Tuesday, October 13, 2009

ޕާކިސްތާނުގައި ހައްޔަރުކޮށްފައި ތިބި ދިވެހިން ގެންނަށް ސަރުކާރުން މަސައްކަތް ނުކުރަނީ ބުނިބަހުގައި ހިފަންބާ؟


ޕާކިސްތާނުގައި ހައްޔަރުކޮށްފައި ތިބި ދިވެހިން ގެންނަށް ސަރުކާރުން މަސައްކަތް ނުކުރަނީ ބުނިބަހުގައި ހިފަންބާ؟

ދުވަހަކީ ވަރަށް ހޫނުގަދަ ދުވަހެއްކެވެ.ވަގުތަކީ މެންދުރުގެ ހޫނުގަދަ ވަގުތެވެ.ކޯސްޓް ގާޑް އިމާރާތުގައި ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ޑިފެންސް މިނިސްޓަރު އަމީން ފައިސަލް ވިދާޅުވި ނުވަ ދިވެއްސަކު ހަތިޔާރާ އެކު ޕާކިސްތާނުގެ އުތުރު ސަރަހައްދެއްގައި ހަރަކާތްތެރިވަމުން ދަނިކޮށް އެ ގައުމުގެ ސަލާމަތީ ބާރުތަކުން ހައްޔަރުކޮށްފިއެވެ.އަދި ވިދާޅުވި އެ މީހުން ރާއްޖެ ގެންނަށް ދިވެހި ސަރުކާރުން މަސައްކަތް ނުކުރާނެއްކަމަށާއި މި މީހުން އަތުލައިގެންފައިވަނީ ހަތިޔާރާ އެކު ހަރަކާތްތެރިވަމުން ދަނިކޮށް ކަމަށްވާތީ އެވެ.

ލަންކާގައި މަސްތުވާ ތަކެތީގެ ވިޔަފާރި ކުރަނިކޮށް އަތުލައިގެން މީހާ ލަންކާގެ ޖަލަށް 25 އަހަރަށް ހުކުން ކޮށްފައި ހުއްޓަށް ދިވެހި ސަރުކާރުން ގެންނަށް މަސައްކަތްކޮށްފައި ރާއްޖެގެނައީ އޭނަގެ ކުށްށަކީ ކޮބާ؟ﷲ ހަރާން ކުރެއްވި އެއްޗެއްކަމުގައިވާ މަސްތުވާ ތަކެތީގެ ވިޔަފާރިކުރުންމެވެ.އަދި ސަރުކާރުގެ ވުޒާރާއެއްގެ އިސްވެރިއެއްގެ ދަރިއަކަށް ވާތީބާ؟

މިކަމުގެ މަތި އޮމާން ކޮށްލަންވެގެން ސަރުކާރުން މިހާރު ބުނަމުން އައީ ޕާކިސްތާނުން ހައްޔާރުކުރި މީހުން ރާއްޖެގެންނަށް މަސައްކަތްކުރާނެއްކަމަށް ށެވެ.މިހާރު އެއްވާހަކަތަށް ނުދަށްކަނީ ކީއްވެ؟ރައިސްގެ އައްޕުޅަށް ހަވާލުކުރި ސިޓީތަށްކުގެ ޖަވާބު ނުލިބެނީ ކީއްވެ؟ފޮރިން މިނިސްޓިރީއަށް ފޮނުވި ސިޓީތަކުން "ރާއްޖެގެންނަށް މަސައްކަތް ކުރައްވަންތޯ؟"މިހެން ޖަހަފައި ލިޔުނުއް ސިޓީތަކުގެ ޖަވާބުތަށް ކޮބާ؟





Read more...

Monday, October 12, 2009

ކެނެޑާގެ ޢިލްމުވެރިޔަކު އަނެއްކާވެސް ދިވެހިރާއްޖެއަށް

ކެނެޑާގެ ޢިލްމުވެރިޔަކު އަނެއްކާވެސް ދިވެހިރާއްޖެއަށް

މުސްލިމުންގެ ގުޅުން (ޖަމްޢިއްޔާ)ގެ ދަޢްވަތަކަށް ކެނެޑާގެ ޑރ ޒަފަރް ބަންގާސް ހޯމަދުވަހު މާލެ ވަޑައިގެން ރޭގައި ރާއްޖޭގެ މަޝްހޫރު އެފް.އެމް ރޭޑިޔޯ އެއްކަމުގައިވާ ރޭޑިޔޯ އެޓޯލް (96.00)އިން ވަގުތުން ޑރ.ގެ ދަރުސެއްގެނެސްދިނެވެ.އަދި މިރޭ20:30 ގައި ސޯޝަލް ސެންޓަރގެ ހޯލްގައި ވަރަށް މުހިއްމު ދަރުސެއް ދިނުމަށް ވަނީ ހަމަޖެހިފައެވެ.ވީމާ ޑރ.ގެ ދަރުސް އަޑު އެހުމަށް ވީހާވެސް ގިނަ ބޭފުޅުން ވަޑައިގަތުމަކީ އިންތިޒާމްކުރާ ފަރާތުގެ ވަރަށް ބޮޑު އެދުމެކެވެ.


