Showing posts with label އައްޝައިޚް އާދަމް ޝަމީމް ބިން އިބްރާހީމް. Show all posts
Showing posts with label އައްޝައިޚް އާދަމް ޝަމީމް ބިން އިބްރާހީމް. Show all posts

Saturday, September 12, 2009

رمضان كري


ރޯދަވެރިޔާގެ ފާފަ ފުހެވުން..

رَسُولُ اللهِ صلى الله عليه وسلم ހަދީޘް ކުރެއްވިއެވެ.

(( وَمَنْ صَامَ رَمَضَانَ إِيْمَانًا وَاحْتِسَابًا غُفِرَ لَهُ مَا تَقَدَّمَ مِنْ ذَنْبِهِ )) [ متفق عليه]

"އަދި އީމާންކަމާއި އެކުގައި ޘަވާބަށް އެދިގެން ރޯދަ ހިފައިފި މީހެއްގެ ފާފަ ފުހެވިއްޖެއެވެ."

ރޯދަވެރިޔާގެ އުފާ..

ސަލާމާއި ޞަލަވާތްލެއްވި އިތުރު އެކަލޭގެފާނުން ހަދީޘްކުރެއްވިއެވެ.

(( لِلصَّائِمِ فَرْحَتَانِ يَفْرَحْهُمَا؛ إِذَا أَفْطَرَ فَرِحَ وَإَذَا لَقِيَ رَبَّهُ فَرِحَ بِصَوْمِهِ )) [ متفق عليه]

"ރޯދަވެރިޔާއަށް ދެ އުފަލެއް ލިބިގެންވެއެވެ. ރޯދަވީއްލާ ހިނދު (ރޯދަ ފުރިހަމަ ކުރެވުނު ކަމުގެ މައްޗަށް) އުފާވެއެވެ. އަދި އޭނާގެ ވެރިރަސްކަލާނގެއާއި ބައްދަލުވާ ދުވަހުގައި ރޯދައިގެ (ޘަވާބާއި ދަރުމައިގެ) ސަބަބުން އުފާވާނެއެވެ."

ރޯދަވެރިޔާއަށްޓަކައި އިޖާބަ ކުރެއްވޭ ދުޢާއެއް..

رَسُولُ اللهِ صلى الله عليه وسلم ހަދީޘް ކުރެއްވިއެވެ.

(( إِنَّ لِلصَّائِمِ عِنْدَ فِطْرِهِ لَدَعْوَةٌ مَا تُرَدُّ )). [ابن ماجه]

"ހަމަކަށަވަރުން ރޯދަވެރިޔާ ކޯދޮންނަ ވަގުތުގައި ރައްދުނުކުރެވޭ ދުއާއެއް ވެއެވެ."

ރޯދަމަހުގައި ގިޔާމު ކުރުމުގެ މާތްކަން..

النَّبِيُّ صلى الله عليه وسلم ހަދީޘްކުރެއްވިއެވެ.

(( مَنْ قَامَ رَمَضَانَ إِيْمَانًا وَاحْتِسَابًا غُفِرَ لَهُ مَا تَقَدَّمَ مِنْ ذَنْبِهِ )) [ متفق عليه]

"އީމާނާއި ޘަވާބުގެ ނިޔަތުގައި ރޯދަމަހު ގިޔާމު ކޮށްފި މީހެއްގެ އިސްވެދިޔަ ފާފަ ފުއްސެވިގެން ވެއެވެ."

ލައިލަތުލްގަދުރި ވިލޭރޭގައި ގިޔާމު ކުރުމުގެ މާތްކަން..

ސަލާމާއި ޞަލަވާތްލެއްވި އިތުރު އެކަލޭގެފާނުން ހަދީޘްކުރެއްވިއެވެ.

(( مَنْ قَامَ لَيْلَةَ الْقَدْرِ إِيْمَانًا وَاحْتِسَابًا غُفِرَ لَهُ مَا تَقَدَّمَ مِنْ ذَنْبِهِ )). [ متفق عليه]

"އީމާނާއި ޘަވާބުގެ ނިޔަތުގައި ލައިލަތުލް ޤަދުރިވިލޭރޭ ގިޔާމު ކޮށްފި މީހެއްގެ އިސްވެދިޔަ ފާފަ ފުހެވިއްޖެއެވެ."

