Wednesday, October 21, 2009

Vote to kill homo n kidnappers,ފިރިހެންކުޅިންނާއި ކިޑްނެޕްކުރާމީހުން މެރުމަށް ވޯޓަށް ހުޅުވާލެވިފައި


Vote to kill homo n kidnappers,ފިރިހެންކުޅިންނާއި ކިޑްނެޕްކުރާމީހުން މެރުމަށް ވޯޓަށް ހުޅުވާލެވިފައި
ޖިބުއެ
Gay and bisexual male youths are over 13 times more likely to attempt suicide than heterosexual male youths.[18] No such difference was found between lesbian and straight female youths.[19]

Gay and bisexual male youths are over 13 times more likely to attempt suicide than heterosexual male youths.[18] No such difference was found between lesbian and straight female youths.[19] Gay and lesbian youth who attempt suicide are disproportionately subject to anti-gay attitudes, and have weaker skills for coping with discrimination, isolation, and loneliness,[2][20] and were more likely to experience family rejection[21] than those who do not attempt suicide. Another study found that gay and bisexual boys who attempted suicide had more feminine gender roles, adopted an LGB identity at a young age and were more likely than peers to report sexual abuse, drug abuse, and arrests for misconduct.[22] One study found that same-sex sexual behavior, but not homosexual attraction or homosexual identity, was significantly predictive of suicide among Norwegian adolescents.

Read more...

އަލަށް ކިޑްނެޕްކުރި ކުދިންނަކީ ނަފްސާނީ ބަލިކުދިން



އަލަށް ކިޑްނެޕްކުރި ކުދިންނަކީ ނަފްސާނީ ބަލިކުދިން
ޖިބުއެ
ދިވެހިރާއްޖޭގެ ރައީސުލް ޖުމްހޫރިއްޔާ އައްޝައިޚް އަލްއުސްތާޒް މުޙައްމަދު ނަޝީދު އެމަނި ކުފާނުގެ ރޭޑިޔޯ ޚިތާބުގައި ވިދާޅުފައިވެއެވެ. ” އަޅުގަނޑެއް ނުދެކެން، މި ރާއްޖޭގައި ޝަރްޢީ ނިޒާމު އެއީ އިންޞާފުވެރި، އެހާ އިންޞާފުވެރި ގޮތުގައި ހުރިހާ ކަމެއް ނިންމޭނެފަދަ ޤާބިލުކަން ލިބިފައި ހުރި ޝަރީޢަތުގެ ނިޒާމެއް ކަމަކަށް.
ދިވެހިރާއްޖޭގެ ރައީސުލް ޖުމްހޫރިއްޔާ އައްޝައިޚް އަލްއުސްތާޒް މުޙައްމަދު ނަޝީދު އެމަނި ކުފާނުގެ ރޭޑިޔޯ ޚިތާބުގައި ވިދާޅުފައިވެއެވެ. ” އަޅުގަނޑެއް ނުދެކެން، މި ރާއްޖޭގައި ޝަރްޢީ ނިޒާމު އެއީ އިންޞާފުވެރި، އެހާ އިންޞާފުވެރި ގޮތުގައި ހުރިހާ ކަމެއް ނިންމޭނެފަދަ ޤާބިލުކަން ލިބިފައި ހުރި ޝަރީޢަތުގެ ނިޒާމެއް ކަމަކަށް." .
އަޅުގަނޑު ބުނަން އޮތީ ހަމަ ރައީސުލް ޖުމްހޫރިއްޔާވެސް ވިދާޅުވި ބަހެވެ. ދިވެހިރާއްޖޭގައި އަދި ޝަރުޢީ ނިޒާމު އެހާ ހަރުދަނާއެއް ނޫނެވެ. އެހެންވެ ކިޑްނެޕް ކުރުންފަދަ މުޅިން އާ ޒާތެއްގެ ކަމެއްގައި ޤާނޫނެއް ޤަވާޢިދެއްވެސް ނެތިސް އެކުދިންނަށް އެއްވެސް ކަމެއް ކޮށްގެން ނުވާނެއެވެ. މިކަމަކީ ނަފްސާނީ ކަމެކެވެ. މިއީ އެކަންކުރި ކުރި ކުދިން މޮޅުކަމެއް ކޮއްލުމުގެ ބޭނުމުގައި ކުރި ކަމެއްމަކުގައި ވެދާނެއެވެ. މުޖުތަމަޢުން މި މީހުންބާކީ ކުރާކަށް ނުވާނެއެވެ. އެމިހުންނަކީވެސް ހަމަ އިންސާނުންނެވެ. މިފަދަ ކޮންމެ ހަކަލަ ކަމަކަށް ދެވެނީވެސް ސިނކުޑީގެ މައްސަލަޔަކާއި ހުރެއެވެ. އެހެންވެ މި މީހުންނަކީވެސް ބަލިމީހުން ކަމުގައި ކަނޑައަޅައި " ކިޑްނެޕަރސް ރިހޭބް ، ނުވަތަ ޕައިރޭޓްސް ކައުންސިލިންގެ ނަމުގައި" ދިވެހިރާއްޖޭގައި ފަރުވާ ކުރަން ފެށިދާނެއެވެ. މިއީވެސް ސަރުކާރުން އިތުރު ޚަރަދު ކުރުމަށް ހަމަ އެޅިދާނެ ބުއްދިވެރި ފިޔަވަޅެއް ކަމުގައި ދެކެމެވެ. މީގެ އިތުރުން މިކަމަކީ ދިވެހިތާރީޚް ގައި ބަޔަކު އަލަށް ކުރި ކަމަކަށް ހަދައި މި މީހުންނަށް ޤައުމީ އިނާމުވެސް ދެވިދާނެއެވެ. އަޅުގަނޑުމެން މި މީހުންނާއި ދޭތެރޭ ގޮތް މިހިނދުން މިހިނދަށް ބަދަލުކުރަން ވެއްޖެ ކަމުގައި ދެކެމެވެ. ބަޔެއްމިހުންނަކީ އުފެދުމުގައި ވެސް ހަލަބޮލި ބަޔެކެވެ. އެއީ އެމީހުން ޤަސްތުގައި ކުރާކަމެއް ނޫނެވެ. އެއީ އެމީހުންގެ ހަށިގަނޑުގައި ވަކިކަހަލަ ހޯމޯންތަކެއް ކުއްލިޔަކަށް ގިނަވުމުގެ ސަބަބުން އަރާ ވިޔަރި ގަނޑެކެވެ. މީ ދުނިޔޭގެ ހުރިހާ ޤައުމެއްގައި ވެސް ހިނގާކަމެކެވެ. އަދި ވަކިން ޚާއްޞަކޮށް ތަރައްޤީވެފައިވާ ޤައުމު ތަކުގެ ތެރޭގައި އެމެރިކާ އިނގިރޭސިވލާތް ފާހަގަ ކޮއްލެވެއެވެ. ޒަމާނީ ޑިމޮކްރަސީގެ އުސޫލަކީ އާ ކަންތައްތަކަށް ޖާގަދީ މިނިވަން ވިސްނުމަކުން ވިސްނުމެވެ. އަދި މީގެ އިތުރުން އިންޓަރނޭޝަލް ހިއުމަން ރައިޓްސް ކަރުދާހުން ދޭހަވާ އެމީހަކު ބޭނުން ކަމެއް ކުރުމުގެ މިނިވަންކަން ލިބިގެން ވެއެވެ. މިގޮތުން ކިޑްނެޕް ކުރުމާއި ފޭރުމަކީ އޭގެ ޒާތުގައި ތަހްޒީބް ގައުމު ތަކުގައި ގިނަ ޢަމަލަކަށްވާތީ އެމީހުންނަކީ ބަލި މީހުން ކަމުގައި ނިންމަމެވެ.

Read more...