Read more...

އޭނަވެސް ކާފަރު!ކަލޭވެސް ކާފަރު!މަށްވެސް ކާފަރު!



އޭނަވެސް ކާފަރު!ކަލޭވެސް ކާފަރު!މަށްވެސް ކާފަރު!


މީގެ ދުވަސްކޮޅެއްކުރިން އަޅުގަނޑުގެ ރައްޓެއްސެއް ކަމުގައިވާ އަލީއަށް ދިމާވިކަންމެގެ ވާހަކަ ބަޔާން ކޮށްލާނަން މެވެ.ދުވަސްވަރަކީ ރަމަޟާންމަހުގެ ފަހުދިހަ ހިސާބެވެ.އަލީގެ ރައްޓެއްސަކައި އެކު ހާބަރު ކަޑަތަކުގެ ތެރެއިން ކަޑައަކަށް ދަންވަރު 2:30 އެހާ އިރުދިޔައީ ކުޑަށް ކޮށް ދީނުގެ ކަންތަށްތަކައި ވާހަކަ ދައްކާ މަސްވަރާކޮށްލުމުގެ ބޭނުމުގައެވެ.

ނަމަވެސް އަލީމެންތިބި މޭޒައި ޖެއްހިގެންހުރި މޭޒުގައި ތިބިމީހުންނަކީ އަލީމެން ހުންނަހެން ތުބުޅި ބަހަށްޓާފައި ހުރި މީހުންނެެވެ. ދައްކަމުންދާ ވާހަކަ ހަމަހިމޭންކަމުން ވަރަށް ރީތިކޮށް އަޑުއިވެއެވެ.އެތަނުގައި ހުރި އެއްކަކު އަލީ ވަރަށް ރަނގަޅަށް އިނގޭ އެވެ.

އިންސާނުންނަކީ ވަރަށް ގިނައިން ކުށްކުރާ ބައެއްކެވެ.އަލީދަންނަ މީހާ ބުނަނީ "އަހަރުމެންނަށް ކިއްތަމެއް ކުޑަށް ކުށެއް ކުރޭވުނަސް އަދި ބޮޑުކުށެއް ކުރިއަސް އެއްކުށް ކުރި މީހަކީ ހަމަ ޔަގީނުވެސް ކާފަރެއް އަހަރެންވެސް ކުށްކުރަން ވީމާ އަހަރެންވެސް މިއީ ކާފަރެއްކެވެ!"ސުބުޙާނަﷲ!މިކަން މީހަމަ އިސްލާމް ދީނުގެ ހުކުންބާ؟ އަނެއްކާ ކޮށްތާކުން ކިޔެވި މީހެއްބާ؟ ކާކުގެ ފަތުވާ އެއްބާ؟ މީ ހަމަ ރަނގަޅު ފަތުވާ އެއްބާ؟ކޮންބައެއްގެ ފިކުރެއްބާ؟ ހުސް ސުވާލުދޯ؟!!!



Read more...

Saturday, October 10, 2009

ދުނިޔެއަށް މަޝްހޫރު އިސްލާމީ ދާޢީ އައްޝައިޚް ސަޢީދު އައްޒަޔާނީ ކުއްލި ޙާދިޡާއެއްގައި ނިޔާވެއްޖެ



އައްޝައިޚް ސަޢީދު އައްޒަޔާނީ - ރަޙިމަހުﷲ

ދުނިޔެއަށް މަޝްހޫރު އިސްލާމީ ދާޢީ އައްޝައިޚް ސަޢީދު އައްޒަޔާނީ ކުއްލި ޙާދިޡާއެއްގައި ނިޔާވެއްޖެ


ބުރާސްފަތި ދުވަހުގެ ހަވީރު މަޝްހޫރު އިސްލާމީ ދާޢީ އައްޝައިޚް ސަޢީދު އައްޒަޔާނީ ސަޢްދީ ޢަރަބިއްޔާއިން އެމިރޭޓްސްއަށް ވަޑައިގެން މަގުމަތީ އަބޫދާބީގެ ކައިރިން ހިނގާދިޔަ ކާރު އެކްސިޑެންޓެއްގައި ނިޔާވެއްޖެއެވެ. ޝޭޚްގެ މައްޗައްކުރެވޭ ޖަނާޒާ އޮންނާނީ މިއަދުގެ ޢަސްރުނަމާދައްފަހު އައްޝާރިޤާ ގެ މަސްޖިދުއްޞަޙާބާގައެވެ.