ޖަމާއަތުގައި ތަރާވީޙް ނަމާދު (ޤިޔާމް) ކުރުމުގެ މާތްކަން..

رَسُولُ اللهِ صلى الله عليه وسلم ހަދީޘް ކުރައްވާފައި ވެއެވެ.

(( مَنْ قَامَ مَعَ الإمَامِ حَتَّى يَنْصَرِفَ كُتِبَ لَهُ قِيَامُ لَيْلَةٍ )). [الترمذي والنسائي وابن ماجه]

"އިމާމާއި އެކުގައި އޭނާ ސަލާން ދޭންދެން ގިޔާމުކޮށްފި މީހަކަށް މުޅިރޭގަނޑުގެ އަޅުކަން ލިޔުއްވިގެން ވެއެވެ."

ހާރުކެއުމުގެ މާތްކަން..

رسولُ اللهِ صلى الله عليه وسلم ހަދީޘް ކުރެއްވިއެވެ.

(( تَسَحَّرُوْا فَإِنَّ فِي السَّحُوْرِ بَرَكَةً )) [ متفق عليه]

"ހާރު ކާށެވެ. ހަމަކަށަވަރުން ހާރުގައި ބަރަކާތް ވެއެވެ."

މީހަކަށް ރޯދަ ވީއްލަން ދިނުމުގެ ޘަވާބު..

رَسُولُ اللهِ صلى الله عليه وسلم ހަދީޘް ކުރެއްވިއެވެ.

(( مَنْ فَطَّرَ صَائِمًا كَانَ لَهُ مِثْلُ أَجْرِهِ غَيْرَ أَنَّهُ لاَ يَنْقُصُ مِنْ أَجْرِ الصَّائِمِ شَيْئًا )) [الترمذي]

"ރޯދަވެރިއަކަށް ކޯދޮންނަން ދީފި މީހަކަށް، އެރޯދަވެރިޔާގެ އަޖުރުން އުނިވުމަކާއި ނުލައި، އެފަދަ ޘަވާބު ހުއްޓެވެ."

ރޯދަމަހުގައި ޢުމުރާއެއް ކުރުމުގެ މާތްކަން..

رَسُولُ اللهِ صلى الله عليه وسلم ހަދީޘް ކުރައްވާފައި ވެއެވެ.

(( عُمْرَةً فِيْ رَمَضَانَ تَقْضِيْ حَجَّةً أَوْ حَجَّةً مَعِيْ )) [متفق عليه]

"ރޯދަމަހުގައި ޢުމުރާއެއް ކުރުމަކީ ހައްޖަކާއި އެއްވަރު ކަމެކެވެ. ނުވަތަ ހަދީޘްކުރެއްވީ: "ތިމަން ރަސޫލާގެ އަރިހުގައި ހައްޖެއް ކުރުން ފަދައެވެ."

ފާފަފުހެވޭ ސަބަބުތަކެއް..

رَسُولُ اللهِ صلى الله عليه وسلم ހަދީޘް ކުރެއްވިއެވެ.

(( الصَّلاَةُ الْمَكْتُوْبَةُ إِلَى الصَّلاَةِ الَّتِيْ بَعْدَهَا كَفَّارَةٌ لِمَا بَيْنَهُمَا، قَالَ وَالْجُمُعِةُ إِلَى الْجُمُعَةِ، وَالشَّهْرُ إِلَى الشَّهْرِ يَعْنِيْ رَمَضَانَ إَلَى رَمَضَانَ كَفَّارَةٌ لِمَا بَيْنَ هُمَا )). [أحمد]

"ފަރުޟު ނަމާދަކީ އޭގެ ފަހުގައިވާ ނަމާދާއި ދެމެދުގެ ފާފަ ފުހެވޭ ކަމެކެވެ. އަދި އެއްހުކުރުން އަނެއް ހުކުރާއި ދެމެދުގެ ފާފަ ފުހެވެއެވެ. އަދި އެއް ރޯދަމަހަކީ އަނެއް ރޯދަމަހާއި ދެމެދުގެ ކައްފާރާއެކެވެ."


