Wednesday, October 21, 2009

އަލަށް ކިޑްނެޕްކުރި ކުދިންނަކީ ނަފްސާނީ ބަލިކުދިން



އަލަށް ކިޑްނެޕްކުރި ކުދިންނަކީ ނަފްސާނީ ބަލިކުދިން
ޖިބުއެ
ދިވެހިރާއްޖޭގެ ރައީސުލް ޖުމްހޫރިއްޔާ އައްޝައިޚް އަލްއުސްތާޒް މުޙައްމަދު ނަޝީދު އެމަނި ކުފާނުގެ ރޭޑިޔޯ ޚިތާބުގައި ވިދާޅުފައިވެއެވެ. ” އަޅުގަނޑެއް ނުދެކެން، މި ރާއްޖޭގައި ޝަރްޢީ ނިޒާމު އެއީ އިންޞާފުވެރި، އެހާ އިންޞާފުވެރި ގޮތުގައި ހުރިހާ ކަމެއް ނިންމޭނެފަދަ ޤާބިލުކަން ލިބިފައި ހުރި ޝަރީޢަތުގެ ނިޒާމެއް ކަމަކަށް.
ދިވެހިރާއްޖޭގެ ރައީސުލް ޖުމްހޫރިއްޔާ އައްޝައިޚް އަލްއުސްތާޒް މުޙައްމަދު ނަޝީދު އެމަނި ކުފާނުގެ ރޭޑިޔޯ ޚިތާބުގައި ވިދާޅުފައިވެއެވެ. ” އަޅުގަނޑެއް ނުދެކެން، މި ރާއްޖޭގައި ޝަރްޢީ ނިޒާމު އެއީ އިންޞާފުވެރި، އެހާ އިންޞާފުވެރި ގޮތުގައި ހުރިހާ ކަމެއް ނިންމޭނެފަދަ ޤާބިލުކަން ލިބިފައި ހުރި ޝަރީޢަތުގެ ނިޒާމެއް ކަމަކަށް." .
އަޅުގަނޑު ބުނަން އޮތީ ހަމަ ރައީސުލް ޖުމްހޫރިއްޔާވެސް ވިދާޅުވި ބަހެވެ. ދިވެހިރާއްޖޭގައި އަދި ޝަރުޢީ ނިޒާމު އެހާ ހަރުދަނާއެއް ނޫނެވެ. އެހެންވެ ކިޑްނެޕް ކުރުންފަދަ މުޅިން އާ ޒާތެއްގެ ކަމެއްގައި ޤާނޫނެއް ޤަވާޢިދެއްވެސް ނެތިސް އެކުދިންނަށް އެއްވެސް ކަމެއް ކޮށްގެން ނުވާނެއެވެ. މިކަމަކީ ނަފްސާނީ ކަމެކެވެ. މިއީ އެކަންކުރި ކުރި ކުދިން މޮޅުކަމެއް ކޮއްލުމުގެ ބޭނުމުގައި ކުރި ކަމެއްމަކުގައި ވެދާނެއެވެ. މުޖުތަމަޢުން މި މީހުންބާކީ ކުރާކަށް ނުވާނެއެވެ. އެމިހުންނަކީވެސް ހަމަ އިންސާނުންނެވެ. މިފަދަ ކޮންމެ ހަކަލަ ކަމަކަށް ދެވެނީވެސް ސިނކުޑީގެ މައްސަލަޔަކާއި ހުރެއެވެ. އެހެންވެ މި މީހުންނަކީވެސް ބަލިމީހުން ކަމުގައި ކަނޑައަޅައި " ކިޑްނެޕަރސް ރިހޭބް ، ނުވަތަ ޕައިރޭޓްސް ކައުންސިލިންގެ ނަމުގައި" ދިވެހިރާއްޖޭގައި ފަރުވާ ކުރަން ފެށިދާނެއެވެ. މިއީވެސް ސަރުކާރުން އިތުރު ޚަރަދު ކުރުމަށް ހަމަ އެޅިދާނެ ބުއްދިވެރި ފިޔަވަޅެއް ކަމުގައި ދެކެމެވެ. މީގެ އިތުރުން މިކަމަކީ ދިވެހިތާރީޚް ގައި ބަޔަކު އަލަށް ކުރި ކަމަކަށް ހަދައި މި މީހުންނަށް ޤައުމީ އިނާމުވެސް ދެވިދާނެއެވެ. އަޅުގަނޑުމެން މި މީހުންނާއި ދޭތެރޭ ގޮތް މިހިނދުން މިހިނދަށް ބަދަލުކުރަން ވެއްޖެ ކަމުގައި ދެކެމެވެ. ބަޔެއްމިހުންނަކީ އުފެދުމުގައި ވެސް ހަލަބޮލި ބަޔެކެވެ. އެއީ އެމީހުން ޤަސްތުގައި ކުރާކަމެއް ނޫނެވެ. އެއީ އެމީހުންގެ ހަށިގަނޑުގައި ވަކިކަހަލަ ހޯމޯންތަކެއް ކުއްލިޔަކަށް ގިނަވުމުގެ ސަބަބުން އަރާ ވިޔަރި ގަނޑެކެވެ. މީ ދުނިޔޭގެ ހުރިހާ ޤައުމެއްގައި ވެސް ހިނގާކަމެކެވެ. އަދި ވަކިން ޚާއްޞަކޮށް ތަރައްޤީވެފައިވާ ޤައުމު ތަކުގެ ތެރޭގައި އެމެރިކާ އިނގިރޭސިވލާތް ފާހަގަ ކޮއްލެވެއެވެ. ޒަމާނީ ޑިމޮކްރަސީގެ އުސޫލަކީ އާ ކަންތައްތަކަށް ޖާގަދީ މިނިވަން ވިސްނުމަކުން ވިސްނުމެވެ. އަދި މީގެ އިތުރުން އިންޓަރނޭޝަލް ހިއުމަން ރައިޓްސް ކަރުދާހުން ދޭހަވާ އެމީހަކު ބޭނުން ކަމެއް ކުރުމުގެ މިނިވަންކަން ލިބިގެން ވެއެވެ. މިގޮތުން ކިޑްނެޕް ކުރުމާއި ފޭރުމަކީ އޭގެ ޒާތުގައި ތަހްޒީބް ގައުމު ތަކުގައި ގިނަ ޢަމަލަކަށްވާތީ އެމީހުންނަކީ ބަލި މީހުން ކަމުގައި ނިންމަމެވެ.

No comments:

Post a Comment