އަައްޝާރިޤާއަކީ އެމެރޭޓްސްގައި ޝޭޚް ދިރިއުޅުއްވަމުން ގެދެވި އަވަށެވެ. ޝޭޚް އުފަންވެ ވަޑައިގެންފައިވަނީ އައްރިބާޠޭ ކިޔޭ މަޣްރިބް (މޮރޮކޯ) ގެ ރަށެއްގައެވެ. ޝޭޚަކީ ކުރިން ޓީވީ އަދި ރޭޑިޔޯގެ ޕްރޮގްރާމްތަކުގައި މަޝްހޫރު ފަންނާނެއްގޮތުގައި އުޅުމަށްފަހު ﷲގެ ރަޙްމަތުން ތެދުމަގަށް ރުޖޫޢަވެ ދީނުގެ މަތިވެރި ޢިލްމު ޙާޞިލްކުރައްވާ އިސްލާމްދީނުގެ ދަޢްވަތު ފެތުރުއްވުމަށް މުޅި އިސްލާމީ އުއްމަތުގައި ބުރަމަސައްކަތްތަކެއް ކުރައްވާފައިވާ މަޝްހޫރު ދާޢީ އެކެވެ. މިގޮތުން ޤަޠަރު ސަރުކާރުގެ ނޫސް މަޖައްލާތަކާއި ރޭޑިޔޯ ޓީވީގެ ޕްރޮގްރާމްތަކުގައި ދީނީ ވަޢުޒު ނަޞޭޙަތް ދެއްވުމާއި ސަރުކާރުގެ ޚަޠީބެއްގޮތުން 1993ން ފެށިގެން ޙަރަކާތްތެރިވެ ލައްވާފައިވެއެވެ. އޭގެ އިތުރުން ޝޭޚްގެ ނަޝާޠަށްޓަކައި ( ހީވާގިކަމަށްޓަކައި) ޤަޠަރު ސަރުކާރުން އެޤައުމުގެ ޖިންސިއްޔަތު (ރައްވެހިކަން) ދެއްވާފައިވެއެވެ. މީގެ އިތުރުން އެންމެފަހުން ދިރިއުޅުއްވަމުންގެންދެވި އެމެރޭޓްސްގެ ޝާރިޤާގައި ވަރަށްގިނަ ޙަރަކާތް ތަކެއްހިންގަވަމުން ގެންދެވިއެވެ. ވޭތުވެދިޔަ 25 ށް އަހަރުގެ ތެރޭގައި ޝޭޚްގެ ޚިދްމަތް އިސްލާމީ އުންމަތަށް ލިބިލިބި ހުއްޓެވެ.

މީގެ 10ވަރަކަށް އަހަރު ކުރިން ސަޢޫދީ ޢަރަބިއްޔާގެ އޭރުގެ މުފްތީ ސަމާޙަތުއް ޝައިޚް އަލްޢައްލާމާ ޢަބްދުލް ޢަޒީޒް ބިން ބާޒް ރަޙިމަހުﷲ ގެ ޖަނާޒާގައި ބައިވެރިވެލެއްވުމަށްފަހު މައްކާއިން އެނބުރި ޤަޠަރަށް ވަޑައިގެންނެވުމުގެ ތެރޭގައި ސަޢްދީ ޢަރަބިއްޔާގެ ޠާއިފްކައިރިން ހައިވޭއެއްގައި ޝޭޚް ދުއްވަމުންގެންދެވި ކާރުގެ ފުރޮޅު ފަޅައިގެންދިއުމުގެ ޙާދިޡާއެއްގައި ވަނީ ޠާއިފްގެ މަލިކް ފައިޞަލް ހޮސްޕިޓަލުގައި 4ދުވަހުގެ މުއްދަތައް އެޑްމިޓްކުރެވި ފަރުވާދެވިފައެވެ. އެމުއްދަތުގެ ތެރޭގައި ޝޭޚްގެ ޑޮކްޓަރުންގެ ގޮތުގައި ޙަރަކާތްތެރިވި ޢިލްމާނީ ( ސެކިއުލަރ) ފިކުރުގެ 2 ޑޮކްޓަރުން ވަނީ ޝޭޚްގެ މުޢާމަލާތްތަކާއި ނަޞޭޙަތުގެ ސަބަބުން ތައުބާވެ އިސްލާޙްވެފައެވެ.

