Wednesday, October 14, 2009

އިސްލާމްދީންދެކެ އެންމެ ރުޅިއަންނަނީ ޑީއާރްޕީ މީހުންކަމަށް.....!


އިސްލާމްދީންދެކެ އެންމެ ރުޅިއަންނަނީ ޑީއާރްޕީ މީހުންކަމަށް.....!

މިއީ މިހާތަނަށް ދިވެހި ރައްޔެތުންނަށް އަދި ފަޅާއަރާފައި ނުވާ ކަމެެކެވެ. ދުވަސްވަރަކީ 1970ގެ ފެށުނު ކޮޅުގެ ދުވަސްވަރެވެ..އޭރު ނާސިރުގެ ވެރިކަން ނިމުމުގެ ވަގުތު ކައިރިވެފައިވެއެވެ. އަދި މައުމޫނުމެން " މިސުރު ގުރޫޕް" ރޭވި ރޭވުމާއި އެއްގޮތަށް ދިވެހި ވެރިކަން އަތުލުމުގެ ނިޔަތްގަނެ މިކަމުގެ ވާހަކަތައް ދައްކައި މިކަމަށް މަސައްކަތްތައް ސިއްރުން ފެށުނެވެ. މައުމޫނުމެން މިސުރުގައި ކިޔަވާށޭ ކިޔާފައި ހަމައެކަނި އެތާ 10 ބާރަ އަހަރު ތިބުމުގެ ސަބަބުން އަރަބި ބަހުން މެދުމިންވަރަކަށް ވާހަކަ ދައްކަން އެނގުން ފިޔަވައި އިތުރު އެއްވެސް ދީނީ ޢިލްމެއް ލިބިފައެއްނެތެވެ. މީގެ ހެއްކަކަށް ފުދޭވަރުގެ ވާހަކަޔެއް މިތާ ލިޔެލާނަމެވެ. ޖީލުލް އުސްތާޒުގެ ނަމުގައި މައުމޫނު މެން ގަސްތުގައި ކަމަކާއި ނުލާ މަޝްހޫރު ކުރި ޖަމީލް ދީދީ ގެ އަޑިނޭނގޭ ވާހަކަޔަކެވެ. މިސުރުގައި ހުރެފައި ކިޔެވުމުގެ ސާނަވީ މަރުޙަލާގައި ( މިހާރުގެ ގޮތުން ގްރޭޑް 10 ) ނުނިމެނިސް މިސުރުން ނިކުންނަން ޖެހިއްގެއެވެ. އެއަހަރު ދެން މިސުރުގައި ހުރެފައި ދިޔައީ ޙައްޖުވުމުގެ ނަމުގައި މައްކާޔަށެވެ. ދިޔަބޭނުމަކީ މަދީނާގެ ޔުނިވަރސިޓީން ޖާގަ ހޯދައި ކިޔެވުމުގެ ބޭނުމުގައިއެވެ. ދެން މިދަތުރުގައި ގޮސް ބައްދަލުކުރީ އައްްޝައިޚް އަލްމަރްޙޫމް މުޙައްމަދު އިބްރާހީމް މއ.ބާބުލްޢަވާލީ އާއި އެވެ. މިއީ ދިވެހި ތާރީޙް ގައި އެންމެ ފުރަތަމަ މަދީނާ ޔުނިވަރސިޓީގައި ކިޔެވި ފުރަތަ ދަރިވަރެވެ. ދަތުރުގެ މެދުތެރެއިން ޙައްޖުގެ ތެރޭގައި މިނާއަށް ނުދަނިސް ޖަމީލުދީދީ އެދުނީ މަދީނާގައި ކިޔެވުމަށެވެ. އެހެންވެ އައްްޝައިޚް އަލްމަރްޙޫމް މުޙައްމަދު އިބްރާހީމް މއ.ބާބުލްޢަވާލީ އާއި ބައްދަލުކޮށް އެދުމުން ވިދާޅުވީ ( ޖަމީލު އަތުގައި ސާނަވީ ސެޓްފިކެޓް އެބައޮތްތޯއެވެ؟) ޖަވާބުގައި ޖަމީލު ދީދީ ދެންނެވީ ނެތްކަމަށެވެ. ދެވަނަ ސުވާލަކަށް އަނެއްކާވެސް އިތުރު އެހެން ސެޓްފިކެޓެއް އޮތްތޯ އެހުމުން ޖަމީލު ދީދީ ވިދާޅުވީ " ޝޭޚުއޭ އަޅުގަނޑު އަތުގައި ކާވެނީގެ ސެޓްފިކެޓް ފިޔަވައި އެހެން އެއްވެސް ލިޔެކިޔުމެއް ނެތެވެ." މިސުރުން އަދި ސާނަވީ ނުނިމޭކަމަށާއި އެކަމަށް އަދި 2 އަހަރު ބޭނުން ކަމަށެވެ. .. މިއަށްފަހު ދެންއައީ މާލެ އެވެ. އެއަށްފަހު އެއީ ޖީލުލް އުސްތާޒުއެވެ. މިކަމުގެ ހެކިން ދުނިޔޭގައި އެބަތިއްބެވެ. އައްްޝައިޚް އަލްމަރްޙޫމް މުޙައްމަދު އިބްރާހީމް މއ.