Tuesday, October 20, 2009


ދަރުސް.ކޮމް
ދިވެހިރާއްޖޭގައި އެންމެ ފުރަތަމަ އުފެދުނު ދީނީ ސައިޓުތަކާއިއެކު އުފެދިގެން މީހުންގެ މަޤުބޫލުކަން ހޯދަމުން އައި ދަރުސް.ކޮމްއަށް ކުޑަ ހީނަރުކަމެއް އައުމަށްފަހު އައު ރޫހަކާއި އެކު މަސައްކަތް ފަށައިފިއެވެ...
ދިވެހިރާއްޖޭގައި އެންމެ ފުރަތަމަ އުފެދުނު ދީނީ ސައިޓުތަކާއިއެކު އުފެދިގެން މީހުންގެ މަޤުބޫލުކަން ހޯދަމުން އައި ދަރުސް.ކޮމްއަށް ކުޑަ ހީނަރުކަމެއް އައުމަށްފަހު އައު ރޫހަކާއި އެކު މަސައްކަތް ފަށައިފިއެވެ.

ރާއްޖެއިސްލާމްއަށް ދަރުސް.ކޮމްގެ މަސައްކަތް ފެށިކަމުގެ ޚަބަރު ލިބުމާއިގުޅިގެން އެސައިޓުގެ ފައުންޑަރ މެމްބަރެއްކަމަށްވާ އަބޫ ޢަބްދުﷲ އާއި ގުޅާ މަޢުލޫމާތު ސާފުކުރުމުން އެނގުނީ މިސައިޓުގެ އައު ލޭއައުޓްއާއި އެކު މަސައްކަތް ފެށީ މިރޭ 23:30 ހާއިރުކަމެވެ. އަދި އޭނާ ވިދާޅުވީ "ސައިޓަށް އައި ހީނަރުކަމާއި ފަޅުކަން އެއީ އާންމުންނަށް ފެންނަން ހުރި ކަމެއްކަމުގައިވިޔަސް ސައިޓުގެ މަސައްކަތް އެއްވެސް ހުއްޓުމެއް ނެތި ﷲގެ ރަޙްމަތުން ކުރިޔަށްދިޔައީ... އެގޮތުން މިހާރު މިވަނީ ސައިޓް އަޕްކުރެވިފަ. އަޕްކުރެވުނުކަމުގައި ވިޔަސް އަދި މުޅިއަކުން ނުނިމެ." އަދި އަބޫ ޢަބްދުﷲ ވިދާޅުވީ ދަރުސް.ކޮމްގެ މަސައްކަތުގައި ވަރަށް ގިނަ އަޚުންގެ އެހީ ހިމެނޭކަމަށާއި މިފުރުޞަތުގައި އެ އެންމެހައި އަޚުންނަށް ޝުކުރުވެރިވާކަމަށެވެ.

ދުޢާއަކީ، ދަރުސް.ކޮމްގެ މިމަސައްކަތުގައި އެއަޚުންނަށް ﷲ އިޚްލާސްތެރިކަމާއި ސާބިތުކަންދެއްވުން.



ރާއްޖެއިސްލާމް

Read more...

އޭ ރައީސް މުޙައްމަދު ނަޝީދުއެވެ. ތިޔަ ދިޔައީ ހައްދު ފަހަނައަޅައެވެ.


އޭ ރައީސް މުޙައްމަދު ނަޝީދުއެވެ. ތިޔަ ދިޔައީ ހައްދު ފަހަނައަޅައެވެ.
އަލްއަޚް އިބްނި ނޫޙް
އަޅުގަނޑުމެންގެ ތެރޭގައި މިވަގުތު އެންމެ ބާރަށް ދެކެވޭ ވާހަކައިގެ ތެރެއިން އެއް ވާހަކައަކީ ރައީސުލްޖުމްހޫރިއްޔާ މުޙައްމަދު ނަޝީދު ދާދިފަހުން ދެއްވި ރޭޑިޔޯ ޚިތާބެއްގައި ﷲގެ ޙުކުމް ތަކުގެ ތެރެއިން 2 ޙުކުމެއް އަޅުގަނޑުމެންގެ ޤާނޫނު އަސާސީގައި...
އަޅުގަނޑުމެންގެ ތެރޭގައި މިވަގުތު އެންމެ ބާރަށް ދެކެވޭ ވާހަކައިގެ ތެރެއިން އެއް ވާހަކައަކީ ރައީސުލްޖުމްހޫރިއްޔާ މުޙައްމަދު ނަޝީދު ދާދިފަހުން ދެއްވި ރޭޑިޔޯ ޚިތާބެއްގައި ﷲގެ ޙުކުމް ތަކުގެ ތެރެއިން 2 ޙުކުމެއް އަޅުގަނޑުމެންގެ ޤާނޫނު އަސާސީގައި އިނުމަށް ނުފެންނަ ވާހަކަ ވިދާޅުވި ވިދާޅުވުމެވެ. މި މައްސަލައިގެ ތެރެއަށް އަޅުގަނޑު ކުޑަކޮށް ފީނައި ލުމުން އަޅުގަޑަށް އެނގުނީ މިއީ ވަރަށް ޙައްސާސް މައްސަލައެއްގެ ގޮތުގައެވެ. ސަބަބަކީ އަޅުގަނޑަކީ ނުކިޔަވާހުރި ޖާހިލަކަށް ވީތީ ދީނީ މިފަދަ ބޮޑެތި މައްސަލައިގެ ތެރެއަށް އަޅުގަނޑު ބޯކޮއްޕާލައިފިއްޔާ ދަމައިގަންނަން ނޭގިދާނެތީއެވެ. ނަމަވެސް މިލިޔުން ލިޔެ ދުނިޔޭގެ ސަމާލުކަން އަޅުގަނޑު ހޯދުމަށް ފިންސާއި މޫނުމަތި އަޅައިގެން ފީނައިގަންނަން މި ޖެހުނީ ދެން އެހެން އެއްވެސް ގޮތެއް ނެތިގެންނެވެ. ކުރިޔަށް ވިދާޅުވަމުން ވަޑައިގަންނަވާށެވެ.

" 30 އަހަރު ދުވަހުގެ ޚުދްމުޚްތާރު ވެރިކަން " ޝިޢާރަކަށް ހައްދަވައިގެން ކެމްޕެއިން ކުރައްވަމުން އެކިއެކި ފަންތީގެ އެކިއެކި ޤަބީލާ ތަކުގެ ސަޕޯޓަރުންގެ ހިތްތައް ކަތިލައްވަމުން ގެންދެވި ދުވަސްވަރު ތިމަންނާއަކީ އެއްވެސް ޙާލެއްގައި ދީނީ މީހެއް ނޫންކަމާއި އަދި ދީނީ ކަންކަމާއި ބެހި ލަފާދީ ޚިޔާލުދޭނީ ދީނީ މީހުން ކަމަށް ވަރަށް ޖޯޝާއި ފޯރީގައި ވިދާޅުވަމުން ގެންދެވީމު ނޫންތޯއެވެ. މިއީ ޢާއްމުން ވަރަށް ގަޔާވި ވާހަކަ ތަކަކަށްވިއެވެ. ސަބަބަކީ ޙަޤީޤަތުގައިވެސް 30 އަހަރު ދުވަހު ވެރިކަން ކުރި މީހަކު ވެރިކަން ކޮށްފައިވަނީ " ދީނާއި ދުނިޔެއާއި އަދި ދުނިޔޭގައި ވާހާތަކެއްޗަކީ އޭނާގެ އަމިއްލަ އެއްޗެއް ކަމުގައި ދެކިގެންނެވެ."

