ' ނޫން އެހެން ފޮތެއް އެނގިފައެއް ނުވެއެވެ. އޭގެ ސަބަބަކީ ދެން ހުރި މަދު ފޮތްކޮޅުވެސް ތަޢުލީމުއް ދިޔާނާ ގޮތަށް ޝާއިޢުވެ ޢާއްމުވެފައި ނުވުމެވެ. ތަޢުލީމުއް ދިޔާނާއަކީ އޭރު މުޙައްމަދު ޖަމީލް ދީދީއަށް ލިބިވަޑައިގެން ހުންނެވި ޢިލްމަކާއި އެއްވަރަށް، މުޅި ދިވެހި އުއްމަތަށް ކޮށްދެވިފައިވާ ވަރަށް ބޮޑު ޢިލްމީ މަސައްކަތެކެވެ.
އޭގެ ބާވީސް އަހަރު ފަހުން މުޙައްމަދު ޖަމީލް ދީދީ ވަނީ 'ދީނިއްޔާތު'ގެ ނަމުގައި އިތުރު ފޮތެއް ލިޔުއްވާފައެވެ. އެފޮތުގެ މުޤައްދިމާގައި ލިޔުއްވާފައިވެއެވެ. "ބާވީސް އަހަރު ދުވަހަކީ މުއްދަތެކެވެ. އެތަކެއް ތަފާތު ގޮތްތަކާއި ބަދަލުތަށް އައުން އެކަށޭނެ މުއްދަތެކެވެ. އަޅުގަނޑުމެންގެ ކުޑަކުޑަ ދިވެހިރާއްޖެއަށް އައި ބަދަލުތަކަށް ވިސްނަވައި ބައްލަވާށެވެ! ދިވެހި ދަރީންގެ ވިސްނުމާއި ތަޢުލީމީ ފެންވަރު ތަޢުލީމް ދިނުމުގެ ގޮތާއި ބާވަތް މިއިން ކޮންމެ ކަމަކަށްވެސް އެތަކެއް ބަދަލު އަތުވެއްޖެކަން ކަށަވަރެވެ." އާދެ މުރާދަކީ ޢިލްމީގޮތުންވެސް އިތުރު ހޯދުންތައް ހޯދި ޢިލްމީ ޚަޒާނާ އިތުރަށް މުއްސަނދިވެގެން ދިއުންވެސް އެކަށީގެންވާ މުއްދަތެކޭއެވެ. ކޮންމެއަކަސް މިދެފޮތް އަޅާ ކިޔުއްވާ ފަރާތަކަށް، ދެފޮތުގައިވާ ތަފާތުތައް އެނގިވަޑައިގަންނަވާނެއެވެ. އާދެ ދީނިއްޔާތުގައި، ތަޢުލީމުއް ދިޔާނާގައި ހުރި ރަނގަޅު ކުރަން ޖެހޭ ބައެއް ތަންތަން ރަނގަޅު ކުރައްވާ ލިޔުއްވާފައިވެއެވެ. އަދި ހަމަ މިއާއިއެކު އޭރު ނެރެމުންދިޔަ ހުކުރު މަޖައްލާއާއި ދީނުގެ މަގުގައިވެސް މުޙައްމަދު ޖަމީލް ދީދީ ވަނީ އެފަދަ ބައެއް ކަންތައްތައް ރަނގަޅު ކުރައްވާ ބަޔާންކުރައްވާފައެވެ. މިގޮތަށް ރަނގަޅު ކުރައްވާ ލިޔުއްވާފައިވާ މައްސަލަތަކުގެ ތެރޭގައި ނަމާދުގައާއި އަދި އެނޫންވެސް އަޅުކަންކަމުގަައި ނިޔަތް ދުލުން ކިޔުމުގެ މައްސަލައާއި މޭމަތީގައި ހަށަމް ބަނުމުގެ މައްސަލައާއި އަދި މިނޫންވެސް މިފަދަ އިތުރު މައްސަލަތައް ހިމެނެއެވެ.
ކޮންމެއަކަސް الشيخ محمد إبراهيم (ޅ.ނައިފަރު)، ލިޔުއްވާފައިވާ "كتاب الصلاة - ނަމާދުގެ ޙުކުމްތައް"، މިފޮތަކީ މިހާތަނަށް ދިވެހި ބަހުން މިމައުޟޫގައި ލިޔެވިފައިވާ އެންމެ ފުރިހަމަ އަދި އެންމެ ޞައްޙަ އެއް ފޮތެވެ. އަދި ނަމާދުގެ މައުޟޫއަށް މިފެންވަރުގެ އިތުރު ފޮތެއް، ދިވެހި ބަހުން ލިޔެވިފައި އޮތް ކަމެއް އަޅުގަނޑަށް އެނގިފައެއް ނެތެވެ. މިދަންނަވަނީ އެއްވެސް ޙާލެއްގައި އިތުރު ބޭބޭފުޅުން މިމައުޟޫއަށް ލިޔުއްވާފައި ނުވާ ވާހަކައެއް ނޫނެވެ. އެހެންނަމަވެސް މިފޮތުގައި ގެންނަވާފައިވާ ގޮތަށް ޝާމިލްކޮށް ސާދާކޮށް ފުރިހަމައަށް ތައުލީފް ކުރައްވާފައި ނުވާ ވާހަކައެވެ.
މިފޮތުގައި ނަމާދަކީ ކޮބައިކަމާއި، ނަމާދުގެ މުހިއްމު ކަމާއި ނަމާދު އެޅުމުގައި ހުރި ބިރުވެރިކަމާއި، ބަންގިއާއި ޤަމަތާއި، ނަމާދު ވަޤުތުތަކާއި، ނަމާދު ކުރާނޭ ގޮތާއި، ނަމާދުގައި ކިޔާނޭ ދުޢާތަކާއި، ހުކުރު ނަމާދާއި، ޢީދު ނަމާދާއި ސުންނަތް އެކިއެކި ނަމާދު ތަކާއި، ދަތުރު މަތީ ނަމާދާއި ބަލިމީހާގެ ނަމާދާއި، ދޯންޏެއް ނުވަތަ މަތިންދާބޯޓެއްގައި ނަމަ ނަމާދު ކުރާނީ ކިހިނަކުންކަން ވަރަށް ތަފްޞީލުކޮށް ޤުރުއާނާއި ސުންނަތުގެ އަލީގައި، ފޮތުގެ މުއައްލިފް ބަޔާންކޮށްދެއްވާފައިވެއެވެ. އަދި މިނޫންވެސް ނަމާދާއި ގުޅޭ ހަމަ ހުރިހާ ކަމެއްހެން މިފޮތުގައި ބަޔާންކުރެވިފައިވެއެވެ
ވިދާޅުވޭ..

No comments:
Post a Comment