އެފަހަރުގެެ އެކްސިޑެންޓް ހިނގާދިޔަދުވަހުގެ ކުރީން އެރޭ ޝޭޚްގެ އަނބިކަނބަލުންނަަށް ހުވަފެނުގައި ޝޭޚް އެކްސިޑެންޓްވެ ބޮޑެތި އަނިޔާތަކެއް ވެގެންއުޅޭތަން ފެނިފައެވެ.. އޭގެ 10 އަހަރުފަހުން ޝޭޚް މިވަނީ ކާރްއެކްސިޑެންޓެއްގައި ﷲގެ ރަޙްމަތަށް ދަތުރުކޮށްފައެވެ.

އިސްލާމީ އުންމަތައް ޝޭޚް ކޮށްދެއްވާފައިވާ މިންނަތް މަސައްކަތް ، ޝޭޚްގެ ހެޔޮކަމުގެ ތިލަފަތުގައި ލައްވާށިއެވެ. ޝޭޚްގެ ފުރާނަޔަށް ﷲ ތަޢާލާ ރަޙްމަތްލައްވާ ސުވަރުގޭގެ ދާއިމީ ނިޢްމަތް މިންވަރު ކުރައްވާށިއެވެ. އާމީން



ކުރީފަހަރުގެ އެކްސިޑެންޓް ހިނގާދިޔައިރު ޝޭޚް ދުއްވަމުންގެންދެވި ކާރު


Read more...

"އޭ ކަލޭ ހާދަ ޞަލިހޭ!"


"އޭ ކަލޭ ހާދަ ޞަލިހޭ!"

މިދިޔަ ހޯމަދުވަހު ހެނދުނު އަހަރެން ސިފައިގެޔަށް އޮފީސް ތަޅުދަނޑި ބަލާ ގޮސްފައި ހުރިއިރު ހިނގިކަމެއްގެ ވާހަކަ މިތާ ބަޔާން ކޮށްލާނަމެވެ.އެދުވަހު އަހަރެންނަ ދެވުނީ ތަންކޮޅެއް ލަހުންނެވެ. މީހުންގިނަކަމުން ސަފުހަދާފައި ހުރީމަ ސަފަށް އަހަރެން އެއްރީމެވެ. އަހަރެންނައިޖެހިގެން ކުރީގައި ހުރި އަންހެންކުއްޖަޔާދިމާލައި އަހަރެންގެ ފަހަތުގައި ހުރި އަންހެންކުއްޖާ އެކުއްޖާގެ ގާތުބުނަނީ ކީކޭކަން އިނގޭތަށް!"އޭ ކަލޭ ހާދަ ޞަލިހޭ"ސުބުޙާނަﷲ!އިނގޭތަށް އެކުއްޖާ ތަންކޮށްޅެއް ދިގުހެދުމެއް ލައިގެން ހުރީމަށްއެގޮތަށް މިބުނީއެވެ.ރާއްޖެގައި 100%މުސްލިމްކަމަށް ދައުވާ ކުރާ މީހުން ﷲގެ ބަސްފުޅަށް ފުރައްސާރަށް ކުރާމިންވަރެވެ.ﷲގެ ޙައްޤަށް އުޅެންއުޅޭމީހުންނަކީ ހައްދުފަހަނައަޅާފައިވާ މީހުންކަމަށް ބުނަމުންދަނީ އަހަރެން ހިތްތަށް އެރީ މިކުއްޖާއަށް ޙައްޤު އިނގޭހުރެއް ﷲއަންގާފައިވާ ގޮތަށް ނޫޅެނީ ކީއްވެބާ؟އަދި މިތާގައި މިސާލެއް ފާހަގަކުރުުގެ ގޮތުން ބަޔާންކޮށްލަން ޔޫރަޕުގައި ލޯބީގެ ގޮތުން ގުޅޭހެން ރާއްޖެގައި ބުނާގޮތުން ރައްޓެހިވެގެން އުޅޭ ފިރިހެންކުއްޖާ ރުޅިވެދާނެތީ ބުރުގައި އަޅަން ނުކެރޭ ކިއްތަށް ކުދިން އުޅޭބާ؟ކީއްވެބާ ﷲގެ ޢަޒާބަށް ބިރުން ބުރުގައި ނާޅާނީއެވެ.މި މިސާލުން ވެސް އިނގޭ ﷲއަށް ވުރެން ބޮޑަށް ރައްޓެހިވެގެން އުޅޭ ކުއްޖާއަށް އިސްކަންދޭވަރު ފަހަގަވޭދޯ؟!!!...


Read more...