\ގިނަބަޔަކު ސިފަކުރި ގޮތުން ބޮޑު އަނިޔާވެރިކަމެއްގެ ސަބަބުން އަޅުގަނޑުމެން ދިވެހިން ސަލާމަތްވެ ، މުޅިން އާދުވަހެއްގެ އިރު އެރި ވަގުތު ގިނަބައެއްގެ ލޯތައް ވަނީީ އެކަމުގެ އުފަލުގައި ގޮސް ފެންކަޅިވެފައެވެ. ދަންނަވަންތޯއެވެ. އަޅުގަނޑަކީ ހަމައެކަނި ލޮލުން ފެންކަޅިވި މީހެއްނޫނެވެ. އުފަލުންގޮސް ﷲއަށް ސަޖިދަކުރި ވަގުތު ނުހިފެހެއްޓިގެން ރޮވުނު މީހަކީމެވެ. އަނިޔާވެރިކަމުން ސަލާމަތްވެވުނީތީއެވެ. ﷲގެ ދީނަށް މަލާމާތާއި ފުރައްސާރަކޮށް މާތް ނަބިއްޔާގެ ސުންނަތަށް އުޅެން މަސައްކަތްކުރި މީހުން ހަމައެކަނި އެކަމާއި ހެދި ޖަލަށްލައި އަނިޔާކޮށް އަދި ﷲގެ މަތިވެރި ޙުކުމްފުޅު ތަކަށް ގޮތް ކިޔައި ހެދި މީހަކު ﷲ ތިރި ކުރެއްވީތީއެވެ. އިސްލާމީ ޝަރީޢަތް ދެކެ ރުޅިއަންނަވަރު ސީދާ ތިމާގެ ދުލުން މީޑިއާ މެދުވެރިކޮށް އެތަކެއްފަހަރުވަނީ ހާމަކޮށްފައެވެ. އޭގެ ތެރެއިން ހަމަ އެންމެ ވާހަކައެއް ދަންނަވާލާނަމެވެ. ކެންޕޭނު ދުވަސްވަރު މަރަށް މަރުހިފުމަށް (ޤިޞާޞްހިފުމަށް) ދީނުގައި އޮންނަ އޮތުމަށް ގޮންޖަހައި މަލާމަތްކޮށް ޖޯކު ޖަހަމުން ދިޔައިރު ކުޅިބަލަން ތިބި އެތައްސަތޭކަ ބަޔަކު އެ ފުރައްސާރައިގާ އޭނާޔާއެކު ބައިވެރި ވުމުގެ ގޮތުން ހީގަތް މަންޒަރަކީ އީމާންތެރިކަމުގެ ޒައްރެއްގެ މިންވަރު ހިތުގައި ހުރިމީހަކަށް ކެއްވާނެކަމެއްނޫނެވެ. މި މީހަކު ދެކެ ދިވެހިން ރުޅި އައިސް ފޫހިވެ އެމީހާ ސައިޒަށް ތިރިކޮށްފައިވަނީ މިފަދަ ހައްދުފަހަނައެޅުން ތަކުގެ ސަބަބުންނެވެ.

މިހުރިހާ ކަމެއް އަދި ރަނގަޅަށް ހަނދާނުން ނުފިލާ ތިއްބާ މިއަދުގެ ރައީސުލް ޖުމްހޫރިއްޔާ މުޙައްމަދު ނަޝީދުވެސް އެއްކަލަ ހައްދު ފަހަނައަޅައިދިޔަ މީހާ ދިޔަމަގަށް ކައްސައިލާން އުޅޭކަމުގެ ސިގްނަލްތައް މިއަދު މިއޮށްގެން ފެންނަންފެށީއެވެ. މިކަމަކީ ކުރިޔަށް އޮތް 5 އަހަރުގައި އެކަމުގެ ވޭންދެނިވި ނަތީޖާއާއި ކުރިމަތިލާން ޖެހިދާނެ ކަމުގެ ބިރު އަޅުގަނޑު ގަންނަ ކަމެކެވެ. މަނިކުފާނުގެ ރޭޑިޔޯ ޚިތާބުގައި އަތްކެނޑުމާއި މަރަށް މަރު ހިފުމަކީ ޤާނޫނުގައި އިނުމަށް ނުފެންނަ ކަމެކޭ ވިދާޅުވި ވިދާޅުވުމަކީ "30 އަހަރު ދުވަހުގެ ޚުދްމުޚްތާރު ވެރިކަން" ބަދަލުކޮށް ﷲގެ ހެޔޮ ރަޙްމަތުން މި އައި ހެޔޮބަދަލަށް ކިލަނބުކަމެއް ގެނުވާ އެކަމުގެ ސަބަބުން މަނިކުފާނަށް ލިބުނު 25ހާސް ވޯޓް ،ހަމަ އެންމެ 25އަށް ބަދަލުވެދާނެ ވަރުގެ ނުރައްކާތެރި ކަމެކެވެ. ތިމާއަކީ ދީނީ ޢިލްމުވެރިއެއް ނޫނޭ ކިޔައި ތިޔަ ވިދާޅުވެލެއްވި ބަސްފުޅަކީ އާދައިގެ ކުޑަ އެއްޗެއްނޫން އިނގޭތޯއެވެ.އެކަމަކީ ކުރުމާއި ނުކުރުމާއި އަދި އިތުރު ޚިޔާލެއް ދިނުމުގެ ބާރެއްވެސް އެއްވެސް އިންސާނަކަށް އަދި ކިއެއް، އެއްވެސް މަޚްލޫޤަކަށްވެސް ލިބިގެން ނުވާވަރުގެ ބޮޑު ކަމެކެވެ. އެއީ މަތިވެރި ﷲ ކަނޑައަޅުއްވާފައިވާ ކަމެކެވެ. މާތް ﷲ ވަޙީ ކުރައްވާފައިވަނީ މިފަދައިންނެވެ.

وَمَا كَانَ لِمُؤْمِنٍ وَلَا مُؤْمِنَةٍ إِذَا قَضَى اللَّهُ وَرَسُولُهُ أَمْرًا أَن يَكُونَ لَهُمُ الْخِيَرَةُ مِنْ أَمْرِهِمْ وَمَن يَعْصِ اللَّهَ وَرَسُولَهُ فَقَدْ ضَلَّ ضَلَالًا مُّبِينًا / سورة الأحزاب/36

މާނައީ: މުއުމިނު ފިރިހެނަކަށްވެސް އަދި މުއުމިނު އަންހެނަކަށްވެސް ﷲއާއި އެކަނލާގެ ރަސުލާ ކަމެއްގައި ގޮތެއް ކަނޑައެޅުއްވުމަށްފަހު އެކަމާއި ގޮތްކިޔައި ބަސްބުނުމުގެ އެއްވެސް އިޚްތިޔާރެއް ލިބިގެން ނުވެއެވެ. އަދި ﷲއާއި އެކަނލާގެ ރަސޫލާއަށް އުރެދޭމީހާ ހަމަކަށަވަރުން އަނދިރި މަގުފުރެދުމަކުން މަގު ފުރެދިއްޖެކަން ކަށަވަރެވެ.

ވިމާ މިވަރުގެ ބޮޑުކަމަށް އަނގަބާނައި އަދި އެބުނިބަހަށް ތައުބާ ނުވެ ހުންނަން ކެރޭނީ ހާދަހާވާ ވިސްނުންކޮށި ކިބުރުވެރި ނިކަމެތި އިންސާނަކަށެވެ. އަދި ކިއެއްހެއްޔެވެ. ހައްދުފަހަނައެޅުމުގައި ހާދަ ކުރިއަރައި ދެވުނީމައެވެ. ﷲ ކަނޑައަޅުއްވާފައިވާ ހައްދުން ބޭރަށް ތިމާގެ ދޫ ނެރެ ﷲގެ ޝަރީޢަތަށް ގޮތްކިޔައި ލެވޭނީ މި އީމާންކަމޭ ބުނާއެތި ހިތުގެ ތެރެއިން ހާދަހާވާ ބޮޑަކަށް ނެރެ އެއްލާލައިގެންނެވެ. އެހެންނޫންނަމަ އެފަދަ ނިކަމެތި ބަހެއް ޚާއްސަކޮށް މުސްލިމުގައުމެއްގެ ވެރިކަމުގެ ޝަރަފު ލިބިފައިވާ މީހެއްގެ ދުލުން ބުނާނީ ކޮންފަދައަކުން ހެއްޔެވެ.

ކޮންމެއަކަސް މީހެއްގެ ގޮތް އެނގޭނީ އެމީހަކާއެކު އެއް އޮޑިއެއްގައި ދަތުރުކޮށްލުމުންނޭ މުސްކުޅިވެރިން ބުނެއުޅޭތީ އަޑުއިވެއެވެ. މުޙައްމަދު ނަޝީދު (އައްނި) އަކީ އަޅުގަނޑުމެން ވަރަށް ގަޔާވި އަދި އޭނާގެ ވާހަކަތަކަށް ވަރަށް ބާރަށް އަތްތިލަބަޑި ޖަހާ އަޅުގަނޑުމެންގެ ރުހުން ދިންމީހެކެވެ. ވެރިކަމަށް އަދި މިވީ ހަމަ ކިރިޔާ އަހަރެކެވެ. ދައުރުގެ ބޮޑުބައި އަދި އޮތީ ގައުމުގެ ރައްޔިތުން ދެން ކަންތައް ކުރާނީ ކިހިނެއްކަންވެސް ނޭގޭހާ ދުރުގައެވެ. ކިބުރުވެރިކަމާއި ބޮޑާކަމާއި އަދި ހައްދުފަހަނައެޅުން ދޫކޮށްނުލައިފިނަމަ ދައުރު ފުރިހަމަ ކުރެވޭނެ ކަމާއި މެދު ހަމަ ގައިމުވެސް އަޅުގަނޑު ޝައްކު ކުރަމެވެ.