Read more...

Wednesday, August 26, 2009

ރޯދަ ވެރިޔާއަށް ހުރި ޙާއްސަ 5ކަމެއް


لنبي ޞައްލަﷲ ޢަލއިހިވަސައްލަމް ހަދީޘްކުރެއްވިއެވެ. "ކުރީގެ އުންމަތްތަކަށް ލިބިގެންނުވާ ފަސްކަމެއް ތިމަންކަލޭގެފާނުންގެ އުންމަތަށް ދެއްވިގެން ވެއެވެ."

1- (( خُلُوْفُ فَمِ الصَّائِمِ أَطْيَبُ عِنَدَ اللَّهِ مِنْ رِيَحِ الْمِسْكِ )) "ރޯދަވެރިޔާގެ އަނގައިގެ ވަސް، ﷲގެ ހަޟުރަތުގައި މިސްކުގެ ވަހަށްވުރެވެސް މާ މީރުވެގެން ވެއެވެ."

2- (( وتَسْتَغْفِرُ لَهُمْ المَلاَئِكَةُ حَتَّى يُفْطِرُوا )) "ރޯދަވެރިން ރޯދަވީއްލުމަށް ދާންދެން އެމީހުންގެ ފާފަފުއްސެވުން އެދި މަލާއިކަތުން ދުޢާކުރައްވައެވެ."

3- (( وَيُزَيِّنُ اللَّهُ عَزَّ وَجَلَّ كُلَّ يَوْمٍ جَنَّتَهُ، ثُمَّ يَقُوْلُ يُوْشِكُ عِبَادِي الصَّالِحُوْنَ أَنْ يُلْقُوا عَنْهُمُ الْمَئُوْنَةَ وَالأذَى وَيَصِيْرُوا إِلَيْكِ )) "ކޮންމެ ދުވަހަކު الله عزّ وجلّ އެކަލާނގެ ސުވަރުގެ ޒީނަތްތެރި ކުރައްވައެވެ. ދެން ވަހީކުރައްވައެވެ. ތިމަން އިލާހުގެ ޞާލިހު އަޅުންގެ ކިބައިން އުނދަގުލާއި ޒިންމާތައް ދުރުކުރެވި، ކަލޭގެ ގާތަށް އައުން ގާތްވެއްޖެއެވެ."

4- (( وَيُصَفَّدُ فِيْهِ مَرَدَةٌ الشَّيَاطِيْنِ فَلاَ يَخْلُصُوا إِلَى مَا كَانُوا يَخْلُصُوْنَ إِلَيْهِ فِي غَيْرِهِ )) "ޝައިޠާނުންނާއި ނުބައި ޖިންނީން ކަސްތަޅު އެޅުވެއެވެ. ފަހެ އެހެން މައްސަރުގައި އެތަކެތި އައިސް އުޅޭގޮތަށް އައިސް ނޫޅެވޭހުއްޓެވެ."

5- (( وَيُغْفَرُ لَهُمْ فِي آخِرِ لَيْلَةٍ )) "އެއްމެ ފަހު ރޭގައި އެބައިމީހުންގެ ފާފަ ފުއްސެވެއެވެ." ދެންނެވުނެވެ. ﷲގެ ރަސޫލާއެވެ. އެއީ ލައިލަތުލް ޤަދްރި ވިލޭރެ ހެއްޔެވެ؟ ހަދީޘްކުރެއްވިއެވެ. (( لا، وَلكِنَّ الْعَامِلَ إِنَّمَا يُوَفَّى أَجْرُهُ إِذاَ قَضَى عَمَلَهُ)) "ނޫނެކެވެ. އަދިކިޔެއް ކޮންމެ ޢާމިލަކަށް އޭނާގެ ޢަމަލު ނިމުމުން އޭގެ އުޖޫރަ ފުރިހަމަ ގޮތުގައި ދެވޭނެއެވެ." [أحمد]

Read more...