Thursday, September 10, 2009

އިޙްޔާ ޕްރޮގްރާމްގެ ޚާއްޞަ ފޯރަމެއް މިރޭވެސް

10ސެޕްޓެމްބަރު 2009ވާބުރާސްފަތި ދުވަހުގެ ރޭ(މިރޭ) އިޙްޔާ ޕްރޮގްރާމްގެ ޚާއްޞަ ފޯރަމެއް މިނިސްޓްރީ އޮފް އިސްލާމިކް އެފެއާރޒްގެ ފަރާތުން ބާއްވާގޮތަށް ވަނީ ހަމަޖެހިފައެވެ. މި ޖަލްސާގައި ތަޤްރީރު ކުރައްވާނީ އައްޝައިޚް މުޙައްމަދު ޝަޙީމް ޢަލީ ސަޢީދުއެވެ. ޝައިޚް ތަޤްރީރު ކުރައްވަން ހަމަޖެހިފައިވާ މައުޟޫޢަކީ "އިސްލާމީ ޝަރީޢަތަކީ މިޒަމާނަށް ފެތޭ އެއްޗެއް ހެއްޔެވެ؟" މި މައުޟޫޢަށެވެ. ޙާޟިރީންގެ ސުވާލުތަކަށް ޖަވާބުދިނުން މި ތަޤްރީރަށް ފަހު އޮންނާނެއެވެ. މައުޟޫޢުއާއި ގުޅޭ ގޮތުން ބޭނުންފުޅު ސުވާލެއް ކުރެއްވެވޭނެއެވެ. އިސްލާމީ މަރުކަޒުގައި ބާއްވާ މިޖަލްސާ ފެށުމަށް ހަމަޖެހިފައިވަނީ 21:15ގައެވެ.

No comments:

Post a Comment