Read more...

Sunday, October 18, 2009


ކިޑްނެޕްކުރުމުގައި ބައިވެރިވި މީހުން މެރުމަށް ޖަމްޢިއްޔަތުއް ސަލަފުން ގޮވާލައިފި
މިއަދުގެ މިނިވަން ނިއުސްގެ އާރޓިކަލްއެއްގައި ކިޑްނެޕްކުރި މީހުންގެ ވާހަކަ ތަފްސީލުކޮށް ލިޔެފައިވެއެވެ. އަދި މީގެ އިތުރުން ޖަމިޢިއްޔަތުއް ސަލަފުން މިކަމާއި ވިދިގެން ޚާއްޞަ މީޓިންގްއެއް އެޖަމްޢިއްޔާގެ ހިންގާކޮމެޓީގެ މެދުގައި ވެވުނުކަމުގައިވެސް މިނިވަންގައި ލިޔެފައިވެއެވެ
މިއަދުގެ މިނިވަން ނިއުސްގެ އާރޓިކަލްއެއްގައި ކިޑްނެޕްކުރި މީހުންގެ ވާހަކަ ތަފްސީލުކޮށް ލިޔެފައިވެއެވެ. އަދި މީގެ އިތުރުން ޖަމިޢިއްޔަތުއް ސަލަފުން މިކަމާއި ވިދިގެން ޚާއްޞަ މީޓިންގްއެއް އެޖަމްޢިއްޔާގެ ހިންގާކޮމެޓީގެ މެދުގައި ވެވުނުކަމުގައިވެސް މިނިވަންގައި ލިޔެފައިވެއެވެ. މީގެ އިތުރުން ކިޑްނެޕްކުރިމީހުން މެރުމަށް ރައީސް ނަޝީދަށް މަޝްވަރާ ދެއްވާ ސިޓީފުޅެއް ފޮނުއްވާނެކަމުގައި އެ ޖަމްޢިއްޔާއާއި ޙަވާލާދީ ލިޔެވިފައިވެއެވެ.އަދި ލިޔުން ބެއްލެވުމަށް http://www.minivannews.com/news_detail.php?id=7506

Read more...

Saturday, October 17, 2009


ނަޞޭޙަތެއް... ރުޅީގެ ދަންމަޅީ
ޖިބުއެ
އެހެންމީހުންނަށް އަސަރުކުރުމަށް ވުރެބޮޑަށް ތިމާގެ ރުޅިގަނޑުގެ ސަބަބުން ތިމާޔަށް މާބޮޑަށް ގެއްލުން ލިބިގެންދެއެވެ. މާއްދީގޮތުންނާއި ނަފްސާނީ ގޮތުންވެސްމެއެވެ. ރުޅީގެ މަޅިގަނޑުގައި ތިމާގެ ހަކަތަޔާއި ކަންކަން ރޭކާލުމުގެ ޙިއްސު ކަސްތަޅުލެވިފައިވާއިރު ތިމާ އެއްވެސް ކަމަކަށް ކަމަކުނުދެއެވެ
އެހެންމީހުންނަށް އަސަރުކުރުމަށް ވުރެބޮޑަށް ތިމާގެ ރުޅިގަނޑުގެ ސަބަބުން ތިމާޔަށް މާބޮޑަށް ގެއްލުން ލިބިގެންދެއެވެ. މާއްދީގޮތުންނާއި ނަފްސާނީ ގޮތުންވެސްމެއެވެ. ރުޅީގެ މަޅިގަނޑުގައި ތިމާގެ ހަކަތަޔާއި ކަންކަން ރޭކާލުމުގެ ޙިއްސު ކަސްތަޅުލެވިފައިވާއިރު ތިމާ އެއްވެސް ކަމަކަށް ކަމަކުނުދެއެވެ.

- ތިމާގެ އިޚްތިޔާރުންބޭރުގައިވާ ވަރަށްބައިވަރު ކަންކަންހުރެދާނެއެވެ. އަދި އެކަމަކީ ރުޅިއައުމަށް ޤާނޫނީ ޙައިޞިއްޔަތު ފުރިހަމައަށް ތާއީދު ކުރާ ކަމަކަށްވެސް ވުން އެކަށީގެންވެއެވެ. އެކަމަކު އެރުޅި އަންނަން ތިމާ ހޭދަކުރާވަގުތަކީ ތިމާގެ އަމިއްލަ ހަލާކަށް ހުށައެޅޭވަގުތެކެވެ.

- ވީހާ އަވަހަކަށް މައިތިރިވީވަރަކުން، ވީހާ އަވަހަކަށް ޙާލަތު ރަނގަޅުވުމުގެ އިޙްސާސް ކުރުވައެވެ. ރުޅީގެ ފެށުމުގެ ފުރަތަމަ ޢިޙްސާސްވާއިރަށް އެއީ އަވަހަށް މައިތިރިވެ މަޑުމޮޅިވުމުގެ ވަގުތު ކަމުގައި ހަދާންކުރާށެވެ!

- ހަރުދަނާ ފިޔަވަޅެެއް އެޅުމަށްބޭނުންވާ ކަންކަން އިޙްސާކުރުވަނި ކަންކަމުގެ ގޮވާލުމަކަށް ރުޅީގެ ބޭނުން ހިފިދާނެއެވެ. ނަމަވެސް ރުޅި އޭގެޒާތުގައި އެއީ އެއްވެސް ހަރުދަނާ ފިޔަވަޅެއްނޫނެވެ.

- ފިނި ފުން ނޭވާއެއް އެތެރެހައްޓަށް ފުންކޮށްލާށެވެ! ރުޅީގެ ޙާލަތުން އެއްކިބާވެފައިވާ މުޢާމަލާތެއް ކުރުމުން ވާނެ ފައިދާޔާ ދޭތެރޭ ހިނދުކޮޅަކު ވިސްނާލާށެވެ! މަޑުމައިތިރިކަމާއެކު އަދަބު އަޚްލާޤްގެ ފަތިގަނޑުގެ އޮލަނބަށް ކަނޑައަޅާށެވެ! ޙަޤީޤަތުގައިވެސް ފައިދާއެއްކޮށް، ބޭނުންހިފޭނީ ކޮންކަމަކުންތޯއެވެ. އަދި އެކަމެއް ކުރުމުގައި އަވަސްވެގަންނާށެވެ.އަދި އެކަމެއް ވިޔަދޭށެވެ!

- ބުއްދިފިލާގޮސް، ފިކުރެއްނެތް،ހަލާކުދެނިވި އަނެކާގެ ޙަރަކާތުން ތިމާގެ ޒަމީރު ރުޅީގެ ދަންމަޅީގައި ޖެހިފައިވަނިކޮށް ހިފުނަ ނުދޭށެވެ! ރުޅިއަށް ނަޒަރުހިންގާލާށެވެ! ރުޅިގަނޑު އައިގޮތަށް އަދި އެއަށްވުރެ އަވަހަށް އައިތާކަށް ދިޔަދޭށެވެ! ސަމާލުކަންދޭންވީ ވީހާވެސް އަދަބުވެރި ޙަރާކާތެއް ކުރެވޭތޯއެވެ.ލާބަޔާ ފައިދާލިބެނިވި ކަމަކީ އެއީއެވެ

Read more...

