Tuesday, September 8, 2009

އިޙްޔާ ޕްރޮގްރާމްގެ ޚާއްޞަ ފޯރަމެއް

މިނިސްޓްރީ އޮފް އިސްލާމިކް އެފެއާރޒުގެ ފަރާތުން ރަމްޟާން މަހުގެ ރޭތައް އިޙްޔާ ކުރުމުގެ ގޮތުން ބާއްވާ ޚާއްޞަ ފޯރަމެއް (10 ސެޕްޓެމްބަރ 2009 ވާ ބުރާސްފަތި ދުވަހުގެރޭ) 09:15ގައި ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. އިސްލާމީ މަރުކަޒުގައި ބޭއްވުމަށް ހަމަޖެހިފައިވާ މި ޕްރޮގްރާމްގައި ވާހަކަފުޅު ދައްކަވަނީ އައްޝައިހް މުޙައްމަދު ސަހީމް އަލީ ސައީދު އެވެ. ސޭހުގެ ވާހަކަ ދެއްކެވުމަށް ހަމަޖެހިފައިވާ މަޢުޟޫއަކީ "އިސްލާމީޝަރީޔަތަކީ މި ޒަމާނަ ފެތޭ ހެއްޔެ؟"އެވެ. މި ދަރުސް ނިމުމަށްފަހު ޙާޟިރީންނަށް ސުވާލުކުރުމުގެ ފުރުޞަތު ދެއްވުމަށް ވެސް ވަނީ ހަމަޖެހިފައެވެ.

No comments:

Post a Comment