ޕާކިސްތާނުގައި ހައްޔަރުކޮށްފައި ތިބި ދިވެހިން ގެންނަށް ސަރުކާރުން މަސައްކަތް ނުކުރަނީ ބުނިބަހުގައި ހިފަންބާ؟
ދުވަހަކީ ވަރަށް ހޫނުގަދަ ދުވަހެއްކެވެ.ވަގުތަކީ މެންދުރުގެ ހޫނުގަދަ ވަގުތެވެ.ކޯސްޓް ގާޑް އިމާރާތުގައި ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ޑިފެންސް މިނިސްޓަރު އަމީން ފައިސަލް ވިދާޅުވި ނުވަ ދިވެއްސަކު ހަތިޔާރާ އެކު ޕާކިސްތާނުގެ އުތުރު ސަރަހައްދެއްގައި ހަރަކާތްތެރިވަމުން ދަނިކޮށް އެ ގައުމުގެ ސަލާމަތީ ބާރުތަކުން ހައްޔަރުކޮށްފިއެވެ.އަދި ވިދާޅުވި އެ މީހުން ރާއްޖެ ގެންނަށް ދިވެހި ސަރުކާރުން މަސައްކަތް ނުކުރާނެއްކަމަށާއި މި މީހުން އަތުލައިގެންފައިވަނީ ހަތިޔާރާ އެކު ހަރަކާތްތެރިވަމުން ދަނިކޮށް ކަމަށްވާތީ އެވެ.
ލަންކާގައި މަސްތުވާ ތަކެތީގެ ވިޔަފާރި ކުރަނިކޮށް އަތުލައިގެން މީހާ ލަންކާގެ ޖަލަށް 25 އަހަރަށް ހުކުން ކޮށްފައި ހުއްޓަށް ދިވެހި ސަރުކާރުން ގެންނަށް މަސައްކަތްކޮށްފައި ރާއްޖެގެނައީ އޭނަގެ ކުށްށަކީ ކޮބާ؟ﷲ ހަރާން ކުރެއްވި އެއްޗެއްކަމުގައިވާ މަސްތުވާ ތަކެތީގެ ވިޔަފާރިކުރުންމެވެ.އަދި ސަރުކާރުގެ ވުޒާރާއެއްގެ އިސްވެރިއެއްގެ ދަރިއަކަށް ވާތީބާ؟
މިކަމުގެ މަތި އޮމާން ކޮށްލަންވެގެން ސަރުކާރުން މިހާރު ބުނަމުން އައީ ޕާކިސްތާނުން ހައްޔާރުކުރި މީހުން ރާއްޖެގެންނަށް މަސައްކަތްކުރާނެއްކަމަށް ށެވެ.މިހާރު އެއްވާހަކަތަށް ނުދަށްކަނީ ކީއްވެ؟ރައިސްގެ އައްޕުޅަށް ހަވާލުކުރި ސިޓީތަށްކުގެ ޖަވާބު ނުލިބެނީ ކީއްވެ؟ފޮރިން މިނިސްޓިރީއަށް ފޮނުވި ސިޓީތަކުން "ރާއްޖެގެންނަށް މަސައްކަތް ކުރައްވަންތޯ؟"މިހެން ޖަހަފައި ލިޔުނުއް ސިޓީތަކުގެ ޖަވާބުތަށް ކޮބާ؟
No comments:
Post a Comment