Friday, October 16, 2009



ދިވެހި މުރުތައްދު ގުރޫޕް ޑޮޓް ކޮމްތަކުގެ ފަހަތުގައި ގަނޑުފިއްލާ ކުޅެނީ ކީއްވެ؟
ދިވެހި މުރުތައްދު ގުރޫޕް ޑޮޓް ކޮމްތަކުގެ ފަހަތުގައި ގަނޑުފިއްލާ ކުޅެނީ ކީއްވެ؟
ދިވެހިރާއްޖެއަކީ ގުދުރަތީ ގޮތުން ރީތި މޫދައި ދޮންވެލިގަނޑެއްލިބިފައިވާ ޤައުމެކެވެ.ދިވެހި އުޅެމުންއައީ ބުދައްއަޅުކަންކުރަމުންނެވެ.ﷲގެ ރަހުމަތްފުޅުން ދިވެހިން އިސްލާމްވީތާ މިހާރު މިވީ 856އަހަރުވެގެން ދިޔައިރު އިސްލާމްދީން ދިވެހިންގެ ތެރެއިން ވަރަށް ގިނަ މީހުން ނައްތާލަން މަސައްކަތް ކުރަންމުދެވެ.އައްސަވާ...!
ދުވަސްވަރަކީ ދިވެހި ރާއްޖޭގެ ވެރިކަމަށް ބޮޑު އިލުމްވެރިޔަކު އައިކަމަށް ބުނަމުންދާ ދުވަސްވަރެވެ.އޭނާގެ ވެރިކަމުގެ ފުރަތަމަ ދައުރުގެ 3އަހަރުވެ 4ވަނަ އަހަރު މާލޭގެ ހުރި އަންހެން ކުދިންނަށް ހާއްސަކޮށް ކިޔަވާދޭ ސުކޫލެއްގައި ސަރުކާރުން ފާޅުގައި ނަޞާރާދީނުގެ ފޮތްތަކެއް ބަހަމުން ދިޔައެވެ. އެއީ 1982ވަނަ އަހަރެ! 1987ވަނަ އަހަރު ފާޅުގައި ދިވެހިންގެ ބަޔެއްމީހުން ފާޅުގައި އެއްވެސް ދީނެއް ގަބޫލެއްނުކުރެ އެވެ. މިހާރު ދިވެހިންގެ ހާލަތު ހުރިވަރަކީ ކޮބާބާ!!! ވެރިކަމުގައި ހުރި އިލްމުވެރިޔާ!ބައްލަވާ.........
ދިވެހިން ބުނަމުން އައި އިލްމުވެރިޔާ 1990ގެ އަހަރުތަކުގައި ދައްޖާލުގެ ވާހަކަ ދެއްކުމާ ދައްޖާލުގެ ވާހަކަ ލިޔެފައިހުރި ފޮތްތަށް ސަރުކާރުން ފާޅުގައިމަނާ ކުރަންފެށި އަދި ސުކޫލްތަކުގައި ދައްޖާލުގެ ވާހަކަ އައި ނަރަކާގެ ވާހަކަ ދެއްކުން މުޅިންމަނާވެގެން ދިޔައެވެ.އަދި އެކަން މަަނާކުރި ސަބަބަކަށްވީ ކުޑަ ކުދިންނަށް ނަފްސާނީ ގޮތުން ގެއްލުން ލިބޭތިކަމަށް ސަރުކާރުން ބުނަމުންދިޔަ އެވެ.އަދި 100%މުސްލިމުންގެ ލަޤަބު ދިވެހިންނަށް ލެއްގުވިއެވެ. މިކަމުގެ ނަތީޖާ ބައްލަވާ...!
މިހާރު ދިވެހިންގެ ތެރޭގައި މުރުތައްދު ގުރޫޕް ކަމަށްވާ ހީލަތާއި ސައްލާ ގުރޫޕް އިސްލާމް ދީނަށް ފުރައްސާރަކުރަމުންދަނީ *ގަނޑުފިއްލާ ކުޅެން ތިބެގެން ސައްލާވެ އިސްލާމްދީންދެެކެ ލޯބިވާ މީހުންނަށް މިއީ ކޮންބަޔެއް ކަން ހާމަ ނުވާގޮތަށް ށެވެ.ދެން ސުވާލަކީ ގަނޑުފިއްލާ ކުޅެން ތިބެ ބުލޮގްތަކުގަޔާއި ސައިޓްތަކުގައި ލިޔަނީ ކީއްވެހެއްޔެވެ؟ އާދޭ! އަޑުއައްސަވާ...
ކީރިތި ރަސޫލާގެ ޒަމާނުގައި ބޭރުފުށް އިސްލާމުކަމުން ޒީނަތްތެރިކޮށް އެތެރެ ފުށް ކާފަރުކަމުން ޖަރީކުރި މީހުން އުޅުނެވެ. މިހާރު ގަނޑުފިއްލާ ކުޅޭ މީހުންނަކީ ބޭރުފުއް ޑޮޓް ކޮމްތަކުގައި ފޮރުވާގެން އެތެރެ ފުށް ބުލޮގްތަކުގައާއި ސައިޓްތަކުގައި ފާޅުކުރަމުންދާ މީހުނެވެ.
ގަނޑުފިއްލާ ކުޅެންް މިތިބެނީ ކީއްވެކަން އިނގޭތަ؟؟؟!!!... އެންމެ ފުރިހަމަ ގާނުނު ކަމަށް ދުނިޔޭގައި އުޅޭ އެންެމެން ގަބޫލުކުރާ އިސްލާމީ ސަރީޢަތުން އަދަބު ލިބިދާނެތީ ބިރުންނެވެ. މިއީ ހަމަ ދިވެހި ކުދިންބާ؟ އާދެ! މިއީ ހަމަ ދިވެހިންގެ ފަސްގަނޑުގައި އުޅޭ ދިވެހި ލޭ ހުރި ދިވެހި ދަރިންބާ؟ އަދި އިސްލާމުން ކަމަށް ދަޢުވާ ކުރަނީ ކީއްވެބާ؟ އަނެއްކާ ދުނިޔެއަށް އައީ އެކަނިބާ؟ މި މީހުންގެ ރައްބުނެއްތީބާ؟އަނެއްކާ މަންމަގެ ބަނޑަށް ޑައިވުކުރީބާ؟


ބަސްތަކުގެ މާނަ
*ގަނޑުފިއްލާ ކުޅުން:އެއްކުއްޖަކު ދުރަށް ފޮނުވާފައި އެއްކުއްޖަކު ފަންގަނޑު ނުވަތަ ކުނާގެތެރޭަގައި ފޮރުވާ ދުރަށް ދިޔަކުއްޖާ އައީމަށް ކާކު ކަންދިމާކުރަން ވާނީ މީ ކުރީގައި ވަރަށް ގިނައިން ކުޅޭ ކުޅިވަރެކެވެ.އިތުރަށް ސާފްކުރަން ބޭނުން ނަމަ އުމުރުން ދުވަސްވީ ބޭފުޅުން ގާތުން އޮޅުން ފިލުވާ!...ﷲގެ ރަޙުމަތް ފުޅުން ތެދުމަގު ލިބިދާނެއް


Read more...

މައުމޫނު: ޓީވީމޯލްޑިވެސްގައި ދިން ސިޔާސަތު ޕްރޮގްރާމް އިންޓަރވިއުގައި އިސްލާމީ އަދަބުތައް ތަންފީޒު ކުރުމާއި ނުކުރުން ވެރިންގެ އިޚްތިޔާރުގައިވާ ކަމަށް