ބާބުލްޢަވާލީގެ އަނބިކަނބަލުން އަލްފާޞިލާ އާމިނަތު މުޙައްމަދު އަދިވެސް ދުނިޔޭގައި އެބައިންނެވިއެވެ. އައްޝައިޚް މުޙައްމަދު ރަޝީދު އިބްރާހިމް އާއި ޒާހިރު ހުސައިން ކަހަލަ މީހުން މިކަން ވަރަށް ރަންގަޅަށް ދަންނާނެއެވެ. މިހިސާބުން ސުވާލަކީ ޖަމީލު ދީދީ ދުނިޔޭގައި ނެތްވަރުގެ ޝޭޚަކަށް ވީ ކިހިނެއްތޯ އެވެ. ..އަޑުއައްސަވާށެވެ.. މިކަންވީގޮތަކީ މިއީ ހަމަ ސީދާ މައުމޫނު ގެ ރޭވުމެކެވެ. ކަންވީގޮތަކީ މިދެންނެވީ އައްްޝައިޚް އަލްމަރްޙޫމް މުޙައްމަދު އިބްރާހީމް މއ.ބާބުލްޢަވާލީ މާލެ އައިސް ނާސިރު ގެ ވެރިކަމުގައި އުއްތަމަ ފަނޑިޔާރުގެ މަޤާމު ދިނީމާ މިވެރިން ހަސަދަ ވެރިވިއެވެ. އަދި މިއައްވުރެ ބޮޑަށް މި މީހުންގެ ޢިލްމުނެތުމުގެ ސަބަބުން އިސްލާމްދީނުގެ ވާހަކަ ހިތުހުރުގޮތަކަށް ނުދެއްކޭތީ ބާބުލްޢަވާލީ ޝޭހް ދެކެ ވަރަށް ރުޅި އައެވެ.އެއީ މިވެރިން ނުކިޔަވާތިބެ ދައްކާ ކޮންމެވާހަކަޔަކަށް ރައްދުދެއްވާތީ އެކަމުގެ ހަސަދަޔެވެ. ސަބަބަކީ މިމީހުން ރާވައިގެންތިބީ ވެރިކަމަށް ދަހިވެތިވެ އެގޮތުން މަޝްހޫރުކަން ހޯދުމުގެ ގޮތުން އޭރުގެ ދިވެހިންނަކީ ދީންވެރިކަން ބޭނުން ހެޔޮމަގު އެގެން ބޭނުންބަޔަކަށްވާތީވެ، އޭރުގައި މޮޅެއްއެޅޭނީ ދީނީ ޝޭޚަހަށްވެ ހުރެގެން ކަން މިވެރިންނަށް އެނގޭތީވެއެވެ. އޭރުގައި މުޙައްމަދު ފާރޫގް އާއި އިބްރާހިމް ޒަކަރިއްޔާމެން ބާބުލްޢަވާލީ ގޭތެރޭގައި ޤްރުއާނާއި ޙަދީސް ޢާއްމުންނަށް ކިޔަވައިދެމުން ގެންދިޔައެވެ. އެއީ ބާބުލްޢަވާލީ ޝޭޚްއާއި އެކުއެވެ.އެކަމުގައި އަދިވެސް އެމީހުން ހެކިވުމަށް ދުނިޔޭގައި އެބަތިއްބެވެ. ކޮންމެމީހަކު ގުޅައި ސުވާލު ކުރިޔަސް ފާރޫގްމެން ތެދައްބުނަންޏާ ޖެހޭނީ އާނ ޖަވާބު ދޭށެވެ..މިއީ އެގޭ ދޮރުމަތީގައި އޭރު އުޅުނު ސިއްދީޤް ކިޔާ ސިފައިންގެ މީހަކުވެސް ވަރަށް ގިނައިން އަޅުގަނޑަށް ކިޔައިދިން ސްޓޯރީއެކެވެ. ..މިއީ ވަރަށް ދިގުވާހަކަޔެކެވެ.. މިއީ ފަހުގެ ދިވެހި އިސްލާމީ ތާރީޚްގެ އެންމެ ތަފްސީލްބޮޑު އެންމެ އަނިޔާބޮޑު ދީން ހަލާކު ކުރުމުގެ ބިންގާ " މިސުރު ގްރޫޕް" އެޅި ދުވަސްވަރެވެ...ފުރަތަމަ މިހަސަދަ ފެށުނީ ކުއްޅަވައްގޭތެރޭގައި ޖަމީލުދީދީ އާއި މައުމޫނާއި ދެއްކި ވާހަކަޔަކުން ނެވެ. މި ސިއްރުވާހަކަ ކިޔައި ދިނީ އޭރު މިވެރިން ގެންގުޅުނު ފެންތަށި އުފުލަން ގޭގައި ހުރި.(..........) އެވެ.މަސްލަހަތަށް ނަންއުނިކޮށްފައި.. ދެން މިސުރު ކަހަލަ ތާކު އުޅޭއިރު ޤްރުއާނުގެ ބަޔެއް އާޔަތްތަކުގެ މަނަޔާ ބައެއް ޙަދީސްތައްވެސް އެނގޭނެތާއެވެ...ކޮންމެއަކަސް ދުވަސްތައްދަމުން ވެރިކަމަށް އޭތިމީތިހަދައިގެން އެރިއްޖެއެވެ. އެހިސާބުން އެފެށުނީ އެއްކަލަ ތުނބުޅިލީމީހުންގެ ވާހަކަޔެވެ. ވައްހާބީންގެ ވާހަކަޔެވެ.. އަދި ނުނިމޭ އިންތިޒާރު ކޮއްލައްވާ!

No comments:

Post a Comment