Tuesday, October 20, 2009


ދަރުސް.ކޮމް
ދިވެހިރާއްޖޭގައި އެންމެ ފުރަތަމަ އުފެދުނު ދީނީ ސައިޓުތަކާއިއެކު އުފެދިގެން މީހުންގެ މަޤުބޫލުކަން ހޯދަމުން އައި ދަރުސް.ކޮމްއަށް ކުޑަ ހީނަރުކަމެއް އައުމަށްފަހު އައު ރޫހަކާއި އެކު މަސައްކަތް ފަށައިފިއެވެ...
ދިވެހިރާއްޖޭގައި އެންމެ ފުރަތަމަ އުފެދުނު ދީނީ ސައިޓުތަކާއިއެކު އުފެދިގެން މީހުންގެ މަޤުބޫލުކަން ހޯދަމުން އައި ދަރުސް.ކޮމްއަށް ކުޑަ ހީނަރުކަމެއް އައުމަށްފަހު އައު ރޫހަކާއި އެކު މަސައްކަތް ފަށައިފިއެވެ.

ރާއްޖެއިސްލާމްއަށް ދަރުސް.ކޮމްގެ މަސައްކަތް ފެށިކަމުގެ ޚަބަރު ލިބުމާއިގުޅިގެން އެސައިޓުގެ ފައުންޑަރ މެމްބަރެއްކަމަށްވާ އަބޫ ޢަބްދުﷲ އާއި ގުޅާ މަޢުލޫމާތު ސާފުކުރުމުން އެނގުނީ މިސައިޓުގެ އައު ލޭއައުޓްއާއި އެކު މަސައްކަތް ފެށީ މިރޭ 23:30 ހާއިރުކަމެވެ. އަދި އޭނާ ވިދާޅުވީ "ސައިޓަށް އައި ހީނަރުކަމާއި ފަޅުކަން އެއީ އާންމުންނަށް ފެންނަން ހުރި ކަމެއްކަމުގައިވިޔަސް ސައިޓުގެ މަސައްކަތް އެއްވެސް ހުއްޓުމެއް ނެތި ﷲގެ ރަޙްމަތުން ކުރިޔަށްދިޔައީ... އެގޮތުން މިހާރު މިވަނީ ސައިޓް އަޕްކުރެވިފަ. އަޕްކުރެވުނުކަމުގައި ވިޔަސް އަދި މުޅިއަކުން ނުނިމެ." އަދި އަބޫ ޢަބްދުﷲ ވިދާޅުވީ ދަރުސް.ކޮމްގެ މަސައްކަތުގައި ވަރަށް ގިނަ އަޚުންގެ އެހީ ހިމެނޭކަމަށާއި މިފުރުޞަތުގައި އެ އެންމެހައި އަޚުންނަށް ޝުކުރުވެރިވާކަމަށެވެ.

ދުޢާއަކީ، ދަރުސް.ކޮމްގެ މިމަސައްކަތުގައި އެއަޚުންނަށް ﷲ އިޚްލާސްތެރިކަމާއި ސާބިތުކަންދެއްވުން.



ރާއްޖެއިސްލާމް

No comments:

Post a Comment