މައުމޫނު: ޓީވީމޯލްޑިވެސްގައި ދިން ސިޔާސަތު ޕްރޮގްރާމް އިންޓަރވިއުގައި އިސްލާމީ އަދަބުތައް ތަންފީޒު ކުރުމާއި ނުކުރުން ވެރިންގެ އިޚްތިޔާރުގައިވާ ކަމަށް ބުނި/ އައްނި ރައީސް: އަތްކެޑުމާއި މަރަށް މަރުހިފުމަކީ ނުފެންނަކަމެއްކަމަށް ރޭޑިޔޯ ޚިތާބުގައި ބުނި ( ހުކުރު 09/10)
ޖިބުއެ
މައުމޫނު: ޓީވީމޯލްޑިވެސްގައި ދިން ސިޔާސަތު ޕްރޮގްރާމް އިންޓަރވިއުގައި އިސްލާމީ އަދަބުތައް ތަންފީޒު ކުރުމާއި ނުކުރުން ވެރިންގެ އިޚްތިޔާރުގައިވާ ކަމަށް ބުނި/ އައްނި ރައީސް: އަތްކެޑުމާއި މަރަށް މަރުހިފުމަކީ ނުފެންނަކަމެއްކަމަށް ރޭޑިޔޯ ޚިތާބުގައި ބުނި ( ހުކުރު 09/10)
ބޭލިރައީސާއި އަދި އެރުވި ރައީސްގެ ސިޔާސަތަކީ ހަމަ ސީދާ އެކައްޗެކެވެ. ކަންކުރާގޮތް ތަފާތީއެވެ.ޒުވާބު އުފެދިގެން މިއުޅެނީ ވެރިކަމާއި މުދާ ލިބެންވީ ކާކަށް ކަމާއިމެދުއެވެ. ދެމީހުންނަކީވެސް އެއްވަރުގެ މަކަރުވެރި ދެމީހުންކަމުގައި މިއޮގެން ފަޅާއެރީއެވެ. ރައްޔެތުން ހޭއަރާށެވެ. މި މީހުންގެ މަކަރުވެރިކަމާއެވެ! ދެމީހުންވެސް ބޭނުންވަނީ ވެރިކާއި މުދަލާއި ފައިސާއެވެ. ރައްޔެތަކަށް ހެޔޮއެދޭ ހަމަ އެކަކު އަދިޔެއް ވެރިކަމަކަށް ނާދެއެވެ. މީގެ އަސްލު ސަބަބަކީ ހަމަ ސީދާ އިސްލާމްދީން ނޭނގޭ އަދި އެ ފުރިހަމަޔަށް ޤަބޫލުނުކުރާ އިސްލާމްދީންދެކެ ލޯބި ނުވާ މީހުންނަށް މިމީހުން ވާކަމެވެ.މީގައި ކުއްވެރިވާނީ ހަމަ އެކަނި މިމީހުން އެކަންޏެއްނުނެވެ. ވޯޓްދޭ ރައްޔެތުންވެސް ހިމެނޭނެއެވެ. ބޭލުނު ރައީސް މައުމޫނުގެ ސިޔާސަތައް ނަޒަރުހިންގާލާއިރު އޭނާ ކަންތައްކުރިގަޮތަކީ ޤާނޫނު އަސާސީއާ ޚިލާފަށް ދިވެހި ރާއްޖޭގައި ރާވިއްކުމުގެ ހުއްދަދީ، ޒިނޭ ޢާއްމުވާނެ ހުރިހާމަގެއް ހުޅުވައި، މަސްތުވާތަކެތީގެ ދޮރު ހުޅުވައި، އިސްލާމީ ޝަރީޢަތުގެ މަތިވެރި ނިޒާމު ހަމަ ޤަސްތުގައި ތަންފީޒު ނުކުރީއެވެ. ދެން މީގެ ސަބަބުން ނުވެ ނުދާނެ ހުރިހާ ގޮތެއްވެ ނުޖެހޭ މުސީބާތެއް ނެތެވެ. ކަން ނުކުރިތާނގައި އަދި ބުނަމުންވެސް ގެންދިޔައީ އިސްލާމީ ޝަރީއަތުގައި ކަނޑައެޅިފައި ހުރި އަދަބުތައްދިނުމަކީ އެމިހަކުގެ އިޚްތިޔާރުގައިވާ ކަމެއްކަމަށެވެ. ދީނަށް އުޅެން މަސައްކަތް ކުރި މީހުން ބަންދުކޮށް ދީން ފޮހެލަން ވަރަށް ވަރަށް މަސައްކަތް ކުރިއެވެ. ކަންތައްވީގޮތް ނިކަން ތިބެ ދެކޭށެވެ. މީނާގެ ވެރިކަމުގައި އިސްލާމްދީނަށް މީހަކު އުޅެފާނެތީ ދީން ފޮރުވައިގެން އުޅެނިކޮށް ދީންނޭގޭ އަދި މީނާޔަށްތުރެ ދަރަޖައެއް ޖައްބާރު މީހަކު ﷲ މީނާގެ މައްޗައް ފާކުރެއްވިއެވެ. ރަނގަޅަށް އިސްލާމްދީން ނޭގޭ ހިމަވަރެއްގެ ތުނބުޅިބާލައިފައި ހުރި މީނާ ޒާތުގެ މީހަކު ނުކުމެ "ގޮޅާބޯ" އޭ ގޮވައިގަތްގަތީނުން މީނާ ވެރިކަމުން ބޭލުމުގެ ސަބަބަކަށް ވެއްޖެއެވެ.އޭރުވެސް ތުނބުޅިލާފައި ތިބި މީހުން ބަންދުގައި ތިބިމެއެވެ. ފިރުޢައުނުވެސް ބަނި އިސްރާއީލުގެ ކުދިން މަރަންފެށުމުން އޭނާގެ ގޭތެރެއިން މުސާގެ ފާނު ނިކުމެވަޑައި ގަތުމުގެ ޢަޖާބުކުރަނިވި ޙާދިސާ މެދުވެރި ކުރެއްވި ﷲގެ ހުސްތޯހިރު ވަންތަކަމާއެވެ..ތުނބުޅި ބެހެއްޓި މީހުން ބަންދު ކުރަންފެށީމާ މިނާ ކަހަލަ އަންހެންދުޅައިގެ ތުނބުޅި ނުލާ މީހަކު ނިކުތީއެވެ. ވިސްނާބަޔަކަށް މީ ކިހާ ބޮޑު ޢިބްރަތެއްތޯއެވެ. ދެންކަންތައްވީގޮތަކީތޯއެވެ. ދެނަކާއި ދެނެއްނެތެވެ. އެއްކަލަ އައްނިޔޭ ކިޔުނު މީހާ ނިކުމެ ލިބުނު ފުރުސަތުގައި އޭނާވެސް ހަމަ ހެދި އެތި އެހެންގޮތަކަށް ހަދަންފަށައި އެކަންކަމުގެ ނަންބަދަލުކޮށް، ތަންފީޒުކުރަން ފަށައިފިއެވެ. ދައުރުގެ ފެށުމުގެ ކުރިން ހެދީ މެނިފެސްޓޯ ކިޔާ އެއްޗެކެވެ. އޭގައި އިސްލާމްދީނާއި ބެހޭ އެއްވެސް ވަޢްދެއް ނެތެވެ. މީ ބިރު ހުރި ކަމެކެވެ. ރައްޔެތުން ވަރަށް ވިސްނަންޖެހޭ ކަމެކެވެ. ދެއްކި މޮޅު ބަހަނާޔަކީ ތިމަންނާޔަކީ ދީން އެނގޭ މީހެއް ނޫނޭ އެހެންވެ އެކަން ކުރާނީ ޢިލްމުވެރިން ކަމުގައި ބެރުޖަހައި އަޑުފައްގަނޑު ގަދަކުރިއެވެ. ނަމަވެސް މިއީ ހަމަ ހައަތްހާ ދަޅައެވެ. މީ ތޯ ތޯ އަކަށް ޖިބުއެ ލިޔާވާހަކައެއްނޫނެވެ. ނިކަންދެކޭށެވެ. ރާވިއްކުމާއި ބުއިމާއި އެ ގެންގުޅުމާއި ވިޔަފާރި ކުރުމަކީ ޙަރާމް ކަމެކޭ އިސްލާމިކް މިނިސްޓަރު ބުނަމުން ދިޔައިރު އިސްލާމްދީނަށް ޢަމަލުން ފުރައްސާރަ ކުރުމުގައި ހައްދުފަހަނައަޅައިފައި ތިބި ޖީބު ދެކެލޯބިވާ މެމްބަރުންތައް އެމާއްދާ 2ވަނަ ފަހަރަށްވެސް އެތިބަ ފާސްކުރީއެވެ. ތަސްދީޤްކުރުމުގެ ހުތުރު ޖަރީމާ ހިންގީ އައްނި ނަޝީދު ނޫން ދެން އަޅުގަނޑުތޯއެވެ. މިހާރު ރޭޑިޔޯ ޚިތާބުގައި އެބުނީ ބޭލުނު ރައީސް މައުމޫނުވެސް ބުނި ބަހެވެ. އަތްކެނޑުމާއި މަރަށް މަރު ހިފުމަކީ ތިމަންނާޔަށް ފެންނަކަމެއް ނޫނެވެ. އަޖާބެކެވެ. އައްނިޔަށް ފެނުނިއްޔާ ނުވަތަ ނުފެނުނިއްޔާ އަހަރެމެންނާ ކީކީއްހެއްޔެވެ. ތިޔައީ އިސްލާމީ ޝަރީޢަތެވެ. ކޮބާ ގުއިރެވުނު ހެއްޔެވެ. ތިއޮތީ ރައްޔިތުންނަށް ބޮނޑިބޮވިފައެވެ. އިސްލާމްދީނަކީ ވެރިކަމަށް އަރާހާމީހަކު ދެކުނުހާތަކެއްޗާ ހީކުރާހާ ތަކެއްޗާއި އެދޭ ތަކެތިހެއްޔެވެ. އަދި ކިއެއްތަ އެއީ އަރަހުށި މާތް ﷲ އެކަނލާގެ މާތްވެގެންވާ ފޮތުގައި ބާވާލައްވާ ކަނޑައަޅުއްވާފައިވާ ނިޔާތަކެވެ. ކަމަކާއިމެދު ﷲ ގޮތެއް ނިޔާކުރައްވައިފިނަމަ އެއީ ޢަދުލު އިންސާފެވެ. ދެން ހުންނާނީ ހުސް އަނިޔާއެވެ. މިރާއްޖޭގެ އިސްލާމުންގަނޑު ކޮބައިހެއްޔެވެ. ނޫނީ މައުމޫނުގެ މަސައްކަތުން ރާވައިގެން ދެންއަންނަވެރިޔަކަށް މި ފުރުސަތު ދިނުމުގެ ގޮތުން ދިވެހީންގެ ހިތްތަކުން ދީނުގެ ޤަދަރު ފޮހެލީހެއްޔެވެ.ބޭނުމަކީ ތިމާގެ ދަރިން ދުނިޔޭގައި އެމީހުން ހިތުހުރިހައި ކަމެއް މަސްލަޙަތޭކިޔައިގެން ކުރުމުގެ ފުރުސަތު މިއޮއްފެންނަ އިސްލާމީ ޤައުމުގައި ދިނުމެވެ. ހުރި ނުބައިކަމެއްގެ ބޮޑުކަމާއެވެ. ރައްޔެތުންނޭވެ! ހޭއަރާށެވެ. ﷲގެ ޙައްޤުޤުތަކަށް ރައްކައުތެރިނުވާ މީހަކު ރައްޔިތެއްގެ ޙައްޤު އަދާކުރާނީ ކިހިނަކުންހެއްޔެވެ. ބުއްދި ޤަބޫލުކުރޭތޯއެވެ. މިޔަކީ ދުވަހަކުވެސް ވާނެކަމެއްނޫނެވެ. ކުރީގައި ވެރިކަން ކުރީ މުސައްލަމަތީގައި ތިބި މީހުންނެވެ. އޭރުގައި ޢަދުލާ އިންސާފު މަގުތަކުމަތީގައި ހާމަޔަށް ހިނަގައި ބިނގައި އުޅުނެވެ. ނަމަވެސް ސިޔާސީ ކަމަކަށް ހުކުރުކުރާ މީހުން ޑިމޮކްރެޓިސްޓުންނޭ ކިޔައިގެން ވެރިކަން ކުރަން ނިކުމެ ރައްޔެތުންގެ ޙައްޤުތައް ކެއުންފިޔަވައި ކުރާކަމެއް ނިކަންހުރެ ބުނެދީބަލާށެވެ. ޙައްޤެއް އަދާކުރަންޖެހެންޏާ އެންމެ އައުލާކަންބޮޑީ ﷲގެ ޙައްޤުތައް އަދާކުރުމަށެވެ. އެއީ އަހުރެމެންނަކީ އިންސާނުންނަށް ވީތީވެއެވެ. އަޅުގަނޑު ހިތުން މިދުނިޔޭގައިވެސް ކަނލާގެވަންތަ އާދަމުގެ ދަރިޔަކު ނެތެވެ. ވީއިރު ތިމާމެން ތިމާމެންގެ ސައިޒުގައި ތިބެ ވާޖިބުއަދާކުރުން ނޫން މޮޅުގޮތެއްނެތެވެ. ތިޔައިން އެއްވެސް ކަމަކާއި އަހުރެން ޒިއްމާޔެއްނުވާހުށީމެވެ. އަހުރެންގެ ނަފްސާއިގެން އަހުރެން ބަރީއަވަމެވެ. މިލިޔުމާއި ދޭތެރޭ ޒުވާބެއް ދޭން ބޭނުންނަމަ ޖިބުއެއަށް ލިޔުމަކުން ލޔިށެވެ. ޖަވާބު ދޭނަމެވެ. ލިޔާލިޔުމުން މީޙަޤީޤަތް ނޫންކަން ސާބިތުވާނަމަ އެގޮތަކަށް އަހުރެންގެ ދީން ބަދަލުކުރާނަމެވެ.


Read more...

Thursday, October 15, 2009

ޝައިޚް އިލްޔާސްގެ ދަރުސެއް


ޝައިޚް އިލްޔާސްގެ ދަރުސެއް

ޢަދާލަތު ޕާޓީން އިންތިޒާމްކޮށްގެން ބާއްވާ ދަރުސެއް މިރޭ ހުޅުމާލެ ސްކޫލްގައި އެބައޮތެވެ. މިދަރުސްގެ މައުޟޫޢަކީ "ރަމަޟާން މަސް ނިމުމާއި އަޅުކަން" މިއެވެ. މި މައުޟޫޢަށް އިންސާފްކޮށް ވާހަކަފުޅު ދައްކަވާނީ އައްޝައިޚް އިލްޔާސް ޙުސައިން އެވެ. ހުޅުމާލޭ ސްކޫލްގައި ބޭއްވުމަށް ހަމަޖެހިފައިވާ މިދަރުސް ފެށޭނީ 8:30 ގައެވެ.

Read more...

Wednesday, October 14, 2009

އިސްލާމްދީންދެކެ އެންމެ ރުޅިއަންނަނީ ޑީއާރްޕީ މީހުންކަމަށް.....!


އިސްލާމްދީންދެކެ އެންމެ ރުޅިއަންނަނީ ޑީއާރްޕީ މީހުންކަމަށް.....!

މިއީ މިހާތަނަށް ދިވެހި ރައްޔެތުންނަށް އަދި ފަޅާއަރާފައި ނުވާ ކަމެެކެވެ. ދުވަސްވަރަކީ 1970ގެ ފެށުނު ކޮޅުގެ ދުވަސްވަރެވެ..އޭރު ނާސިރުގެ ވެރިކަން ނިމުމުގެ ވަގުތު ކައިރިވެފައިވެއެވެ. އަދި މައުމޫނުމެން " މިސުރު ގުރޫޕް" ރޭވި ރޭވުމާއި އެއްގޮތަށް ދިވެހި ވެރިކަން އަތުލުމުގެ ނިޔަތްގަނެ މިކަމުގެ ވާހަކަތައް ދައްކައި މިކަމަށް މަސައްކަތްތައް ސިއްރުން ފެށުނެވެ. މައުމޫނުމެން މިސުރުގައި ކިޔަވާށޭ ކިޔާފައި ހަމައެކަނި އެތާ 10 ބާރަ އަހަރު ތިބުމުގެ ސަބަބުން އަރަބި ބަހުން މެދުމިންވަރަކަށް ވާހަކަ ދައްކަން އެނގުން ފިޔަވައި އިތުރު އެއްވެސް ދީނީ ޢިލްމެއް ލިބިފައެއްނެތެވެ. މީގެ ހެއްކަކަށް ފުދޭވަރުގެ ވާހަކަޔެއް މިތާ ލިޔެލާނަމެވެ. ޖީލުލް އުސްތާޒުގެ ނަމުގައި މައުމޫނު މެން ގަސްތުގައި ކަމަކާއި ނުލާ މަޝްހޫރު ކުރި ޖަމީލް ދީދީ ގެ އަޑިނޭނގޭ ވާހަކަޔަކެވެ. މިސުރުގައި ހުރެފައި ކިޔެވުމުގެ ސާނަވީ މަރުޙަލާގައި ( މިހާރުގެ ގޮތުން ގްރޭޑް 10 ) ނުނިމެނިސް މިސުރުން ނިކުންނަން ޖެހިއްގެއެވެ. އެއަހަރު ދެން މިސުރުގައި ހުރެފައި ދިޔައީ ޙައްޖުވުމުގެ ނަމުގައި މައްކާޔަށެވެ. ދިޔަބޭނުމަކީ މަދީނާގެ ޔުނިވަރސިޓީން ޖާގަ ހޯދައި ކިޔެވުމުގެ ބޭނުމުގައިއެވެ. ދެން މިދަތުރުގައި ގޮސް ބައްދަލުކުރީ އައްްޝައިޚް އަލްމަރްޙޫމް މުޙައްމަދު އިބްރާހީމް މއ.ބާބުލްޢަވާލީ އާއި އެވެ. މިއީ ދިވެހި ތާރީޙް ގައި އެންމެ ފުރަތަމަ މަދީނާ ޔުނިވަރސިޓީގައި ކިޔެވި ފުރަތަ ދަރިވަރެވެ. ދަތުރުގެ މެދުތެރެއިން ޙައްޖުގެ ތެރޭގައި މިނާއަށް ނުދަނިސް ޖަމީލުދީދީ އެދުނީ މަދީނާގައި ކިޔެވުމަށެވެ. އެހެންވެ އައްްޝައިޚް އަލްމަރްޙޫމް މުޙައްމަދު އިބްރާހީމް މއ.ބާބުލްޢަވާލީ އާއި ބައްދަލުކޮށް އެދުމުން ވިދާޅުވީ ( ޖަމީލު އަތުގައި ސާނަވީ ސެޓްފިކެޓް އެބައޮތްތޯއެވެ؟) ޖަވާބުގައި ޖަމީލު ދީދީ ދެންނެވީ ނެތްކަމަށެވެ. ދެވަނަ ސުވާލަކަށް އަނެއްކާވެސް އިތުރު އެހެން ސެޓްފިކެޓެއް އޮތްތޯ އެހުމުން ޖަމީލު ދީދީ ވިދާޅުވީ " ޝޭޚުއޭ އަޅުގަނޑު އަތުގައި ކާވެނީގެ ސެޓްފިކެޓް ފިޔަވައި އެހެން އެއްވެސް ލިޔެކިޔުމެއް ނެތެވެ." މިސުރުން އަދި ސާނަވީ ނުނިމޭކަމަށާއި އެކަމަށް އަދި 2 އަހަރު ބޭނުން ކަމަށެވެ. .. މިއަށްފަހު ދެންއައީ މާލެ އެވެ. އެއަށްފަހު އެއީ ޖީލުލް އުސްތާޒުއެވެ. މިކަމުގެ ހެކިން ދުނިޔޭގައި އެބަތިއްބެވެ. އައްްޝައިޚް އަލްމަރްޙޫމް މުޙައްމަދު އިބްރާހީމް މއ.ބާބުލްޢަވާލީގެ އަނބިކަނބަލުން އަލްފާޞިލާ އާމިނަތު މުޙައްމަދު އަދިވެސް ދުނިޔޭގައި އެބައިންނެވިއެވެ. އައްޝައިޚް މުޙައްމަދު ރަޝީދު އިބްރާހިމް އާއި ޒާހިރު ހުސައިން ކަހަލަ މީހުން މިކަން ވަރަށް ރަންގަޅަށް ދަންނާނެއެވެ. މިހިސާބުން ސުވާލަކީ ޖަމީލު ދީދީ ދުނިޔޭގައި ނެތްވަރުގެ ޝޭޚަކަށް ވީ ކިހިނެއްތޯ އެވެ. ..އަޑުއައްސަވާށެވެ.. މިކަންވީގޮތަކީ މިއީ ހަމަ ސީދާ މައުމޫނު ގެ ރޭވުމެކެވެ. ކަންވީގޮތަކީ މިދެންނެވީ އައްްޝައިޚް އަލްމަރްޙޫމް މުޙައްމަދު އިބްރާހީމް މއ.ބާބުލްޢަވާލީ މާލެ އައިސް ނާސިރު ގެ ވެރިކަމުގައި އުއްތަމަ ފަނޑިޔާރުގެ މަޤާމު ދިނީމާ މިވެރިން ހަސަދަ ވެރިވިއެވެ. އަދި މިއައްވުރެ ބޮޑަށް މި މީހުންގެ ޢިލްމުނެތުމުގެ ސަބަބުން އިސްލާމްދީނުގެ ވާހަކަ ހިތުހުރުގޮތަކަށް ނުދެއްކޭތީ ބާބުލްޢަވާލީ ޝޭހް ދެކެ ވަރަށް ރުޅި އައެވެ.އެއީ މިވެރިން ނުކިޔަވާތިބެ ދައްކާ ކޮންމެވާހަކަޔަކަށް ރައްދުދެއްވާތީ އެކަމުގެ ހަސަދަޔެވެ. ސަބަބަކީ މިމީހުން ރާވައިގެންތިބީ ވެރިކަމަށް ދަހިވެތިވެ އެގޮތުން މަޝްހޫރުކަން ހޯދުމުގެ ގޮތުން އޭރުގެ ދިވެހިންނަކީ ދީންވެރިކަން ބޭނުން ހެޔޮމަގު އެގެން ބޭނުންބަޔަކަށްވާތީވެ، އޭރުގައި މޮޅެއްއެޅޭނީ ދީނީ ޝޭޚަހަށްވެ ހުރެގެން ކަން މިވެރިންނަށް އެނގޭތީވެއެވެ. އޭރުގައި މުޙައްމަދު ފާރޫގް އާއި އިބްރާހިމް ޒަކަރިއްޔާމެން ބާބުލްޢަވާލީ ގޭތެރޭގައި ޤްރުއާނާއި ޙަދީސް ޢާއްމުންނަށް ކިޔަވައިދެމުން ގެންދިޔައެވެ. އެއީ ބާބުލްޢަވާލީ ޝޭޚްއާއި އެކުއެވެ.އެކަމުގައި އަދިވެސް އެމީހުން ހެކިވުމަށް ދުނިޔޭގައި އެބަތިއްބެވެ. ކޮންމެމީހަކު ގުޅައި ސުވާލު ކުރިޔަސް ފާރޫގްމެން ތެދައްބުނަންޏާ ޖެހޭނީ އާނ ޖަވާބު ދޭށެވެ..މިއީ އެގޭ ދޮރުމަތީގައި އޭރު އުޅުނު ސިއްދީޤް ކިޔާ ސިފައިންގެ މީހަކުވެސް ވަރަށް ގިނައިން އަޅުގަނޑަށް ކިޔައިދިން ސްޓޯރީއެކެވެ. ..މިއީ ވަރަށް ދިގުވާހަކަޔެކެވެ.. މިއީ ފަހުގެ ދިވެހި އިސްލާމީ ތާރީޚްގެ އެންމެ ތަފްސީލްބޮޑު އެންމެ އަނިޔާބޮޑު ދީން ހަލާކު ކުރުމުގެ ބިންގާ " މިސުރު ގްރޫޕް" އެޅި ދުވަސްވަރެވެ...ފުރަތަމަ މިހަސަދަ ފެށުނީ ކުއްޅަވައްގޭތެރޭގައި ޖަމީލުދީދީ އާއި މައުމޫނާއި ދެއްކި ވާހަކަޔަކުން ނެވެ. މި ސިއްރުވާހަކަ ކިޔައި ދިނީ އޭރު މިވެރިން ގެންގުޅުނު ފެންތަށި އުފުލަން ގޭގައި ހުރި.(..........) އެވެ.މަސްލަހަތަށް ނަންއުނިކޮށްފައި.. ދެން މިސުރު ކަހަލަ ތާކު އުޅޭއިރު ޤްރުއާނުގެ ބަޔެއް އާޔަތްތަކުގެ މަނަޔާ ބައެއް ޙަދީސްތައްވެސް އެނގޭނެތާއެވެ...ކޮންމެއަކަސް ދުވަސްތައްދަމުން ވެރިކަމަށް އޭތިމީތިހަދައިގެން އެރިއްޖެއެވެ. އެހިސާބުން އެފެށުނީ އެއްކަލަ ތުނބުޅިލީމީހުންގެ ވާހަކަޔެވެ. ވައްހާބީންގެ ވާހަކަޔެވެ.. އަދި ނުނިމޭ އިންތިޒާރު ކޮއްލައްވާ!

Read more...